Skip to content
އެސްފިޔަ

ބީވިދާކަށެެެއްހުވާ ނޭދެމޭ ޔާރާ

މީ ހަގީގަތް ދިމާވި ކަމެކެވެ. ނަންތައް ބަދަލު ކޮއްލުމުން  އޭގެ އެއްވެސް މަސްސަލައެއް ނުޖެހޭނެ ކަމައް ހީކުރަމެވެ. މިގޮތައް މި ހާދިސާއެއް ހިގާތާ 4 ފަހަރު މިވީއެވެ.

ލޮއިބަކީ ހިތުގައި އުފެދޭ ޖަޒުބާތެކެވެ. އެެއްބައި މީހުންނައް ބިރުވެރި ނާމާން ދަތުރަކަށް ވެފަ  އަނެއްބައި މީހުންނައް ފޮނި އިހުސާސާ ގެނެސްދެއެވެ. ކިޔަވާކުއްޖެއްގެ އެންމެ ފޮނި ދުވަސްވަރަކީ އެކުއްޖާގެ ގުރޭދް 8،9،10 ކަން ޔަގީންނެވެ. އެއީ ރަމްޝާ ގެވެސް  އެނމެ މުހިންމު ދުވަސް ކޮޅުވެސް މެއެވެ. ޅަ ސިކުނޑި އަށް ލޯބި އަދި އެއީ ކޯއްޗެއްކަން ވެސް ނޭގެއެވެ. ރަމްޝާ ކަހަލަ ކުއްޖަކައް ލޯބި ވެވިދާނެ  ހެޔްޔެވެ؟ ރަމްޝާ އަށް ވެސް އެލޯބި ތެދުވެރި ގޮތުގަ ހިފެހެއްޓިދާނެ ހެއްޔެވެ؟ އުޅެ ބޮޑުވީ އާއިލާ މީހުން ކައިރިކަމުން  ރަމްޝާ އަށް ދަސްވެފާ ހުރީ ގެވެޝި ލޯތްބެވެ. 

ދިރިއުޅުމަށް އުފާވެރި ދުވަސްތަކެއް އައުމައްފަހު އެފުއްމިފުށައް ޖެހޭނެ ކަން އިގޭނީ ކާކައް ހެއްޔެވެ؟ ހީވެސް ނުކުރާ ގޮތަތް ދިރިއުޅުން ބަރުބަާދުވެ މުޅިން ދުނިޔެ އަށް އެކަނިވާނެކަން އިގޭނީ ކާކައް ހެއްޔެވެ؟ ނަސީބުގާ އޮތީ ކިހިނެއްކަން  އިގޭނީ ކާކައްހެޔެއެވެ؟ ސުކޫލް ދައުރުގާ އެކަނި ހުރި ކުއްޖެއް ފަހުން އެކުވެރިން ގިނަ ކުއްޖަކައްވާނެ ކަން އިގޭނީ ކާކައް ހެއްޔެއެވެ؟