Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝަކުވާ ހިތަށް ކުރެވޭ…3

Chuweet Eysha Level 1
October 14, 2020 5 Mins Read
12 Comments

ޝެލީ އައުމުން މަންމަ ޝެލީ އުރާލިތަން ފެނި ނަދުހާގެ ހިތުގައި ޖެހުނެވެ. އެ މަންމަ ދުވަހަކުވެސް ނަދުހާއާ ދިމާލަށް ދަރިފުޅާ އޭ ކިޔާފައި ނުގޮވާލައެވެ.”ނަދުހާ. އިސްތިރި ކޮށް ނިންމާފަ އާދެބަލަ ކޮޓަރިއަށް ” މަންމަގެ އެ އަމުރު ވެރި ޖުމުލަތަކަށް ނަދުހާ ބުނެލީ ތިން އަކުރުގެ ލަފުޒެކެވެ. ލައްބައެވެ. ހިތތަށް އަރަމުން ދަނީ ވާން މި އުޅެނީ ކިހިނެއް ބާއެވެ.
***
ނަދުހާގެ ނަޒަރުން.
އަވަސް އަވަސް ކޮށްލާފައި އިސްތިރި ކޮށްލެވުނީ ކީއްވެ ކަމެއް ނޭނގެއެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ވަރަށް އަވަހަށް މަންމަގެ ކޮޓަރިއަށް ދެވިއްޖެވެ.
“ދަރިފުޅާ ނަދޫ. ” އެއީ ހުވަފެނެއް ބާއެވެ. ހަމަ އެހެން އެ ބުނީ އަހަރެންގެ މަންމަ ސަލީމާ ހެއްޔެވެ؟
“ލައްބަ މަންމާ” އުފަލުން ގޮސް ހަދާނެ ގޮތް އަހަރެން ހުސްވިއެވެ. ފުރަތަމަ ފަހަރަށް މަންމަ އެ ގޮވާލީ ދަރިފުޅާއޭ ކިޔާފައެވެ. މަޔެއްގެ ލޯތްބަށް ފެން ބޮވާގަނެފައި އަހރެން ކިހާ ދުވަހަކު އިންތިޒާރު ކޮށްފިން ހެއްޔެވެ. ދިގު އިނތިޒާރުގެ ނަތީޖާ ފޮނިވާނެއެވެ.
.._- ނަދުހާގެ ހިތަށް އަރަމުން ދިޔައެވެ.
މިތާ އިޝީނދެބަލަ” ސަލީމާ އޯގާތެރި ރާގަކަށް ބުނެލިއެވެ.
މަޑު މަޑުން ނަދުހާ ހިނގާފައި އައިސް އެނދުގައި އިށީނދެވެ.
“މިހާރު ދަރިފުޅުގެ ކިޔެވުން ނިމުނީ.. ދަރިފުޅު ވިސްނަނީ ކީއްކުރަން.” ސަލީމާ އަހާލިއެވެ.
“މަންމާ. އަޅުގަނޑު. މަންމާ… އަޅުގަނޑު ވިސްނަނީ.. ވާ ހިތް ވަނީ ލެބް ޓެކްނީޝަން އަކަށް… އެކަމް… އެކަމް އަޅުގަނޑަށް އެ ފުރުސަތު އެބޮތްތޯ؟”
ނަދުހާ މާޔޫސީ ރާގަށް އެހެން ބުނުމުން ސަލީމާގެ ހިތުގައި ރަހުމް އުފެދުނެވެ. ހަގީގުތުގައި ސަލީމާ ނަދުހާ ކޮންމެހެން އެތަނަށް ގެނަ އީ އެ ވާހަކަ ދައްކާކަށް ނޫނެވެ. ނަމަވެސް ހިތުގައި ނަދުހާ އަށް ހަމްދަރުދީ އުފެދުނީ ކީއްވެ ކަމެއް ވެސް ޚުދު ސަލީމާއަށް ވެސް ނޭނގއެވެ.
“ދަރިފުޅާ މަންމަ ވިސްނާނަން.ދެން ދިޔަ އަސް އެންމެ ރަނގަޅު” ސަލީމާ ބުނެލިއެވެ.
އެހެން ބުނުމުން ނަދުހާ ކޮޓަރިން ނިކުމެގެން ހިނގައްޖެވެ.
ސަލީމާ ރޭ ހަތަރު ދަމުން ސުރެ ވިސްނަމުން އެ ގެނދަނީ އެ ކަމާ މެދު އެވެ.
ދަރިންގެ މުސްތަޤުބަލު އުޖާލާ ކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.
ޚާލިދު މަރަށް ފަހު ސަލީމާއަށް ނަދުހާ އާ ދޭތެރޭ އަމަލު ކުރީ ވަރަށް އިހާނެތިކޮށް ކަން މިއަދު ސަލީމާއަށް ވިސްނުނެވެ.
ޚާލިދު ދުނިޔޭގައި ޚާލިދު ވަނީ ސަލީމާގެ ހިތުން ނުފިލާ ވަރަށް އަނިޔާ ކޮށްފައެވެ. އަޅާލުން ކުޑަ ކޮށްފައެވެ.
ފިރި އަކު އަންބަކަށް ދޭން ޖެހޭ އެއްވެސް ޚިދުމަތެއް ނުދެއެވެ.
އެކަމުގެ ރުޅި މިއަދު ބާލަން ޖެހެނީ ނަދުހާ އަށް ހެއްޔެވެ.؟
ނޫނެކެވެ. އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ. މިއަދުން ފެށިގެން ނަދުހާ އަކީ ސަލީމާގެ އެންމެ ގާތް ދަރި ގޮތުގައި ހަދާ ދިނުމަކީ ސަލީމާގެ ވާޖިބެއް ކަމުގައި އޭނާ ދެކޭނެ ކަމަށް އަމިއްލަ ނަފްސާ ވަޢުދު ވިއެވެ.
*
“ޝަކުވާ ހިތަށް ކުރެވޭ ރޮމުން…
އާދޭސް ކުރާ ހިތްވޭ ރޮމުން…..”
ސާދާ އަޑެކެވެ. ހީވަނީ މަޝްހޫރު ލަވަ ކިޔުންތެރިއެއް ހެންނެވެ. ނަމަވެސް އެއީ ތަފާތު މޫނެކެވެ. އާނއެކެވެ. އެއީ ޝާމިންއެވެ.
އެ މޫނުގައި ވަނީ ހިނިތުން ވުމެކެވެ.
ބަލާބެލުމަށް އެންމެންނާވެސް ވަރަށް ގުޅޭ ހެން ހީވެއެވެ.
“މި ދެލޯ ފޮހެލާދޭން ކަލާ އަންނާށޭ….
އިންތިޒާރުގައި ހުންނަމޭ ލޯބިން…..”
ޝާމިންގެ އެ ރީތި އަޑުން ލަވައިގެ އަނެއްބައި ފުރިހަމަ ކޮށްލިއެވެ.
“ކާކަަށް ލަވަ ކިޔާ ދެނީ..” ނިހާން އެތާ އިންދެ މަޖަލަކަށް ހަދާ އަހާލިއެވެ.
ލަވަ މި ކިޔާދެނީ ޝައި އަށް. މި އިހްސާސްތަކާ ގުޅިފައި ވަނީ ޝައި. ޝައި މަރުވި ކަމަށް އަހަރެން ގަބޫލެއް އަދި ވެސް ނުކުރަން. ހިތް ބުނޭ ޝައި އަންނާނޭ..އަހަރެން ޝައިއަށް އިންތި ޒާރު ކުރާނަން. ކުއްލި ގޮތކަށް ޝައި އަހަރެމެން އެންމެނާ ވަކި ވެެގެން ދާނެތާ؟ އަހަރެންނަށް އަހަރެންގެ ނަފްސާ މެދު ޝަކުވާ ކުރެވޭ ރޮމުން…ޝައިގެ މޫނު ބަލާލަން ލިބުނު ނަމަ އަހަރެން ޝައި މަރުވި ކމަށް ގަބޫލް ކުރާނަން އެކަމް ނިހާން…. ވެއަރ އިޒް ކަލޭގެ ނަދޫ…”
ޝާމިންގެ އަޑުގައިވި ސީރިއަސްކަން ފިލުވާލަމުން ބުނެލިއެވެ.
“ވަ ﷲ އައުލަމު. އެހާ ހަޑި މީހެއް އަދި އަހަރެން ނުދެކެން. ކަޅު ކޮށް ހިކިކޮށް ދިގެ ދަނޑިއެއް ހެން… ދެން އެއަޅާ ކަޅު ހެދުން އެއްޗެއް…” ނިހާން ފޫހި ކަމާއެކު ވާހަކަ ދެއްކިއެވެ.
“ނިހާން ރުޅި ނާންނައްޗޭ…
މާތް ﷲ އަކީ ކުޅަދުން ވަންތަ އިލާހު… ދެންމެ ހަޤީޤަތުގައި ނިހާން އަށް ތި މަލާމަތް ކުރެވުނީ ﷲ އަށް. ނިހާން ޔޫ ނޯ. ބްލެކް ލިވްސް މެޓާ… ހަޤީޤަތުގައި ނަދޫގެ އިމާންތެރިކަން ވަރުގަދަކަން އޭނާގެ ހެނދުން އެޅުމުގެ ވައްޓަފާޅިން އަހަންނަށް ސާބިތު ވެއްޖެ. ނަދޫ ކިހާ ކެތް ގަދަ. އޭނަގެ މަންމަމެންގެ އަނިޔާ އަށް ކެތްކުރަމުން ހަމައެކަނި ހެޔޮ އެދޭ އެލީޝާ އާއި އޭނަގެ ދޮންބެގެ އެހީގައި އޭނަ އެ އުޅެނީ…
ނިހާން ތިހެން ކަންތައް ކުރީމަ ނަދުހާގެ ހިތަށް ވަރަށް ގިން ޝަކުވަ ކުރެވޭނެ. ދުނިޔެ މަތިން ފޫހިވެ ދުނިޔޭގައި އުޅޭ ހިތް ކެނޑިގެން ދާނެ.” ޝާމިންގެ ވާހަކަތައް އަޑުއަހަން އިން ނިހާންގެ މޫނުމަތިން ފެންނަނީ ރުޅި ވެރިކަމެވެ.ޝާމިން އޭނަޔާ އިނދެބަލަ. އަހަރެންގެ ރާޔާ އަހަރެންނާއއކު އަބަދު އުޅޭނެ. އޭނަ ކިހައި ސަޅި. ދުވަހަކު ނުހުންނާނެ ގޯނި ގަން ގަނޑު ލައިގެން ކަޓު ގޮތް ގަނޑަކަށް.” ނިހާން ބުނެލިއެވެ.
“އޯކޭ ޝަޓް އަޕް. ނިހާން އަށް ފަހުން ވިސްނޭނެ މީ ކިހައި ރަނގަޅު ވާހަކައެއް ކަން. ”
ޝާމިން އެހެން ބުނުމުން ނިހާން އެތަނުން ދިޔުމަށް ހިނގައިގަތެވެ.
*******************************
6 މަސް ފަސް
*******************************
މަންމަ ސަލީމާގެ ހެޔޮ ކަމުން ނަދުހާ މިހާރު ވަރަށް އުފާވެއެވެ. އެ ބަހައްޓާ ގާތް ކަމުން ކުރިން ވެދިޔަ ކަންތައް ހަނދާން ނެތެމުން ދިޔައެވެ. މަންމަގެ އުންމީދަކީ މިހާރު ނަދުހާގެ ވެސް ހުވަފެނެވެ. ނަދުހާ ކިޔަވައި މޮޅު ވުމުވެ.
މިއަދު ނަދުހާ އަށް އެ ފުރުސަތު ލިބިއްޖެވެ.
ލޯގަނޑު ކުރިމަތީ ހުރެ ފަރި ބަލާލިއެވެ. ކަޅުކުލައިގެ ބޮޑު އަބާޔާގެ ސަބަބުން އެ ހަށިގަނޑު ނިވާވެފައި ވެއެވެ. އަޅާފައިވަނީ ބޮޑު ބުރުގާއެެކެވެ. އެކަމުގެ ސަބަބުން ނަދުހާގެ އެ ހިކި ހަށިގަނޑު އިތުރަށް ރީތި ކޮށްދެއެވެ.
އިތުރު ކަމެއް ރީތި ކުރަން ނެތުމުން ނަދުހާ ސެންޓު ޖަހާލުމަށްފަހު ހޭންޑްބޭގް އަޅުވައިލީ ކޮލެޖަށް ދިޔުމުގެ ބޭނުމަގައެވެ. ކޮލެޖަށްދާ ފުރަތަމަ ދުވަސް ކަމުން ނަދުހާގެ ހިތް ނުތަނަވަސް ވިއެވެ. އެ ބޮޑު ތާގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟
މާލޭ މަގުތަކުގައި އުޅޭ ކުދިން އޭނާ ހެނދުން އެޅުމާ އެހާ ތަފާތީ ކީއްވެ ހެއްޔެވެ؟ އެއްބާ ކުދިން ބުރުގާ ވެސް ނާޅައެވެ. ގަޔަށް ބާރު ހެދުން ލުމަށް އެ ކުދިނއ ބިރު ނުގަންނަނީ ފަހެ ކީއްވެ ހެއްޔެވެ؟ އެކަމުގެ ވޭނދެނިވި އަޒާބުގެ މަތިން ހަނދުމަ ނުހުންނަ ނީ ކީއްވެ ހެއްޔެވެ؟
***
ކޮލެޖަށް އައި ފުރަތަމަ ދުވަހުވެސް ނަދުހާ އާއި ދިމާވީ ވަރަށް ރަނގަޅު އެކުވެރިޔަކާއެވެ. އެ އެކުވެރިޔާގެ ސަބަބުން އެތަކެއް ކަމެއް މާލެއާ ބެހޭގޮތުން ނަދުހާ އަށް އިނގުނެވެ. އަދި އަބަދު ވެސް އެ އެކުބެރިކަން ބޭއްވުމަށް އޭނަ އެދުނެވެ.
ދުވަސތައް އޭގެ ހަލުވި މިނުގައި ފާއިތު ވަމުން ދެއެވެ.
ނަދުހާމެންގެ ފަސްޓް ސެމިސްޓާ މިހާރު ނިމިއްޖެވެ.
***
”އިނގޭތަ ދޮންބެއަށް ނައި ކުލާސްގަ އިނދޭ ވަރަަށް ރަނގަޅު ގާރލް ކުއްޖެއް… ނައި އަށް އޭނަ ވަރަށް ހެލްޕްވެސް ވޭ.. އެން ޝީ އިޒް ނައު މައި ބެސްޓީ.. ދޮންބެ އިނގޭތަ ރާޔައްތައަށް ޗުރެ އޭނަ މާ ރަނގަޅު. ރާޔާ ދައްތަ ހެންދުން އަޅާ ގިތަކަށް ނޫން އޭނަ ހެނދުން ވެސް އަޅަނީ ޝީ އިޒް ސޯ ކިޔުޓް. އެއީ ހަމަ ބްލެކް ބިއުޓީ އެއް.” ނައިރާގެ އެ ވާހަކަތައް އަޑުއަހާފައި ނިހާންގެ ހިތުގައި އުފެދުނީ އެންމެ ސުވާލެކެވެ.
“އެއީ ކާކުހެއްޔެވެ.؟” މި ސުވާލެވެ.
“އިނގޭތަ އެއީ. ނަދުހާ އޭ…” ހީވަނީ ނައިރާ އެހެން ބުނީ ނިހާންގެ ހިތުގައި އޮތް ސުވާލު އެނގިގެން ހެންނެވެ.
“ނައިރާ” އަޑަށް ބާރުލައިފާް އަތް ގޮށް މުއްކަވާލަމުން ނިހާން އަށް ވަރަށް ބާރަށް ބުނެވުނެވެ.ނައިރާ ކުޑަކޮށް ވާނުވާ ވިއެވެ. ދޮންބެ އެހާ އަވަހަށް ރުޅި އައީ ކީއްވެ ހެއްުެވެ؟
“ދޮންބޭ..” ރުޅި އައިސް ނައިރާ ވެސް ބުނެލިއެވެ.
“ނައިރާ ވެސް ބެސްޓީ އަ ޗޫޒް ކުރަން އިނގުނީ އޭނަތަ.؟ ކަޓު މީހުންނާ އެކީ އުޅެން ހަދައިން ނައި ވެސް ތި ހުރީ ކަޓު ގޮތް ގަނޑަށް ވެއްޓިފަ. ޒަމާން ބަދަލު ވެއްޖެ. މިހާރު ނުލާނެ ގޯނި ހެދުމެއް. އެއީ ފެޝަނެއް ނޫން ” ނިހާން ރުޅި ވެރި ރާގަކަށް ބުނެލިއެވެ.
“ދޮންބޭ ހުޓާލާ… ތި ބުނާ ކަޓު ގޮތަކީ މާތް ﷲ ގެ މަގުގައި އެންމެ ރަނަގަޅު ގޮތް. ފެޝަނޭ ތި ކިޔަނީ އެހެން އެއްޗަކަށް. މި ނޫން ދުވަހެއް ވެސް އަންނާނޭ ދޮންބޭ. ވިސްނަބަލަ. މި ދުނިޔޭގަ ކުރި ހެޔޮ އަމަލެއް އެ ދުނިޔޭގައި ފެންނާނީ. މިއެއް ނޫނޭ އުޅެން އޮތް ދުނިޔެއެއް. ކަށްވަޅުގެ އަޒާބޔގެ ވާހަކަ ދޮންބެއަށް އިވުނަސް…….. ދޮންބޭ ނަރަކަ އަކާ ސުވަރުގެއެއް ވެޔޭ… ތި ބުނާ ކާތު ގޮތަށް ހެނދުން އަޅައިގެން ކުރާ ނަމާދު ސައްހަ ވޭތަ؟ ތި ހިތު ދަސކުރާ އިނގިރޭސީ ފޮތަތަކަށް ވުރެ ޤުރުޢާން ހިތު ދަސް ކޮށްބަލަ ހަމަގައިމުވެސް މާތް ﷲ ގެ މަގަށް ރުޖޫޢަ ވާނެ. އިނގޭތަ މި ދުނިޔެ މަތީ ފާފަ ކޮށް ނުބާކޮން އުޅޭ މީހުން މަރު ގެންނަވާ ގޮތް. ކަށިކެޔޮ ހޭރި ގަނޑެއްގަ ދޮންބެ ދަމާފަ ގެނާމަ ވާނެ ތަދު އިހްސާސް ވޭތަ.؟ ދޮންބޭ މި ދުނިޔެ މަތީ ހެޔޮ ކޮށް އުޅޭ މީހުންގެ މަރު ގެންނަވަނީ އެހާ ރީތި ކޮށް.”
ނަދުހާގެ ވާހަކަ މަޑު ޖައްސާލީ ހިންދިރުވާލުމަށްޓަކައެވެ.
އެ ވަގުތު ފެން ކަޅި ވެފައިވާ ނިހާންގެ ދެލޯ ނައިރާ އަށް ފެނުނެވެ. ހިތާ ހިތުން ﷲ އަށް ޝުކުރު ކުރެވުނެވެ.

ނައިރާ ދަރިފުޅާ… މަންމަ ވެސް ތި ވާހަކަ އަހައިފިން. ދަރިފުޅު ހާދަ މޮޅޭ… ދަރިފުޅަށް ތިހުރިހާ އެއްޗެއް ކިޔާދިނީ ހާދަ ހެޔޮ ފަރާތެކޭ… ދަރިފުޅާ ބުނެބަލަ މަންމަ ކިހިނެއް އިސްލާހު ވަންޏާ ހަދާނީ..” ނައިރާ އިތުރަށް އުފާވީ މަންމައަށް ވިސްނުމުންނެވެ. ނައިރާގެ މަންމަ ނަފީސާ އަކީ ހިކި މީހެއް ކަމުން ލައި އުޅެނީ ޓޮޕާ ޖިންސާއެވެ. މުސްކުޅިއެއް ވައްތަރު ވެސް ނުޖަހައެވެ. އެހާ ވެސް ޒުވާނެވެ.
“މަންމާ ތައުބާ ވޭ… ތަައުބާވޭ… އަހަރެންނަށް ބައިވަރު އެކުވެރިން ލިބުނު އެކަމް ނަދުހާ އަކީ އަހަންނަށް ލިބުނު ޖަވާހިރެއް..މަންމާ.. އޭނާ ކިހައި މޮޅު. ”
ނައިރާ ބުނެލިއެވެ.
“ދަރިފުޅާ މަންމަ ބޭނުން ނަދުހާ އާއި ބައްދަލު ކުރަން” ނަފީސާ ގެ އެ ޖުމުލަ ނިހާންގެ ކަންފަތަށް ފޯރީ ހޮނު ގުގުރިއެއް ފަދައިން ނެވެ.

ނުނިމޭ..

ނޯޓް: މި ވާހަކަ އަކީ ހިޔާލީ ވާހަކައެއް ނަމަވެސް އަޅުގަނޑަށް އިނގޭ މިންވަރަކުން ދީނީ އެކި މައުލޫމާތު ހިމަނަން.ގޯސް ގޮށް ލިޔެވިފައި ވާނަމަ އެކަން ރަނގަޅު ކޮށްދިނުމަށްފަހު ކޮމެންޓު ކޮށްދެވުމަޚި އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.
ޝުކުރިއްޔާ…!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Chuweet Eysha

Level 1

12 year old gurl who loves to write stories.. Just trying to write a unique stories that readers will like... Thank u all my fans??❤ If any mistake just comment. "Faadu kiyumaky libey kuri erumwkeve. Lysm readers❣

Other Articles

Previous

ތިން ލަފްޒުން (2)

Next

ތިޔަ ލޯބި އަދު ލިބޭނެބާ 11

Next
October 14, 2020

ތިޔަ ލޯބި އަދު ލިބޭނެބާ 11

Previews
October 14, 2020

ތިން ލަފްޒުން (2)

12 Comments!

  1. ??suru ?? says:
    October 15, 2020 at 7:24 am

    Mi fast dhw ☺️☺️☺️☺️☺️☺️☺️????wow Varah reethi mi part vas waiting for next part

    1. Evil Eshh says:
      October 15, 2020 at 12:48 pm

      Thankk uu so much suru….. ?❣?

  2. ??suru ?? says:
    October 15, 2020 at 7:28 am

    By the way evail eshh age how much dont maind can you be my friend ?????????????☺️☺️☺️☺️☺️

    1. Evil Eshh says:
      October 15, 2020 at 12:51 pm

      Yes sure…??
      I am 12 yr old… hehe ??

  3. Lavender ? says:
    October 15, 2020 at 11:52 am

    Wow ….masha allah varah reethi minvaahaka ? hehe….waitingbfor next part ?…..can i be your friend too??

    1. Evil Eshh says:
      October 15, 2020 at 12:52 pm

      Thank u so muchh.. ??
      Yh sure we can be friends??

  4. Evil Eshh says:
    October 15, 2020 at 12:55 pm

    Hellow readers… how are you all? Hope u all will be fine.. ???
    Mi partckuru vyma i am really sorry… next part insha allah dhigu kohllaanan.??
    In sha allah next part sundayga… ?❤❤
    All comments aa accepted if it is negative or positive.?
    Stay safe.

  5. Nuzu says:
    October 15, 2020 at 10:37 pm

    Wow?masha Allah ? Varah reethi mi vaahaka ves??? waiting for next part???? Can I be you friend too

    1. Evil Eshh says:
      October 16, 2020 at 3:19 pm

      ???Yh sure…
      ?❣thank u so much

  6. ??suru ?? says:
    October 19, 2020 at 8:09 am

    Can I ask you all a question ☺️☺️☺️☺️you all Kon rasha tha don’t maind now you are my friend too guys ☺️??☺️?☺️??????☺️☺️?☺️?☺️?☺️?☺️?stay safe

    1. Evil Eshh says:
      October 19, 2020 at 9:29 pm

      I m so sorry i cant say

  7. Evil Eshh says:
    October 19, 2020 at 9:30 pm

    Guys i am sorry. Story nuluyeve ehnve fridayga up kohdheynan. Insha allah… i am really sorry…

Comments are closed.

Next Episodeޝަކުވާ ހިތަށް ކުރެވޭ…4←


All Right Reserved!