ނުރުހުން ވިއަސް………….(5)
މެންދަމުގެ އަރާމު ނިދީގެ ފޮނި މީރު ކަން އިހުސާސް ކުރެވެމުން ދާ ވަގުތެވެ. ނިދިން ބަރުވެ ތަތް ވެފައިވާ ދެ ލޯ މަޑުމަޑުން ހުޅުވެމުން ދިޔައެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއަށް އަލްޔަޝް ނަޒަރު ހިންގާލިއެވެ. ކައިރީގާ އޮތް ކުޑަ ފޯނު ދިއްލާލަމުން އޭގެ އެހީގައި ގަޑި ބަލައިލިއެވެ. ގަޑިން އޭރު 2:15 ހިގަނީއެވެ. އަލްޔަސް އަށް ހޭލެވުނީ ކަރުހިއްކައިގަނެގެނެވެ. މަޑު މަޑުން އެނދުން ތެދުވި އަލްޔަޝް ކޮޓަރިން ނުކުންނަން ހިނގައިގަތީ ފެން ފޮދެއް ބޯލުމުގެ ނިޔަތުގައެވެ. ކާކޮޓަރި އަށް މިސްރާބު ޖެހި އަލްޔަޝް އަށް ހުއްޓެވުނީ ދެފައިގާ ކަސްދޮޅު އެޅުނު ފަދައިންނެވެ. މުޅި ހަށިގަނޑު ފިނިވެ ހުއްޓެވުނީ ބޭއިހްތިޔާރުގައެވެ. ކުރިމަތިން ފެނުނު މަންޒަރާއި އެކު ދެލޯ ބޮޑުވެގެން ދިޔައެވެ. އެފަދަ މަންޒަރެއް ފެންނާނެކަން ކުރިން ހީވެފައި ވީ ނަމަވެސް އަލްޔަޝް ގެ ހިޔަނި ވެސް ކޮޓަރިން ބޭރަށް އެޅުނަކަ ނުދިނީސްކަން ގައިމެވެ.
********************
މާހިރާ ކޮޓަރީ ދޮރު ހުޅުވާލަމުން އެތެރެއަށް އެވަނީ ދެބައި އުމުރު ގެ ފިރިހެނެކެވެ.އަލްޔަޝް އަށް އަތް މުންކަވާލެވުނެވެ.ދަތް ކުނޑި ވިކާލެވުނީ ދަތް ތަށް ބިއްދައިގެއް ދާހާބާރަށެވެ.މިއޮށް ދަންވަރު ވެސް މާހިރާ ޖެހިލުމެއްނެތި ހަމައެގަނޑު ގައްނަނީއެވެ.މާހިރާ ގެ ކޮޓަރި އާ އަލްޔަޝް ގާތް ވެލީ ކޮއްމެހެން އެކޮޓަރީ ގެ އެތެރެ ބަލާކަށެއްނޫނެވެ.ދޮރު ހުޅުވައިފިނަމަ އެތެރެއިން ފެންނާނީ ކޮންމަންޒަރު ތަކެއްކަން އަލްޔަޝް އަށް އިނގެއެވެ.އޭނާ ގެ ދެލޮލުން ހަމަހޭހުރެ އެފަދަ މަންޒަރެއް ނުބަލާނެއެވެ.ކީއްވެތަ އެހާލަހުން ތިއައީ؟.. ކެއްމަދުވެފައި ވާ ރާގެއްގައި މާހިރާގެ ނޭވާ އިހްސާސް ވާހާ ގާތުގައި ހުރި ކަރީމްގެ ގަމީހުގެ ގޮށްފަތި ނައްޓާލަމުން މާހިރާ ބުނެލިއެވެ.މާހިރާގެ ކޮޓަރި ދޮރުމަތީ ހުއްޓިލައިގެން ހުރި އަލްޔަޝް އަށް އެކޮޓަރީ ދައްކަމުން ދިޔަ ވާހަކަތަށް ފަހުމް ވަމުން ދިޔައެވެ.މާހިރާ ލައިގެން ހުރި ހެދުން ގަޔާވަކިވާން ނެގީ މަދު ސިކުންތު ކޮޅެކެވެ.ފާފައިގެ އުފާ ހާސިލް ކުރަމުން އޭނަގެ އެނދުމަތި ފަޅުފިލުވަން ފެށިއެވެ.މާހިރާ ކޮޓަރި ދޮރުމަތީ ހުރި އަލްޔަޝް އެނބުރި އޭނަގެ ކޮޓަރި އަަށް ގޮސް ވަނެވެ.ކަރު ހިއްކުންވެސް ފިލީ ކަންނޭންގެއެވެ.ހަމަގައިމުވެސް ކަރު ހިއްކުން ފިލުވުމަށްޓަކައި އަލްޔަށް ފެނެއް ނުބޮއެވެ.ފެން ބޮވޭނީ ކާކޮޓަރިއަށް ވަތްނަމަތާއެވެ.އެނދުގައި އިށީން އަލްޔަޝް އޭނަގެ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.ދެލޯ މަރާލީ ބޮލުގައި ވީ ރިހުން ފަހަރަކަށް ވުރެ ފަހަރެއް އިތުރަށް ގަދަވަމުން ދާހެން ހީވުމުންނެވެ.އަނގައިން ނުކުން މަޑު އާހާއި އެކު އަލްޔަޝް އެނދުގައި އޮށޯތެވެ.
*****************
ބާރު ބާރަށް ހިނގަމުން ސުކޫލު ތެރެއަށް ވަދެގެއް އައި ރަނާނީން ގެ ކުރިމަތިން އައި ލަމާނީ ގެ ގައިގާ ރަނާނީން ޖެހިގަތީ ހަމަ ގަސްތުގައެވެ. “ސޮރީ ސޮރީ” ރަނާނީން އަނގަޔައް ވަންތަރެއް ޖައްސާލަމުން ކުރިމަތީ ހުރި ލަމާނީ އަށް ބުނެލިއެވެ.”އަވަސް އަރުވާލާފަ އާލް ގާތައް ދާން ހަދައިގެން ޖެހުނީ … އަސްލު ވެސް ވަރަށް ބޮޑަށް ސޮރީ… “ދުރުގައި ހުރި އަލްޔަޝް ލަމާނީ އަށް ދައްކާލަމުން ރަނާނީން ބުނެލިއެވެ.އެއާއިއެކު ލަމާނީ ގެ މޫނު މަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ސާފު ކޮށް ރަނާނީން އަށް ފެނިގެއް ދިޔައެވެ.ރަނާނީން އަށް ހިނިގަނޑު ހިފަހައްޓާލެވުނީ އަލްޔަޝް އާ ހަމައަށް ދެވެންދެންނެވެ.”ހެހެހެ…ރަނާ ހަމަ ގަސްތުގައި އޭނަގައިގައި ޖެހިގަތީ ދެން ވާނެއެއްނު ދޯ ސޮރީއޭ ބުނަން……….”ރަނާނީން އަށް އަލްޔަޝްއާ އަރާ ހަމަވުމާއެކު ވާހަކަ ދައްކަން ފެށިއެވެ.”އާލްއަށް އިނގޭތަ އެ ލަމާނީ ރަނާއާއި އާލް އިއްޔެ ހަވީރު ތޮށިމައްޗަށް ދިޔަ ވާހަކަ ވެސް ހަދަހަދައިގެން މަ މަންމަ ގާތު ދައްކައިފިޔޭ……. ހުވާ މިބުނީ ޖެހުނު ގޮތަށް އެ ލަމާނީގަނޑު ވެއްޓުނު ނަމަ …އެހާވަރަށް އާލް ބޭނުންވާއިރު ތަންކޮޅެއް ރީތިކޮން އާލް ހޯދަން އުޅޭނަމަ….” ހުނުމުގެ ތެރެއިން ރަނާނީން އަލްޔަޝް އާ ވާހަކަ ދައްކަމުން ދިޔައެވެ.”ދެން ރަނާ މަންމަ ކީކޭ ބުނީ؟” ރަނާނީންގެ ވާހަކަ އަޑުއަހަން ހުރި އަލްޔަޝް ކޮށްލީ ސުވާލެކެވެ.”މަންމަ ގަބޫލެއް ނުކުރާނެ އެ ލަމާނީގަނޑު ދައްކާ ވާހަކައެއް” ރަނާނީން އަނގަ އަވަސްކޮށްލަމުން ޖަވާބު ދިނެވެ.ތަފާތު ވާހަކަތަށް ދައްކަމުން ދެކުދިން ހިނގަމުން ދިޔައީ ކުލާހާ ދިމާލަށެވެ.”އާލް ރަނާ ސުވާލެއް ކޮށްލަން ތަ؟”ރަނާނީން މިހެން ބުނުމާއި އެކު އަލްޔަޝް އަށް ލިބުނީ ހައިރާން ކަމެކެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ.ދުވަހަކުވެސް ރަނާނީން އަލްޔަޝްގާތުން އެއްޗެއް އޮޅުންފިލުވުމަކަށެއް ހުއްދައަކަށް ނޭދެއެވެ.ހަމަ އައިސް އަހަނީއެވެ.ދެން މިފަހަރު ހުއްދަ ހޯދައިގެން އަހަން މިއުޅެނީ ކޯޗެއްބާއެވެ.ތެޅިތެޅި އޮތް ހިތަކާއި އެކު ބުމަ މައްޗަށް ހިއްލާލީ ރަނާނީން އަށް އެހުމަށް ހުއްދަދީފީމޭ ބުނާފަދަ ގޮތަކަށެވެ.”އާލް ކީއްވެތަ ލަމާނީގެ ބައްޕަދެކެ އެހާ ފޫހިވަނީ……..” ކުޑަކޮންޖެހިލުން ވީނަމަވެސް ރަނާނީން ހިތްވަރު ކޮށްފައި ހިތުގައި އޮތް ސުވާލު ކޮށްލީއެވެ.ރަނާނީންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަލްޔަޝް މައުޟޫއު ބަދަލު ކޮށްލިއެވެ.އެރީތި މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ހުދު ރަނާނީން އަށްވެސް ފެނުނެވެ.ޝަދަފްއާއި ލަޔުމް ކުލާހަށް ވަނީހޭ ކިޔާ ހިނގުން ބާރުކޮށްލި އަލްޔަޝްގެ ފަހަތުން ރަނާނީންވެސް ހިނގައިގަތެވެ.ޖަވާބު ބޭނުންވި ނަމަވެސް ގަދަކަމުން އަލްޔަޝް ފަރާތުން އޮޅުންފިލިވާކަށް ބޭނުމެއްނޫނެވެ.އަދި އަމުދުން ރަނާނީންއާއި ހެދީ އަލްޔަޝްގެ މޫޑު ހަރާބުވާކަށް ބޭނުމެއްނޫނެވެ.އަލްޔަޝް އަމިއްލައަށް ފެނިގެން އޭނާގެ ހަޔާތުގެ ހުރިހާ ވާހަކަތަށް ކިޔައިދެންދެން ރަނާނީން އިންތިޒާރު ކުރާނެއެވެ.
****************
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ.އަލްޔަޝް ތައްޔާރުވަމުން ދިޔައީ ފިހާރައަށް ދިޔުމަށެވެ.ގަޑިން އަށެއްޖަހަން ގާތް ވެފައިވުމުން އަލްޔަޝްގެ ހަރަކާތްތަށްވެސް ވަނީ އަވަސްވެފައެވެ.މަޑު ނޫ ކުލައާ އަޅިކުލައިން ޑިޒައިން ކޮށްފައިވާ އަތްދިގު ގަމީހަކާއި އެކު މުށި ކުލައިގެ ސޯޓެއްގައި ހުރިއިރު އަލަޔަށްގެ ރީތިކަން އިތުރުވެގެންވެއެވެ.ނަމަވެސް އެރީތި ދޮން މޫނުގައި އުފާވެރިކަމާއި ހިތްހަމަ ޖެހުމެއް ނެތެވެ.ކަޅު ކުލައިގެ ސުކޫލު ދަބަހުގެ ތެރެއަށް ދެތިން ލޮގު ފޮތް ލަމުން ދަބަހުގެ ޒިބު އަޅުވާލުމަށްފަހު ކޮޑުގައި އަޅުވާލިއެވެ.އެމޫނުމަތީ ގައި އުފާވެރިކަމެއް ނުވިނަމަވެސް އަލްޔަޝްގެ ރީތި ކަމުން ތަންފުކެއްވެސް މަދުވިހެނެއް ހިޔެއްނުވެއެވެ.ކަނާއަތުގެ އަތްތިލަ މުށިކުލައިގެ ކުރު ސޯޓުގެ ޖީބަށް ވަނީ ޖަހާލެވިފައެވެ. ފިރިހެންވަންތަ ފަރި ހިނގުމެއްގައި ގޮސް ކޮޓަރިން ނުކުން އަލްޔަޝްގެ ރީތިކަމަށް ތައުރީފު ނުކުރާނޭ އަންހެން ކުއްޖަކު ނުވާނެއެވެ.އެ ފިރިހެންވަންތަ ކަމުން ކަތި ނުލާނެ އަންހެންކުއްޖެއްގެ ހިތެއް މި ދުނިޔޭގައި ނުވާނެކަން ކަށަވަރެވެ.އަލްޔަޝް ކޮޓަރިން ނުކުންއިރު މާހިރާ ގާތު ޓީވީ ބަލަން އިވީން އިނެވެ.”ދަރިފުޅާ……..” މާހިރާ އަކުރުތަކަށް ދަމާލަމުން މި ލަފްޒު އަނގައިން ބޭރުކޮށްލިއިރު އޭނާގެ މޫނުމަތީވީ އުފާވެރިކަމެވެ.އެއާއެކު އިވީން އާއި އަލްޔަޝް އަށް ގޭގެ މައިދޮރާ ދިމާލަށް ބަލައިލެވުނީ އެކުއެކީގައެވެ. އޭރު އާލިމް ދޮރުމަތީ ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުއްޓެވެ.ގަދަ މުށި ކުލައިގެ ޓީޝާޓަކާއި އެކު ކަކުލާއި ހިސާބަށް އަރާ ކުރު ސޯޓެއްގައި ހުރި އިރު އާލިމްގެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. އެދޮންމޫނުގައި ދިރުމެއްނެތް ކަހަލައެވެ.އެ ރީތި ދެލޯ ވަނީ ނިދިން ބަރުވެފައިވާ ފަދައިން މެރި މެރިއެވެ.އެ ބުޅި އިސްތަށިގަނޑު ވަނީ ބޮލުމެދަށް ހުޅިއެއްޖަހާލެވިފައެވެ.ހުޅިގަނޑުން ދޫވެ އެންމެ އިސްތައްޓެއްވެސް ތިރިއަށް ވެއްޓިފައިނުވެއެވެ.ފަރުވާ ކުޑަގޮތަކަށް ގޭތެރެއަށް ވަދެގެން އައި އާލިމްގެ ސަމާލުކަން ސިޓިންގ ރޫމުގައި ތިބި މާހިރާމެންނަށް ހުރިހެނެއް ހިޔެއްނުވެއެވެ.”ދަރިފުޅާ ދޫކޮށްލީތަ؟… މައްސަލަ ނިމުނީތަ؟…” މާހިރާގެ ދޮށީ ދަރިފުޅު އާލިމްއަށް އޭނާގެ ހިތުގައިވީ ސުވާލުތަށް އޮއްސާލިއެވެ. ދުރުގައި މަންޒަރު ބަލަންހުރި އަލްޔަޝްއަށް އިސްޖަހާލެވުނެވެ. އިވީންއަށްވެސް ހައިރާންކަން ލިބުނީ ބޭބެ އާލިމް އެހާ އަވަހައް އައުމުންނެވެ. ގެއިން ނުކުން އަލްޔަޝް ފުން ނޭވާއެއް ބޭރުކޮށްލިއެވެ.ހީވަނީ އެތަށްދުވަހެއް ވާންދެން ކޮށްޓެއްގައި ބަންދުކޮށްފައި އިން ގުރައެއް ކޮށިން ބޭރަށް ދޫކޮށްލީހެނެވެ.
ކައުންޓަރު ދޮށުގައި އިން އަލްޔަޝް ގެ އަޅި ނަޒަރު ވަނީ ކައުންޓަރު މަތީ އޮތް ފޮތަށް ހުއްޓާލެވިފައެވެ. އިމްތިހާނު ކައިރިވަމުން އަންނަ ވަރަކަށް ކުރަންޖެހޭ މަސައްކަތްވެސް އިތުރު ވާނެނޫންހެއްޔެވެ؟ ފޮތުގެ ތެރެއަށް ސަމާލުކަންދީގެން އިން އަލްޔަޝް އިރުއިރުކޮޅާ ދޮރާދިމާލަށް ބަލާލަނީ އެއްޗެއް ގަންނަން މީހަކު އައިސްދާނެތީއެވެ. އިސްޖަހާލައިގެން އިން އަލްޔަޝް އިސްއުފުލާލީ ކައުންޓަރު ދޮށުގައި ދެމީހަކު ހުއްޓުނުހެން ހީވެގެންނެވެ. ނަމަވެސް އަނެއްކާ ވެސް އިސްޖަހާލީ އާންމުކޮށްް އެއްޗެހި ގަންނަން އަންނަ މީހުން އެއެއްޗެއް ނަގައިގެން އައިސް ކައުންޓަރުމަތީ ބާއްވާތީއެވެ. “ކަލޯ އަލިމަނިކޫ… މަހިތަށް އަރާ މިސޮރު ކިއެއްކުރަންބާއޭ ކިޔަވަމުން މިހާ ބުރަކޮއް މިއުޅެނީ…. ” ކައުންޓަރު ދޮށުގައި ހުރި ޒުބޭރު ގެ ވާހަކަ ހުރި ގޮތުންވެސް އޭނާ އެއުޅެނީ ރަނގަޅު އެއްޗެއް ކިޔަން ނޫންކަން އަލްޔަޝްއަށް އިނގުނެވެ. “އާނ.. މަވެސް ހިތަށްއަރާ މިސޮރު އަމާ އެވަރަށް ލާރި ހޯދާއިރު ކިއެއްކުރަން ބާއޭ ވަޒީފާއަށް މިއަންނަނީ….. ކޮންމެ ގޮތަކަށް ހޯދިޔަސް ލާރިވާނީ ލާރިއަކަށްނު ދޯ…. ” އަލިމަނިކު ހީލަމުން ބުނެލިއެވެ. “އަހަރުމެންނަށް ކިހިނެތްތަ އެނގެނީ ހުސް މާހިރާ ކަމެއް އެވައްތަރަށް އެއުޅެނީ…. މިސޮރާ ދެން އެތިބި މާހިރާ ގެ ދެދަރިންވެސް ނޭނގެ ލާރި ހޯދަން ހަށިނުވިއްކާ ކަމެއް… އެދެމީހުން ދައްކަމުންދިޔަ ވާހަކަތަކުން އަލްޔަޝްގެ ހިތް ދިޔައީ ފޮތިފޮތި ވަމުންނެވެ. މަންމަ މާހިރާ އެހެން އުޅޭކަށް ހުދު އަލްޔަޝްވެސް ގަބޫލުކުރެއެވެ. އެކަމަކު އެކަމުގެ ތެރެއަށް އަލްޔަޝް ވައްދަނީ ކީއްވެހެއްޔެވެ. ހަމަ ޔަގީނުންވެސް ﷲ ދެނެވޮޑިގެންވާނެއެވެ. އަލްޔަޝް އެފަދަ ފާފައެއް ނުކުރާ ކަމެވެ. ދެން އަދި ޔަގީން ނުވާހާލު ކޮއްކޮ އިވީން އާދިމާލަށް އެފަދަ އެއްޗެއް ބުނާކަށް ބޭނުމެއްނޫނެވެ. “އަނެއްކާ ދެން ބަލާ މާހިރާގެ ދޮށީ ދަރި އާލިމް އަދި ކުރިން ދުވަހު މަސްތުވާ އެއްޗެއްސާ އެކު ފެނިގެން ގޮޅިއަށްލީ އެކަމަކު މިހާރު މިރޭ އެބައުޅޭ މިނިވަން ވެގެން ރަށަށް އައިސް…. ދެން މާދަން ރޭނޫންކަމެއް ނޭނގެ އަނެއްކާ އެހެންތާކުން އެއްޗެއްސާއެކު ފެންނާނީ ނޫނީ ކުށެއްނެތް ފުރާނައެއް ދުއްވާލާނީ… އެ މާހިރާއާއި އޭނަގެ ދަރިންނާހެދި އުޅެންވެސް ލަދެކެދޯ… ” ޒުބޭރުގެ އަޑު މިފަހަރު ބާރުވެފައި ވިއެވެ. މިކަންތަށްތަކާ މިވާހަކަތަކުގެ ސަބަބުން އަލްޔަޝްގެ ބޯ ހީވަނީ ފަޅައިގެން ގޮސްދާނެހެނެވެ.
(ނުނިމޭ)
One Comment
Comments are closed.

we are really sorry for late…… we hope you will enjoy….. and welcome to possitive an negative comments