Skip to content
އެސްފިޔަ

މަލްދާ 2

“ދޮންބޭ ހާދަ ހަނދާންވެޔޭ” ފާރިޝް އޭނަގެ ދޮންބެ ފަރުހާންގެ ފޮޓޯގަނޑަށް ބަލަންއިދެ ބުނެލިއެވެ.

“ފާރިޝް” އެވަގުތު ފާރިޝްގެ އޮފީހަށް ވައިން ލިއާ ފާރިޝްއަށް ގޮވާލިއެވެ “ކިހިނެތްވީ ލިއާ” ފާރިޝް ލިއާއަށް ބަލާލަމުން އަހާލިއެވެ.

“ހިނގާބަލަ މިރޭ އަލަށް ހުޅުވި ރެސްޓޯރެންޓަށް ދާން” ލިއާ ބުނެލިއެވެ. “ޕްލީސް” ލިއާ އަނެއްކާ ބުނެލީ ފާރިޝް އެއްޗެކޭ ނުބުނުމުންނެވެ.

“އޯކޭ ފައިން” ފާރިޝް އެހެން ލިއާގެ އިސްތަށިގަނޑު ހާވާލިއެވެ.

ލިއާ ހިނިތުންވެލިއެވެ. ފާރިޝް އޭނަދެކެ އޭނަ ފާރިޝް ދެކެ ލޯބިވާ ގޮތަށް ލޯބިނުވާކަށް ލިއާއަށް އެގެއެވެ. ނަމަވެސް ފާރިޝްގެ މިކަހަލަ ކުދި ކުދި އަމަލުތަކުން ވެސް ލިއާގެ ހިތަށް އުފާވެރިކަން ގެނެސްދެއެވެ.

ލިއާ މަގަށް ނުކުމެ ހިނގައިގަތީ ބެލުމެއް ނެތިއެވެ. އެވަގުތު މަގުންއައި ކާރަކުން ލިއާގައިގައި ނުޖެހުނީ ދުއްވަން އިން މީހާގެ ފަރިތަކަމުންކަން ޔަގީނެވެ.

“އާޔޫ އޯކޭ” ކާރުން ނުކުތް ޒުވާނާ އަހާލިއެވެ.

“ހޫމް އައި އެމް އޯކޭ” ލިއާ އެހެން ބުނެ އެ ރީތި ޒުވާނާއަށް ބަލާލިއެވެ.

“ޒާވިން އަވަސް” އެވަގުތު ކާރުތެރޭ އިން ކުއްޖާ ގުވާލިއެވެ.

“މި އަންނަނީ މަލް.. ޓޭކް ކެއާރ” ޒާވިން އެހެން ބުނެ ލިއާއަށް ހިނިތުންވުމެއް ދިނުމަށް ފަހު ކާރަށް އަރާ ދުއްވާލިއެވެ.

“މަލް މިރޭ ޝިފާން އޭނަގެ ކޮންޕެނީގެ ފަސްވަނަ އެނިވާސަރީ ފާހަގަކުރޭ.. އިންވައިޓް ކޮށްފަވަނީ” ޒާވިން ކާރުގެ ލޯގަނޑުން ފަހަތު ސީޓްގަ އިން މަލްދާއަށް ބަލާލަމުން ބުނެލިއެވެ.

މަލްދާގެ ތުންފަތުގައި ހިނިތުންވުމެއް ހިނގައިލިއެވެ. “މިރޭ އަހަރެމެން ކަންކަން ފަށަންވީ” މަލްދާ އެހެން ބުނުމުން ޒާވިން ބޯޖަހާލިއެވެ.

‘ޝިފާން ތޭރަ އަހަރަށް ފަހު އަހަންނާ ބައްދަލުވާން ތައްޔާރުތަ؟’

މަލްދާ ގެއަށް ވައިން އިރު ކަމަކުދާކަސް ނެތެވެ. ޣޭގެ އެތަށް މިތަނަށް އެއްޗެހިވަނީ އުކާފައެވެ.

“މަންމާ” މަލްދާ އަޑުއައި ދިމާއަށް ބަލާލިއެވެ.

“ޔޫނާ ކިހިނެތް މިގެއަށް ވެފަމިހިރީ” މަލްދާ އަހާލިއެވެ.

“މަންމާ ކީއްވެ ކީއްވެ”

“ޔޫނާ ބޭސްނުކާދޯ ތިހިރީ” މަލްދާ އަހާލިއެވެ.

“ޖީޒާ….ޖީޒާއަށް ކީއްވެ މިގޭގަ ނޫޅެވެނީ…. ޖީޒާއަކީއެއް ނޫންތަ މަންމަގެ ދަރިފުޅަކީ….. އަހަންނަކީ މަންމަ އެޑޮޕްޓް ކުރި ކުއްޖެއް…. ޖީޒާއަށް ނޫންތަ މުގޭގަ އުޅުމުގެ ފުރުސަތު އޮތީ…”

“ހުއްޓާލާ ދެން ޖީޒާގެ ވާހަކައެއް ދައްކައިގެން ނުވާނެ…. އެއީ އަހަރެން ދައްކަން ބޭނުންނުވާ ވާހަކައެއްކަން ޔޫނާއަށް އެނގޭނެ” މަލްދާ ބުނެލިއެވެ.

“މާޔާ ޓޭކްހާ ޓު ހާ ރޫމް….. އެންޑް މޭކް ޝުއާރ ޝީ ޓޭކްސް ހާ މެޑިސިންސް” މަލްދާ އެހެން ބުނުމުން މާޔާ ޔޫނާ އޭނަގެ ކޮޓަރިއަށް ގެންދިޔައެވެ.

މަލްދާ ފުން ނޭވާއެއް ދޫކުރަމުން ކޮޓަރިއަށްވަނީ މިރޭ އޮތް ހަފްލާއަށް ދާން ތައްޔާރުވާށެވެ.

ނުނިމޭ

Comments (2)

  1. ❤️Nanoo❤️

    Sis vaahaka vrh reethi waiting curiously for next prt

  2. Ishh

    I am sorry but I will not be writing any more stories in esfiya.

Comments are closed.