Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަދީނީ

ޔުކްތާ

Fathimath Athifa Hussain Level 210 Stories
May 23, 2020 3 Mins Read
4 Comments

ދިރިއުޅުމުގެ ހަގުރާމައިގައި ޔުކްތާ އަކީ ސާބިތުވެ ހުރެމެ ކުރިޔައް ދާ ކުއްޖެކެވެ. ބައްޕަގެ ވަކިވެ ދިޔުމަށް ފަހުވެސް މަންމަގެ ލޯބި ލިބިގެން ހިތްވަރާއެކު ފަސްނުޖެހި ކަންކަމާއި ކުރިމަތިލާ ކުއްޖެއްވެސް މެއެވެ. ސުކޫލް ދައުރު ނިއްމާލުމަށްފަހު ޔުކްތާ އަކީ މިހާރު ކާމިޔާބު މުދައްރިސެކެވެ. ބަލި މަންމަގެ ކަންތައްތައް ބަލަމުން ގޭގެ ހުރިހާ ޒިއްމާއެއް ނަގާ މީހަކީވެސް ހަމަ ޔުކްތާ އެވެ.

ކޮންމެ އިންސާނަކީ އެންމެ ފުރިހަމަ އިންސާނަކަށް ނުވާނެއެވެ. ރަނގަޅު ކޮއްލަން ޖެހޭނެ އެތައްކަމެއް ހުންނާނެ އެވެ. އެފަދައިން ޔުކްތާ އަކީ ބަރާބަރަށް ނަމާދު ކޮށް ދީނީ ކަންކަމުގައި މަޝްއޫލުވެ އުޅުނު މީހެއް ނޫނެވެ. ފަސްވަގުތު ނަމާދު ނުކުރެވުމަކީ ޔުކްތާގެ ބަލިފައެވެ. ހާއްސަކޮށް ފަތިސް ނަމާދު އޮންނަނީ ގިނަފަހަރަށް ނުކުރެވިއެވެ.މާ ބޮޑަށް ފަރުވާކުޑަ ކޮއްލެވެނީއެވެ.

އެއް ކިލާހެއްގައި ކިޔެވި ނަވާރް އާއި ޔުކްތާ އާއި ދިމާވީ ދެތިން އަހަރުފަހުން ފޭސްބުކުން ނެވެ. ސުކޫލް ނިމުނުތަނާހެން ނަވާރު ބަދަލްވީ ކިޔެވުމަށް މާލެއަށެވެ. ޔުކްތާ އާއި ނަވާރުގެ ބަދަހި އެކުވެރިކަން ދުވަސް ކޮޅަކަށް ނަމަވެސް މަޑުޖެހިލި ސަބަބަކީ ވެސް އެއީ އެވެ. ކޮންމެއަކަސް ޔުކްތާ ހުރީ އުފަލުންނެވެ. ނަވާރް ގެ އެކުވެރިކަން އަލުން ލިބުނީތީ އެވެ. ލިބޭ ހުސް ވަގުތުތަކުގައި ނަވާރް ޔުކްތާ އައް ގުޅާނެއެވެ. ސުކޫލް ދައުރުގެ މަޖާ ވާހަކަތަކުން ފެށިގެން ދިރިއުޅުމުގެ ވާހަކަތަކެވެ.

ކޮވިޑްގެ ނުރައްކަލާއެކު މާލެ ފުރަބަންދުގެ ހާލަތައް ގެނައުންވީ ޔުކްތާ އަދި ނަވާރް އައް ލިބުނު އީދެއް ފަދައެވެ. ދުވާލު ހަތަރު ދަމުހެން ފޯނުގައި ތިބުމަކީ އާދައެވެ.ފުރަބަންދުގެ ދުވަސްތައް ކުރިޔައް ދިޔައެވެ. މާތްވެންވާ ރަމްޟާން މަސް އައިސް ބޯމަތިވިއެވެ. ޔުކްތާ އައް ގުޅައިގެން ވާހަކަ ދެއްކުމުގެ ތެރޭގައި ނަމާދައް ރައްކާތެރިވުމަށް ނަވާރު ޔުކްތާ އަށް ނަސޭހަތްތެރިވިއެވެ. ނަމާދު ކުރުމުން ހިތައް އުފާވެރިކަން ވެރިވާނެ ކަމުގައި ބުނެ ދިނެވެ.

ކަންބޮޑުވެ ހާސްވާ ވަގުތުތަކުގައި ﷲގެ މަތިން  ހަނދުމަ ކުރުމަށް ނަސޭހަތްތެރިވިއެވެ. ދަތި އުނދަގޫ ތަހައްމަލް ކުރަންޖެހޭ ވަގުތުތަކުގައި ﷲ އަށް ދުޢާ ދެންނެވުމަށް ބުނެ ދިނެވެ. ފަސްވަގުތު ނަމާދު ކުރުން މަތީ ދެމިހުރުމަށް ހިތްވަރު ދިނެެވެ. ﷲގެ ތަނަވަސް ރަހުމަތާއި މެދު އުއްމީދު ކަނޑައި ނުލުމަށް ވަސިއްޔަތް ކުރިއެވެ.

ނަތީޖާ އެއްގެ ގޮތުން ޔުކްތާ ބަރާބަރަށް ނަމާދު ކުރަންފެށި އެވެ. ނަމަވެސް ފަތިސް ނަމާދު ކުރުމަށް ހޭނުލެވެ އެވެ. ނަވާރް ގެ ފުރިހަމަ އެހީތެރިކަން ފަތިސް ނަމާދު ކުރުމައް ލިބިގެން ދިޔައެވެ. ފަތިސް ނަމާދު ވަގުތައް ޔުކްތާ ނިދިން ހޭލެއްވުމަށް ގުޅާނެއެވެ. ޔުކްތާ އަށް ފަތިސް ނަމާދު ވެސް އޭގެ ވަގުތުގައި ކުރެވެން ފެށުނެވެ. އެކުވެރިޔާ ނަވާރުގެ ސަބަބުންނެވެ. އަދި ނަވާރު ދިން ހިތްވަރާއި މިންނެތް މަސައްކަތުން ވެސް މެއެވެ.

ރާއްޖޭގެ އަތޮޅުތައް ވެސް ފުރަބަން ދުގައި އޮތުމުން ގެއިން ބޭރަށް ޔުކްތާ ވެސް ނުދެއެވެ. ނަވާރް އާއި ވާހަަކަ ދެއްކުމަކީ ކޮންމެ ދުވަހަކު އެންމެ އިސްކަމެއް ދީގެން ކުރާ އެއްކަމެވެ.  ދަމުނަމާދު ކުރުމުގެ މާތްކަމާއި ސަވާބުގެ ވާހަކަ ނަވާރް ޔުކްތާ އައް ކިޔައި ދިނެވެ.”އަޅެ އަހަރެންނަކަށް ނޭނގެޔޭ  ދަމުނަމާދު ކުރަން. ދުވަހަކުވެސް ކުރި ނަމާދެއް ނޫން. ނަވާރް ކިޔައި ދީބަލަ ދަމުނަމާދު ކުރާނެ ގޮތް. އަހަރެން ބޭނުން ދަސްކުރަން ދަމުނަމާދުގެ މަތިވެރި ސަވާބު ހޯދުމައް އެ ދެން” ޔުކްތާ ބުންޏެވެ. ނަވާރު ޔުކްތާ އައް ދަމުނަމާދު ކުރަންވީ ގޮތް ތަފުސީލްކޮށް ކިޔައި ދިނެވެ.

އެހެން ނަމާދު ކުރުމެކޭ މާބޮޑު ތަފާތެއް ނެތެވެ. ދަމުނަމާދު ކުރުމުން ހިތައް ބުނެދޭން ދަތި އުފާވެރިކަމެއް ވެރިކުރުވާ ކަމުގައި ޔުކްތާ ނަވާރު ގާތުގައި ބުންޏެވެ. ދަމުނަމާދު ކުރުމަށްފަހު ގުރުޢާން ކިޔަވާލުމަކީވެސް ދަރުމައާއި ސަވާބު ލިބޭނެ ކަމެއްކަން  ވެސް ނަވާރް ބުނެ ދިނެވެ. ޔުކްތާ ޝުކުރުވެރިވެެ އެވެ. އަހަރުތަކަކަށް ފަހުވެސް ނަވާރް ގެ އެކުވެރިކަން އަނބުރާ ލިބުނީތީވެ އެވެ. ދުނިޔެވީ މަޖަލާއި އުފަލަށް ގެއްލި މަގު އޮޅުނު ހިނދު އަމާންކަމުގެ މަގު ދައްްކައި ދިނީތީއެވެ. ފަސްވަގުތު ނުކުރެވުނު ނަމާދުތައް މިހާރު ބަރާބަރަށް ކުރެވޭތީ އެވެ.

ދީނުގެ މުހިންމު ކަންކަން އޮޅުންފިލީތީ އެވެ. ޔުކްތާ އުފާވެ އެވެ. ނަވާރް ފަދަ ސާލިހު އެކުވެރިޔެއް މި ދުނިޔޭން ލިބުނީތީ ﷲއަށް ހަމްދު ކުރެއެވެ. ފިލްމުބެލުމާއި މިއުޒިކް އަޑުއެހުމުގައި ހޭދަކުރި ދުވަސްތައް އެއްފަރާތްކޮށް ފަލާހާއި ކާމިޔާބުގެ މަގައް ރުޖޫއަ ވީތީ އެވެ. ދީނީ ދަރުސް ތަކާއި އަސްހާބު ބޭކަލުންގެ ވާހަކަތައް ނަވާރް ޔުކްތާ އަށް އޮޅުންފިލުވައި ދިނެވެ. ދުނިޔެ އަކީ ވަގުތީ މަންޒިލެއް ކަން ބުނެ ދިނެވެ. އަދި ﷲގެ ހަޒުރަތައް ހާޒިރުވާއިރު  ދުނިޔެ މަތީ ހެޔޮއަމަލު ނުކުރާ މީހުންނައް ހުރީ ނަރަކައިގެ އަޒާބު ކަން ބުނެ ދިނެވެ.ނަމާދު ކޮށް ހެޔޮއަމަލު ކުރުންމަތީ  ދެމިހުރި މީހަކަށް ސުވަރުގެ ވާކަމަށް ބުނެދިދިނެވެ. ޔުކްތާ ގެ އުންމީދަކީ ހެޔޮޢަމަލު ކުރުންމަތީ ދެމިހުރުމެވެ. ދީނީ ކަންކަމުގައި ފަރުވާ ކުޑަނުކުރުމެވެ. ނަވާރް ގެ އެހީތެރިކަމާއި އެކު ޔުކްތާ މޫނުބުރުގާ އެޅިއެވެ. ރަމަޟާން މަސް ނިމިގެން ދިޔަސް އަޒުމުގައި ފަސް ވަގުތު ނަމާދު ކުރުމަށް ހިތުގެ އަޑިން އަޒުމް ކަނޑައެޅި އެވެ. ޔުކްތާ ފަދައިން އަހަރެމެން އެންމެންވެސް ފަސްވަގުތު ނަމާދު ކުރާ ބަޔަކަށް ވަމާ ހިނގާށެވެ. މީހުންނަށްޓަކައި ނަފުރަތުގެ އަލިފާނުން ޖިސްމުތައް އަންދާލާ ބަޔަކަށް ނުވުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. ގިނަގިނައިން ﷲގެ ހަޒުރަތުގައި ފާފަ ފުއްސެވުން އަދައިގެން ދުޢާ ކުރާބަޔަކަށް ވަމާ ހިނގާށެވެ. ދީނުގައި ނަހީ ކުރައްވާފައިވާ ކަންކަމަށް އަރައިގަންނަ ބަޔަކަށް ނުވުމަށް ގަދައަޅައި މަސައްކަތް ކުރަމާ ހިނގާށެވެ. އެއިރުން އަހަރެމެންނަށް ﷲގެ ހެޔޮ ރަހުމަތުން  ދަރުމައާއި ސަވާބު ލިބޭނެއެވެ. މާތް ﷲ އަޅަމެން އެންމެންނަކީ ހެޔޮގޮތައް އުޅޭ ހެޔޮ އަމަލްކުރުން މަތީ ދެމިތިބޭ ބަޔެއް ކަމުގައި ލައްވާށި އެވެ. އަދި ކޮރޯނާ ވައިރަސްގެ ވަބާއިން މުޅި ދުނިޔެ ސަލާމަތް ކުރައްވާށި އެވެ. ފެހިކަމާއި އާރޯކަން އަހަރެމެންގެ ދިރިއުޅުމުގައި ލައްވާށިއެވެ.

 

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ފޮނި ފާރޮށި 12

Next

ހިތް ކަލާޔަށް އެދޭތީ..10

Next
May 23, 2020

ހިތް ކަލާޔަށް އެދޭތީ..10

Previews
May 23, 2020

ފޮނި ފާރޮށި 12

4 Comments!

  1. 3221 says:
    May 23, 2020 at 2:19 am

    Frst of oll thnkx..stry eh kiyaalan libunythiyve..Alhamdhullihllah…Masha allah v vx nice … Ragalhu frnd akaa jehihjehyaamu chng vaane..I ve experience…Aathi sis looking forwrd hama..best of luk..May Allah forgive u n full fill ur dreams n bless u…

    1. Fathimath Athifa Hussain says:
      May 23, 2020 at 3:44 am

      Thanks Dear! It Means A Lot❤

  2. NAWAAR says:
    May 23, 2020 at 3:40 am

    Masha allah?? v miss ❤❤ v loabi vaahakaeh. Uhmeedhu kuran yuktha abadhuves thi gothuga hunnanekamah???

    1. Fathimath Athifa Hussain says:
      May 24, 2020 at 3:42 am

      Thanks Love! It means a lot! I Love You More NAVAAR❤?

Comments are closed.



All Right Reserved!