އިމްތިޙާން 5
ހަމަހިމޭން ވަގުތުކޮޅަކަށްފަހު ސަމީރުގެ ކަންފަތުގާ ގުގުމާލީ ޖެހިލުމެއްނެތި ސީމާ ބުނެލި ވާހަކައެވެ.
” އަހަރެން އެދެނީ ތިކުއްޖާ ކޯޓް މަރުހަލާގެ ދަށުން އަހަންނަށް ހަވާލުކޮށްދިނުމަށް.”
ސަމީރުގެ ލޮލުން ނީރާލަމުން އައި ކަރުނަތަށް ކުއްލިޔަކަށް ގަނޑުވިކަހަލައެވެ. ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ސަމީރަށް ހީވިއެވެ. ބުނާނެ އެއްޗެއް ނޭންގި އިރުކޮޅަކަށް ބަސްހުއްޓިފާ ހުންނަންޖެހުނެވެ. މިއީ ސަމީރު އުންމީދުކުރި ގޮތެއްނޫނެވެ. ނަމަވެސް ސީމާގެ އެދުމަށް ކޮންމެސް އެއްޗެއް ބުނަން މިވަގުތު ސަމީރަށްވަނީ މަޖުބޫރުވެފައެވެ . ކުޑަކުޑަ ޅަފުރާނަ އުނގަށް ލައިގެން ފިރުމާލަ ފިރުމާލާ އިން ސަމީރުގެ ދޫ އަނެއްކާވެސް މަޑުމަޑުން ޚަރަކާތްތެރިވާންފެށިއެވެ.
“އެންމެ ރަނގަޅު… އެކަމަކު އަހަރެންގެ އެބަހުރި ޝަރުތުތަކެއް. އަރެންގެ ދަރިފުޅުގެ ނަން ދުވަހަކުވެސް ބަދަލު ނުކުރާތި.. އަހަންނަކީ މިދަރިފުޅުގެ ބައްޕަކަން އުމުރަށްވެސް ވިސްނަދޭތި… އަހަރެން ބޭނުން ކޮންމެ ހިނދަކު އަހަންނަށް ތުގާއާ ބައްދަލުކޮށްދޭތި… އަހަންނަށް ވީވަރަކުން ޚަރަދުވެސް ކުރާނަން. އެހެންވީމަ ދުވަހަކުވެސް އަހަރެންނަށް އެކަން މަނާ ނުކުރާތި.. އަހަންނަށް އިނގޭ ކޯޓު މެދުވެރިކޮށްފިއްޔާ އެއީ ވަރަށް ބޮޑުކަމެއްކަން. އެހެންވީމަ އަހަރެންގެ މިޝަރުތުތަކާ އަދި އިތުރު ޝަރުތުތަށް އަހަރެން ބޭނުން ކޯޓު ބަޔާނުގަވެސް ލިޔަން.” ހިނދުކޮޅްކަށް ސަމީރު ހަމަހިމޭންވެލިއެވެ. މިއީ ސަމީރަށް ފަސޭހަ ވަގުތެއް ނޫނެވެ. އެހެންނަމަވެސް ކޮންމެހެން ބުނަން ބޭނުންވާ ވާހަކަތައް ހުރުމުން ، ސަމީރު ވިސްނީ ވާހަކަ ކުރިޔަށް ގެންދާށެވެ.
ދޮންތާ! އަހަންނަށް މިދަރިފުޅު އުފާކޮށްދިނުމުގެ ނަސީބު އަދި ލިބިފައެއްނެތް. އެހެންވީމަ… އެހެންވީމަ ދޮންތަމެން ދުވަހަކުވެސް ތުގާ ހިތާމަކުރިޔަ ނުދޭތި. އަދި ބައްޕައެއްގެ ހައިޞިއްޔަތުން އެމަންޖެއަށް ފުރިހަމަ ޙިމާޔަތެއް ދިނުމުގެ ނަސީބުވެސް އަހަންނަކަށްނެތް… އެހެންވީމާ ތުގާ ދިރިއުޅެންޖެހޭ ތަނަކީ އޭނައަށް ބިރުވެރި ނާމާން ތަނަކަށް ނުހަދާތި. ފަހަރެއްގަވެސް އަހަރެން ބޭނުމެއްނޫން، ދޮންތަމެންގެ ފަރާތުން ކުޑަނަމަވެސް އަނިޔާއެއް ތުގާއަށް ވާކަށް… އެކަމަކު… ދުވަހަކުވެސް… ދުވަހަކުވެސް އެހެންވެއްޖެއްޔާ އޭނައަށް ލިބޭ ކުޑަކުޑަ ޒަޚަމެއްގަވެސް ބޭސްއަޅާދިނުމަކީ އަހަންނަށް ފަސޭހަކަމަކަށް ނުވާނެ.” ސަމީރުގެ ދުލުން ބަސްހުސްވިކަހަލައެވެ. ހަޤީޤަތުގަވެސް ސަމީރަށްވަނީ އިންތިހާއަށް އަސަރުކޮށްފައެވެ. ފެންކަޅިވެފައިވާ ދެލޮލުން ފެންނަމިންދިޔަ އަސަރުތައް ވަންހަނާކުރަން ސަމީރުދިޔައީ މަސައްކަތް ކުރަމުންނެވެ.
“އެންމެ ރަނގަޅު. ފަރީދާ ކޮށްކޮއަށްޓަކާ އަހަރެން ތިކަމާ ހަވާލުވާނަން. ތި އެދުންފަދައިން އަހަރުމެން އޭނައަށް ފުރިހަމަ ހިމާޔަތްދޭނަން. އޭނަގެ މަންމަގެ ފަރާތުން ނުލިބުނު ލޯތްބާ.
ބައްޕަގެ ފަރާތުން ގެނެސްދެވެން ނެތް އެތަށް އުފާވެރިކަމެއް މޫސަގެ ފަރާތުން އިހްސާސް ކޮށްދޭނަން. ސަމީރުގެ ހަޔާތަށް ތިހެން ދިމާވީ މީހަކުކުރި ކަމަކުންނޫން. ފަރީދާ ކޮށްކޮގެ ނެތިދިޔުމަކީ ސަމީރާ ސަމީރުގެ ދަރިން ނިކަމެތި ވާންޖެހޭކަމެއްވެސް ނޫން. ކޮންމެ މީހަކަށްވެސް ﷲ މިންވަރު ކުރައްވާނީ އެމީހަކަށް އެންމެ ރަނގަޅުގޮތް. ސަމީރު އަހަރުމެންނަށް އިތުބާރުކޮށް ހިތްވަރުކުރޭ.”
ސީމާގެ ވާހަކަތަކުން ސަމީރަށް ލިބުނީ ބަޔާންކުރަން ނޭންގޭ ހިތްވަރެކެވެ. އެހެންނަމަވެސް ސަމީރު ގަބޫލުކުރާ ގޮތުގާ އެއީ އަދިދެންމެ ކަންފަތަށް އިއްވާލި ލުއިލުއި ބަސްތަކެކެވެ. ސީމާ އެހެން ބުނިކަމުގާވިޔަސް އެބުނި ބަސްތަކަކީ މާބޮޑު ބަރުދަނެއް ހުރިއެއްޗެއް ކަމަށް ސަމީރަށް އަދި ޤަބޫލު ކުރެވެންނެތީއެވެ. އެހެންނަމަވެސް، ހަޤީޤަތުގައި ސަމީރަށް ސީމާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ. ފަހަރެއްގާ ސަމީރާ ދޭތެރޭ ހަމްދަރުދީވަނީ ކަމަށްވެސް ވެދާނެއެވެ.
“ސަމީރަށް ރަށަށް ދެވެންދެން މިތާކައިރި މިހިރަ ކޮޓަރީގަ ދަރިފުޅާއެކު މަޑުކޮށްލާ.” މޫސަގެ އެދުމަށް ސަމީރު އޭނާގެ ދަރިފުޅު ގޮވައިން ކޮޓަރިއަށްވަނެވެ. ކުޑަކުޑަ ތުގާ އެނދުގާ ބާއްވާލެވުނީ ކިރިޔާއެވެ. ސީމާގެ މަޑުމަޑު ރުއިމުގެ އަޑު ސަމީރުގެ ކަންފަތުގާ ޖެހުމާއެކު ލަސްލަހުން އައިސް ދޮރުގާ ކަންފަތްޖައްސާލިއެވެ.
“ހަމަތެދެއް މޫސާ! އަހަރެން އެކުޑަކުއްޖަ ބޭނުން… ލޯބި ދީގެން ބަލާނަން.. ފަރީދާ ކޮށްކޮގެ އުންމީދުތަކުގަ ކުލަޖައްސަދޭނަން. އެކަމަކު މޫސާ! ސަމީރުގެ ވާހަކަތަކުން އަހަރެން ވަރަށް ދެރަވެއްޖެ… އެވަގުތު އަހަންނަށް ކިރިޔާ ނުރޮއި ހިފައްޓާލެވުނީ.. ސަމީރު އެކުއްޖާދެކެ ވާލޯބި އޭނަގެ ކޮންމެ ޚަރަކާތަކުންވެސް އަހަރުމެނަށް ފެނިއްޖެއެއްނު… ސަމީރު އެކުއްޖާ ދޫކޮށްލަން ބޭނުމެއްނުވޭނު. އޭނައަށް މަޖުބޫރުވީމަ މިހެންމިވީ. އެހެން ނޫންނަމަ އޭނަ އެކުއްޖަ އެއްވެސް މީހަކަށް ނުދޭނެ. އަހަންނަށް އެކަން ޔަޤީން ވެއްޖެ.”
ހިސާބަކަށް ވާހަކަ ދައްކަމުންދިޔަ ސީމާގެ ރުއިމަށް ބަދަލެއް ނާދެއެވެ.
“އަހަންނަށް ކުދިން ނުލިބުނަސް އަހަންނަށްވެސް ކުދިންދެކެ ލޯބިވާންއެނގޭ.. ދަރިންލިބި ކިތަށް މީހުން ދަރިންނަށް އަނިޔާކުރަނީ.. ކިތައްމީހުން އެކަހަލަ އެތަށް ފުރާނައެއް ދިރިހުއްޓަ ވަޅުލަނީ.. އެކަހަލަ ކިތަންމެ ކުދިންނެއް އަހަރެން ބަލާފާނަން… އަހަންނަށް ހީވަނީ ސަމީރު ހަމަ އެކުއްޖާ ދޭންއެހާ ބޭނުންނުވާހެން.. އަހަރެން މިދެރަވަނީ ސަމީރަށް ކޮށްފަހުރި އަސަރުން. މީގެ ކުރިން އަހަރެން އަޑުއަހަނީ ދަރިންދެކެ ބޮޑަށް ލޯބިވަނީ މަންމައިންނޭ ބުނާއަޑު. އެކަމަކު ސަމީރުކަހަލަ ފިރިހެނުން މަދުންނަމަވެސް އުޅޭކަން އިނގިއްޖެ”. ސީމާ ރޮމުން ދިޔައިރު މޫސަގެ ޖަޒްބާތުތައްވެސް ހަމައެފަދައެވެ.
ސީމާއާ މޫސަދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން ހުރި ސަމީރަށް ބޭއިޚްތިޔާރުގައި ރޮވިއްޖެއެވެ. ދޮރުފަތުގާ ބުރަކަށި ޖައްސާލައިން ރޮމުންދިޔަ ސަމީރު މަޑުމަޑުން އިށީންނަމުން ދިޔައެވެ. އެލޮލުން ވެއްޓޭ ކޮންމެ ކަރުނަތިއްކެތް ސަމީރުގެ ކޯތާފަތުގާ ބޮސްދެމުންދެއެވެ. އާނއެކެވެ. އެލޮލުން އޮހޮރޭ ކޮންމެ ކަރުނަތިއްކެއްވެސް ސަމީރަށްޓަކާ އެންމެ ގާތުން ޙަމްދަރްދީވެއެވެ. ފަރީދާގެ ނިމިދިޔުމަށްފަހު، އެންމެ ގާތް އެކުވެރިޔަކީވެސް ސަމީރުގެ ލޮލުން ނީރާލައިން ފައިބަމުންދާ އެކަހަލަ އެތަކެއް ކަރުނަތަކެކެވެ.
ސަމީރު މާލެ އައިތާ ފުރިހަމަ ހަފްތާއެއް ވަނީއެވެ. ސީމާ އެދުންފަދައިން ކޯޓު މަރުހަލާގެ ދަށުން ތުގާ އެމީހުންނާ ހަވާލުކުރެވިއްޖެއެވެ. ދެފަރާތުން ވެވުނު އެއްބަސް ވުމުގެތެރެއިން ސަމީރުގެ ޝަރުތުތައްވެސް ދަމަހައްޓަން ސީމާއަށް މަޖުބޫރުވީއެވެ. ފަރީދާގެ ފަރާތުން ލިބުނު އެންމެ ފަހުގެ ނިޝާން، ސަމީރަށް ސިފަކުރެވުނީ ލޯބީގެ ރަމްޒެއްގެ ގޮތުގައެވެ. އާނއެކެވެ.!! މިހާރު އެއީ ސަމީރުގެ މާޒީއެވެ. އެހެނެއްކަމަކު، މިއަދަށްފަހު ސަމީރުގެ ދިރިއުޅުމުގެ މުސްތަޤްބަލް އަނެއްކާވެސް އާބާބަކުން ފަށަންވީއެވެ. ކުޑަކުޑަ ދެފިރިހެން ކުދިންގެ ޙައްޤުގައެވެ. އެކުދިންގެ ހަޔާތް އުޖާލާކޮށްދިނުމަށެވެ. ހިތްވަރާއެކު އަމިއްލަ ދިރިއުޅުން އާރާސްތުކުރަން ސަމީރު ރަށަށްދާން ފުރިއެވެ.
– ނުނިމެ –
—————————————————-
ނޯޓް: އަޅުގަނޑުގެ ވާހަކައިގެ އިންތިޒާރުގާ ވަގުތުތައް ގުނަމުންދާ އެންމެހާ ކިޔުންތެރިންނަށް!
ރަމަޟާންމަހުގެ ފުރަތަމަ 10ގެ ބަރަކާތާ ޘަވާބް ލިބިގަތުމަށް ތިޔައެންމެހާ ފަރާތްތަކަށް ހެޔޮހިތުން އެދެން.
އަދި މިވާހަކަ ކިޔަމުންދާ ހުރިހާ ބޭފުޅުންނަށާ، ވާހަކައަށް ކޮމެންޓް ކޮށްދެއްވާ އެންމެހާ ފަރާތްތަކާ އަދި އަޅުގަނޑުގެ ވާހަކައަށް ލައިކް ދެއްވާ ހުރިހާ ފަރާތްތަށް ޝާމިލްވާހެން ނުހަނު ލޯތްބާ އުފާލާއެކު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
25 Comments!
Comments are closed.







good work shaleen .v shauguveri vejje mi vaahaka ah.asarugadhaey hama bunelaany. Mivaahaka ah abadhu inthixaar kurevey. Dhen vaany kihineibaa THUGAA ah.? anyways mihuree anei prt ge inthixaar ga. Thnks thikuraa masakkathah.
Thidhevvi comment ufalaaeku balaigannan.
V bodah shukuriyya.
Ummeedhu kuran abadhuves alhugandah support kohdheyne kamah.
Thugaa ah vaagoiives ehen part thakun ingidhaanethaa dho
mi prt vvv salhi ingey….dhn aneh prt pu kuraany kn dhuhukun??
Komme wk aku TUESDAY ga in sha allah. ? Thank you shaiiii thidhevvaa hihvarah.
Thank you so much.
Next part hama ummeedhu kuran wednesday ga kiyaalan libeyne kamah
Masha allah varah reethi mi part ves.. Reethi kamun bunaane ehcheh ves neynge.. Hama an’ga bandhu vejje?.. Mi faharu me second dhw, Insha allah next part ga 1st hoadhaanan.. Will be always here to support you.. Must appreciate your hard work.. Curiously waiting for the next part.. Real Me loves you a lot Shaleen ❤
keekey dho bunaanee Real Me ah… v v v bodah shukuriyya thi dhevva ebbaarulamah. Adhi dhevvamun gendhaa reethi reethi comment thakah.
Masha allah. This part was AWESOME. Shaleenge jumla thakah thihira genna bas thakunnaa Ibaaraaiyy kuraaleiyy furihama v ma story hama vrh reethi. Will be waiting for the next part.
Lots of love
Lil sis ❤
Alhamdh lillah
Shukuriyya Lil sis.
Hama bunelan othee abadhuves komme part akahves comment dhevvahchey.
Fassi / nassi khiyaaluthahves hama balaigannaanamey ?
such a greatful story ma sha allah.
Bunaane ehchei nenge. Thi liyuntherikamah hama evvana.
Mind ga mihaaru abadhu innany mi story. Dhen vaany kybbaaey hithah araa hama.
Curiously waitttttttinggggggg.
Thnxs shaleen.
awww!!!
thank you thank you dear for the lovely comment.
V ufaavejje ehaa inthizaaru kuraathyve.
Abadhuves mi vaahaka magbool kurumah masakkai kohdhevvaa.
chaaley mivaahaka.
Asareiivaa ebahuri
Haadhisaa hama thafaathu
Anei part avas kollavvaa
Shaleen hama molhey ma sha allah
alhamdhu lillah
Ma sha allah
Thank you.
This gift is from allah.
Happy vejje
Masha allah vrh vrh reethi. Asarugadha afhi hiyyrovvaalaa fadha basthah beynunkollaafa hunnaathii vrh shauguverikan ithuruvey. Mi stry akii mihaaru abadhuvx up veythw emme inthizaaru kurevey story. Keep it up. Luv u sis❤
alhamdhu lillah
Thank you dear for the swyt words from you.
Hehe. Hih rovvaaliyas lolun nurohchey ingey. Hehehe
Thanks for waiting dear
V rythi, hyvani hama manzaru kurimathinn fenunu henn, i miss my bappa, hifehettumeh nethi lolunn karuna niraalaiifi ?
oh sorry dear. Nengey bappa ah ehaa relate vaa storyeh kamei.
Ekamves thank you for the grt comment.
Masha Allah
V rythi mi bai vs, next part ge innthixaruga hurinn, v furihama, may Allah bless u wrk
thank you .
Alhamdhu lillah
Ma sha allah
Abadhuves inthizaaruga hunnavaa.
Alhuganduves try kuraanan vee emme rangalhakah genesdheveytho
Adhi vee emme avahah stry up kolla dheveytho
Again.thanks alottttt
Masha Allah
v furihama, may Allah bless u wrk,
Kirimathinn hama manzaru sifa vi fadha,
Mi vaahaka kiyamun dhaa iru bappa mathinn v hadhann vey
oh asluvestha
Shenhaage hunnany mikahala bappa ehtha?
thank you mivaahaka ah comment kohdhevvaathyve
Bunelan othy hama alhugandaa eku kuriyah hingavaashey.
Hehehe
Dhannavaalan.
Comment kuraa baeh kudhinge comments pending ga hunnaathy adhives publish nuve.
Ehn namaves ekudhinge comments alhugandu vaany kiyaafa.
So part3 part4 adhi part5 ah comment koh pending ga thibi
Hurihaa kudhinnah vrh bodahves shukuriyya.
Pending ga comment huri kudhinnaki
?
Shenhaa
1990
Maasha9092
koimalaa
Shaleen
Shaleenge emme bodu fan
No.1 fan
Hamoo
Afffraushyyy
Dhiffushi kujjaa
Mi hurihaa kudhinge comments ufalaa eku baligannan. ?❤❤❤❤
Maasha Allaah.. mi partuves vvv reethi. V asarugadha. Jumlathahves beynun koffa hunnaleh v furihama.. kuriah huri part thah adhi miahvureves asarugadhavefa reethi vaane kamah ummeedhu kuran. Inshaa allaah kuriyah dheveyne.. luv u so much ????
tahnk you vrh bodah mi comment kollaafa inyma.
Bunelan othy inthizaar kohlaashey adhives
Vaahakaige reethikan adhi othy hama kuriyah in sha allah
love you too much