Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ލޯބި މަވީ ބޭކާރޭ

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
March 20, 2020 3 Mins Read
18 Comments

”ވަކިވީ އަސަރާ މަންޒަރު، ހިތަކުން ހަމަ ނުފިލާނޭ.

ވޭނާއި ރިހުން އެކުވާ، މިހިތާމަ އާލާވާނޭ.”

އިވެމުން ދިޔަ މަޑުމޮޅި ހިތާމަވެރި ލަވައިގެ ސަބަބުން އަހަރެންގެ ދެލޯ ތެންމަމުން ދިޔައިރު ބޯ އަޅައިގެން އޮތް ބާލީސްވެސް ދިޔައީ ހިނދެއް ހިނދަކަށް ފޯވަމުންނެވެ. ނަމަވެސް ހިތުގައި އުފެދޭ ސުވާލަކީ މިއީ އަހަރެން ކަރުނަ އަޅައި ރޯންވީ ވަގުތު ހެއްޔެވެ؟ ނޫނީ ހިތްވަރާއެކު ކޮޅަށް ތެދުވަންނަންވީ ވަގުތު ހެއްޔެވެ؟

މާތްކަލާކޯއެވެ. އަހަރެންނަށް މިއަދު މިވަނީ ކޮންފަދަ ހާލެއް ޖައްސަވާއި ހެއްޔެވެ؟ މިއީ މިއަދު އަހަރެންނަށް މިންވަރު ކުރެއްވި ގޮތް ހެއްޔެވެ؟ ތަގްދީރުގައި އަހަރެންނާ މެދު ލިޔެވިފައިވަނީ މިފަދައިން ހެއްޔެވެ؟ ނޫނެކެވެ. ތަގްދީރު އަހަރެންނާ މިފަދަ ބޮޑު ސަމާސާއެއް ނުކުރާނެއެވެ. އޮޅުވައެއް ނުލާނެއެވެ. ނަމަވެސް މިއަދު އަހަރެންނާ ކުރިމަތި މިވަނީ ކޮން ފަދަ މުސީބާތްތަކެއް ހެއްޔެވެ؟

ކެތް ކުރެވޭނީވެސް ވަކި ވަރަކަށެވެ. ނަމަވެސް މިއަދު އަހަރެންނަށް މިވަނީ ކަށީގައި ނެތް ހިތްވަރެއްލައިގެން ކެތްކުރަން ޖެހިފައިއެވެ. ދިރިއުޅުމާގެން ކުރިއަށްދާން ޖެހިފައިއެވެ. ނަމަވެސް މިކަން ވާނެ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އަހަރެންނަށް ވަގުތުން ލިބުނީ އަހަރެންގެ ޟަމީރުވެސް މިކަމާ ދެކޮޅު ހަދަމުންނެވެ. އާއެކެވެ. މިއަދު އަހަރެން މިވަނީ ބޮޑު އަޑިގަނޑަކަށް ވެއްޓިފައިއެވެ. ތެދުވުމަށް ހިފާލާނޭ އަތެއް ނުލިބިފައިއެވެ. ހުންގާނު ނެތް އޮޑިއެއް ފަދައިން މިސްރާބު އޮޅިފައިއެވެ.

ބުނާތީ އަޑު އަހަމެވެ. އަންހެނެއްގެ ހިތެއް ދުވަހަކުވެސް ނުފުރޭނެއެވެ. ކަނޑުގެ ފުންމިނަށްވުރެ އެމީހުންގެ ހިތް ފުންވާނެއެވެ. ނަމަވެސް މިވާހަކަ އަހަރެން ދޮގު ކުރީމެވެ. ހިތާ ފުރާނައިން އަންހެން ކުއްޖެއްދެކެ ތެދުވެރި ލޯބިވެވުމުންނެވެ. އެއީ އަޒްކާއެވެ.

ކަޅުކަންގަދަ ދިގު އެސްފިޔަތަކުގެ ހިމާޔަތުގައިވީ ފެހިކުލައިގެ ކަޅި އަހަރެންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަނީ މަގުމަތިންނެވެ. އަހަރެންނަށް ހުއްޓާ ނުލައި އޭނާގެ ސޫރައަށް ބެލުނެވެ. ހަމައެވަގުތު އަހަރެންގެ ހިތް އޭނާއަށް ހިބައިން ދެވުނު ކަހަލައެވެ. އެސޫރަ އަހަރެންގެ ހިތުގައި ރަބަރަކުން ފުހެނުލެވޭ ވަރަށް ކުރުހާލެވުނެވެ. ހިތިފަތު ބުމައެކެވެ. ފިނިފެންމަލެއްފަދަ ފިޔާތޮށި ކުލައިގެ ތުންފަތެކެވެ. އެހައިވެސް ދޮނެވެ. އިސްތަށިގަނޑު މަޑު ދަނބު ކުލައިގެ ބުރުގަލަކުން ފޮރުވާލެވިފައިވުމުން އަހަރެންގެ ޝައުގުވެރިކަން އެ ފަންމިންޏަށް ދަމައިގަންނަން ނެގީ ސިކުންތު ކޮޅެކެވެ.

އެކި މީހުންގެ ގާތުގައި އަހައިގެން އޭނާގެ ހުރިހާ މައުލޫމާތެއް އަހަރެން ހޯދީމެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައިއެވެ. ނަންބަރު ހޯދައި މެސެޖު ވެސް ކުރީމެވެ. ހިތަށް ފިނިކަމެއް ލިބި ހިތްހަމަޖެހުމެއް ލިބުނީ އޭނާ އަހަރެންނާ ވާޙަކަ ދެއްކުމުންނެވެ. ހިނދުކޮޅެއްގެ ތެރޭގައި އަހަރެމެން ދެމީހުން އެކުވެރިންނަށް ވީމެވެ. އަހަރެން އޭނާއަށް އަހަރެންގެ ހުރިހާ ވާހަކައެއް ކިޔާދިނީމެވެ. ނަމަވެސް އޭނާއާ ބެހޭ މާ ގިނަ މައުލޫމާތެއް އަހަަރެން ނާހަމެވެ. އަހާކަށް ބޭނުމެއްވެސް ނޫނެވެ. ނަމަވެސް އެޅުނީ ދުވަހަކު ހަނދާނުން ފުހެވިގެން ނުދާނޭ ފަދަ ބޮޑު ޅަ އެއްޗެކެވެ.

އެކުވެރިކަން ލޯތްބަށް ބަދަލުވެގެން ދިޔައީ މަހެއްހާ ދުވަސް ތެރޭގައިއެވެ. އޭނާވެސް އަހަަރެންދެކެ ފުރިހަމަ ލޯބިވާ ކަމަށް ބުނަމުންނެވެ. އެތައް އަހުދަކާ ވައުދެއް ވަމުންނެވެ. އެތައް އެތައް މާބޮނޑިތަކާއި ކާޑުތަކުންނެވެ. އެހެންނަމަވެސް އޭނާގެ ހިތެއް ނުފުރުނެވެ. ނޫނީ އަހަރެންނަށް އޭނާ ބޭނުންވާފަދަ އެއްޗެހި ވަކި ކުރަން ނޭނގެނީއެވެ. އަހަރެން އޭނާ ދެކެވީ ހަގީގީ ތެދުވެރި ލޯބި ހެދީ މަޖަލަކަށެވެ. ކުޅިވަރަކަށެވެ. އެހެނީ އަހަރެން އަބަދުވެސް އަޑުއަހަނީ ފިރިހެނުން އަންހެން ކުދިންނަށް ދޯކާ ދޭ ވާހަކައެވެ. އޮޅުވާލާ ވާހަކައެވެ. ނަމަވެސް އަހަރެންނަށް ވީ މުޅިން ތަފާތުކޮށެވެ.

”އިނާން.. ތި އެޅުނީ ކަތި ފިޔަވަޅެއް.. ތި އަޒްކާއަކީ ރަނގަޅު ކުއްޖެއް ނޫން.. އަހަރެން ލޮލުން ދެކި އަތުން ހިފައިފަ މިބުނަނީ.. އަޒްކާ އެހެން ފިރިހެނަކާ އެއްކޮށް އުޅޭ.. ރެސްޓޯރެންޓުތަކަށް ގޮސް ހަދާ.. މިކަން ގަބޫލުކުރޭ.. މިއީ ހަމައެކަނި އަހަރެންގެ ބަހެއް ނޫން.. އެތައް ބަޔަކަށް މި މަންޒަރު ފެނުނު.. މިކަމާ ދޭތެރޭ ވިސްނާލާ.. އެހެންނޫނީ އިނާންގެ މުޅި ހަޔާތް ބަރުބާދުވެގެން ގޮސްދާނެ..” އެކުވެރިޔާ ބުނި ކޮންމެ ބަހެއް، ކޮންމެ ޖުމަލެއް އަހަރެންގެ ހިތަށް އައިސް ވަނީ ދުނި ތީރުތަކެއް ފަދައިންނެވެ.

އެދުވަހަށްފަހު އަހަރެން އޭނާގެ އުޅުމަށް ފާރަލީމެވެ. ހަފުތާއެއް ވަންދެކަށެވެ. ފެނުނީ ދުވަހަކު ބަލަން ބޭނުންނުވާ މަންޒަރުތަކެވެ. އިވުނީ އަޑު އަހަން ބޭނުންނުވާ އަޑުތަކެވެ. އަހަރެން އެއްކޮށް ގޮތް ހުސްވެގެން ދިޔައެވެ. ސިކުނޑީގައި ހީވީ މީހަކު އެއްޗަކުން ޖަހައި ޗިސްޗިސް ކޮށްލި ހެންނެވެ. ހިތުގައި ހީވީ މީހަކު ވަޅި އަޅައި ކޮށާލިހެންނެވެ. ނަމަވެސް ވަގުތުން އެނުބައި އަންހެނާއާ ދުރުވާން ބޭނުންވިއެވެ. އޭނާގެ ހަނދާންތަކުން މިންޖުވާން ބޭނުންވިއެވެ.

ވަރަށް ހިތްވަރުކޮށްފައި އަހަރެން އޭނާގެ ކުރިމައްޗަށް އެރީމެވެ. ނަމަވެސް ހުރެވުނީ އަނގަ ހުޅުވާލަން ނުކެރިފައިއެވެ. ހީވީ އޭނާ އަހަރެންގެ ހިތުގައި ހުރި ހުރިހާ އެއްޗެއް ކިޔައި ނިންމާލިހެންނެވެ. އަހަރެންނަށް ވުރެ ކުރިން އޭނާގެ ވާހަަކަ ފަށައި އަހަރެން ކުޅޭ ކުޅޭ އެއްޗަކަށް ހަދާލާފައި ދިޔައީ އެއްވެސް ރަހްމެއް ކުލުނެއް ނެތިއެވެ. އެދުވަހު އޭނާ އަހަރެންނާ ދިމާލަށް ގޮވި ހަޑިހުތުރު ބަސްތަކާއި އަހަރެން ދެރަކޮށްލުމަށް ބުނި ހުރިހާ ބަހެއް ކަންފަތުގައި އަދިވެސް، އަދިވެސް ގުގުމަމުން އެބަ ދެއެވެ. ފިރިހެނަކަށްވެ ހުރެ އެންމެ ބަހެއްވެސް އަހަރެންނަށް އޭނާއާ ދިމާލަށް ބުނާކަށް ނުކެރުނެވެ. އޭނާއަށް ކުރި އަދި ކުރެވުނު އިހްތިރާމެއްގެ ބޮޑުކަމުންނެވެ.

ހުއްޓާނުލައި އޭނާގެ ފަހުބަސް އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައިރު ފައިން ހީވީ ދެންމެ ދެންމެ ވަރުދޫވެގެން ހިނގައިދާނެ ހެންނެވެ. ހުރެވުނުތަނެއް ނޭނގުނެވެ. ހޭލެވުނީ މެޝިންތަކުގެ އަޑަށެވެ. އާއެކެވެ. މިއަދު އަހަރެންނަކީ އެއް ފަރާތުގައި ވާގި ގޮސްފައި އޮތް ނުކުޅެދުންތެރިއަކީމެވެ. ލޯބީގައި ނާކާމިޔާބު ވެރިއަކީމެވެ. ބަދު ނަސީބުވެރިއަކީމެވެ.

މިހާރު ހިތަށް އަރައެވެ. މީހެއް އިހްތިޔާރު ކުރުމުގެ ކުރިން އޭނާގެ ބޭރުފުޅުގެ ސިފައަށް ބެލުނުކަމީ މޮޔަކަމެކެވެ. އޭނާގެ ފަރަާތުން އަހަރެންނަށް މިލިބުނު ހިތާމަ، ހިތަށް ލިބުނު ޒަޚަމްތައް ދުވަހަކުވެސް ފިލައިގެނެއް ނުދާނެއެވެ. އަބަދުވެސް އެހަނދާންތައް ސިކުނޑީގައި އާލާވާނެއެވެ. ނަމަވެސް މި އިނާނެއް ދެނެއް އެ އަޒްކާގެ ފަހަތުން ދުވެ އާދޭހެއް ނުކުރާނެއެވެ.

~ ނިމުނީ ~

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހަހުރަޔާ – 02

Next

ކޮރޯނާ ވައިރަސް(ކޯވިޑް-19)

Next
March 20, 2020

ކޮރޯނާ ވައިރަސް(ކޯވިޑް-19)

Previews
March 20, 2020

ހަހުރަޔާ – 02

18 Comments!

  1. Liyaa says:
    March 20, 2020 at 10:25 am

    Mashaa allah nice keep it up. ??

    1. ?Nafu✨ says:
      April 3, 2020 at 7:05 pm

      thanks liyaa

  2. Shina says:
    March 20, 2020 at 10:35 am

    Me first to comment ???nice story ?dhen konirakuntha ehenvaahakaeh upkuraani ???waiting for another story of yours

    1. ?Nafu✨ says:
      April 3, 2020 at 7:09 pm

      thanks shina

  3. Aashy says:
    March 20, 2020 at 1:11 pm

    V reethi ……
    Ehn story akah wait kuran……

    1. ?Nafu✨ says:
      April 3, 2020 at 7:14 pm

      thanks aashy

  4. friend[] says:
    March 20, 2020 at 6:15 pm

    Masha allah … love it… waiting for a story from you … lysm

    1. ?Nafu✨ says:
      April 3, 2020 at 7:16 pm

      thanks friend

  5. Dhonthy says:
    March 20, 2020 at 7:30 pm

    V salhi vaahaka. Nafu ge ehen reethi vaahaka eiy kiyaalan libeynekamau ummeedhukuran. Ly ❤️❤️❤️???

    1. ?Nafu✨ says:
      April 3, 2020 at 8:33 pm

      thanks dhonthy

  6. Kairaa says:
    March 20, 2020 at 9:51 pm

    Varah varah reethi……waiting nafu ge ehn story akah….

    1. ?Nafu✨ says:
      April 3, 2020 at 7:03 pm

      thanks kairaa

  7. Yaal says:
    March 21, 2020 at 12:54 am

    Ohhhhh……..nice story………..

    1. ?Nafu✨ says:
      April 3, 2020 at 7:02 pm

      thanks yaal

  8. Naf says:
    March 21, 2020 at 2:00 am

    just read this since we have the same name

  9. azkaa says:
    March 24, 2020 at 2:04 pm

    Wow

    1. ?Nafu✨ says:
      April 3, 2020 at 7:01 pm

      thanks azkaa

  10. Mäřęé Āđhų says:
    March 26, 2020 at 8:36 pm

    Liusha Mohamed

Comments are closed.


All Right Reserved!