އާދޭސް ކުރާ ހިތްވޭ…1
“ލޯމަރާލަން ބޭނުމޭ..
އޮވެ ތި އުނގުގާ ބޯ އަޅައި….
ބުނެދޭނުހޭ ލޯބިވާ…
ދެން ކަލާ ދެރަ ނުވާށޭ…
ޖަންނަތެއް ވޭ އެކުމަށާ..
ކެތް ކުރާށޭ ލޯބިވާ…
ވާނުތޯ އޭ ގާތުގާ..
ރޭދުވާ އެކުގާ ތިބާ…”
އަނިކާގެ މި ލަވަ އިން އީދު ޝޯވްގެ އަޑު ގަދަ ވި ހެން ހީވިއެވެ. ޢަނިކާ އަކީ މިހާރު ރާއްޖޭގައި މަޝްހޫރު ވަމުން އަންނަ ބޭންޑެއްގައި މަސައްކަތް ކުރަމުން އަންން ކާމިޔާބު ލަވަ ކިޔުންތެރިއެކެވެ.އަނިކާގެ އިތުރުން ހައެއްކަ މީހުން މި ބޭންޑު ގައި އުޅެއެވެ. އަނިކާ އަކީ އެ ބޭންޑުގައި އުޅޭ ހަމަ އެކަނި އަންހެން ކުއްޖާއެވެ.ނަމަވެސް އަނިކާ އަކީ ވަރަށް މޮޅަށް ރޭޕް ކުރާ މީހެއް ވެސް މެއެވެ.
އަނިކާ އާއެކު މަސައްކަތް ކުރަމުން އަންނަ ޒަޔާން، ކައިޝް، އާނިމް ގެ އިތުރުން ހައިޝަމް އަކީ ވެސް ވަރަށް މޮޅަށް ރެޕް ކުރާ ބައެކެވެ. އުމުރުން އެންމެ 18 އަހަރުގައި ހުޅުވި މި ބޭންޑް ވަނީ ވަރަށް ކާމިޔާބު ކަމާއެކު ހަމަ ދުވަހު ހިންގާލާފައެވެ.އެހެން މިހާރު މި ބޭންޑް ރަށް ރަށުގައި ބާއްވާ ޝޯވް ތަކަށް ބޮޑު އަގުގައި ގެނަސް ފައި ވެއެވެ.
އެ ލަވާގައި އޮތް އަނެއްބާ ޒަޔާން ފުރިހަމަ ކޮށްލީ ނެށުމާ އެކުއެވެ. މިކަން ވެގެން ދިޔައީ ޝޯވްގެ އަޑު އިހުނަށް ވުރެ ބާރު ވި ކަމަކަށެވެ.
ޝޯވް ނިންމާލުމަށްފަހު ތިބެން ހަމަޖެހިފައި ވާ ގެއަށް އާދެވުން އިރު 12.30 ވެއްޖެވެ. އޭރު އެ ގޭގައި އުޅޭ މީހުން ކާން ހަދައިގެން ތިއްބެވެ. ގިނަ އިރު ސްޓޭޖް މަތީގައި އަނިކާ މެން އުޅުމުން ތިބީ ހިސާބަކަށް ވަރުބަލިވެ، ބަނޑުހައި ވެސް ވެފައެވެ.
އެހެން ކަމުން އެމީހުން ފުރަތަމަ ކެއުމަށްޓަކައި ކާ ކޮޓަރިއަށް ވަނެވެ.
“ޔަޒްދީން ދަރިފުޅާ ދޭބަލަ ދޮންބެ އަށް ގޮވަންް. ޢަބަދު ތިހެން ޕަބްޖީ ކުޅެން އޮންނާކަށް ނުވާނެ.” ޔަޒްދީންގެ މަންމަ އެހެން ބުނުމުން ޗޮކެއް ކަނޑާލުމަށްފަހު ޝުޒޭލް އަށް ގޮވައި ގެނައެވެ.
ޝުޒޭލް ގާތު މަންމަ ކާނ ބުނުމުން ކާކޮޓަރި އަށް ވަތް އިރު އަނިކާ އާއި ޒަޔާން ފޯނު ބަލަން ތިއްބެވެ.
“ޢަނިކާ. ވަރަށް ސަޅި އެނގޭ މިރޭ ޝޯވް. ޟާދަން ރޭ ވާނެ މާ ފޯރި ކޮށްލަން.” ޝުޒޭލް ބުނެލިއެވެ.
“ހޫމް.. ތި ކަމާ އެންނު މި އުޅެނީ…” އަނިކާ އެހެން ބުނުމަށްފަހު ފޯނު ނިއްވާލިއެވެ.
“ނިކޭ. މާދަން ކިޔާނީ އަމިއްލަ އަށް ލަވަ އެއް ހަދައިގެން ދޯ.”
ޒަޔާން ބުނެލިއެވެ.
“ތިހެން ހެދިޔަސް ފޯރި ވާނެ.”
އަނިކާ އެހެން ބުނުމަށްފަހު ދިޔައީ ފެންވާރާށެވެ.
**
“ދަރިފުޅާ… ތީ ތަންކޮޅެއް ބޮޑު ވަރު ދޯ… ބަލާބަލަ ގަޑި.” މީފާގެ މަންމަ މަރީނާ މީފާ އަށް އިޝާރަތް ކުރަމުން ބުނެލިއެވެ.
“މަން….މާ….. ދެ.ން އަ..ންނަ… ހިތެއް….ނު..ވޭ…ގެޔަކަށް….” މީފާ ވާހަކަ ދެއްކި ގޮތުން ހީވީ މަސތު ވެފައި ހުރި އަންހެނެއް ހެނެވެ. ” ދަރިފުޅާ އަނެއްކާ މިރޭވެސް ތިހުރީ…” މަރީނާ ވަރަށް ލޯބިން ވާހަކަ ދައްކަމުން ދިޔައެވެ.
“ކޮން…ބަ..ލާ…ވެ.ރި..ކަމެ…އް މިއޮތީ….މަށަށް…ޖެހިފަ…”
މީފާ ވެސް ކުރިޔެކޭ އެއްފަދައިން ބުނެލިއެވެ.
“މަރީނާ ވެސް ކަންތައް ކުރާ ގޮތުން އެހެން ވަނީ. މީފާ މާ ބޮޑާށް ދޫކޮށްލީ. މީފާ އަށް މާ ބޮޑަށް އިތުބާރު ކުރީ…”
މީފާގެ ބައްބަ މަންސޫރު އައިސް މަރީނާ އަށް އެއްޗެހި ގޮވަން ފެށިއެވެ.
“ކީއްކުރާނީ….. އަހަރެމެންގެ ހާލު… މީފާ ލިބުމަށްފަހު ޑޮކްޓަރު ވަނީ އިތުރު ކުއްޖެއް ނުލިބޭނެ ކަމަށް އަންގާފަ. ޢަހަރެން މަރީނާ ގާތު އަބަދާއި އަބަދުަ މި ހަނދާން ކޮށްދެނީ… މީފާ އަދި އެއީ ކުދަ ކުއްޖެކޭ… އެކަހަލަ ގުރޫޕް ތަކާ އެއްކޮން ފޮނުވީމަ ބަލަ އަހަރެންގެ ނަމޭ އަރާނީ މި ރަށަށް…” މަންސޫރު މަރީނާ އަށް އެއްޗެހި ގޮވަމުން ދިޔައެވެ. އޭރު މީފާގެ ދެލޯ ބޮޑުވެގެން ދިޔައިރު އަނގަމަތީ ގައި އަތް އެޅުނެވެ. މީފާ ފިޔަވައި އިތުރު ކުއްޖެއް މަންމަ ނުހުންނަ ސަބަބު އިނގުނީ މިއަދެވެ.
**
**
“ބައްޕާ.. ޒޭއްކޮ އޮތީ ކޮން ކުށެއް އަބަދު ތި އަނިޔާ ކުރަނީ… ޒޭއްކޮ ޝަކުވާ އެއް ނުކުރަމެއްނު ކާން ނުދިނަސް… ހޯމްވޯރކްސް ހަދަާ ނުދިނަސް. އީދު ހެދުމެއް ގަނެ ނުދިނަސް… ޒޭއްކޮ ޑެޑީ ދެކއ ވަރަށް ލޯބިވޭ… ޕްލީޒް ސްޓޮޕް…”
ޒޭން ރޮމުން ދިޔައީ ނަވީން ގާތު އޭނަޔަށް ދެމުން އެދާ އަނިޔާ ހުއްޓުމަށް އެދިއެވެ. ނަމަވެސް ނަވީންގެ ހިތަށް އޭގެން އަަސަރެއް ނުކުރެއެވެ. ހަމަ ގައިމުވެސް އެ މަންޒަރު ބަލަން ހުންނަ މީހަކަށް އަސަރު ކުރާނެވެ. މަދު ބަޔަކު ފިޔަވަ އެވެ.
“ކައެ ތި އުޅެނީ ސަލާމަތް ވާނެ ގޮތެއް ނޭނގި ގެން ތަ… މައެ ބުނިން ސިނގިރޭޓް ބޯށޭ.” ނަވީންގެ ބަސްތަކުން ޒޭންގެ ހިތަށް އަސަރު ކުރާނެވެ.
ނުނިމޭ..



