ވާހަކަ އެލާޓް
ބިރުވެރި ވާހަކައެއް ލިޔެދިނުމަށް ގިނަ ކިޔުންތެރިންގެ ފަރާތުން އަޅުގަނޑަށް “ރިކުއެސްޓް” ލިބެމުން އަންނާތީ، ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ބިރުވެރި ވާހަކައެއް ލިޔަމުންދާކަން ސަމާލުކަމަށް ޓަކައި ދަންނަވާލީމެވެ. އަދި މި ވާހަކަ އިންޝާ ﷲ ކުރިއަށް އޮތް 24 ގަދިއިރުގެ ތެރޭގައި އެސްފިޔަ.ކޮމް ގައި ޝާއިއުކުރެވިގެންދާނެ ވާހަކަ ވެސް އުފަލާއެކު ދަންނަވަމެވެ. ހަމަ މި ބަޔާނުގައި، ގިނަ ދުވަސްތަކެއް ވަންދެން އަޅުގަނޑު (ޒިދާން މުޙައްމަދު – ލިޔާ ކުއްޖާ)ގެ ފަރާތުން ވާހަކައެއް ހިއްސާކުރެވިފައި ނުވާތީ ކިޔުންތެރިންގެ އަރިހުން، ޙާއްސަކޮށް އަލުގަނޑުގެ ވާހަކަތަކަށް ލޯބިކުރައްވާ ފަރަތްތަކުގެ އަރިހުން ނިހާޔަތައް މައާފަށް އެދޭ ވާަހަކަ ވެސް ދަންނަވާލީމެވެ. ހަގީގަތުގައި އަޅުގަނޑުގެ ދުވަހުގެ ތާވަލު އޮތީ ވަރަށް އަވަދިނެތިކޮށެވެ. ކޮލެޖުގެ ހަރަކާތްތަކާއި ކިޔެވުމުގެ ކަންކަމަށް ވަގުތު ހުސްކުރުމަށްފަހު، ނޫސްވެރިއެއްގެ ގޮތުން މަސައްކަތްކުރާތީ ޚަބަރާއި ރިޕޯޓް ފަދަ ލިޔުންތަކަށް ވަގުތުތައް ހުސްކުރަންޖެހެއެވެ. ވާހަކަ ލިޔުމަށް ކުރީގައިހެން ގިނަ ވަގުތު މިހާރު ނުލިބެއެވެ. ނަމަވެސް، ކިޔުންތެރިންގެ ތިޔަ މާޔޫސްކަން ފިލުވައި ދިނުމަށް، ދިގު އިންތިޒާރުތަކެއް ކުރަން ނުޖެހޭނޭ ގޮތަކަށް، ހަފްތާއެއްގެ މަތީން މަދުވެގެން ދެ ކުރުވާހަކަ ކުރިއަށް އޮތްތަނުގައި ގެނެސްދެވިގެންދާނެ ކަމުގެ ޔަގީންކަން އަރުވަމެވެއެވެ. މިއީ އަޅުގަނޑުގެ ލިޔުންތެރިކަމުގެ ހަޔާތަށް 3 އަހަރު ފުރުމުގެ އުފަލުގައި ކިޔުންތެރިންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި ބަލައިގަތުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. ނިންމާލަމުން، ތިޔަ ކިޔުންތެރިންގެ ފަރާތުން ލިބެމުންދާ ތަރުހީބާއި ލޯތްބަށް އަދި ބިނާކުރުވަނިވި ފާޑުކިޔުންތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމެވެ.
7 Comments!
Comments are closed.






Oh thanks zidhan. I accept your gift.
Oho.. Salhi iulaaneiy.. Biruveri vaahaka akee fortnite enme kiyaa hiyvaa kahala vaahaka.. Ekam kurin ves bunihen mi comment section therey maa romantic nuvaathi liyaa kujja.. Best of luck
Kylie vx varah biruveri vaahaka kiyaa hiyy vey… So “ll wait fr the story…….. Good luck…
Waiting for the buruveri vaahaka curiously … all the best ?
24 gadiiru vehjeyooo ???
Thanks zidhan..waitingg.
Awwwwn . So sweet. I accept the gift from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️