އިމްތިޙާން
ގިނަ ދުވަސް ތަކަކަށް ފަހު ވާހަކަ ލިޔުމައިގެ އަޅުގަނޑު ( ވެނޮމް ) އަލުން ލިޔަން ފެށީމެވެ . މިޔޮށް ހާ ދުވަހު ވާހަކަ އެއް އަޕްލޯޑް ނުކުރެވުނީ ދިރިއުޅުމުގައި އެހެން ކަހަލަ ކަންތައްތަކެއް ވުމުންނެވެ . ނަމަވެސް އެކަންތައްތައް ހަމަޔަކަށް އެޅުމުން .. މިރޭ 2 ސެޕްޓެމްބަރ 2019 ( ހޯމަ) 07:13 ގައި ވާހަކަ އެއް ލިޔުމައިގެން ކުރިޔަށް ދާނަމެއެވެ .
އާދެ ! މި ވާހަކަ އަކީ އެކުވެރި އެއް ގެ ސަބަބުން ދިމާ ވެދާނެ ކަމަކާ ގުޅުވައިގެން ލިޔަމުން އަންނަ ވާހަކައެކެވެ . މިޔަދު ދުނިޔެ އަކީ ވަރަށް ވެސް އެހެން ކަހަލަ ތަނެކެވެ . ކެހެވެރިން އުޅޭ ތަނެކެވެ . ރަގަޅު އެކުވެރި އެއް އަދި ރަގަޅު ހަޔާތުގެ ބައިވެރި އެއް ވެސް ލިބިގެން ދާނީ ވަރަށް ވެސް މަދު ފަހަރެއްގައެވެ . ހެޔޮލަފާ އަތްބަނކު ވެސް ހޯދުމަކީ ވަރަށް ވެސް އުދަގޫ ކަމަށް ވަނީ މިޔަދު ވެފައެވެ .
ނަމަވެސް މި ވާހަކަ އަޅުގަނޑު މިސް ރާބު ޖަހާނީ އެކުވެރިން ގެ ގޮތުގާ އުޅުނު ބަޔަކު އެ ފިރިހެން ކުއްޖާ ގޯސް މަގަ ނުވަތަ އެ ކުދިން ބުނި ބަހަށް ހެއްލިގެން ދާ ތަނެއެވެ . މިއީ ވަރަށް ވެސް ގިނައިން ވާ ކަމެކެވެ . އަދި އެ ރަގަޅު ވަޒީފާ ގައި ހުރި ކުއްޖާ އެ ވަޒީފާއިން ކަޑާލާ ނުވި ތާކަ އެ ކުއްޖާ އަށް ގޯސް ކަންތައްތައް ކުރުމުގައި އުޅެވެދެއެވެ . ފަހުން އެ ކުއްޖާ އަށް ވިސްނޭ އިރު އޮންނަނީ ވަގުތު ފާއިތު ވެފައި ކަން އިގެއެވެ . އެ ކުއްޖާ ގެ މައިންބަފައިން ނެތް ކަން އެގެއެވެ .
ވާހަކައިގެން ކުރިޔަށް ދާނަމެއެވެ .
ދުވަހަކީ އުޑު މަތި ސާފް ދުވަހެކެވެ . ވައި މަނޑު ދުވަހެކެވެ . ކަނޑު ވަނީ ތޭލާން ލާފައެވެ . ރަށު ތެރޭގައި ކާޅާއި ކޮވެލި ގޮވާ އަޑު އިވެމުން ދެއެވެ . ބައެއް ފަހަރު ހާލު ގެ ގޮވާލުން އިވިގެން ދެއެވެ . ދުވަސް ވަރަކީ ސްކޫލް ތައް ބަންދު ކުރާ ދުވަހެއެވެ . 2 ވަނަ ޓާރމް ނިމްމާލާ ދުވަހެއެވެ .
ޒައިކް އަކީ އުމުރުން 21 އަހަރު ޒުވާން ފިރިހެން ކުއްޖެކެވެ . އޭނަގެ އާއިލާ ގައި އޭނަ އާ ނުލާ 2 ކޮއްކޮ އަދި 1 ދައްތަ ހުރެއެވެ . ޒައިކް އަކީ މެދަން ހުރި ކުއްޖާ އެވެ . މި އާއިލާ އަކީ ރަށުގައި ވެސް ވަރަށް ރަގަޅު އާއިލާ އެކެވެ . މީހުންނާ އެހާމެ އެކުވެރި އާއިލާ އެކެވެ .
ޒައިކް މަސައްކަތް ކުރަމުން ދަނީ ޕެރަޑައިސް ރިސޯޓް ގައެވެ . ޒައިކް ވެސް ޗުއްޓީ ހަދާލުމަށް އޭނަގެ ރަށް އައެވެ . އާއިލާ އާ އެކު މަޖާ ކޮށްލުމަށް ޗުއްޓީ ނެގިއެވެ . އެހެން ޒައިކް ނިދަން އޮއްވައި ޒައިކް ގެ ފިރިހެން ކޮއްކޮ އައިސް ގޮވަށް ފެށިއެވެ . އުދަގޫ ކޮށް ހެދަން ފެށިއެވެ . 3 ވަނަ އަށް ހުރި ކުއްޖާ ގެ އުމުރަކީ 10 އަހަރެއެވެ . އަދި 4 ވަނަ އަށް ހުރި ކުއްޖާ ގެ އުމުރަކީ 5 އަހަރެއެވެ . އެއީ އަންހެން ކުއްޖެކެވެ .
ނާއިލް ( ޒައިކް ގެ އެންމެ ކުޑައިން 2 ވަނަ ) : ދޮންބޭ ! ތެދުވޭ ….
ޒައިކް : އެއްކަލަ ނާއިލް ނާއިލް އުދަގޫ ކުރާ ވަރުން ދޮންބެ އަށް ރަގަޅަކަށް ނިދާލެވެނީކީ ނޫން .
ނާއިލް : މަންމަ ބުނެގެން .. އެޔޮށް 12 ޖަހަނީ
ޒައިކް : ވަޓް ! ދޮގު ނުހަދާ ..
އެހެން ބުނުމަށް ފަހު ޒައިކް ފޯން އަށް ބަލާލިއެވެ . އޭރު ގަޑިން 7 ޖެހީ އެވެ .
ޒައިކް : ނާއިލް އެއް ރަގަޅެއް ނުވާނެއެވެ . ދެން ނޯވެވޭނެ …
ނާއިލް : ދޮންބޭ ! ދޮންބޭ ! ކޮން އަންހެން ކުއްޖެއް ( ވަރަށް ލާނެއް ގޮތަކަށް އަހާލީއެވެ )
ޒައިކް : އޭ މީހެއް ނޫން
އެހެން ބުނުމަށް ފަހު ޒައިކް ތެދުވެއްޖެއެވެ . ސަބަބަކަށް ވަނީ ނާއިލް އައުމުން ޒައިކް އަކަށް އެހާ ރަގަޅަ ނިދާލަން ވެސް ނޯވެވޭތީއެވެ . ނާއިލް ދިޔައީ ބަދިގެ ފަރާތަށެއެވެ . ސަބަބަކަށް ވަނީ މިޔަދު ސްކޫލް އަށް ދާން ޖެހޭނެއެވެ . ސަބަބަކަށް ވަނީ ރިޕޯޓް ފޮތް ބަލައެވެ . އެހެން ވެ އަވަހަށް ސައިބޮއިގެން ތައްޔާރު ވުމަށް ޓަކައެވެ .
ޒައިކް އަކީ ވަރަށް ވެސް މަޑުމައިތިރި ކުއްޖެވެ . ބަސް މަދު ހިތް ހެޔޮ ކުއްޖެއެވެ . ސްކޫލް ދުވަސް ވަރު ވެސް ޒައިކް ވެސް ހުންނަނީ ވަރަށް ވެސް މަޑުންނެވެ . ސްކޫލް ނިމި ޒުވާނުން ގެ މުޖުތަމައު އަށް ނިކުން އިރު ވެސް ޒައިކް ހުންނަނީ ވަރަށް ވެސް މަޑުންނެވެ .
އައިސްތު ( މަންމަ ) : ދަރިފުޅާ ޒައިކް
ޒައިކް : އާ މަންމާ މި ދަނީ !
2 ވަނަ ބަޔަށް އިންތިޒާރު ކޮއްލައްވާ …
5 Comments!
Comments are closed.


Achi…. mi koacheh???
buni 1 kokko aa 2 dhahtha ey.Dhen Keehve 2 kokko ulheny.Thankolheh details rangalhu kohlaa. Eye in vaahaka reethi vaane
Reethi
Waiting for next part
Mistakes thah rangalhu kohllahchey eyrah ok vaane… by the way Story v reethi ♥️
salhi. kon iraku 2 part release vanii