Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ލޯބީގެ ނަސީބު…4…

♡Maii♡ Level 310 Stories100 Comments100 Login
August 30, 2019 2 Mins Read
3 Comments

ޝައިމް ގޮސް ގެއަށް ވަނެވެ.

***********

ޝައިމް  ގެއަށް ވަތް އިރު ސިޓިން ރޫމް ސޯފާގައި ޝައިމްގެ ބައްޕަ (ހަސަން) އިނެވެ. ޝައިމް ކޮޓަރި އަށް ވަންނަނި ކޮށް ހަސަނު ޝައިމް އަށް ގޮވިއެވެ. ” ދަރިފުޅާ.. އާދެ ބަލަ މިތާ އިށީންދެލަން. ބައްޕަ ދަރިފުުޅު އާ ވަރަށް ބޮޑު ވާހަކަ އެއް ދައްކަން ބޭނުން”.

ޝައިމް އައިސް ބައްޕަ ކައިރީގަ ސޯފާގަ ޖައްސާލިއެވެ. ” ބައްޕާ .. ކޮން ވާހަކަ އެއްތަ”.. ހަސަނުު ވާހަކަ ދައްކަން ފެށިއެވެ. ” ދަރިފުޅަށް ވެސް މިހާރު 19 އަހަރު ވީ. ދަރިފުޅު މަންމަަ ނިޔާ ވެއްޖެ ދަރިފުޅު އުމުރުން 5 އަހަރުގަ. މަންމަ  ނިޔާ ވީން ސުރެއް ދަރިފުޅު މި ބަލަނީ ހަމަ އެކަނި ބައްޕަ. މިހާރު ބައްޕަ ބޭނުން ވަނީ ބައްޕަ އައް ކާފަ އޭ ކިޔާލާފަ ގޮވާާާާާާާލާނެ ކުއްޖެއް. ދަރިފުޅު ދެން އަވަހަށް ރަނގަޅު ބައިވެރި އަކު ހޯދައިގެން ކައިވެނިި ކުރަން ވީނުން. ދަރިފުޅު މީހަކާ އިނދެފަ މިގެ ފަޅު ފިލުވައި ދޭނި ކުއްޖަކު ހޯދަން ވީނުން. އޭރުން ބައްޕަ ވަރަށް އުފާވާނެ… މި ވާހަކަ ދައްކާލަން ބައްޕަ މި ގޮވާލީ”..

ޝައިމް ބައްޕަ އެ ދެއްކި ވާހަކަ ތައް ވަރަށް އިސްކަން ދީގެން އަޑު އަހަން އިނެވެ. ” ލައްބަ ބައްޕާ އަހަރެން ތިކަމާ ވިސްނާނަން. ދެން އަހަރެން މިދަނީ ނިދަން”.

މިހެން ކިޔާފަ ޝައިމް ދިޔައީ ކޮޓަރި އަށެވެ. ޝައިމް ކޮޓަރި އަށް ވަދެފަ ގަމީސް ބާލާފަ އެނދުގައި އޮށޯތެވެ. ޝައިމް އޮތީ މުނާ އާ މެދު ވިސްނާށެވެ. ޝައިމް ހިތުގަ އޮތީ މާދަމާ މުނާ ކައިރިއަށް ގޮސް ލޯބި ހުށައަޅާށެވެ.

އަނެށް ދުވަހުގެ ހެދުނުގެ ވަގުތެވެ. މުނާ އުޅެނީ މަންމަ އާއި އެކު ބަދި ގޭގައެވެ. މުނާ މަންމަ ހުރީ މެންދުރަށް ކައްކާށެވެ. މުނާ ހުރީ ބަދިގެ ސާފު ކޮއްލާށެވެ. މުނާ އަށް މަންމަ ގޮވާލިއެވެ. ” ދަރިފުޅާ މުނާ.. ޝައިމް މިއަދު އާދޭތަ މި ގެއަށް ؟.. ޝައިމް އަންނަންޏާ ހަވީރައް ވާނެ ސައިބޯން ރަނގަޅު އެއްޗެއް ތައްޔާރު ކުރަން ”…

” ލައްބަ މަންމާ ޝައިމް އަންނާނެ ” މުނާ މަންމަ ގާތު ބުނެލިއެވެ.

މުނާ އަށްް  ޝައިމް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ބުނަން ނޭންގޭ ކަހަލަ އިހްސާސް އެށް ކުރެވެއެވެ. މުނާާ އަކީ ދުވަހަކު ވެސް ކުއްޖަކާ ލޯބީގެ ގުޅުމެއް ނުބާއްވާ ކުއްޖެކެވެ. މުނާ އަކީ ވަރަށް މޮޅަށް ކިޔަވައިގެން ހުރި ކުއްޖެކެވެ. މުނާ ސްކޫލް ގަ އުޅުން އިރު ވެސް ކުލާހުން އެންމެ މަތީ މާރކްސް ހޯދަނީ މުނާ އެވެ……

މިހާރު ގަޑިން (3:00) ތިނެއް ޖެހީއެވެ. މުނާ ދިޔައީ ޝައިމް ހަވީރުން އަންނާނެ ތިން ފެން ވަރާށެވެ. މުނާ ފެންވަރައިން ނުކުމެ  ބޯ ހިއްކާލާފައި އަލަމާރިި ކައިރިއަށް ދިޔައީ ލާނެ ހެދުމެއް ނަގާށެވެ. ” މި ހެދުން ބާވަ ލާނީ.. ނޯ މިޔެއް ނޫން މި ހެދުން ”…. މުނާ ފަހަރަކު ހެދުމެއް ބަލަމުން ކިޔެވެ. މުނާ ލާން ނެގީ ވިލު ނޫ ކުލައިގެ ޖިންސް އަކާ ރަތް ކުލައިގެ ޓޮޕް ކޮޅެކެވެ. މުނާ އެ އެއްޗެހި ލައިގެން ނުކުމެ ޑުރެސިންގ ޓޭބަލް ކައިރީގަ އިށީންދެފަ, ރީތި ހެއާރ ސްޓައިލަކައް ބޯ ހަދާލިއެވެ. ދެން އެއައް ފަހު ހެދުމާ ގުޅޭ ގޮތައް މޭކަޕް ކޮއްލިއެވެ. ހައި ހީލް އަކައް އަރައިގެން ސިޓިން ރޫމް އަށް  ނުކުތެވެ. މުނާ މިއަދު ވަރަށް ރީއްޗެވެ. މުނާ ހުރީ ޝައިމްގެ އިންތިޒާރުގައެވެ.

ޝައިމް ގެއިން  ނުކުތީ މުނާ ގެއަށް ދާށެވެ. ޝައިމް ދިޔައީ ކުޑަ ޕާރިސަލް އެއްވެސް ހިފައިގެންނެވެ. މިހާރި ޝައިމް މުނާ މެންް ގެއާ އަރާ ހަމަވީއެވެ. ޝައިމްް ހުރީ އެ ގެއަށް ގޮސް ވަންނަން ލަދު ގަނެފައެވެ. އެހެންނަމަވެސް ދޮރު ހުޅުވާލާފައި ޝައިމް ވަދެއްޖެއެވެ. ” އައްސަލާމް އަލައިކުމް” ޝައިމް ސަލާން ގޮވީ މީހަކު ފެންނަން ނެތުމުންނެވެ. މުނާ މަންމަ ސިޓިންގ ރޫމް އިންް ނުކުމެފައި ” ވައަލައިކުމުއް ސަލާމް. އަހާ ޝައިމް ތަ. އާދޭ އެތެރެއަށް. މިހާރު މުނާ އެ އިނީ ލަސްވެފަ”…

ޝައިމް މުނާ ކައިރި އަށް އައީމަ. މުނާ ހުރީ ވަރަށް އުފަލުންނެވެ. ކުއްލިއަކަަށް މުނާ މަންމަ ތާކައް ދާން ޖެހިގެން މުނާ މަންމަ ދިޔައީ މުނާ ކައިރީގައި ގޭގަ މަންމަ ނެތީސްް އިތުރު ތާކައް ނުދާއްޗޭ ކިޔާފައެވެ. އޭރު މުނާ ކައިރީގައިި ހުރީ ޝައިމް އެކަންޏެވެ.

ޝައިމް މުނާ ކުރިމައްޗައް ހުއްޓިލާފަ އުޑަފައިން ތިރިވެ ” އައި ލަވް ޔޫ މުނާ ، އައި ރިއަލީ ލަވް ޔޫ”… މުނާ ހުރީ ހައިރާން ވެފައެވެ. އެކަމަކު މުނާ ވެސް ޝައިމް ދެކެ ލޯބި ވެއެވެ. މުނާ ވެސް ބަލާކައް ނުހުރެެ ޝައިމް އަތުގައި ހިފާފައިި ބުނެލިއެވެ.

” ލަވް ޔޫ ޓޫ ޝައިމް”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

♡Maii♡

Level 310 Stories100 Comments100 Login

??

Other Articles

Previous

ސޫރަތިޔޭ 4

Next

ލޯބީގެ ނަސީބު…5…

Next
August 30, 2019

ލޯބީގެ ނަސީބު…5…

Previews
August 30, 2019

ސޫރަތިޔޭ 4

3 Comments!

  1. IsHa IsHa says:
    August 30, 2019 at 12:11 pm

    Mistakes madhu vamun fhany it means you improve a lot gud luck for next

    1. Kylie says:
      September 24, 2019 at 4:42 pm

      That’s true

  2. Beautym says:
    September 28, 2019 at 2:05 pm

    Thanks❤

Comments are closed.

Next Episodeލޯބީގެ ނަސީބު…5…←


All Right Reserved!