Skip to content
އެސްފިޔަ

[ދުރުވާނެބާ 1]

މިވާހަކަ އަކީ 2019 ވަނަ އަހަރު ގެ ފުރަތަމަ ވާހަކައެވެ . އަދި އެސްފިޔަ އަށް ލެވޭ ފުރަތަމަ ވާހަކަ އަށް ވެގެން ދާނެއެވެ .

މި ވާހަކަ އަކީ ލޯބީގެ ވާހަކައެކެވެ . އަދި ހިތް ދަތި ކަމާއެކު ވޭނީ ދުނިޔެ ގައި އުޅެމުން އަން މީހެއްގެ އިހުސާސްތަކުގެ ވާހަކައެވެ .

މިވާހަކައ ގައި ހުންނާނީ ދުނިޔޭގައި އަދި މި ކުޑަ ދިވެހި ރާއްޖޭގައި ހިގާ ކަން ކަމުގައި މައްޗައް ބިނާ ކުރެވިފައި ވާ ވާހަކައެވެ .

ދުވަހަކީ އުޑުމަތި ސާފް ދުވަހެކެވެ . ވައިރޯޅީގެ ކަންފުޅެއްވެސް ނެއް ކަހަލައެވެ . ހަމަ ހިމޭން މާ ހައުލުން ފަޅު ކަން ފިލުވައިދެނީ އެކި ރާގުގައި ގޮވަމުން ދާ ދޫނި ސޫފާ ސޫފީގެ އަޑުންނެވެ .  ގަސް ގަހުގެ ހިޔަލުގައި އެކި މީސް މީހުން ސަކަރާތް ޖަހާ އިރު ނަތާޝާ އެ އިންނަނީ އެކަނި މާ އެކަނި ބިންމަތީގައި އޮތް ގަސް ގަޑެއްގައި ލެގި ލައިގެންނެވެ . އޮއްސެމުން ދާ އިރު ބަލައި ލުމަށެއެވެ .

ނަތާޝާ ލޯ ވަނީ ކަރުނުން ޖަމާ ވެފައެވެ . ހިތް ދިރުވައި ލެވެނީ ވެސް ވަރަށް ވެސް އުދަގުލުންނެވެ . އެއީ މީގެ 6 މަސް ކުރިން ނަތާޝާ އަށް ކުރެވުނު ތަޖުރިބާ އަކުންނެވެ . މައިންބަފައިން ނުރުހުމުގައި ކައިވެނި ކުރެވުނު ސަބަބުން ނަތާޝާ ގެ އުއްމީދު ވަނީ ވެއްޔާ މޮޑެވިގެން ގޮސްފައެވެ . އަބަދު ވެސް ނަތާޝާ ގެ ލޮލުގައި އެ މަންޒަރު އާލާ ވެ ހުރުމުގެ ސަބަބުން އެކަންތައް ހަދާން ތައް ހަދާނުން ފުހެލަން އުދަގޫ ވަނީއެވެ ………..

ނަތާޝާ ގެ މައިންބަފައިންނަށް މާފް ކުރާނީ ކިހިނެއް ހެއްޔެވެ ؟ އެމީހުން ނުރުހުމުގައި އަހަރެން އެ ކައިވެނި ކުރީމެއެވެ . އެއީ އަހަރެން ވެސް އިންތިހާ އަށް ލޯބި ވި ކުއްޖެކެވެ . އަހަންނަށް އެކަހަލަ އަނިޔާ އެއް ދިނުމުގެ ސަބަބަކީ ކޮބައި ކަން އަދިވެސް އަހަރެންނަކަށް ނޭންގެއެވެ .އަހަރެންނަށް ޓަކައި ކޮން ކަހަލަ ޤުރުބާނީ ތަކެއް އެ މީހުން އެ ކޮށްދިނީ . ނަމަވެސް އަހަރެންނަށް އެ މީހުންނަށް މި ދެވުނީ ވަރަށް ވެސް އިހާނެތި ކޮށް . ނަމަވެސް އަހަރެން ބޭނުން ވަނީ މާފް ކުރަން .

މިއީ ނަތަޝާ ހިތުގައި ހުރި އުދާސް ތަކެވެ .  ހުރިހާ ކަމެއް ވެސް ރަގަޅަކަށް ނަތާޝާ އެދެއެވެ . ނަތާޝާ އަށް ހޭވެރި ކަން އައީ ކަންފަތުގައި ޖެހުނު އަޑަކުންނެވެ . އެއީ ބަންގީގެ އަޑުންނެވެ . އަވަސް އަވަހަށް ނަތާޝާ ހިގައި ގަތީ ނަމާދު ކުރުމަށެވެ . ގެޔާ ދިމާ އަށެއެވެ .

ގެޔާ ހަމަޔަށް ނަތާޝާ ބަލައިލީ ދެކޮޅެއެވެ . އެއީ އެއްވެސް މީހަކު އުޅޭ ތޯއެވެ . އެއްވެސް މީހަކު ނެއްކަން ކަށަވަރު ވުމުން އަވަހަށް ގޭ ތެރެއަށް ދެމިގަތެއެވެ .

Comments (4)

  1. jiji

    Mistakes rangalhu kohlahchey. ..BTW me first dhw??????❤❤??

  2. SCARLET❤

    Ooh.. nice…

  3. Thuthy

    Vrh kuru mi part. Next part thankolheh dhigu kohlaa thi!!

  4. Yaal

    Ibaaraaiy kurun 0.. too many mistakes

Comments are closed.