Skip to content
އެސްފިޔަ

ދިރިއުޅުމުގެ މައިދާން

1 ހަފްތާ އަށް ސްކޫލް ތައް ބައްދުވުމަށް ފަހު މިޔަދު މިވަނީ ސްކޫލް ތަށް ހުޅިވަފައެވެ . މިދިޔަ ހަފްތާ ނޫން ކުރިން ހަފްތާ ގެ ބުރާސްފަތި ދުވަހު ސްކޫލް ތައް ބަންދުވުމުން ރަށުގައި އުޅެމުން ދިޔަ މީހުން މާލެ ދިޔައެވެ . އަދި މާލޭގައި އުޅުނު ބައެއް މީހުން ރަށަށް އައެވެ . އެމީހުން ގެ އެކުވެރިންނާއެކު ސަކަރާތް ޖެހުމުގައި ވަގުތު ހޭދަ ކުރަމުން ދިޔައެވެ . އަދި އެމީހުން އުމުރުފުރާގެ މީހުންނާ އެކު އެކި ކަންތަކުގައި އުޅުނެއެވެ ..

އަހަރުމެންގެ މައިންބަފައިން އަހަރުމެން އުޅެމުން ދިޔަ ގޮތެއް ނޭންގެއެވެ . ހެދުނު ސައި ބޯގަތަށް އެ މީހުން އަންނަނީ ހަވީރު ނުވަތަ މެންދުރު ވާން ކާރި ވީމައެވެ . އަހަރުމެން ގެ ދަރިން އުޅޭ ނޫޅޭ ގޮތެއް އެމީހުންނަށް ބަލާލަނީ ކިތައް މީޙުން ތޯ ސުވާލު ކޮލަން ؟ އަދި ދެނަމާދު ދޭތެރޭގައި ގޭގައި ޤުރުއާން ކިޔަވާ ހެދީ ކިތައް ކުދިން ތޯ ސުވާލު ކޮލަން . އަދި ކުރިން ދީފައި ހުރި ފިލާވަޅު ތައް މުތޯލިޔާ ކުރީ ކިތައް ކުދިންތޯ ސުވާލު ކުރަން ؟

އާދެ ! ސްކޫލް ބަންދަކީ ސްކޫލް ކުދިންނަށް އަންނަ ބައްދެކެވެ . އެމީހުންނަށް ލިބެމުން އަންނަ ޗުއްޓީއެކެވެ . އެމީހުން ކިޔަވާ މައިދާނުގައި އެމީހުންނަށް ލިބެމުންދާ ސިކުޑި ހަމަ ޖައްސާލަން ލިބެމުން ދާ ޗުއްޓީއެކެވެ  . އެހެންނޭ ކިޔާފައި މަޖާ ކުރުމާއި އެހެނިހެން ކަން ކުރުމުގައި ދެމިތިބުމެއްނޫނެކެވެ .

މިސާލަކަށް ބޮޑު ޗުއްޓީ އަކީ އަންނަ އަހަރު ކިޔެވުމަށް ތައްޔާރު ވުމަށް ލިބެމުންދާ ދުވަސް ކޮޅެކެވެ . ޗުއްޓީ ގެ ގޮތުގައި ދުއްވާލުމެއް ނޫނެއެވެ . ނަމަވެސް އަހަރުމެން ގެ ތެރޭގައި މިކަން އޮންނީ ޗުއްޓީ ޗުއްޓީ އެއް ގެ ގޮތުގައި ދުއްވާލަނީއެވެ . ނުވަތަ  އެ ކުދިން ބޭނުން ގޮތަކަށް އުޅުމަށް ދޫކޮށްލަނީއެވެ . ނަމާދު ކުރުމަކަށް އަދި އެ ނޫން ވެސް ކަންކަމަށް ދުއްވާލަނީއެވެ .

މިހެން އުޅުމުގެ ތެރޭގައި އަހަރުމެން ގެ ދަރިން ގޯސް މަގުން ހިގާދެއެވެ . ގޯސް ނުވަތަ ނުރަގަޅު އަމަލު ތައް ކުރެއެވެ . މިސާލަކަށް ދުންފަތުގެ އިސްތިމާލް ކުރުމާއި މީހުންނަށް ދިމާ ކުރުމާއި އަދި އެނޫން ވެސް ގޯސް ކަންކަމަށް އަރާ ގަނެއެވެ . އަހަރުމެން ގެ މައިންބަފައިން އަށް ސުވާލު ނުކުރެވޭ ތަން އާދެއެވެ . ކޮންތާކު ތޯ އުޅުނީ ސުވާލް އެއް ނުކުރެވެއެވެ .

ސަބަބަކަށް ވަނީ އަހަރުމެން މި ތެބެނީ އެމީހުން އެއްޗެކޭ ބުނީމާ އެކަމަށް ހައްޕު ކޮއްގެންނެއެވެ . އެއްވެސް އެއްޗެއް ނުބުނެއެވެ .

ދެން ބުނާނީ އަހަރުމެން ގެ ދަރިން ގޯސް ވެގެން ދަނީ ކިޔެވުމުގެ މާހައުލުގައި ދިމާވާ މީހުންގެ ސަބަބުންނެއެވެ . އެކަންކަމަށް ޓީޗަރުން އެކަމަށް ހުރަސް ނާޅަނީ ކަމަށެއެވެ . އެކުދިން ސްކޫލް ގައި އުޅެމުން ދާނީ އެންމެ 6 ގަޑީރު ނުވަތަ 5 ގަޑީރު އެވެ . ދެން ދުވަހުގެ ބޮޑުބައި ހޭދަ ކުރަނީ އެމީޙުން ގެ މައިންބަފައިން ކާރީގައެވެ .

ދަރިން ގޯސް މަގަށް ދަނީ އެމީހުން ނާ ގުޅޭ މީހުން ގެ ސަބަބުންނެއެވެ . އަދި އެމީހުން ކާރީގައި ވަސް ވާސް ދޭނެ ސައިތާނަކު ހުންނާނެއެވެ .  އެމީހުން ގެ ސިކުޑި ކުޑަ ޥާނެއެވެ . އަދި ޅަ ވާނެއެވެ . އެމީހުންނަށް ވިސްނާން ދޭން ޖެހޭނީ އަހަރުމެންނަކީ މުސްލިމުން ކަމަށާއި ގޯސް އަމަލެއް ކޮށްފި ނަމަ އެ އަމަލު ލިޔުއްވާނެ ކަމެއެވެ .

އަހަރުމެންގެ ތެރެއިން ކިތައް ބައިންބަފައިން ތޯ ބަލަނީ އެ މީހުން ވަގުތުން ނަމާދު ކުރޭތޯ ނުވަތަ އެމީހުން އުޅެމުން އަންނަނީ ރަގަޅު އެކުވެރިންނާ ތޯ ؟ ނުވަތަ އެމީހުން އުޅެމުން އަންނަނީ ގޯސް މީހުންނާ އެކު ތޯ . އަދި އެކަމަށް ސުވާލު ވެސް ކުރުވަން ޖެހޭ . އޭގެ ޖަވާބް ލިބެންޖެހޭނެއެވެ . ނަމާދު ނުކޮށްފި ނަމަ ކޮންމެ ވެސް ކަހަލައިގެ އަދަބެއް ދިނުންވެއެވެ . ” އަދަބު ” މާނަ މި ކުރަނީ ގައިގައި ތަޅާ ހެދުމެއް ނޫން .. އަދަބަކީ އެމީހުންނަށް ކޮންމެވެސް ހަރުކަށި ކަމެއް ކުރުވުމެއެވެ .

މިސާލަކަށް : ޓެބްލެޓް ދިނުން ، ޓީވީ ނުބެލޭނޭ ، ކުޅެން ނުދެވޭނޭ ،މި ހަފްތާ ހުކުރު ދުވަހު މޫދަކަށް ނުދެވޭނެއެވެ .  މިހެން ބުނުމެއެވެ .މިހެން ހެދުމުން އެކުދިން އެކަމެއް ކުރުމަށް ނުވަތަ ކުރަން ބޭނުން ނަމަ ނަމާދު ކުރާނެއެވެ .

އަދި އެކުދިންނަށް އަބަދު ވެސް ވިސްނަން ޖެހޭނެ ނަމާދަކީ ދީނުގެ ތަބު ކަމަށެއެވެ . އަދި ދީނުގައި އެހެން ރުކުން ތައް ވެސް ހުންނަ ކަމަށް ވެސް އަހަރުމެން ގެ ދަރިންނަށް ކިޔާ ދޭން ޖެހޭނެއެވެ .

އަޅުގަނޑު ގެ ދުޢާ އަކީ މި ކުޑަ ޤައުމުގައި އިސްލާމް ދީން ދާއިމަށް އޮތުމަށެއެވެ . އަދި ނުބާ ކަންކަމަށް އަހަރުމެން ގެ ދަރިން ނުދިޔުމަށެއެވެ . އަދި ކުއް  ކުރުން މަދު ޤައުމަކަށް ވުމެއެވެ .