Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ޒާރާ ސީޒަން 2 (5)

Crystal Level 210 Stories100 Comments
September 10, 2026 5 Mins Read
0 Comments

ކުރީގެ އަދަދާއި ގުޅޭ:

” ވިލްދާން މިރޭ ފަތިސްނަމާދަށް ދަމުން އެވާގޮތެއް ބަލާފަ އަންނާތި. މިހުރިހާ އަޑުތަކަކާއި ހެދި ނިދޭވަރެއްވެސް ނޫންވިއްޔަ. މަގޭ ބޯހަލާކު. ” އެހެންބުނެފައި ޝައިހާ އަނެއްކާވެސް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

ޝައިހާ ދިއުމުންް ވިލްދާން އެކަމާއި ވިސްނާލިއެވެ. ހަޤީޤަތުގައިި ވިލްދާންއަށްވެސް އޮތީ ނުނިދިފައެވެ.

އަބަދުވެސް ފަތިސްނަމާދުގެ ގަޑިއަށް މިސްކިތަށް ދިއުމަށް ނުކުންނަ ވިލްދާންގެ ހިތުގައި އެވަގުތު ނިކުތުމުގެ ޝައުގުވެރިކަން އުފެދުނެވެ. އެހެންވެ ވިލްދާން މަޑުމަޑުން އެ އެޕާޓްމެންޓުން ނުކުމެގެން ތިރިއަށްގޮސް މަގުމައްޗަށް ނުކުތެވެ.

******************

” ކޮއްކޯ މިއީ މަނާތަނެއް. ވަރަށް މަނާ ހިސާބެއް.” އިންސްޕެކްޓަރ ސުހޭލު ކުޑަކުޑަ ވިލްދާންގެ މަގަށް ހުރަސް އެޅިއެވެ. ވިލްދާން އުޅުނީ ކައިރިވެލާފައި ފުލުހުންނާ އާންމުން އެއްވެ އޮތްތަނަށް ވަދެގަންނާށެވެ.

” ކޮންތަނަކަށް ކޮއްކޮ ތިދަނީ؟” ސުހޭލު ސުވާލުކޮށްލިއެވެ. ” މިސްކިތަށް. ” ވިލްދާން ޖަވާބުދިނެވެ.

” މިރޭ ބޭބެއަކަށް ނުފެނޭ ކޮއްކޮ މިސްކިތަށް ދާކަށް. ގެއަށް ގޮސް ގޭގައި ނަމާދުކޮށްލާ އިނގޭ. ” ސުހޭލު، ވިލްދާންއަށް ނަސޭހަތެއް ދިނެވެ.  އެވަގުތު މީހުންތައް ކުޑަކޮށް އެއްފަރާތްވެލި ގަޑީގައި ޒޭންގެ ބޯބުރި ކުޑަކުޑަކޮށް ވިލްދާންއަށް ފެނުނެވެ. އަވަސްއަވަހަށް އޭނާގެ އަނގަމަތީގައި ވިލްދާން އަތް އެޅިއެވެ.

ވަރަށް ވަގުތު ބަލާފައި ވިލްދާން ގޮސް މީހުންތަކުގެ އެތެރެއަށް ދެމިގަަތެވެ. ވިލްދާން ހޮޑުލަވާގޮތްވީ ބޯބުރި ރަނގަޅަށް ފެނުމުންނެވެ. ކައިރިވީ ވަރަކަށް އެހިސާބުގައި ލޭވަސްވެސް ދުވަން ފެށިއެވެ. ވިލްދާން ހުރީ ނޭފަތްމަތީގައި އަތް އަޅައިގެންނެވެ.

އޭރު ފުލުހުން ދަނީ އާންމުން މައިތިރިކުރެވޭތޯ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް، ފުލުހުންނަށް އެކަންވާގޮތެއް ނުވެއެވެ. ލޭތަށް ސާފުކުރުމުގެ މަސައްކަތް ކުރަން އުޅޭ މީހުންނަށްވެސް ވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިފައެވެ.

ވަގުތު އިތުރަށް ދިޔަދިޔަހެން މީހުން އިތުރުވަމުން ދިޔައެވެ. މި ހާދިސާއަކީ މާލޭގައި ހިނގި އެންމެ ބިރުވެރި ހާދިސާ ކަމުގައި ބުނަމުން ނޫސްވެރިންވެސް ދަނީ ޓީވީއިން ވަގުތުން ދުރަށް އެމަންޒަރު ދައްކަމުންނެވެ. ނޫސްވެރިން މައިތިރިކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ފުލުހުންނަށްވެސް އެންމެފަހުން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

ނޫސްވެރިންވަނީ ބޯބުރީގެ ބައެއް މަންޒަރުތައްވެސް ޓީވީއަށް ނަގާފައެވެ.

******************

” ހަލޯ. ޔެސް މި ހުޅުވަނީ. ” ޝައިހާ ލޯ އުނގުޅަމުން ގޮސް އެޕާޓްމެންޓް ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ ޒޭންއެވެ.

” ހިނގާ ކޮޓަރިއަށް ” ޒޭން ހުރީ ކެތްމަދުވެފައެވެ. އޭނާގެ އަޑުގައިވަނީ އަމުރުވެރިކަމުގެ ގޮތެވެ. ” މިރެއަކު ނޫން. މިރޭ މިއުޅެނީ ނުވެސް ނިދާ އަޑުގަދަކަމުން. ” ޝައިހާ މިފަހަރު އިންކާރު ކުރިއެވެ.

” އެހެންވިއްޔާ ހިނގާ ޓީވީ ބަލާލަން ދޯ. ” ޒޭން ޓީވީ ހުޅުވާލުމަށްފަހު ޓީވީއެމަށްލާ ހަމަޖެހިލިއެވެ.

” މާލެއިން މީހެއްގެ ބޯބުރިއެއް ފެނިއްޖެ. ” އޭރު ބްރޭކިން ނިއުސް އަންނަމުން ދިޔައެެވެ.

” ކީކޭ؟ މީހެއްގެ ބޯބުރިއެކޭ؟ ” ޝައިހާގެ ދެލޯ ބޮޑުވިއެވެ. ޓީވީގެ ރިމޯޓް ނަގާފައި އަޑުގަަދަކުރާ ފިތަށް ފިތާލިއެވެ.

*****************

ފަތިސް ނަމާދުގެ ބަންގި ގޮއްވަން ފެށުމާއެކު ވިލްދާން މިސްރާބު ޖެހީ ގެއާއި ދިމާލަށެވެ. ބޯބުރީގެ އެހާދިސާ ހިނގާފައިވަނީ ޕަނީނޯ ހައުސްއާ މާދުރު ނޫން ހިސާބެއްގައެވެ. އެހެން ހިސާބުތަކުގައިވާ ޒޭންގެ ބައެއް ހަށިގަނޑުގެ ބައިތައް ފެނިގެން ފުލުހުން އެހިސާބުތަކުގައިވެސް ހަރަކާތްތެރިވަމުން ދިޔައެވެ.

ގަނބުވެފައި ހުރި ބުދެއް އައިސް މަޑުމަޑުން ވަންނަހެން ވިލްދާން ގެއަށް ވަނެވެ. އޭރު ޝައިހާއާއި ޒޭން ޝައިހާގެ ކޮޓަރިއަށް އައިސް ވަންނަނީއެވެ.

****************

” މިރެއަކު ނޫން ޒޭން. ޕްލީޒް. ނެތް މޫޑެއް. ” ޒޭން ޝައިހާއާއި ގާތަށް ޖެހެން ފެށުމުން ޝައިހާ ފޫހިވާގޮތްވިއެވެ.

” އަހަރެން ބުނީމަ ޝައިހާ ޖެހޭނެ އަންނަން. ” މިހެން ބުނެފައި ޝައިހާ ގެނެސް އެނދުމައްޗަށް ވައްޓާލާފައި ޒޭން އޭނާގެ އުފާތައް ހޯދަން ފެށިއެވެ.

***************

” އައުޗް ޒޭން. އަހަންނަށް ވަރަށް ތަދުވެއްޖެ މިރޭ. ” ޝައިހާ ނުރުހުން ފާޅުކުރިއެވެ. “އެހެންނު ވާނީ ބުނީމަ ނުދައްކަންވެގެން ތި އޮންނަނީ.” ޒޭން ހުރީ ހަމަޖެހިލާފައެވެ.

” ތީ ޒޭން އުޅޭގޮތެއްވެސް ނޫނެއްނު؟ ” ޝައިހާ މާނޭވާއެއްލަމުން ބުނެލިއެވެ.

” އައި ވޯންޓް މޯ ފްރޮމް ޔޫ. ހިނގާ ވަން މޯޓައިމް. ” ޒޭން އަނެއްކާވެސް ޝައިހާގެ ހަށިގަނޑުގައި ބީހެން ފެށިއެވެ.

” ޒޭން. ތަދުވެޔޭ. ” ޝައިހާ ކުކުރަންފެށިއެވެ.

” ހެޔޮ ތަދުވިޔަސް. ޔޫ އާ މައިން ނައު. ” ޒޭން ހުރީ ދޫކުރާގޮތަކަށް ނޫނެވެ.

*****************

” ދަރިފުޅާ. ވިލްދާން. ” ވަފިއްޔާ އޭނާގެ މާމަ ދަރިފުޅަށް ގޮވަމުން ދިޔައެވެ.

ވިލްދާންއަށް ހަމަބިމަށް އާދެވުނީ ދެނެވެ. އޭނާ އިނީ އައިގޮތަށް ގޭ ސޯފާގައެވެ. އެހެން އިންދައި ހެނދުނުވީއެވެ.

” ކިހިނެއްވީ މާމާ؟ ” މާމަގެ ގާތަށްގޮސް އަވަސްއަވަހަށް އަހާލިއެވެ.

” ކިހިނެއްވީތަ ދަރިފުޅާ؟ އަޑުގަދަކަމުން މާމައަށް ނުވެސް ނިދޭ. ” ވަފިއްޔާ އިނީ ހާސްވެފައެވެ.

” މާމާ ބޯބުރިއެއް. ބޭރުގަ. ” ވިލްދާންއަށްް ޖަވާބުދެވުނީ ވަރަށް ބިރުން ހުރެއެވެ.

” ކީކޭ؟ ކޮންތާކު؟ ” ވަފިއްޔާ އޭނާގެ މާމަ ދަރިފުޅު މެއާ ގެނެސް ކައިރިކޮށްލިއެވެ.

” ބޭރުގަ. ވިލްދާން މިއައީ ބަލާފަ. ވަރަށް ބިރުވެރި. ” ތުރުތުރު އަޅަމުން ވިލްދާން ޖަވާބު ދިނެވެ.

” ދަރިފުޅާ ދެން ބޭރަށް އެކަނި ނުދައްޗޭ. ގޭގައި ނަމާދުކުރޭ އިނގޭ. ” ވިލްދާންގެ ކޮލަށް ވަފިއްޔާ ދޮނެއް ދީ ނަސޭހަތްތެރިވިއެެވެ.

*******************

” މީ ކިހާ ދެރަކަމެއް. މިއޮޮތީ ކާކުކަންވެސް ނޭނގޭވަރު ކޮށްލާފައި ވިއްޔަ. މިހާ ރަހުމްކުޑަ ގޮތަކަށް. އަދި މިކަހަލަ ހާދިސާއެއް ނެތް ހިނގާފައެއް. މިހާރު އެއީ ކާކުކަން ދެނެގަނެވޭވަރު ވެއްޖެތަ؟ ” އިންސްޕެކްޓަރ ސުހޭލު ސުވާލުކުރީ ޝިފާޒުއާއެވެ.

” ނޫން. ދެން އޮތީ މީހަކު ގެއްލިގެން ފުލުހަށް ރިޕޯޓްކުރޭތޯ ބެލުން. އެކަންވެއްޖެނަމަ ތިއީ ކާކުކަން ދެނެގަނެވިދާނެހެން ހީވަނީ. ” ޝިފާޒު ހުރީ ސީރިއަސްވެފައެވެ.

އޭރު ޒޭންގެ ހަށިގަނޑުގެ އެކި ބައިތައްވަނީ ފުލުހުންގެ މައި ސްޓޭޝަނަށް ގެނެސް މަތިން ފޮތިގަނޑުތައް އަޅާ ނިވާކޮށްފައެވެ.

*******************

” ސިތާރާ މިހާރު ހިތްހަމަޖެހިއްޖެތަ؟ ” އިކްލީލް ހުރީ ޕަނީނޯ ހައުސްގައި ހުރި ގަސްތަކެއްގެ ތެރޭގައި ސިތާރާ ކައިރީގައެވެ. ” އެ އަންހެނާ މަރުނުވަނީސް ހިތްހަމައެއް ނުޖެހޭނެ. ” ސިތާރާ ޖަވާބުދިނެވެ.

” އަދި މަރާލާނަމޭ. ” ޖަންބުގަހުން ޖަންބެއް އުފުރައިގެންކަމުން އިކްލީލް ޖަވާބުދިނެވެ.

” ބައްޕަމެންނަށް މިކަންތައް އެނގިއްޖިއްޔާ އަހަރެން ދެކެ ވަރަށް ރުޅި އަންނާނެ. ” ސިތާރާ ވިސްނަމުން ދިޔައީ އެކަމާއި މެދުގައެވެ.

” ހާސްނުވޭ ކޮއްކޯ. ކޮއްކޮ އެއްވެސް ކަމެއް ނުކުރަމެއްނު. ހުރިހާ ކަމެއް މި ކުރަނީ ބޭބެއެއްނު. އެހެންވީމާ ބޭބެ މައްޗެއްނު ވާނީ ދޯ. “އިކްލީލްގެ އަޑުގައި ހާސްކަމެއް ނެތެވެ. ” އިކްލީލްއަކީ ސިތާރާގެ ބަފައިފުށުގެ ބޮޑުބޭބެއެވެ.

” ބައްޕައަށްވެސް ވިސްނޭނެ އިންސާނުން މާނުލަފާ ވާއިރުން މިހެން ކަންތައްތައް ދިމާވާނެކަން އަދި ހިނގާނެކަން. އެ އަންހެނާ އެ ހުންނަނީ ފަރުޟު ފަސް ނަމާދެއް އެއްޗެއްވެސް ނުކޮށް. ހައިޟު ރަނގަޅުވީމާ ރަނގަޅަށް ހިނައިވެސްނުގަނޭ. ބައްޕައަށް އަދި އެނގޭނެ ބޭބެ މީ މާ ރަނގަޅު މީހެއް ނޫންކަންވެސް. ކޮއްކޮ އެކަމާ ފިކުރު ނުކުރޭ. ކަމެއް ގޯސްވެއްޖިއްޔާ އެކަމުގެ ޒިންމާ ނަގާނީ ހަމަ މި ބޭބެ. ” އިކްލީލް އިތުރަށް ކިޔާދިނެވެ.

******************

” ޓްރިން….. ” ޕަނީނޯ ހައުސްގައި އިންނަ މައި ފޯނު ރިންގް ވަމުން ދިޔައެވެ.

” ހަލޯ. ” ވިލްދާން ފޯނު ނަގާފައި ޖަވާބުދިނެވެ.

” ވިލްދާންތަ؟ ކިހިނެއް؟ ދައްތަ ހާދަވަރަކަށް އެބަ ގުޅަމޭ ވިލްދާންއާ ދިމާވޭތޯ. އަދި ކިރިޔާ މި ދިމާވީ. ކޮންމެސް މީހަކު ނަގާފަ އަބަދު ފޯނު ކަނޑާލަނީ ” އެކޮޅުން ވާހަކަދެއްކީ ރިޔާއެވެ.

” ރިޔާ ދައްތާ. ” ވިލްދާންއަށް ރޮވެން އުޅުނެވެ.

” ވިލްދާން ރަނގަޅުތޯ ބަލާލަން ދައްތަ މިގުޅީ. މާލޭގައި ވަރަށް އެހެން ކަހަލަ ހާދިސާއެއް ހިނގައިގެން އުޅޭތީ ހަމަ ހާލުބަލާލަންވެގެން. ” ރިޔާ ވާހަކަދައްކަމުން ގެންދިޔައެވެ.

” ވިލްދާން ރަގަޅު. ” ކަންކަންވަމުންދާ ގޮތް ކިޔާދޭނެހާ ހިތްވަރެއް ވިލްދާންގެ ނެތެވެ. ޝައިހާ ވިލްދާންއާއިމެދު ޢަމަލުކުރަމުންދާ އިހާނެތިގޮތްވެސް އޮތީ ރިޔާއަށް ސިއްރުވެފައެވެ.

” ދައްތަމެން މާލެގޮއްސަ ދާނަން އިނގޭ ތިގެއަށް. ދައްތަގެ އެބައޮތޭ މިހާރު އެހެން ބޭބީއެއްވެސް. 2 ބޭބީސް ވިލްދާން އާއެކީ ކުޅެލަން ގެންދާނަން އިނގޭ.” ވިލްދާންއާ ދިމާވުމުން ރިޔާހުރީ ހިތްހަމަޖެހިފައެވެ.

” އޯކޭ… ” ވިލްދާންއަށް ވާހަކަދެއްކެނީ ވަރަށް އުނދަގުލުންނެވެ.

” އޯކޭ ވިލްދާން. ޓޭކް ކެއަރ. ބައި. ” އެހެންބުނަމުން ރިޔާ ފޯނު ބޭއްވިއެވެ.

******************

” ކިހާ ދުވަހެއްވެއްޖެ މިކަން މިހެންވާތާ؟ ” ޑޮކްޓަރު ސުވާލުކުރީ ޝައިހާއާއެވެ. ” މިހާރު ދެތިން ދުވަސް ވެދާނެ. ” ޝައިހާ ޖަވާބުދިނެވެ.

” ޝައިހާގެ ހަށިގަނޑުގެ އެބައި އޮތީ ވަރަށް ބޮޑަށް ޑެމޭޖްވެފަ. އަދި އިތުރު ޓެސްޓްތަކެއްވެސް ހަދަން އެބަހުރި. އެކަމަކު މިކަން ފުލުހަށް ރިޕޯޓްކޮށްފިންތަ؟ ” ޑޮކްޓަރު އިތުރަށް ސުވާލުކުރަމުން ގެންދިޔައެވެ.

” ނުކުރަން. ބޯއީފްރެންޑްވީމަ. ” ޝައިހާ އެއަށް ޖަވާބުދިނެވެ. އޭރު އޭނާ އޮތީ ހަސްފަތާލުގެ ކޮޓަރިއެއް ތެރޭގައި ހުރި އެނދެއް މަތީގައެވެ.

” ބޯއީފްރެންޑް ވިއަސް މިކަހަލަ ކަންކަން ހިނގާއިރު ވާނެ ރިޕޯޓްކުރަން. އޭނަގެ ސަބަބުން ޝައިހާއަށް ތިހިރީ ވަރަށް ބޮޑު ގެއްލުމެއް ލިބިފައި. އަހަރެންގެ ލަފާ އަކީ އެއީ. ނޫނީ އަހަރެން ރިޕޯޓްކުރަންވީތަ؟ ” ޑޮކްޓަރުގާތަށް ކުޑަކޮށް ރުޅިއަންނަގޮތްވިއެވެ.

” ނޯ. ދެން އެގޮތަށް ކަންތައްވެއްޖިއްޔާ އަހަރެން އަމިއްލައަށް ރިޕޯޓް ކުރާނަން. ތި ޓެސްޓްތައް ކުރިއަށް ގެންދަވާ. ” ޝައިހާ ހުރީ ޓެސްޓްތައް ހަދަން ބޭނުންވެފައެވެ.

*********************

އާދައިގެ މަތިން ކޮންމެދުވަހަކުވެސް، އިކްލީލް ޒޭންގެ ސިފައިގައިގޮސް ޒޭން އާންމުކޮށް ބައްދަލުވެ އުޅޭ މީހުންނާ ބައްދަލުކޮށް ހަދައެވެ. އެހެންވެ އެއްވެސް މީހަކަށް ޒޭންއާ ދޭތެރޭ ޝައްކެއްވެސް ނުވެއެވެ. ޒޭންގެ ސިފައިގައި ހުރި އިކްލީލް ބައްދަލުކޮށް އުޅޭ މީހުންގެ ތެރޭގައި ޒޭންގެ ގޭންގްގެ މީހުންނާއި، ޝައިހާ އަދި ޒޭންގެ ތިމާގެ މީހުންވެސް ހިމެނެއެވެ.

ޒޭން، އަސްލު ނަމުންނަމަ އިކްލީލް އެމީހުންނާ އެކީ އުޅެނީ ހަމަ ޒޭންވެސް އުޅޭގޮތަށެވެ. ޝައިހާއަށް ޝައްކެއްވެދާނެތީ ކުރިން އަމަލުކުރަމުން އައިގޮތް ބަދަލުކޮށްލަން އިކްލީލް ވިސްނިއެވެ.

*********************

” އައިމް ސޮރީ. ބަޓް ޔޫ އާރ ޕޮޒިޓިވް ފޯ އެޗް.އައި.ވީ އެއިޑްސް. ” ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ޑޮކްޓަރު އެހިތާމަވެރި ޚަބަރު ޝައިހާއަށް ދިނެވެ.

ޝައިހާއަށް ހީވީ އޭނާގެ ދުނިޔެ އެނބުރިގަތްހެންނެވެ. ” ނޯ ޑޮކްޓަރ. ” ޝައިހާއަށް އެކަން ޤަބޫލްކުރަންވެސް ދަތިވިއެވެ.

” އަބަދުވެސް އަޅުގަނޑުމެން ކިޔާދެން ޕްރޮޓެކްޝަން ޔޫސްކުރަން. ” ޑޮކްޓަރު ދެރަވެލާފައި ބުނެލިއެވެ.

ހަޤީޤަތުގައި، ޝައިހާއަށްވަނީ އެކަމުގައި ވަރަށް ބޮޑަށް ފަރުވާކުޑަކުރެވިފައެވެ. ޒޭން ހަދާނަހަދާ ބަލާނުލެވިފައެވެ. އެހެންނަމަވެސް ވަގުތު މިވަނީ ފާއިތުވެފައެވެ. އެވެސް ފޫނުބެއްދޭވަރުގެ ގެއްލުމަކުންނެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ހައްލަކީ ކޮބާ؟

Next

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 26

Next
September 10, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 26

Previews
September 10, 2026

ހައްލަކީ ކޮބާ؟



All Right Reserved!