Skip to content
އެސްފިޔަ

ކަރުނުން ފޭދުނު ދެލި 3

ޒޭންގެ ލޮލުން ވެއްޓުނު ކަރުނަތިކި ލިޔަމުން ދިޔަ ޖުމުލައިގެ މުހިއްމު ބައެއް މަދުކޮށްލި ކަހަލައެވެ. އެރި އައްސީގައި ކަރުދާސްގަނޑު ބޮނޑިކޮށް އެއްލާލީ ކުޑަދޮރުން ބޭރަށެވެ.

ދެން އިވެންފެށީ އަޑުން އަޑުނަގައި ރޯންފެށި އަޑެވެ. އަދި “ޝޫރާ” އޭ ކިޔާ ހަޅޭއްލަވައި ގަތެވެ. “އަހަރެން އެކަނި ވެެއްޖެ… ލޯބި އެއީ އަހަރެންގެ ހަތުރަކަށް ވެއްޖެ…” ޒޭން ކިޔަމުން ދިޔައެވެ. “އަހަރެން ދޫކޮށްލީ ކީއްވެ…؟ ކީއްވެ ހިތުގައި ޖެއްސީ…؟ މިވަރުގެ ބޮޑު އަނިޔާއެއް ތިދިނީ ކީއްވެ…؟” ޝަކުވާތަށް އެހެރަ ބަންޑުން ކުރަނީ މަތި މައްޗަށެވެ.
ވާނިވެެސް އެހެންތާއެވެ. އެފަކީރު ރޮއެ އާދޭސް ކުރަނިކޮށް ޝޫރާ އޭނާ ދޫކޮށްލާފައި ދިޔައީ ރަހުމެެއް ކުލުނެއް ނެތް ހިތަކާއެކުއެވެ. ބީރު ކަންފަތަކާއެކުއެވެ. އަނދިރި ލޮލަކާއި އެކުއެވެ. ކުށެއް ނުކުރާ ލޯބިވެރިޔާއާއަށް އެހެން ހަދަން ހެޔޮވެސް ނުވާނެއެވެ. ޒޭން ޝޫރާ ދެކެ ވަރަށް ލޯބިވިއެވެ. އެކުގައި އުޅުމަށް އެތަަށް ހުވަފެންތަކެއް ދެކުނެވެ.
ނަމަވެސް، އެ ހުވަފެންތަށް މިއަދު ބިލާހަކަށް ވެެއްޖެއެވެ. ހިތްވަނީ ކުދި ކުދިވެފައެވެ. މި ހިތް ރަނގަޅު ކުރެވޭނެ ޑޮކްޓަރެއް ކަލާ ނޫނީ ވާނެ ހެއްޔެވެ؟

ޝޫރާއެވެ. އުޑުގައި ހުރިއްޔާއިި ހުރި ތަރިއެއް ބަލާފައި ކުރި ވައުދުތަށް އުވާލީ ކީއްވެ ހެއްޔެވެ؟ އެ ހިތްވަރު ކަލާއަށް ލިބުނު ކަމަށްޓަކައި އަޅު އަޖައިބުވެ އަންތަރީސް ވެއްޖެއެވެ. އެކުގައި ހޭދަ ކުރި ވަޤުތުތަށް އެއްރެއިން ހަނދާން ނައްތާލީތޯއެވެ؟ އެކުގައި ރަސްރަނި ބަގީޗާގައި މާފޮޅުވި ރޭތަށް، އެކީގައި ގޮސް ޕިއްޒާ ހަޓުގައި ހޭދަ ކުރި ވަގުތުތަށް ހަދާން ނެތުނީތޯއެވެ. ލޯބިން ބޮސްދީ މި އަތުގައި ހިފައިގެން މާލެ މަގުމަތި ކުޑަ ކުރި ހަނދާންތަށް ތި ހިތުން ފީލީތޯއެވެ.

ހަމަގައިމުވެސް އަޅުގަނޑަކަށް ލާހިކެއް ނޫނެވެ. އެ ހަނދާންތަށް ހާދަހާ އުފާވެރިއެވެ. ހާދަހާ ފޮންޏެވެ. ޝޫރާއެވެ. އަހަރެންގެ ފަރާތުން ކަލާއަށް ނުލިބުނީ ކޮން އުފަލެއްތޯއެވެ؟ އަހަރެންގެ މަދީ ކޯއްޗެއް ތޯއެވެ؟ ތިޔަހާއި ރަހުމު ކުޑަކޮށް މަށާއި ދޭތެރޭ ކަންތަށް ތިކުރީ ކީއްވެ ހެއްޔެވެ.

މި ސުވާލުތަށް ކުރަމުންއައި ޒޭންގެ ހަމަ ހިމޭންވީ ފޯނަށް މީހަކު ގުޅުމުންނެވެ
އެއީ ޒޭންގެ އެކުވެރި ނަޒީފްގެ ކޯލެވެ.
ޒޭން: ހަލޯ… ބުރޯ ކުޑަކޮށް ބޮލުގައި ރިއްސާތީ މިއުޅެނީ… ނެތޭ ކުޅެންދެވޭކަށް…
ނަޒީފް: އޭއް.. ސީރިއަސްވެބަލަ…ފައިނަލް މެޗޭ… ކައޭ ނެތިއްޔާ ކިހިނެތް ކުޅޭނީ…
ޒޭން: ސޮރީ ބުރޯސް…
އެހެން ބުނެ ޒޭން ފޯން ކަނޑާލިއެވެ. އެހާ ފަސޭހައިން އެހެން ބުނެލިޔަސް މެޗަށް ނުގޮސް ހުރުން ވާނީ އޭނައަށް އުނދަގޫ ކަމަކަށެވެ. ރަށުގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާވެ.
މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް މެޗެވެ. ޒޭން ނެތުމުގެ، ސަބަބުން އިދިކޮޅު އަލިފުށިން ވަނީ މެޗުގެ ކުރީ ކޮޅު ލީޑް ނަގާފައެވެ. ޒޭންމެން ރަށް މީދޫގެ ސަޕޯޓަރުން މާޔޫސްވެފައި ތިއްބާ، ދަނޑުގެ ދޮރޮއަށިން ވަދެގެން އައި މީހަކު ފެނިފައި މުޅި ދަނޑު ކެކިގަތެވެ. ފޯރި ހިފާލިއެވެ. މީދޫގެ ސަޕޯޓަރުންނަށް އާ ޖޯޝްއެއް ލިބުނެވެ. ސަޕޯޓު އުތުރި އެރިއެވެ. ޒޭން ކުޅެންއެރީ ދެވަނަ ހާފުގައެވެ. ލީޑް އެއްވަރުކޮށް، މީދޫކޮޅަށް ނަތީޖާ އަނބުރާލަ ދިނީ ޒޭންގެ ހެކްޓުރިކެކެވެ. އެ މުބާރާތުގެ ޗެމްލިއަންއަށް މީދޫ  ދިނީ ޒޭނެ އެވެ. ފަހުރުވެރި ވަަޤުތުކޮަަޅެވެ. އަތު ކޮޅަށް ތަށި އުފުއްލާލިއެވެ.
-ނުނިމޭ-

Comments (8)

  1. Zidhan Mohamed

    Hey Guys, Varah busy koh mi ulhenee adhivess. So story liyaakah time eh nudheve. But inshaa allah, mirey (7/5/2018) gai Story ge complete liyun publish kolladheynan. Hurihaa emmenge haalu rangalhu vaane kamah ummeedhu kuran. Varah loabivey fans. And yeah hater too. Hehe… may god Bless you all… TC… ??

  2. Amee

    Hey zidhan thanks igey up kohdhinyma..vrh wait kurin mi vaahakaige part up veythw ..btw this part is awsome…?………. umeedhu kuran zidhan thi buni date ah up kodheyne kamah…

    1. Zidhan Mohamed
      Amee

      Sure… v ufaavejje kamudhiyaeema! ?

  3. Inoo

    Mi part vx varah reethi…waiting for the next part ❤ ❤ keep it up dear

    1. Zidhan Mohamed
      Inoo

      Thanks… and yah mirey upkollaanan, v ufaavejje kamudhiyaeema! ?

  4. FAISAL

    Loamaraagen ves zidhan ge vaahaka faahaga kuraanan. .. Varah reethi .. thi hama javaahireh

    1. Zidhan Mohamed
      FAISAL

      Wallahu Akbaru… Shukuriyya brother. Varah loabivey. Thankyou again for the support. ??

  5. Livee

    V teeth I mi part ves Luton she part ves laigen dhw this up kohdhiny
    Thanks

Comments are closed.