Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިލަ ހަނދުވަރު (ތިންވަނަ ބައި )

Marie Level 210 Stories100 Login100 Comments
January 25, 2018 2 Mins Read
4 Comments

މިލަ ހަނދުވަރު (ތިންވަނަ ބައި )

“ރަޔަން ނުދާނެ! ޓެސްޓު ފެށެންވެސް ދެން އިނީ ހަފްތާއެއް”

ޔަގީން ރަޔަން ނުދާނެ“.

މަލާކް ރަޔަން އައް ވީ ގޮތެއް ނޭގި ހާސް ވާން ފަށިއެވެ.

ދުވަހުގ ބާކީބައި ހޭދަވެގެން ދިޔައީ އެކަހަލ ގޮތެއްގައެވެ.

“ދެން އެހާބޮޑައް ނުވިސްނަބަލަ މަލާ!! ޢެގެއެއްނު މާނީ ކައިރިއަށް ދިޔައިރުވެސް އޭނަ ތެދެއް ނަހަދާނެކަން..”ހިނގާބަލަ ކޮންމެސް ގޮތަކުން ވީ ގޮތެއް ބަލަަން”

މަލާކް ދެރަވެފަ އިން ތަން ފެނިމަލާކްގެ އެއްމެ ގާތްއެކުވެރިޔާ ލަޔާ ބުނެލިއެވެ..

ކުލާސް ނިމިގެން ގެޔައް ދިޔަމަގުމަތީ މަލާކް އާއި ލަޔާ ވިސްނަމުން ދިޔައީ ރަޔަން އައް ވީ ގޮތެއް ބަލާނެ ގޮތަކާ ދޭތެރޭގައެވެ.

“ޔެސް… މޮޅުގޮތެއް ވިސްނިއްޖެ.”

“އަހަރެން ދޮންބެ ވަރައް ރައްޓެހިވާނެއްނު ރަޔަންއާ. ހިނގާ ދޮންބެ އެގެއަށް ފޮނުވަން. މަލާ ވެސް ދޭ އެއްޗެހިބަދަލް ކޮއްލައިގެން އަންނަން. އަހަރެންވެސް އެބައަންނަން ދޮންބެ ގޮވައިގެން” ލަޔާ ބުނެލިއެވެ.

ގަޑިން މެންދުރު 2 ޖެހި އިރު ލަޔާ އާއި މަލާކް ތިބީ ޒައިން ރަޔަންގެ ގެއައްގޮސް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

“އައްސަލާމް އަލައިކުމް” ޒައިން ސަލާމް ގޮވާލުމުން އެތެރެއިން ސަލާމް ބަލައިގަންނަމުން މާނީގެ މަންމަ ވަހީދާ ނިކުތެވެ.

“އަނހާ ޒައިން ރަޔަން ހޯދަންދޯ. އެބައޮއް ކޮޓަރީގަ ބޮލުގަ ރިއްސާތީއޯ ސުކޫލް އައްވެސް ނުދޭ. ދޭބަލަ” ވަހީދާ އެހެންބުނެލުމައްފަހު ވަދެގެން ހިނގައްޖެއެވެ.

ޒައިން ގޮސް ރަޔަންގެ ކޮޓަރީ ތަަޅުގައި ހިފާލަމުން ޓަކި ޖަހާލިއެވެ.

“”ވަދޭ “” އެތެރެއިން ރަޔަން ބުނެލި އަޑު އިވުނެވެ.

“ޒައިން މިގަޑީގަ.. މަލާގެ ކަމެއްދޯ!!!”

ޒައިން ފެނުމާއެކު ރަޔަން އެދުން ތެދުވެލަމުން ބުނެލިއެވެ.

“”އާން… މަލާކް ރޯވަރުން ގޭގަ ނުހުރެވިގެން މިއައީ” ޒައިން ލާނެއްގޮތަކައް ބުނެލިއެވެ.

ޜަޔަން ފޮތުން ގަނޑު ކޮޅެއް ކަނޑާލާފައި ނޯޓް ކޮޅެއް ލިޔެލުމައްފަހު ޒައިން އަތައްދިނެވެ.

“ތިގެންގޮސް މަލާ އަތައްދީ”

ޒައިންގެ އިންތިޒާރުގައި އިން މަލާކް އަށް ރަޔަންގެ ގެއިން ނިކުމެގެން އަންނަ ޒައިން ފެނުމުން ފުންމައިގެން ތެދުވެވުނެވެ.

ޢަދި ދުވެފައިގޮސް ޒައިންގެ ކައިރީ މަޑުކޮއްލިއެވެ.

” ކިހިނެއްވީ ރަޔަން އައް؟؟ ކޮބާތަ ރަޔަން ؟ ރަޔަން ދިޔައީތަ؟؟” އެއްފަހަރާ އެތައްސުވާލެއް މާލާކް ކުރަން ފެށިއެވެ.

ލަޔާވެސް އައިސް ޒައިން އާއި ސުވާލް ކުރަންފެށިއެވެ.

“އަން މިއޮތީ ރަޔަން ދިން އެތި” އަތުގައި އޮތް ނޯޓް ކޮޅުދެމުން ޒައިން ބުނެލިއެވެ.

އަވަސް އަވަހައް މަލާކް ނޯޓް ކޮޅު ކިޔަންފެށިއެވެ.

“ހެދުނު ހޭލިއިރު ބޮލުގައި ރިއްސާތީ ކުލާހައް ދާން ނުކެރުނީ. ބޭސް ކެއީމަ މިހާރު ރަނގަޅު ހަވީރު 5 ގައި އަތިރިމަތީ ކާނިގަސް ދޮށަައްދާތި”

ނޯޓްކޮޅު ކިޔާ ނިމުން އިރު މާލާކް އައް ހަމަ ޖެހުމުގެ ނޭވާއެއްލެވިއްޖެްެވެ.

“ލަޔާ ހިނގާބަ އަހަރެން އާއެއްކޮއް ހަވީރު ކާނިގަސް ދޮށައްދާން. އެކަނިގޮއްސިއްޔާ މީހަކައް ފެނިދާނެ..”

މަލާކް ލަޔާ އައް ބުނެލިއެވެ.

“އާން އަހަރެން އެހާއިރައް އަންނާނަން މިހާރު ދަނީ އިނގޭ. އާދޭ ދާން ދޮންބޭ” ލަޔާ އެހެން ބުނެ ދާން ހިގައިގަތެވެ.

ޙަވީރު 5 ޖެހިއިރު ލަޔާ އާއި މަލާކް ތިބީ ރަޔަންގެ އިންތިޒާރުގައި ކާނިގަސް ދޮށުގައެވެ. މާގިނައިރު ތަކެއް ނުވެ ރަޔަން އައިސް އެމީހުންގާތު މަޑުކޮއްލިއެވެ.

މަލާކް އައް ރަޔަން ފެނުމާއެކު އުފަލުން ބައްދާލާހިތް ވިއެވެ.

“މަލާ މިއަދު މޮޔަނުވީ ކިރިޔާ ރަޔަން އައް ވީ ގޮތެއް ނޭގިގެން. ދޯ މަލާ!”

ލަޔާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.

“އެކި ވާހަކަ ތަކުގައި ތިބެ ގަޑި ދިޔައިރުވެސް ނޭގުނެވެ.

” 6 ޖަހަނީ ހިނގާ ދާން ” ރަޔަން ބުނެލިއެވެ.

ދުވާލުގެ ބުރަމަސައްކަތައްފަހު މަލާކު ނިދަން ކޮޓަރިއައް ވަނުމުން ޒުލޭހާވެސް ކޮޓަރިއަށް ވަނެވެ.

ނަމަވެސް ނިދަން އުޅެ އުޅެ ނިދޭގޮތެއް ނުވިއެވެ. މި ފަހަކައް އައިސް މީ ކޮއްމެ ރެއެއްގެވެސް އާދައަކައްވެއްޖެއެވެ. ޢިރު އިރު ގަނޑުން ގަދަޔައް ބޮލުގަ ރިއްސާތީއެވެ.

“އަހަރެން އައް ކަމެއް ވެއްޖާ މަލާކް ވަރައް ދެރަވާނެ .. މާބުރކޮއް އުޅެވޭތީ ވާގޮތެއް ކަމައް ވާނީ .. ކުޑަކޮއް އަރާމް ކޮއްލީމަ ރަނގަޅު ވެދާނެ….”

މާބޮޑު ކަމަކައްނުހަދާ ޒުލޭހާ އަމިއްލަ ހިތައް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެކަހަލަ ވިސްނުން ތަކެއްގައި އޮވެ ޒުލޭހާ އައް ނިދުނީ ވަަރަށް ލަސްވިފަހުންނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

ވަކިވީ އަސަރާ މަންޒަރު

Next

ތިޔަ އަސަރު 12

Next
January 25, 2018

ތިޔަ އަސަރު 12

Previews
January 25, 2018

ވަކިވީ އަސަރާ މަންޒަރު

4 Comments!

  1. Angel says:
    January 25, 2018 at 9:51 am

    Wow v reeti. When next part. Haadha kurukoh ti up kohdheneeeh..?

    1. Marie says:
      January 25, 2018 at 10:20 am

      Dhen part thah dhigukohllaaanan
      🙂 Thank you

  2. Mai says:
    January 25, 2018 at 5:52 pm

    v reethi story.. ekm kuru kh genesdheythy v dheravey.. dhnn bai dhigukh up khdheychey mary.. i love this story

    1. Marie says:
      January 26, 2018 at 2:29 pm

      Thank you ..dhen bai thah dhigu kolla
      🙂 dheynan

Comments are closed.


All Right Reserved!