Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ވޭންތަކުން ދިން ހިތި މާޒީ… (4 ވަނަ ބައި)

Sham Level 1
December 22, 2017 One Min Read
8 Comments

ހިތްހަމަ ޖެހުމާއި އަމާން ކަމާއެކު ދެއަހަރު ފާއިތުވެގެން ހިނގައްޖެއެވެ. ގުރޭޑު 9 އެއްގެ ކިޔެވުން ފެށުނުތާ އަދި މާގިނަ ދުވަހެއްނުވާނެއެވެ. އަހަރެންގެ ދިރިއުޅުން މިހާރު ވަރަށްވެސް އުފާވެރިއެވެ. މީހެއްގެ ފަރާތުން އުނދަގުލެއް ނުވާތީ އަހަރެންނަށް ހެއްދެވި ފަރާތައް ޝުކުރު އަދާކުރެވުނީ ކިހާވަރަކަށް ކަމެއްވެސް ބުނެދޭކަށް ނޭނގެއެވެ.

އަހަރެން ބޭރަށް ނުކުތީ މަންމަ ބުނެގެން ފިހާރައަށް ދިއުމަށެވެ. ރޭގަނޑުގެ ވަގުުކަމުން މަގުތައް ވަރަށް އަނދިރިއެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. މަންމަ ބުނި ހުރިހާ އެއްޗެއް ގަނެގެން އަހަރެން ފިހާރައިން ނުކުމެގެން ބާރު ހިނގުމުގައި މިސްރާބުޖެހީ ގެއާދިމާއަށެވެ. ނަމަވެސް އަހަރެން ހުރި ފިޔަވަޅުމަތީގައި ހުއްޓެން މަޖުބޫރު ކުރުވީ ކުރިމަތިން ފެނުނު އިންސާނާއެވެ. އިސްކޮޅުން ދިގުވެފައި ބަލާލަން ވަރަށްވެސް ހިތްގައިމެވެ. ތުނބުޅިއާއި މަތިމަސް ބަހައްޓާފައި ހުރީ އެންމެ ޒަމާނީ ގޮތަށެވެ. އިސްތަށިގަނޑުވެސް ކޮށާފައި ހުރީ އެންމެ ރީތި ސްޓައިލަށެވެ. ދެއަހަރު ފަހުން ފެނުނު ނަމަވެސް އަހަންނަކަށް އެއީ ކާކު ކަމެއް ނޯޅޭނެއެވެ. އަދިވެސް އެހަނދާންތައް އަހަރެންގެ ހިތަކުން ފޮހެވިގެނެއް ނުދެއެވެ. އެ ހިތިމާޒީގެ އަސަރުތައް އަދިވެސް އަހަރެންގެ ހަޔާތުން ފިލައިގެނެއް ނުދެއެވެ.

ހަސަނަކީ ރަށުގައި އުޅުނު އެންމެ ނުލަފާ މީހުންގެ ތެރެއިން މީހެކެވެ. އުމުރުން ކިތަންމެ ޒުވާން ނަމަވެސް ސެކިއުރިޓީ ކަމުގެ ވަޒީފާއަށް އޭނާ ވަންނަން ޖެހުނީ ކިޔަވަންވީ ދުވަސްވަރުގައި ނުކިޔެވުމުގެ ސަބަބުންނެވެ. ކިޔަވަންވީ ދުވަސްވަރުގައި އާއިލީ ހަމަނުޖެހުން ތަކެއްގައި އުޅެންޖެހުމުގެ ނަތީޖާ އަކަށްވީ ކުށުގެ މާހައުލަށް ނުކުމެ އަމިއްލަ އަތުން ދިރިއުޅުން ހަލާކު ކުރަން ޖެހުމެވެ.

އަހަރެންނަށް ހޭވެރިކަންވީ މަންމަ މަގު ކޮޅުގައި ހުރެ އަހަންނަށް ގޮވާލުމުންނެވެ. އޭރު ހަސަނު ފެންނަންވެސް ނެތެވެ. ނަމަވެސް އެއީ ކުއްހިޔެއް ނޫންކަން އަހަންނަށް ޔަގީނެވެ. އެއީ ހަމަ ހަސަނެވެ. ނަމަވެސް އެއީ ހަސަނު ކަމުގައިވާނަމަ އަޅާނުލާ ދާންވީ ކީއްވެގެން ހެއްޔެވެ؟ ހަސަނު އިސްލާހުވީ ނޫންބާވައޭ އަހަރެންގެ ހިތައް އެރިއެވެ.

މިރޭ ނިދަން އުޅެއުޅެ އަހަރެންގެ ލޮލަކަށް ނިންޖެއްނައެވެ. ހަމަ ވިސްނެނީއެވެ. މާދަމާގެ އިރުގެ އަލިކަން އަހަރެންގެ ހަޔާތަށް އަނދިރިކަން ގެންނަން އުޅޭކަމުގެ އިހުސާސް ކުރެވުމުން ހަމަ ބިރުގަންނަނީއެވެ. މާޒީގެ ހަޔާތް އަލުން ތަކުރާރުވެދާނެތީ ހިތް ނުތަނަވަސް ވަނީއެވެ. މިއަދާ ހަމަޔަށް އާއިލާ އަށް ސިއްރުކޮށްފައިވާ ބޮޑު ހަގީގަތް އާއިލާއަށް ފަޅާއަރައިފިނަމަ އެމީހުންގެ ހިތަށް ކުރާނެ އަސަރު އިހުސާސްވުމުން ހަމަ ދެރަވަނީއެވެ. މި ހިޔާލު ތަކުގައި އޮއްވާ އަހަންނަށް ނިދުނީ ކޮން އިރަކު ކަމެއްވެސް އަހަންނަކަށް ނޭނގުނެވެ.

ހެނދުނު އަހަންނަށް ހޭލެވުނީ ސުކޫލަށްދާން މަންމަ ގޮވުމުންނެވެ. ހޭލެވުމާއިއެކު އަހަރެންގެ ހިތުގައި ނޭނގޭ ބިރުވެރި ކަމެއް އުފެދުނެވެ. ދެއަހަރު ކުރީގެ ހަނދާންތައް އަހަރެންގެ ސިކުނޑި ވަށާލީ ކީއްވެކަމެއް އަހަންނަކަށް ނޭނގެއެވެ.

އަވަހަށް ތައްޔާރުވެލައިގެން އާދައިގެ މަތިން އަހަރެން ސުކޫލަށްދާން ނުކުތީމެވެ. އާދައިގެ ވަރަކަށް ހިނގާފައި ދިޔަނަމަވެސް ފަސްމިނެޓު ތެރޭގައި ސުކޫލަށް ދެވޭނެއެވެ. ގެޔާ ސުކޫލާ އެހާވެސް ކައިރިއެވެ. ދުވަސްތަކަކަށްފަހު އަނެއްކާވެސް އަހަރެންގެ ހިތް މިވަނީ ނުތަނަވަސް ވެފައެވެ. ރޭގައި އަހަންނަށް ހަސަނު ފެނުން އެއީ ހީވި ހީވުމެއްބާއެވެ. ނޫނެކެވެ. އެހެންވާންވީ ކީއްވެ ހެއްޔެވެ؟ ސަބަބަކާ ނުލައި އަހަންނަށް ހަސަނުގެ ސޫރަ ސިފަ ވާންވީ ކީއްވެހެއްޔެވެ؟

ޢަދައިގެ ހިނގުމެއގައި ދިޔަ އަހަރެން ސިހުނީ ރަށުގެ ބޮޑުމަގުގެ އެއްފަރާތުގައި އިން ޖޯއްޔެއްގައި އިށީންދެލައިގެން އިން ޒުވާނާ ފެނިފައެވެ. ކަޅު ކުލައިގެ ސޯޓުބުރިއެއްލައިގެން ހުސްގަޔާ އިންއިރު ވަރަސްވެސް ހިތްގައިމެވެ. ނަމަވެސް އެހިތްގައިމު ކަމަކުން އަހަންނަކަށް އަސަރެއް ނުކުރިއެވެ. އެއީ ހަސަނުކަން ޔަގީން ވުމާއިއެކު އަހަރެންގެ ހިތުގައި އުފެދެން ފެށީ ބިރުވެރިކަމެކެވެ. އަހަރެން އެހިސާބާ އަރާ ހަމަވުމުން ހަސަނު އިސްއުފުލާ ބަލާލިއެވެ. ހަސަނުގެ ބަލައިލުން ކިތަންމެ ހިތްގައިމު ނަމަވެސް އެސޫރަ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތައް އުނދަގޫވެއެވެ. އެބަލާލުމުން އަހަންނަށް ސިފަވެގެން ދަނީ އަހަރެންގެ ކަޅު މާޒީއެވެ.

ވާނީވެސް އެހެންތާއެވެ. އުމުރުން ބާރަ އަހަރުގައި އަހަރެންގެ ދިރިއުޅުން ބަނަކޮށްލި މީހަކީ އެއީއެވެ. އަހަރެންގެ ހިތުގައި ހަސަނަށްޓަކައި ވަނީ ނަފުރަތެވެ. ހަސަނުގެ ސަބަބުން އަހަންނަށް އުފުލަންޖެހުނު ވޭނާ ކެކުޅުން އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެނެއް ނުދާނެއެވެ. އަހަރެންގެ ކުށަކީ ކޮބައިކަން އެނގެން މިއަދުވެސް އަހަރެން ބޭނުމެވެ. ނަމަވެސް އެސުވާލުގެ ޖަވާބު ހޯދުމަކީ ފަސޭހަ ކަމެއް ނޫންކަން އަހަންނަށް އެނގެއެވެ.

ހަސަނު ބަލާލި ނަމަވެސް ފެންނަކަމަށް ނުހަދާ ދާން އަހަރެން ހިނގައިގަތީމެވެ. ހަސަނުގެ ހަމަލާއެއް ލިބޭނެ ކަން ޔަގީން ވާތީއެވެ. ނަމަވެސް ކަންތައްވީ ހީކުރިގޮތާ މުޅިން ހިލާފަށެވެ. ހަސަނު ހަމަ އިންތާނގައި އިނީއެވެ. އަހަންނަކަށް އަނިޔާއެއްކުރާކަށް ނައެވެ. ގަޑިޖެހޭތީ އިތުރަށް ވިސްނަން ނުހުރެ އަހަރެންގެ ހިނގުން ބާރުކޮށްލީމެވެ.

ސުކޫލަށްގޮސް ވަދެވުމާއި އެކު އަހަރެން ދިޔައީ ޒިލާމެން ކުލާހަށެވެ. އަހަރެން ފެނުމާއި އެކު ޒިލާބުނީ ހަސަނު އައިސް އުޅޭ ވާހަކައެވެ. ހަސަނުގެ އަމަލުތައް ހުންނަ ގޮތުން އަހަރެންނަށް ވިސްނަން މަޖުބޫރު ވިއެވެ. އެއީ މީގެ ކުރިން އަހަރެން ދަންނަ ހަސަނެއް ނޫނެވެ. ކުރިން އެލޮލުން އަހަންނަށް ފެނުނު އަނިޔާ ވެރިކަން މިހާރު އަހަންނަކަށް ނުފެނެއެވެ. ހަސަނައް ރަނގަޅުގޮތް ވިސްނުނީ ނޫންބާވައެވެ؟

ހަސަނު ރަށަށް އައިފަހުނ މިހާރު ދެ ހަފްތާ ވެދާނެއެވެ. ނަމަވެސް ހަސަނުގެ އެއްވެސް އުނދަގުލެއް އަހަންނަކަށް ނުފޯރައެވެ. ހަސަނު އަހަންނަށް ކުރި އަނިޔާތަކާއި، ޒިލާ އަށް ހުރިހާ ކަމެއް އިނގުމުން ހަސަނުގެ އުނދަގުލުން އަހަރެން ސަލާމަތްވުމާއި، ކުއްލިގޮތަކަށް ހަސަނު ރަށް ދޫކޮށްފައި ދިޔުމާއި ދެއަހަރު ފަހުން ހަސަނަށް އައިސްފައި އެވާ ބަދަލު ތަކުގެ ފަހަތުގައި ކޮންމެސް ސިއްރެއް ވާނެކަން އަހަންނަށް ޔަގީނެވެ. ނަމަވެސް އެސިއްރު އަހަރެން ހޯދާނީ ކިހިނެއް ހެއްޔެވެ؟

މިއަދަކީ ސުކޫލާއި ޒުވާނުން ގުޅިގެން ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ދުވަހެކެވެ. ބޭރަށް ނުކުންނަ ހިތް ނެތް ކަމަކު އަހަންނަށް އެތަނަށްދާން މަޖުބޫރުވީ އަހަންނަކީ ސުކޫލުގެ ހެޑް ޕްރިފެކްޓް ކަމުން މިފަދަ ކަންކަމުގައި ބައިވެރި ނުވެއްޖެނަމަ އެކަން އެންމެންގެ ސަމާލުކަމަށްވެސް އަންނާނެތީ އެވެ. ކަންދިމާކުރި ގޮތުން މަސައްކަތްތައް ކުރަން ހަމަޖެހިފައިވަނީ ޒުވާނަކާއި ސުކޫލުކުއްޖެއް ހިމެނޭގޮތަށް ޓީމްތައް ބަހައިގެންނެވެ. ޓީމްތައް ބެހުމައްޓަކައި ނެގި ލީޑަރުންގެ ތެރޭގައި ހަސަނުވެސް ވިއެވެ. އަހަރެން ހަސަނުގެ ޓިމަށް ނުދޭތޯ ހިތާހިތުން ދުއާ ކޮށްލީމެވެ.

ޓީީމްތައް ބަހަމުން ގޮސް ހަސަނު ބޭނުންވާ ކުއްޖަކު ނެގުމަށް ހަސަނަށް ފުރުސަތު ލިބުނެވެ. އަހަރެން ސިހުނީ ހަސަނު އަހަރެންގެ ނަން ބުނުމުންނެވެ. އަހަންނަށް ހަސަނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ނަމަވެސް އަހަރެންގެ ބަލާލުމަކަށް ހަސަނު ފަރުވާލެއް ނުބެހެއްޓިއެވެ. ހިތް ނުތަނަވަސްވި ނަމަވެސް މިފަހަރު އަހަރެން މިހުރީ ހުރިހާ ކަމަކަށް ކުރިމަތިލާން ނިންމައިގެންނެވެ. އެއްވެސް މީހަކަށް މިހާރު އަހަރެންގެ މައްޗަކަށް ބާރެއް ނުފޯރުވޭނެއެވެ. އަހަރެންގެ ހަޔާތުގެ ހިތި މާޒީ އަލުން ތަކުރާރުވިޔަދޭކަށް އަހަރެން ބޭނުމެއް ނޫނެވެ.

ޓީމްތައް ބެހުމަށްފަހު އެންމެން މަސައްކަތައިގެން ނުކުމެއްޖެއެވެ. ގުރުއަތުން އަހަންނާއި ހަސަނުގެ ޓީމަށް ލައްވާލީ ވަލުފަރާތު ގޮނޑުދޮށުގައި ހުރި ޕްލާސްތިކް ފުޅިތައް ނެގުމެވެ. އެންމެން މަސައްކަތް ކުރަން ދިޔައިރުވެސް އަހަރެންނަށް ހުރެވުނީ ފިކުރެއްގެ މަތީގައެވެ. ވަލުފަރާތައް ދިއުމަށްފަހު ދުރުގައި ހުއްޓިލައިގެން ހުރެވުނީ ހިތައް އަރާ ފައިބަމުން ދިޔަ ހިޔާލުތަކުގެ ސަބަބުންނެވެ. “ނިހާ ތިހެން ހުރެގެން މަސައްކަތެއް ނުކުރެވޭނެ ދޯ؟ އާދޭ އަހަންނަށް ހެލްޕް ވާން” އަހަރެން ސިހުނީ ހަސަނުގެ އަޑު އިވުމުންނެވެ.

މިއީ އަހަރެންގެ މުޅި ހަޔާތުގައިވެސް ހަސަނު އަހަންނާ މަޑުމައިތިރިކޮށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އަހަރެން ކޮންމެވެސް ވަރަކަށް ޖެހިލުންވި ނަމަވެސް ކެރިގެން ކުރިމަތިލުމަށް ނިންމީމެވެ. އެހެންކަމުން ވަރަށް ހަމަޖެހިލާފައި ގޮސް ހަސަނާއަި އެކު ފުޅިތައް ހޮވަންފެށީމެވެ.

އިރު އިރުކޮޅާ އަހަންނަށް ވަށައިގެން ހޯދާލެވެއެވެ. ކައިރިން މީހެއްގެ ހިލަމެއްވޭތޯ ބަލާލުމަށެވެ. ނަސީބަކުން އެހެން ޓީމެއްގެ ދެކުއްޖަކުވެސް ކައިރީގައި ތިބުމުން އަހަންނަށް ރައްކާތެރިކަން އިހުސާސްވެއެވެ.

އަހަންނާއި ހަސަނުގެ ދެމެދުގައި ވަނީ ހިމޭންކަމެވެ. “އަހަރުމެން އެބަ އަންނަން އެހެން ގޯންޏެއް ހިފައިގެން.” އަހަންނަށް ސިހިފައި ބަލާލެވުނީ އަނެއްގުރޫޕުގެ ދެމީހުން އެހެން ބުނުމުންނެވެ. މުޅި އެހިސާބުގައި ވެސް ތިބީ އަހަންނާއި ހަސަނު އެކަނިކަން އެނގުމުން ހިތުގައި ބިރުވެރި ކަމުގެ ރާޅު ބާންޏެއް އުފައްދާލައިފިއެވެ.

ގިނަ އިރު ވީވީހެން އަހަރެންގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތައް ދިޔައީ އިތުރުވަމުންނެވެ. އަހަންނާއި ހަސަނު އެކަނި އެހިސާބުގައި ހުރި އިރުވެސް ހަސަނުގެ އަނިޔާއެއް އަހަންނަށް ކުރިމަތި ނުވާތީއެވެ. ނަމަވެސް އިރު އިރުކޮޅުން ހަސަނު އަހަންނާއި ދިމާލަށް ބަލަމުންދާކަން އަހަންނަށް ފާހަގަ ވެއެވެ. ބައެއްފަހަރު ވާހަކަ ދައްކަން އުޅޭހެން ވެސް އަހަންނަށް ހީވެއެވެ. ނަމަވެސް މަސައްކަތް ފެށުނުފަހުން އަހަރުމެން ދެމީހުންގެ ދެމެދުގައިވި ހިމޭންކަމަކަށް ބަދަލެއް ނާދެއެވެ.

އަހަރެން އަވަދިނެތި އުޅުނީ ފުޅިތައް ނެގުމުގައެވެ. ތަނުގައި އަހަރެން ނޫން އެހެންމީހަކު ނެތްކަމުގެ އިހުސާސް އަހަންނަށް ކުރެވުނީ އިރުކޮޅެއް ފަހުންނެވެ. ވަށައިގެން ހޯދާލެވުނެވެ. ހަސަނުގެ ހިލަމެއް ވޭތޯއެވެ. ހަސަނު އެހިސާބުން ފެންނާކަށްނެތެވެ. ވަލުބޭރަށް ގޯންޏެއްބަލާ ދިޔައީކަމަށް ނިންމައިގެން އަހަރެން ކުރަމުން ދިޔަ މަސައްކަތައިގެން ކުރިއަށް ދިޔައީމެވެ.

ކުއްލިއަކަށް މީހަކު ފަހަތުން އައިސް އަހަރެންގެ އަނގަ މަތީގައި އަތްއަޅާ ބާރުކޮށްލިއެވެ. އަހަރެންގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އެއްއަތުން އަހަރެންގެ އަތުގައި ހިފައިގެން އަނެއްއަތުން އަހަރެންގެ އަނގަމަތީގައި އަތްއަޅައިގެން ހުރެ އެމީހަކު އަހަރެން ދަމާފައި ގެންދިޔައީ ގަސްތަކާދިމާލަށެވެ. އަހަންނަކަށް ހަރަކާތެއް ނުކުރެވުނެވެ. އަތްފައި ފިނިވެ ގަނޑުވެފައިވާ ކަހަލައެވެ. އަނގަމަތީގައި އަތް އަޅާފައި ހުރިލެއް ބާރުކަމުން އަޑުބޭރެއް ނުވިއެވެ. ސަލާމަތްވާނެ އިތުރު މަގެއް އަހަންނަކަށް ނުފެނުނެވެ. އެއީ ހަސަނުގެ އަމަލެއްކަން އަހަންނަށް ޔަގީން ވިއެވެ. ކުރީގެ ހަނދާންތައް އާވާން ފެށުމާއިއެކު ރޮވެން ފެށިއެވެ. ނަމަވެސް ކުރެވޭނެ އިތުރު ކަމެއް ނެތެވެ. މިއީ އަހަންނަށް ހުރި ގޮތް ކަމަށް ނިންމައިގެން ހެއްދެވިފަރާތައް ވަކީލު ކޮށްލައިގެން އަހަރެން ހުރީ އަހަންނަށް ސަލާމަތްވާން އިތުރު ކަމެއް ކުރެވެން ނެތީމައެވެ.

ގަސްތަކުގެ ތެރެއަށް އަހަރެން ވެއްދުމަށްފަހު އެމީހަކު އަހަރެންގެ އަނގަމަތިން އަތް ނެގިއެވެ. އަހަރެންގެ އަތުންވެސް ދޫކޮށްލިއެވެ. އެއީ ކާކުތޯބަލަން އަހަރެން ފަހަތައް އެނބުރުނީމެވެ. މޫނު ނިވާކޮށްފައި ހުރުމުން އަހަންނަަކަށް އެއީ ކާކުކަމެއް ނޭނގުނެވެ. ސަލާމަތް ވާން ކިތަންމެ ބޭނުންވެފައިހުރި ނަމަވެސް އެވަގުތު އަހަރެންގެ ދެފައި ހަރަކާތެއް ނުކުރިއެވެ. ކުރިއަށް އެންމެ ފިޔަވަޅެއް އަޅާނެ ހިތްވަރެއްވެސް އަހަރެންގެ ގަޔަކު ނެތެވެ. އެމީހާ އަހަރެންގެ ކައިރިއަށް އަންނަމުން ދިޔަނަމަވެސް އަހަންނަށް ގޮތް ހުސްވެފައި ހުރެވުނީއެވެ.

އަހަރެންނަށް ހޭވެރިކަމެއްވީ އެހެންމީހަކު އައިސް އަހަރެންނާ ކައިރިވަމުން ދިޔަ މީހާދުރަށް ކޮއްޕާލުމުންނެވެ. އެމީހާ ކައިރިން އަހަރެން ސަލާމަތް ކުރީ ކާކުކަން ފެނުމުން ދިމާވި ހުރިހާ ކަމެއް މަތިން އަހަރެން ހަނދާން ނެތުނު ކަހަލައެވެ. އެއަތަކުން އަހަންނަށް އަނިޔާ ނޫން އެހެން އެއްޗެއް ލިބިފައި ނުވާ އަތުން މިއަދު އަހަރެން ސަލާމަތް ކޮށްދީފިއެވެ. ހަސަނުގެ ފަރާތުން ސަލާމަތްތެރިކަމެއް އަހަންނަށް ލިބިދާނެކަމަށް އަހަރެން ދުވަހަކުވެސް އުންމީދެއް ނުކުރަމެވެ. އަހަންނާއި ކައިރިވި މީހާއަށް އިންޒާރު ދިނުމަށްފަހު ފޮނުވާލާފައި ހަސަނު އަހަރެން ކައިރި އަށް ޖެހިލިއެވެ. އަދި އޯގާތެރިކަމައެކު އަހަރެން އެތާއިން ގަސްގަނޑެއްގެ މަތީގައި ބޭންދިއެވެ. މަޑުމައިތިރި ކަމާއެކު އަހަންނަށް ކަމެއްވިތޯ ހަސަނު ސުވާލުކުރުމުން އަހަންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަހަންނަށް ފެންނަމުން ދިޔައީ ހުވަފެނެއް ބާއޭ އެވަގުތު އަހަރެންގެ ހިތައް އެރިއެވެ.

 

Share Article

Follow Me Written By

Sham

Level 1

I'm Sham writing is my Hobby

Other Articles

Previous

ގެއްލިދިޔަ ހަޔާތް…. 19

Next

ގެއްލިދިޔަ ހަޔާތް….. 20

Next
December 22, 2017

ގެއްލިދިޔަ ހަޔާތް….. 20

Previews
December 22, 2017

ގެއްލިދިޔަ ހަޔާތް…. 19

8 Comments!

  1. kyaara says:
    December 22, 2017 at 10:37 am

    Mi part ves vrh nice…. When ia next part…..

  2. Nadha says:
    December 22, 2017 at 10:38 am

    Me first dhw. Interesting story eh mee.

  3. Nadha says:
    December 22, 2017 at 10:39 am

    Oops sorry second dhw

  4. Ahmed Anas says:
    December 22, 2017 at 11:55 am

    Sham E La ????

    1. Sham E La says:
      December 22, 2017 at 12:08 pm

      Thanks bro❤

  5. Faatte fato says:
    December 22, 2017 at 12:24 pm

    V salhi?

  6. Afuaal says:
    December 22, 2017 at 12:27 pm

    Rythi kamaa eve ?
    Thigothuga medhu neylhi kuriyah dhey ?❤️

  7. Hoi hoi☆ says:
    December 22, 2017 at 1:22 pm

    Keep it up….♥♥♥

Comments are closed.



All Right Reserved!