ކަފުން ނުކުރެވުނު ލޯބި
ކަފުން ނުކުރެވުނު ލޯބި
މުސައްނިފާ ރޯޒީ
28.09.2016
މިއީ ހަގީގީ ހާދިސާއެއްގެ މައްޗށް ލިޔެފައިވާ ހަގީގީ ވާހަކައެއް
ކޮންމެ މީހެއްގެ ހަޔާތެއްގެ ފަލްސަފާ ބިނާވެފައިވަނީ ދިގު ވާހަކައެއްގެ މަށްޗަށް. އޮޅުން ބޮޅުން ގިނަ ހާދިސާ ތަކެއްގެ މަށްޗައް.
މިވާހަކަ ލިޔަމުން ދާއިރު ހިތަށް އަރާ އެތަށް ހާސް ސުވާލުތަކެއް އުފެދޭ. އަނެއްކާ މި ވާހަކަޔަށް އަންނާނީ ކޮންކަހަލަ ކޮމެންޓުތަކެއްބާ؟ ކޮންބައެއްގެ ފަރާތުންބާ؟
ނޫސްތަކުގައި ލިޔެފައިވާ އާޓިކަލް ތަަކަށް ޢާންމު މީހުން ކޮމެންޓު ކުރުމަކީ ވަރަށް ޢާންމު ކަމެއް. ކޮންމެ ވާހަކައަކަށްވެސް އެމީހެއްގެ އަމިއްލަ ޙިޔާލު ފާޅުކޮށް ކޮމެންޓު ކުރުމަކީ ލާޒިމު ކަމެއް. އެއީ އެބަޔެއްގެ މިނިވަންކަން. ބައެއް މީހުން އެކޮމެންޓު ކުރަނީ ހެޔޮއެދިގެން، ބައެއް މީހުން ކޮމެންޓު ކުރަނީ ހުސްވަގުތު ފުރާލާން، ބައެއް މީހުން ކޮމެންޓު ކުރަނީ އެލިޔާ މިހާ އެލިޔުން ހުއްޓާލާތޯ ކަމަށް ވުންވެސް އެކަށީގެންވޭ.. ބައެއްމީހުން ކޮމެންޓުކުރަނީ އަނެކާ ދެކެ އަންނަ ރުޅި ހާމަކޮށްލުމަށް އިތުރު ގޮތެއް ނެތިގެން ކޮމެންޓެއްގެ ޒަރީއާއިން.. މިއީ ވަރަށް ފިނޑި އަދި ނާތަހުޒީބު ކަމެއް. މިކަހަލަ ޢަމަލު ގިނަފަހަރަށް ކުރަނީ ތަންދޮރު ނުދަންނަ މީހުން. ތައުލީމްގެ މަތިވެރި ޖައުހަރު ނެތި ތިބޭމީހުންނޭވެސްް ބުނެވިދާނެ..
ލިޔުން ތެރިންގެ އަގު އެނގޭނީ ލިޔުންތެރިންނަށް އަޅުގަނޑު އަހާލާފަ ވާގޮތުން އެންމެ ހިތްހެވީ ނަރުހުން ސަބަބަކީ ތަފާތު ގިނަ ބަލި މީހުން ކޮންމެ ދުވަހަކު އެމީހުންނާ ދިމާވާކަން، އެކަމަކު ތިމާމީ ނަރުހަކަށް ވިޔަސް އެއީ މާމޮޅު ކަމެއްވީއެއްނޫން. ތިމާއަށް ތިމާގެ އަގު ހިފަހައްޓަން ނޭނގޭނަަމަ .ތިމާގެ ގަދަރު އޮންނާނީ އާއިލާ މީހުންގެ ތެރޭގަޔާއި ދުރު މީހުންގެ ތެރޭގައި ވެއްޓިފައި. ތިމާގެ ހިތްހެޔޮކަމާއި ލޯބި ދޭންޖެހޭނީ ހަމަ އެކަނި ހޮސްޕިޓަލްގަ ތިބޭ ބަލި މީހުންނަކަށް ވެސް ނޫން .. ތިމާގެ ހިތް ހެޔޮކަން ހުރިހާ މީހުންނަށް ހަމަހަމ ވާންޖެހޭނެ.. މީހުން ކޮށްފައިވާ ކޮމެންޓުތަކުގެ ތެރެއިން ޙާއްސަ ކޮށް ނެގެޓިވް ކޮމެންޓު ފޮނުވާފަ ވަނީ ތިމާއާއި ސަރުކާރުގެ ރަސްމީ ލިޔުމުން ގުޅުވާފަ ތިމާގެ ކަމުގެ ނަންދީފައިވާ މީހުންގެ ކޮމެންޓު ކަން އެނގުމަކީ ހިތުގެ ފުންމިނަށް އަސަރު ކުރުވާ ކަމެއް.
އަހަރެންގެ ލޯބީގެ ގަނޑުވަރު ﷲ އިރާދަ ކުރެއްވިޔާ ކިތަންމެހާވެސް ވަރުގަދަ..މިލޯބީގެ އިމާރަތަކީ ޙުދު އަހަރެންނާއި އަހަރެންގެ ފިރިމީހާ ޢީމާރާތް ކޮށްފައިވާ ލޯބީގެ ބިނާއެއް. ދެމީހުންގެ އަތުން ފެންދީގެން ރުވާފައިވާ ގިނަ ގަސްތައް އަހަރެމެންގެ ލޯބީގެ ބަގީޗާގައި ފޯދިފައިވެއެވެ.
ތޫފާނެއް އަހަރެންގެ ހަޔާތަށް އަންނާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނަންނެތި އެތޫފާން އައިސް އަހަރެންގެ ގަނޑުވަރު ހަލާކުކޮށްލީ ކިހިނެއްބާވައެވެ. އުފަލާއެކު އަހަރެން އުދުހެމުން ދިޔައީ އުދުހުމުގެ ވަރަ ބިނދި ވެއްޓުނީ އެކަމުގެ ކުޑަވެސް އިޝާރާތެއް އަހަރެންނަށް ނެތިއެވެ.
އަހަރެންނަށް ލިބިފައިވާ ލޯބި ގެއްލިގެން ދިޔުމުން ހިތުގެ ހަމަޖެހުމުގައި މާނައެއްނުވާ ކަހަލަ އަސަރު ތަކެއް ކުރުވަމުންދިޔަ. އަހަރެން ބައިވެރިޔާގެ އެއަތުގައި ހިފަން އަތްދިއްކުރީ ސާހިލްގެ އަނެއްފަރާތުގައި ބައިވެރިޔާ ނުވާކަން އެނގޭ ހާލުގައެވެ.
ހުނަރުވެރިކަމާއެކު އަހަރެންގެ ނަސީބު އަގު ވަޒަންކުރެވޭރޯ އެކި އެކި މަންޒިލްތަކަށް ދިޔައީމެވެ. މިއީ ފަހު މަންޒިލޭ ބުނާ ހާލުގައެވެ. އަކުރު ތަކެއްގެ ސިފައިގައި އަހަރެންގެ ޖަޒުބާތު ހާމަ ކުރަމުންދިޔައިން. ޅެންވެރިޔެއް ނޫން އެކަމަކު ޝާއިރަކީން.. އަހަރެންގެ އަމިއްލަ ލަވަތަކުގެ ވެރިޔަކީން. މުސައްނިފަކަށް ވެވޭތޯ ހިތްވަރާއެކު މަސައްކަތް ކުރީ އެހުނަރު އުފެދުމުގައި ލިބިފައިވާ ކަމަށް ހީކޮށް “މީގައި ސުޓޯރީއެއްނެތޭ ފޫހި އެއްޗެކޭ ބުނެ” ނެގެޓިވް ކޮމެންޓުކޮށްލަނީ އަހަރެންގެ ހަޔާތާއި ގުޅިފައިވާ ބައިވެރިން. އަހަރެންގެ ލޯބިވެރިޔާގެ ތަސްވީރު ކުރަހައިގެން އަހަރެން އެއަށް އަޅުކަންކުރަނީ އެފަދަ ދެވަނަ ފަރާތަކަށް އަހަރެންގެ ހިތުން ޖާގަ ނުދެވޭނެ ކަން އެނގޭތީ.. އެބައި މީހުންނަށްވެސް އެކަން އެނގޭނަމަ ކޮންފަދަތޯ؟
ލޯބީގައި މަގުއޮޅިގެން ދިޔުމާއެކު ލިބުނު ދަޢުވަތު ގަބޫލް ކުރެވުނީ އުފަލުންނެވެ. ހަޔާތުގެ ބިނާކަމުގައި ހެދި ގެއިން ލިބުނު މަރުހަބާ ހަގީގަތެއް ކަމުގަ ހީވެގެންދިޔައެވެ. ކޮންމެ ގުޅުމަކީ ތިމާގެ ގުޅުމެކޭ ހީވެ އުފާވިއެވެ. ބައިވަރު މީހުން އެއް ގެޔަކުން ލިބުނެވެ. އެކަނިވެރި އަހަރެންގެ ހިތަށް ތަސައްލީއެއް ލިބުނެވެ ހަޔާތުގެ ހުރިހާ ކަމެއް ފުރާފުރިހަމ ވީކަހަލައެވެ. ނަމަވެސް… ނަމަވެސް މިއިން ކޮންމެ ތިމާގެ ކަމަކީ ވަހުމެކޭ، ދެއްކުން ތެރިކަމެކޭ، އެނގުނު ހިނދު އަހަރެން ކުދި ކުދި ވިއެވެ. ގޭގެ ކޮންމެ މެމްބަރަކީ ހެޔޮއެދޭ މެމްބަރެއްކަމަށް ހީކުރެވުން އެއީ އަހަރެންގެ މައުސޫމީއްޔަތެވެ.
ބިލާހަކަށް ވެގެން ދިޔަ އަހަރެންގެ މަސައްކަތާއި ލޯބި ބާރެއް ނެތް އަތްތަކުކުން ފުނޑު ފުނޑު ކޮށްލި އަސަރުގައި ލޮލުން ކަރުނަ ނުހިކޭކަން މިއީ ހަގީގަތެކެވެ.11 އަހަރު އެއްބަޔެއްް ދަސްކުރުމަށް އަހަރެން ވަގުތު ނުނެގީ އަހަރެން ޅަދޮންޅުކަމާއި މައުސޫމިއްޔަތެވެ.
އަހަރެންގެ ހިތާމައިގަ އަސްލަކީ ކޮބައިކަމާއި އޭގެ ހަގީގަތް ނޭނގޭ ބަޔަކަށް އަހަރެންގެ ހަޔާތުގެ މިހިތާމަވެރި ވާހަކަ ވެގެންދާނީ ހާސަރަކަށެވެ. އަހަރެންނަށް އޭނާ އާއި ނުލާ އުޅޭވޭނީ ކިހިނެތް ހެއްޔެވެ. ލޯމަރާލިޔަސް ފެންނަނީ ހަމަ އެސޫރައެވެ. އާއެކެވެ އެއީ އަހަރެންގެ ލޯބިވާ ފިރިމީހާއެވެ. ކޮންމެ އަންހެންކުއްޖަކަށްވެސް އެންމެ ގާތް ރަހްމަތްތެރިއެއް ކަމުގައި ދެކެވޭނީ އެމީހެއްގެ ފިރިމީހާއެވެ. ރޮއިރޮއިފައި އަހަރެން ފިރިމީހާ ކާރީ ހުރިހާ ޝަކުވާއެއް ކުރަމެވެ. ލޯބިދީގެން އޭނާ އަހަރެން މަސަލަސް ކުރުވައެވެ.
އަހަރެންގެ ހުވަފެންތަކުގެ ރަސްގެފާނު އަތުގައި ހިފައިގެން އަހަރެން ކުރިޔަށް ފިޔަވަޅު އަޅަން ނިންމީ ލޯތްބާ އުފަލާއެކުގައެވެ އަމިއްލަ އެދުމުން ފުރިފައިވާ އަތްތަކަށް ހަޔާތުން ޖާގަ ދޭން ބޭނުމެއް ނުވާހާލަތުގައެވެ. ދެން ބޭނުމެއް ނޫނޭ، ބުނެ ކިތަންމެ ފަހަރަކު މާފް ދިނުމާއެކު ތިމާކަން ދަމަހައްޓަންވެގެން ހަނުހިމޭނުން ހުންނަނީއެވެ.ފެންނަ ކަންތަށް ނުފެންނަ ކަމަށް ހަދާފައެވެ. ކެތްތެރިކަމުގެ މިސާލެއްދޯއެވެ.
އަަހަރެންގެ ހުވަފެންތަކުގެ ރަސްގެފާނު އަހަރެންގެ އުނގު ލޯބިން ފުރާލަދިނެވެ. އެހުރިހާ ގޮންޖެހުމަށާއި ފާޑު ކިޔުމަށް ސަމާލުވެހުރެ އެވެ. އެއީ ހަގީގީ ލޯބިއެވެ. އެލޯބިން ހަސަދައާއި ނުރުހުންތެރިކަމުގެ އަތްތަކުން އަހަރެންގެ ދާވަނި ސަލާމަތް ކޮށްދިން ކަން މިއީވެސް ގަބޫލް ކުރަންޖެހޭ ހަގީގަތެކެވެ. ތެދުވެރި ލޯބި އަހަރެން ދަސްކުރީ ހަމައެކަނި އަހަރެންގެ ލޯބިވާ ފިރިމީހާގެ ފަރާތުންނެވެ. އެލޯބި ކަފުންކޮށް އެލޯބި އަހަރެންގެ އަތުން ނިގުޅައިގަންނަން މަސައްކަތް ކުރާބަޔަކު ވަރުބަލިވާތަން އަހަރެން ކައިރިން ދެކޭނަމެވެ.
ބުނަން ނޭނގޭ ތޫފާންތަށް އަހަރެންގެ ހަޔާތުގައި ވަށާލީ ތަފާތު ނަންތަކުގައި އެވެ.
ހެޔޮއެދުމުގެ ނަމުގައި އަހަރެންގެ ނަމާއި ލޭކޮށާ ކުދި ކޮށްލީ އެއްވެސް އިހްސާސެއްނެތިއެވެ.
އަހަރެންގެ ރަސްގެފާނާއި އަހަރެންނަށް ގޮތްހުސްވެ ހިމޭން ކަން އިހްތިޔާރު ކުރީމެވެ. ބައެއްގެ ނާތަހުޒީބު ޢަމަލު ތަކަށް ފުރަގަސް ދެމުންނެވެ.އަދި މި ނޫހުގެ ޒަރީއާއިން އަހަރެންގެ ހިތުގެ އުދާސް ބޭރުކުރީމެވެ. އަހަރެން އަހަރެންގެ ގަލަން ބޭއްވީ ދެން ނުނަގާގޮތަށެވެ. އެހެނަސް އަހަރެންގެ ހުނަރު ދެކެ ލޯބިވާ ބައިވެރިން ކުރަމުން ދިޔަ އާދޭސްތަކަށް އަހަރެންނަށް ބީރު ކަންފަތެއް ނުދެވުނެވެ. ނަތީޖާއަކަށްވީ އަނެއްކާވެސް އަހަރެންގެ ލިޔުމުން މި ފޯރަމް ޖަރީވެގެން ދިޔުމެވެ.
ގިނަ ފޭނުންގެ ލޯތްބާއި އިހްތިރާމް އޮހިގެންވާ އާދޭސް ތަކަކުން އަހަރެންގެ ކަރުނަ ފިލުވާލަދިނެވެ. އަދި ހިތްވަރާއެކު ކުރިޔަށް ދިޔުމަށް މަގު ކޮށާލަދިނެވެ.
އަހަރެންގެ ރަސްގެފާނާއި އެކު އަހަރެން އަތުގުޅާލީ ދުރުގައި ކިތަންމެ ބޮޑު ކަނޑެއް އޮތަސް އަރަގު ނުވާނެކަމަށް ވިސްނާފައެވެ. މިލޯބީގެ ސަބަބުން ހިތާމަ ކުރާ ބަޔަކު ހިތާމަ ކުރަން ފުރުސަތުދީފައެވެ.. ހަސަދަ ވެރިކަމާއި ނަފުރަތަކީ ނިމުމެއްނެތް ގުޅުމަކަށް ވެގެންދާތީއެވެ.
އާއެކެވެ. މިލޯބި ކަފުން ނުކުރެވޭނއެވެ. މިލިޔުންވެސް ހުއްޓައެއްނުލެވޭނެއެވެ.
މިއަދު އަހަރެން ބޭނުންވަނީ ހިމޭންކަމާއެކު އަހަރެންގެ ހުނަރު އަހަރެންގެ ލޯބިވާ މީހުންނަށް ހަދިޔާ ކުރަން އެކުދިންގެ އެދުމުގެ މަތިންނެވެ..
ނިމުނީ
18 Comments!
Comments are closed.


Loabin gulhey dhehitheh again vakikurevidhaaneythoa?:-) ibraiyytheri Vaahaka eh
Loabin gulhey dhehitheh safun vakikurevi dhaaneythoa? 🙂 ibraiyytheri Vaahaka eh
Thank you so much…
Sorry ma bodakah nuvisnunu . Mee vaahaka eh tha or negative comment kura kudhinah naseyhatheh tha . Sorry reecheh noon . Waiting for a story from u .
Mavx ahaalan miulhuny thihen. Arrival akaa vahthary. Waiting for the story…
……………………………..
Artical*
Wow it’s a lovely story … love will always solve the problems .love this story and waiting 4 more stories
A true love story never ends.. may god bless them. Everyone need a house to live in…but a supportive family is what builds a home to live in….
I think this is rozy ge real life ge vaahaka knneyge mee…
Rozy this is really good advice to the people who comment in these type of forums… we love your stories and we learn many things of life by your stories…i read all your stories its very much improve for our life. You are superb we love you…shower with your stories more…Allah bless you
ވަރަށް ރީި.. ?
Mee konhaa haasareh tha kiyakah nuvisney koosani maa dhigu veema sorry
story kiyaa myhun vx thiee hama boduvaru im olso a reader …nd thi kahala cmnt kurumah vuren liyuntheriyaage kuh angaidhee emyhakah hiyyvaru dhinun rangalhuvaany …bodah hyvany mi cmnt kuraa myhunnge hiyyvareh nethyma ehn myhunge hiyyvaru eluvaalan kuraa masahkatheh henn …thiee kiyuntherinthr alhe ..? Seriously disgusting peoples dnt nw hw to encourage people nd dnt nw hw to giv respect for those who try to get up nd wrk hard so dat they can make their future better …v ginain ainy vaany roxy ge storys kiyaaafa bt i didnt cmnt ekm baeh kiyuntheringe cmnt kohfa hunna basmagu i jxt hate dat their jxt showing their attitude nt faults …nd v happy roxy ehaa negative cmnts thakakaa eku vx kuriah dhaathy ..jxt go far as can wnt one day yuh will successful …gabool kuran cmnt kuran vaanekann eiy vx liyuntheriyaage kuri erumeh bt eyge vx rythigoyy ovey kanneynge islam dheenuga …miee v rythi stry eh nd kiyuntherinnah v rangalhu naseyhatheh …
Konme insaanaka ves imthihaanu take kurimathi kuravaane,allah e insaana imthihaanu kurevumatakaa,abaduves umeed akee rozyge hayaai ufaaveri vegen diyun heyo edhy haaluga allah duaa kuran,malaamathaa furasaara in minjukuravaashi Eve,ameen
Teduveri loabi vaa insanun na ufaaveri kan aee koniraku baa?? Insaanaku ane insaana deke hageegy teduveri loabi vaa kama bunaa kama vanyaa gina faharu kuraany ves malaamathe nuvatah furaasraye,insaanaku deke miadu loabi vume vure amilya dan jehi maruvun ves vaa hita faseyha adi maa veyn ves kuda,,,,,,sorry 4everything??
it is a true story lovely but very sad story but its nice thankyou writer…….
I didn’t understand this “Mr.Jawaad”
I mean at one point he is talking about imthihaanu thakaa kurimathi vaane and then “dhanjehigen maruviyas maa hithah faseyha n maa veyn ves kuda”. Come on dude you are saying as if you’ve committed suicide and failed the “imthihaa.” Heyo visnun dhevvaashieve