Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުއްޅަވަށްފާ 16ވަނަބައި (ފަހުބައި)

leem
September 30, 2016
5 Mins Read
41 Views
25 Comments

ނާދް އާއި ބައްޕަ ބައިތިއްބާފައިތިބީ ޖެހިޖެހިގެންހުރި ދެއެނދުގައިކަމުން އެއީ އަހަރެންގެ ހިތަށްލިބުނު ވަރަށްބޮޑުުފިނިކަމެކެވެ.  ކުއްލިއަކަށް އެތަނަށް އައިސްވަންމީހަކު ފެނި އަހެރެން ހައިރާންވިއެވެ.ހީވަނީހަމަ ނާދްހެންނެވެ. އެމީހަކާއި އެކު ޒުވާން ރީތި އަންހެނަކާއި ތުއްތު ކުއްޖަކުވެސް އައެވެ. އެއަންހެން މީހާއަށް ނާދް ފެނުމާއިއެކު ނާދް އޭކިޔާފައި ނާދްގައިގައި އޮޅުލައިގަތެވެ. ނާދްވެސް އައިންތޫއޭ ކިޔާ އެމީހާގައިގައި ބައްދާލިގޮތުން އަހަރެންގެ ހިތަށް ނުބައިގޮތްތަކެއް ވެގެންދިޔައެވެ.އަދި އެ ތުއްތު ކުއްޖާ އުރާލަމުން އެކުއްޖާއަށް ބޮޮސްދިނެވެ. އެވަގުތު އަހަރެންގެ މަންމަވެސް އެތާނގައިހުރުމުން ނާދްގެ އާއިލާ މީހުންނާއި ތައާރަފްވެލުމަށް އެމީހުންގާތަށްދިޔައެވެ. “ތިއީ ނާދްގެ ކޮއްކޮދޯ؟ ހާދަ ވައްތަރޭ ތިދެބެން.” މަންމަގޮސް ނާދްގެ ކޮއްކޮއާއި ސަލާމްކޮށްލަމުން ބުންޏެވެ. “އާނ! މިއީ ނާދްގެ ކޮއްކޮ.ދެން މިތިބީ ނާދްގެ އަންހެނުންނާއި ދަރިފުޅު.”ހިނިތުންވެލަމުން ހިތްހެޔޮ ރާގަކަށް އޭނާ ބުންޏެވެ. ނަމަވެސް އަހަރެންގެ ހިތް ވަގުތުން ފުނޑުފުނޑުވިއެވެ.ލިބުނު ހައިރާންކަމުގައި އެއިންގޮތަށް އިންދައި ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. ނާދް އަހަރެންނަށް އެވަރުގެ އޮޅުވާލުމެއް އެއޮޅުވާލީ ކީއްވެހެއްޔެވެ؟ އޭރު އެތާތިބި އެންމެންވެސްތިބީ ހައިރާންކަމާއިއެކު އަހަރެންނަށް ބަލާށެވެ. އަނގަމަތީގައި އަތްއަޅަމުން އަހަރެން ބޭރަށް ދުއްވައިގަތީމެވެ. އަދި ހޮސްޕިޓަލް ބިއްދަށުގައި ހަދާފައި އިން ޖޯލިފައްތީގައި އިށީންދެއިނދެ ރޮމުންގެންދިޔައީމެވެ. އިރުކޮޅަކުން މީހަކު އަހަރެންގެ ކޮނޑުގައި ހިފާލުމުން އެނބުރިބަލާލީމެވެ. އޭރު ނާދްްގެ އަންހެނުން އައިންތު ހިނިތުންވެލައިގެންހުއްޓެވެ. “ރަޝާ.އަހަރެން ވަރަށްދެރަވޭ މިއަދު ރަޝާ ތިހެންރޯތަންފެނުނީމައި. އަސްލު ތެދަށް ބުނަންޏާ މީގައި ނާދްގެ އަދި ރަޝާގެވެސް ކުށްއެބައޮތް. ނާދްގެ ކުށަކީ އޭނާގެ ހަގީގަތް ރަޝާއަށް ނުކިޔައިދިނީމަ. ރަޝާގެ ކުށަކީ ރަޝާހިތުން ނާދްއާއި ރައްޓެހިވެގެން އުޅުން. އަސްލު ތިދެމެދުގައިި ތިއޮތީ ވަރަށްބޮޑު މިސްއަންޑަސްޓޭންޑިންއެއް ހެން އަހަރެންނަށް ހީވަނީ..ތިދެމީހުން ފުރަތަމަ ދިމާވި ހިސާބުން ފެށިގެންވެސް ނާދް އަހަރެންނަށް ކިޔައިދިން ރަޝާ އޭނައާއިމެދު ދެކޭ ގޮތުގެވާހަކަ. އެކަމަކު ހަގީގަތް ހާމަކުރުމުގެ ކުރިން ނާދް ގެއްލުނީ. އެކަމަކު ޝަަހުދުގެ ފަރާތުން އަހަރެންނަށް އެނގުނު ނާދް ދުނިޔޭގައި ހުރިކަން.އަދި ނާދް ސަލާމަތްކުރެވޭނީވެސް ރަޝާއަށްކަން. އެހެންވެ އަހަރެން އެމީހުންގާތުބުނިން އަހަރެންގެވާހަކަ ނުބުނެ މަޑުކުރަން. އެކޮންމެހެން ރަޝާއަށް ދެރައެއް ދޭކަށްނޫޫން.” އައިންތުގެ ވާހަކަތައް އަޑުއަހަން ހުރިއިރު އަހަރެންނަށް ހުރެވުނީ ހިމޭންވެވިފައެވެ.އަހަރެން ބުނާނީވެސް ވަކި ކީކޭހެއްޔެވެ؟ ކުއްކުރެވުނީ އަހަރެންނަށެވެ. “ވަރަށްބޮޑަށް ސޮރީ. އަހަރެންނަށް ނޭންގުނީ ނާދް އެއީ މީހެއްގެ ފިރިއެއްކަން. މިއަދުންފެށިގެން އަހަރެން ނާދް އާއި ދޭތެރޭ ދެކޭނީ ހަމައެކަނި ރަހުމަތްތެރިއެއްގެ ގޮތުން.” އަހަރެން ހިތްވަރުކުރަމުން ހިނިތުންވެލީމެވެ.އަދި އައިންތުއާއި ސަލާމް ކޮށްލަމުން  ދެމީހުން އެކުގައި އެތެރެއަށް ދިޔުމަށް ހިނގައިގަތީމެވެ.

ނާދް އާއި އައިންތުގެ ދެމެދުގައިވާ ލޯތްބާއި ގާތްކަންފެނި ހިތައް ކުރާ އަސަރުން ކޮންމެދުވަހަކު އެތައްފަހަރަކު އަހަރެން މަރުވާކަމުގެ އިހުސާސްކުރެވެއެވެ.ނަމަވެސް ހިތްވަރުކުރަމުން މޫނުމަތިން އެކަން ނުދައްކާވޭތޯ ބެލީމެވެ.އެދުވަސްތަކުގައި އަނެއްކާވެސް ނާދް އަހަރެންނާއިވެސް މަޖާކޮށް ވާހަކަ ދައްކަމުން ދިޔައެވެ.އަހަރެންވެސް ހިތްމަތީ ހިލަބަހައްޓައިގެން އުޅެމުންދިޔައީމެވެ. އެންމެފަހުން ނާދް އާއި ބައްޕަވެސް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. އެހެންކަމުން ޖެހިގެން އައިދުވަހު ނާދް އޭނާގެ އާއިލާ ގޮވައިގެން މާލެދިޔައީއެވެ.އަހަރެންގެ ހިތް ހަލާކުކޮށްލާފައެވެ.އެންމެފަހަރަކުވެސް މައާފަށްވެސް އެދިނުލިއެވެ.ކޮންފަދަ ބޭއިންސާފެއްހެއްޔެވެ؟ އަހަރެންނަށް އަހަރެންގެ ހައިސިއްޔަތު އޮޅުނީތީ މިހާރު ލަދުގަނެއެވެ.އަހަރެން ނާދްދެކެ ލޯބިވީކަން ނޭންގޭ މީހަކުނެތެވެ.އަދި އެލޯބިނާކާމިޔާބު ވީގޮތްވެސް އެންމެންދަނެއެވެ. “ދަރިފުޅާ ކީއްވެފައި ތީނީ؟” ބައްޕަ އައިސް އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. “ބައްޕާ.ކަމެއްނުވޭ.ހަމަ އިނީ.” އަހަރެން ހިނިތުންވަމުން ބައްޕައަށް ޖަވާބުދިނީމެވެ. “ބައްޕާ. މިހާރު ބައްޕަ އައިފަހުންވެސް ހަފްތާއަކަށްވުރެ ގިނަދުވަސްވީ. ބައްޕައަށް ލުއިވެލަންދެން އަަޅުގަނޑު މިހުންނަނީ އެއްވެސް ވާހަކައެއް ނުދައްކާ. އަސްލު ކަންތައްވީގޮތް ކިޔާދެއްވަންވީނޫންތޯ މިހާރު؟ ” އަހަރެންގެ ސުވާލު ނިމުމާއިއެކު ކޮއްކޮއާއި މަންމަމެންވެސް އެތަނަށް އައިސްއެވާހަކަތައް ކިޔައިދިނުމަށް އެދެމުންދިޔައެވެ. “އަހަރެން އެހެންދުވަސް ދުވަހުވެސް ވަލަށް ދާދިމާއަށް އެދުވަހުވެސް ވަލަށް ދިޔައީ.ދަރުކޮށާ ނިމިގެންް ގެއަށްދާންވެގެން އުޅެނިކޮށް މަގުއޮޅުނީ ހަމަ ކުއްލިއަކަށް. ދެންއުޅެއުޅެ އެއްގޮތަކަށް ގެއަކަށް ނާދެވުނު.ދެން ދިމާވީ މަންމައާއި.މަންމަގާތު މިއުޅެނީ ގެއަށްދާންނޭންގިގެންނޭ ބުނެވުނުކަން އެނގޭ.ދެން ހޭވެރިކަންވީއިރުގައި އޮތީ ހަތަރެސްފައި ބަނދެފައި.އަހަރެންގެކުރިމަތީގައި އޭރު ހުރި އަހަރެންނާއި އަޅައިގަނެގެން އުޅުނު ޖިންނީީގެ މަންމަ.އެއީ ރަސްދަރިކަނބަލެއް. އޭނާ ބުނީ އަހަރެންގެ އަންހެންދަރިފުޅަށް ވިހި އަހަރުވަންދެން އަހަރެން އޮންނަންޖެހޭނީ އެތަނުގައިކަމަށް. އެކުއްޖާއަށް ވިހި އަހަރުވީމައި އެކުއްޖާ ގެނެސް މަރާލާނެކަމަށް.އެއީ އޭނާގެ ދަރިފުޅުވެސް މަރުވީ އެއުމުރުގައި ކަމަށްވީމައި.އަދި ބައްޕަ މަރާނުލާ ބެހެއްޓީ އޭނާގެ ދަރި އަހަރެން މަރާނުލުމަށް އެދުމުންކަމަށްބުނި.އޭނާގެ މިބުނާ ދަރިއުޅުނީ ބައްޕައާއި އަޅައިގަނެގެން. ހާދީބެގެ ބައްޕަ އެޖިންނި އަންދާލީ. އެދުވަހުންފެށިގެން ދެފައި ބަނދެފައި ބައްޕަ އިނީ އެތަނުގައި.އެތަނަށް ސާފުވައިޖެހޭ.ބޭރުވެސްފެނޭ. ގަޑިންގަޑިއަށް ކާންވެސް ލިބޭ.ދަރިފުޅުމެންމަތިންހަނދާންކޮށްފައި ކޮންމެދުވަހަކު ބައްޕަ ރޮން. މަންމައާއި މާމަ އުޅޭނެހާލު ހިތަށް އެރުމުން ވަރަށް ހިތްދަތިވޭ. އެކަމަކު ނާދް އެތަނަށް ގެނައިފަހުން އެނގުނު މާމަވެސް ހުރިކަން.މަންމަ މީހަކާއިވެސް ނީންނަކަން. އަދި ރަޝާގާއާާއި މަންމައަށް އޭތި ދިމާކުރާކަން. އެކަމުން ސަލާމަތްކުރަން ހާދީބެ އުޅޭކަންވެސް އެނގުުނު.އެކަމަކު ނާދްގެ ނައިފަހުން އެމީހުންތިބެނީ އަބަދު ރުޅިގަދަވެފައި.ދެމީހުނަށްވެސް ވަރަށް އަނިޔާކުރޭ.މަދުފަހަރަކު ކާންވެސްދެނީ.އެއީ ދަރިފުޅުމެންނަށް އެދުވަހު ދެވުނު ތަނަކީ. ބައްޕައަށް އެނގުނު ދަރިފުޅު އައިކަން އެތަނަށް. އެބައިމީހުން އެވާހަކަދައްކަނިކޮށް އަޑުއެހިން.ބައްޕަ ވަރަށް ބިރުގަތް ދަރިފުޅުމެނަށް ކަމެއްވެދާނެތީވެ. އަސްލު ދަރިފުޅުމެންނަށް މަގު އެހާފަސޭހައިން މަގު ފެނުނީ ބައްޕައަށް ހެޔޮއެދޭ ޖިންނިއެއް އެހީވުމުން. ބައްޕަމެން ސަލާމަތްވިރޭ ބައްޕަމެންތިބި ގެވެސް އެއްކޮށް އަނދައިގެންދިޔަ.އެއީ އެޖަވާހިރު އަންދާލީމަ. އެތަނުންބައްޕަމެން ސަލާމަތްކޮށްދިނީ ގިލާސް.. އޭރު ބައްޕަ އާއި ނާދްއަށް ތިބީ ވަރަށް އަނިޔާވެފައި.އެހެންވެ އެހާ ހާލުދެރަވީވެސް. އިރާދަކުރެއްވީތީ އެކަމުންވެސް މިސަލާމަތްވީ. ރަޝާގާގެ ހިތްވަރަށް ބައްޕަހަމަ ސާބަސްދެން.” ބައްޕަގެ ވާހަކަ އަޑުއަހަން ތިބިއިރު އެންމެނަށްވެސް ރޮވުނެވެ.”ދެން މާމައަށް ވާހަކަ ނުދެއްކުނީ ކީއްވެ؟” އަހަރެން އަނެއްސުވާލު ކޮށްލީމެވެ. “ހަމަ އެދުވަހު މާމަވެސް އުޅުނީ ވަލުގައި.ކުއްލިއަކަށް ގަޔަށް ހޫނުގަނޑެއް އަރާފައި މާމަ އަނބުރައިގަތީ.ދެންހޭވެރިކަންވީއިރު އެކުގައި ވަލަށްގޮސްތިބި މީހުން މާމަގަޔަށް ފެންއަޅަނީ. ހޭއެރުމަށްފަހު މާމައަކަށް ވާހަކައެއް ނުދެއްކުނު.އޭރު ތަންކޮޅެއްދުރުގައި މާމައަށް ބަލަހައްޓައިގެން އެޖިންނިހުރި.މާމައަށް ވަގުތުން އެނގުނު އެއީ އެޖިންނީގެ ކަމެއްކަން.  އެދުވަހުގެ އިރުއޮއްސުނުއިރުވެސް ދަރިފުޅުގެ ބައްޕަ ގެއަށް ނައުމުން އެނގުނީ ބައްޕައަށް ކަމެއްވެއްޖެކަން. ރައްޔިތުން ނިކުމެވެސް ހޯދި.ފަހުން ހާދީބެ އައިސް ފާލެއް ބަލައިގެން އެނގުނީ ޖިންނިކަމެއްކަން އެއީ. އެކަމަކު އޭރު ބައްޕަ ސަލާމަތް ނުކުރެވުނީ. އޭގެފަހުން އެކި ދުވަސްމަތިން އެޖިންނި މާމައަށް ފެނޭ.މާމަގެ ދަރިފުޅު މަރާލާނަމޭވެސް ކިޔާނެ.އޭގެ ފަހުން ވަރަށް ދުވަސްކޮށްފައި އޭތި އައިރޭ ރަޝާއަށް ފެނުނީ.މިވީހާ ދުވަހު އެކަކަށްވެސް މިއިންވާހަކައެއް ކިޔައިދޭން ނުކެރުނީ ކިޔައިދީފިނަމަ އިތުރަށް ހާލަތު ގޯޯސްވެދާނެތީވެ.” މާމަ ލޯފޮހެމުން ކިޔައިދިނެވެ. “މަންމާ ދެން އެވާހަކަ ނުދައްކާ.އިރާދަކުރެއްވީތީ އަހަރެމެންގެ އާއިލާ މިތިބީ ސަލާމަތުން.” ބައްޕަ މާމަގެ ކޮނޑުގައި ހިފާލަމުން ބުންޏެވެ. “ދަރިފުޅާ މީންދުވަހަކުފަޒްލޫންގެ ހާލުބަލައިލަން ގުޅިންތަ؟ ” މަންމަގެ ސުވާލުން އަހަރެން އަވަހަށް ނޫނެކޭބުނެ ފޯނުނަގާ ހާދީބެގެ ނަމްބަރަށް ގުޅާލީމެވެ.ފަޒްލޫން ހޭއެރިކަމާއި ހާލުރަނގަޅުވަމުން އަންނަކަމަށް ހާދީބެ ބުނުމުން އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. އަހަރެން ފަޒަލޫންއާއިވެސް ވާހަކަދެއްކީމެވެ.އެދުވަހު ފަޒްލޫން ކުރިހިތްވަރާއި އަހަރެންނަށްދިން އެއްބާރުލުން އަހަރެން އެވަގުތުވެސް އުފަލާއިއެކު ފާޅުކުރީމެވެ.

އޭގެފަހުން ދޭތެރެ ދޭތެރެއިން އަހަރެން ބައެއްފަހަރު ފަޒަލޫންއަށް ގުޅަމެވެ.ނަމަވެސް އޭޭނާ މުޅިން ރަނގަޅުވެ ރާއްޖޭންބޭރަށް ކިޔަވަންބަދަލުވި ހިސާބުން އަހަރެންނަށް އޭނާ ގެއްލުނީއެވެ. ހާދީބެވެސް ނިޔާވުމާއިއެކު ނާދް އާއި ބެހޭގޮތުން އަހަރެންނަކަށް އެއްވެސް މައުލޫމާތެއް ނޭންގުނެވެ. ފަޒްލޫން އާއި ވާހަކަނުދައްކާ މިހާރު އަހަރެންނަކަށް ހަމަނިންޖެއް ނުނިދެއެވެ. އޭނާގެ އެއޯގާތެރިކަން އަހަރެންގެ ހިތްފަތަހަ ކޮށްފިއެވެ.ނަމަވެސް އެންމެ ބޭނުންވިދުވަހު އޭނާވެސް ދިޔައީއެވެ. އެކިގޮތްގޮތުން ފަޒްލޫންއަށް ގުޅަން އަހަރެން މަސައްކަތްކުރީމެވެ. ސޯޝަލް މީޑިޔާއިންވެސް ދިމާވޭތޯ ލައްކަމަސައްކަތް އަހަރެން ކުރީމެވެ. ނާދްގެ ފަރާތުން ނުލިބުނު އެތައް އޯގާތެރިކަމަކާއި އަޅާލުމާއި އެހީ ފަޒްލޫން އަހަންނަށްދިނެވެ.ނާދް ނޫން މީހެއްގެ ލޯބި މިއަދު އަހަރެން ބޭނުމެވެ.އެއީ ފަޒްލޫންގެ ލޯތްބެވެ.މިއަދު އޭނާވީކޮންމެތާކު ކަމުގައިވިޔަސް ކުއްޅަވަށްފަލުން ނާދް ސަލާމަތްކުރިހެން ފަޒްލޫން ހުރިތާކުން ހޯދާ އޭނާ ހާސިލްކުރަން އަޒުމް ކަނޑައެޅީމެވެ..

=ފަސްއަހަރުފަސް=

“ދަރިފުޅާ.ދަރިފުޅާ.. ތެދުވާކަށް ނުވޭތަ؟ ޢީދު ނަމާދަށް ދާގަޑި ޖެހެނީ އެހެރަ.” މަންމަ ދޮރުގައި ޖަހާލަމުން ގޮވާލިއެވެ. އޭރު ވަގުތުވަނީ ވަރަށް ކުޑަތަންވެފައިކަމުން އަވަސްކޮށްލައިގެން ދިޔައީ ޢީދު ނަމާދަށެވެ..ނަމާދުން އަވަދިވެގެން ހިނގައިގަތް ވަގުތު އިޝާވެ ގުމަތިންފެނުމުން އޭނާގާތަށް ގޮސް ގޮވާލީމެވެ. “އިޝާ.ކޮބާ ކުޑަމަންޖެ؟” އިޝާގެ ދަރިފުޅު ފެންނަންނެތުމުން އަހާލީމެވެ. “އޭނަވީ ޝަަހުދު މަންމަމެން ގޭގައި.މާމަ ކައިރިއަށޯ މިއަދު ދާނީކިޔާފައި ދިޔައީ.” އިޝާ ބުންޏެވެ. “އޭތް. އެހެރަދަނީ އެއްކަލަ ފާލިހު.” އަހަރެންނަށް ފާލިހު ފެނުމުން އިޝާއާއި ދިމާ ނުކޮށްލައެއް ނުހުރެވުނެވެ. “އަހަރެން ނޫޅެން ކޮންމެހެން އޭނާ ހޯދާކަށް.އޭނާވީ ބޭވަފާތެރިކަން މިހާރުވެސް ހިތުގައިއޮވޭ.ޝަަހުދުކަހަލަ ރަނގަޅު ފިރިޔަކު ލިބުނުކަން އެއީ ހަމަ އަހަރެންގެ ނަސީބު…ދެން ތިޔެއްނޫނޭ.މިރޭ ޝޯޯބަލަންދާންވާނެ. މާލެއިން ވަރަށް މަޝްހޫރު މިޔުޒިކް ގުރޫޕްތައްވެސް އާދެޔޯ މިރޭ ޝޯޯދޭން.” އިޝާ މޫޑުބަދަލުކޮށްލަމުން ބުންޏެވެ.

ޢީދުގެ މަޖާފެންކުޅިއާއި އެކުވެގެން އެރޭޭގެ ކުޅިވަރުތަކަށްވެސް ފެށިއްޖެއެވެ.ރަށުތެރެވަނީ މުޅިން ހަލަބޮލިވެފައެވެ. އަހަރެންނާއި އިޝާއާއި ދެމީހުން ޝޯޯ ދޭތަނަށްގޮސް އެންމެކުރީބަރިން ޖާގަހޯދައިގެން ޖައްސާލީމެވެ. ޝޯޯ ފެށިގެން ތަފާތު އެކިއައިޓަމްތައް ގެނެސްދެމުންގޮސް ޝޯޯ ނިމުމަކާއި ގާތްވެއްޖެއެވެ… “ކޮބާ ދެންމެ ކުރިޔަށްދިޔަ އައިޓަމްކިހިނެއްވަނީ؟ ވަރަށް ފޯރިގަދަ ދެއްތޯ؟ ދެންމިއޮތީ މިރޭގެ އެންމެފަހު އައިޓަމް.މި އައިޓަމް އެހެންހުރިހާ ހުށައެޅުމަކަށްވުރެ ފުރިހަމަވާނެކަން ޔަގީން..މިއީ އައްޑޫ ސިޓީގެ ބޭންޑެއް ކަމުގައިވާ ޝާާ ބޭންޑުގެ ލަވައެއް.” ޝޯޯ ހުށަހަޅައިދޭންހުރި މޫސަ އެހެންބުނެލުމުން އެންމެންގެ ތަރުހީބު އިވިގެންދިޔައެވެ. “މިމޫސަވެސް މިހާރު ހާދަ ރަނގަޅުވެއްޖެޔޭ. ރަޝާދެން މޫސަ އާއި ގުޅެންވީނު.” އިޝާ އަހަރެންނާއި ދިމާކޮށްލިއެވެ. “މޫސަ މިހާރު އެއުޅެނީ މީހަކާއި އިންނާކަށްނު. އެހެން ނޫނަސް އޭނަ މިހާރު ދެކެނީ އަހަރެން މިއީ އޭނާގެ ރައްޓެއްސެއްގޮތުގައި.” އަހަރެން ބުނީމެވެ. “މިލަވަ މިއީ ވަރަށް ވަރަށް ހާއްސަ ކުއްޖަކަށް ކިޔައިދޭ ލަވައެއް.” އޯޑިއަންސަށް ފުރަގަސްދީގެންހުރި ލަވަކިޔުންތެރިޔާ މިހެންބުނަމުން ލަސްރާގަކަށް ލަވައިގެ ކަޑިއެއްކިޔާލިއެވެ.”ތިޔަފަރި ރީތިނަޒަރް ފެނިފާ. މިނޭވާ ހުއްޓުނޭ. ހިތްވެ ދީވާނަ ލޯބިވާފެނުމުން ހޭހުއްޓުނޭ. ތިޔަފަރި ރީތި ނަޒަރްފެނިފާ މިނޭވާ ހުއްޓުނޭ.”ސުޓޭޖުމަތީގައިތިބި ބޭންޑުގެ ރީތި މިޔުޒިކާއި އެއްވަރަށް އެލަވަކިޔަންފެށިއެވެ. އަދި އޯޑިޔަންސްއަށް ވާގޮތަށް އެނބުރިލަމުން ހިނިތުންވެލިއެވެ.ރީތި ހުސްކޮށްގެން ހުރި އެޒުވާނާގެ ދެލޯ އަމާޒުވެފައިވަނީ އަހަރެންނާއި ދިމާއަށެވެ.އެއީ ދެވަނަ ދެމީހެއްނޫނެވެ.ފަޒްލޫންއެވެ. އޭނާގެ ލަވަ ކުރިއަށް ދިޔައިރު އަހަރެންގެ ލޮލުން އުފާވެރިކަމުގެ ކަރުނަފައިބައެވެ.ލަވަ ނިމުމާއިއެކު އަހަރެންނަށް ބޭއިހުތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. ވަށައިގެންވީ މާހައުލުގައިވަނީ ހަމައެކަނި އަހަރެމެން ދެމީހުންނޭ ހީވިއެވެ. ފަޒްލޫން އަހަރެންނަށް އަތްދިއްކޮށްލިއެވެ. އެއަތުގައި ހިފަމުން ސުޓޭޖަށް އަހަރެން އެރިއިރުވެސް އެމޫނުން އަހަރެންނަށް ނަޒަރު ވަކިކޮށްނުލެވެއެވެ.. މުޅިތަންވަނީ ހަމަހިމޭންވެފައެވެ. ވާނުވާއެއް އެއްވެސް މީހަކަށް ނޭންގެއެވެ. “ރަޝާ. އައި ލަވް ޔޫ. ވިލްޔޫ މެރީ މީ؟” ފަޒްލޫން އަަހަރެންގެ ކުރިމަތީގައި އެއްކަކޫ ޖަހާ ތިރިވެލަމުން އަނގޮޓިއެއް ދިއްކޮށްލަމުން ބުންޏެވެ. ލިބުނު ހައިރާންކަމުން އަހަރެންހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. “ވިލްޔޫ ބީ މައި ވައިފް؟” އަނެއްކާވެސް ފަޒްލޫން އަހާލިއެވެ. “ޔެސް..ޔެސް.. ޔޭސް..”ފުންމައިގަންނަމުން އަހަރެން އެހެންބުނުމާއި އެކު އަހަރެންގެ ކަށިއިނގިލީގައި އެރީތި އަނގޮޓި ފަޒްލޫން އަޅުވާލަދިނެވެ.މުޅި އޯޑިޔަންސް ހީވީ އުތުރި އަރައިގަތް ހެންނެވެ.ހަޅޭކުގެ އަޑުން މުޅިއެތަން ގުގުމައިގެންދިޔައެވެ. “މިއީ އަހަރެންގެ އެންމެ ހާއްސަ ފަރާތަކީ.އަހަރެން އެންމެ ލޯބިވާ ފަރާތަކީ.” ފަޒްލޫން އަހަރެން އޭނަޔާއި ގާތްކޮށްލަމުން މުޅި އޯޑިޔަންސްއަށް ބުނެލިއެވެ. އަނެއްކާވެސް ތަރުހީބުގެ އަޑުން އެތަން ގުގުމާލިއެވެ.

ފަޒްލޫން އެއައީ ބޭރަަށްގޮސް ޑަކްޓަރުކަން ކިޔަވައިގެންނެވެ.މިއޮއްހާދުވަހުު ފަޒްލޫން ދިޔައީ މަންމަ މެދުވެރިކޮށް އަހަރެންގެ ހާލުބަލަމުންނެވެ. ކައިވެންޏެއް ކުރަން މަންމަމެން އަހަރެންނަށް ބާރުނޭޅީ މިހެންވެގެންތާއޭ އަހަރެން ހިތަށް އެރިއެވެ.ކޮންމެގޮތެއްވިޔަސް އަހަރެންގެ ދިގު އިންތިޒާރުގެ ނިމުން އައީ ވަރަށް ފޮނިކޮށެވެ. ކުއްޅަވަށްފަލުގެ އެނާމާން ކަމުގެތެރެއިން އުފެދުނު އެލޯބި މިއަދުމިވަނީ އަމާންކަމާއި އުފާފާގަތިކަމުން ފުރާލާފައެވެ.

=ނިމުނީ=

10
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

leem

Other Articles

Previous

ކުއްޅަވަށްފާ (15ވަނަބައި)

Next

ނަފްރަތަކީ ލޯބީގެ ފެށުމެވެ 1

Next
September 30, 2016

ނަފްރަތަކީ ލޯބީގެ ފެށުމެވެ 1

Previews
September 30, 2016

ކުއްޅަވަށްފާ (15ވަނަބައި)

25 Comments

  1. leem says:
    September 30, 2016 at 1:51 am

    އަލްހަމްދުލިﷲ.ވާހަކަ ލިޔެ ނިމިއްޖެ އެންމެފަހުން. ހޯޕްކުރަން ހުރިހާކުދިންނަށްވެސް ވާހަކަ ކަމުދިޔަކަމަށް. ދެޕާރޓު އަޕްކޮށްލީވެސްމި ކުދިން ހެޕީކޮށްލަން. ސޯ އެންޖޯއި. ލަވް ޔޫ އޯލް.

  2. Mazyn says:
    September 30, 2016 at 3:05 am

    Hama habeys…

    1. leem says:
      September 30, 2016 at 4:53 pm

      Thanks mazyn

  3. maaishahil says:
    September 30, 2016 at 4:21 am

    thafaathu vaahaka akah vefa Vaahaka v reethi. ekam up kurileh las vyma gina kiyuntherin foohi vaane. ithuru vaahaka eh liyan gasthu kuraa kamah vanya mi vaahaka ah vy gothah viya nudhehchey. hope to read more of ur stories.

    1. leem says:
      September 30, 2016 at 2:37 pm

      Vaahaka up nuve lasvee leemge baby hospital gai admit kurymai. V v dheravi up nukurevunymavex. Kiyuntherin wait kuraanekanves engey. Ekam mifaharu dhimaavigoi. Dhen vaahakaeh liyannaa up kuran fashaanyves vaahaka ekkoh liye ninmaafa. Eyru rangalhuvaane dhw? Thank u.

  4. Rixoo says:
    September 30, 2016 at 6:41 pm

    Aslhuvess rangalhu vaahaka eh v reethi mi vaahaka v furihama nimun vess thikuraa bura masahkatha sukurihyaa hope kuran mikahala biruveri lobi story eh avahah kiyaalan libayne kamah ????

    1. leem says:
      September 30, 2016 at 7:15 pm

      Thanks rixoo..thikudhin thidhey hihvarah v bodah thankx. Iraadhakureviyya leemge mulhin aa vaahakaeh v kairi musthagubalehgai kiyaalan libeyne.mifaharu biruverieh nuvaane. Loabeege Hageegy haadhisaaeh mifaharu othy.

  5. Rixoo says:
    September 30, 2016 at 8:31 pm

    Wow thanks again waiting ingey

    1. leem says:
      September 30, 2016 at 11:19 pm

      Yea.Rixoo thidhey hihvarah v v bodah thanks.

  6. riffu says:
    October 1, 2016 at 12:28 am

    Finally ?? v unique and reethi vaahaka eh..

    1. leem says:
      October 1, 2016 at 2:10 am

      Hehe.riffu.thanks. mihaaru haadha habareh nuveye

  7. leem says:
    October 1, 2016 at 4:10 am

    Nimun kamudhyha hurihaa kudhinnah

    1. Lovely girl says:
      October 1, 2016 at 9:57 am

      Love this story thanks for bringing such a romantic ending
      Unmeedu kuran denves salhi story up kuraanekamah

  8. Yaax says:
    October 1, 2016 at 3:21 pm

    V v v reethi vaahaka eh..ekam upload kurun las v maaka..but nice story..keep it up..unmeedhu kuran adhi ves ithuru reethi vaahaka thakeh leem ge faraathuh fehnaane kamah…

    1. leem says:
      October 1, 2016 at 4:35 pm

      Thanks yaaz

  9. leem says:
    October 1, 2016 at 4:36 pm

    Thanks lovely girl

  10. Liu says:
    October 1, 2016 at 8:21 pm

    Wowww v rythi vaahaka eh… miadhu mi vaahakaige hurihaa baeh fashaigen nimendhen mi kiyaaly.. i was so excited while readng da story.. thnx a lot for dis lovly story.

    1. leem says:
      October 1, 2016 at 10:26 pm

      Ohh.. Thank u somuch.i also so excited when i was readng ur comment.u knw y? Ey story fashaigen nimendhen ehdhuvahun kiyaaleema..v v happy vejje..

  11. smilebuddy says:
    October 1, 2016 at 8:27 pm

    v nice story eh …..ninmaalunvex v salhi. keep it up waiting for the next story ….

    1. leem says:
      October 1, 2016 at 10:29 pm

      smilebuddy thank u for thelovely comment..v awahah ithuru story.eh kiyuntherinnaai hama ah genesdheveythw leem try kuraneba..

  12. kamana says:
    October 1, 2016 at 8:50 pm

    vv v v v v nice.love it

    1. leem says:
      October 1, 2016 at 10:30 pm

      Kamana thank u mivaahaka kiyaalikamattakaa. Dhen leem liyaa vaahakaves kamana kiyaanekamah hope kuran.

  13. Laisa says:
    March 29, 2017 at 11:21 pm

    Wooww… haadha reethi vaahaka ekae.. aslu vz vrh salhi egaii.. mikahala reeethi vaahaka ew bukiyan adhi.. anehakaaa ehaa interesting.. vrhh furihama… biruveri vaairu vz ehaa biruveri. I mean feel kurevey dhw ebiruverikan… loabyge bai vz ehaa furihama… u are a great writter masha allah…. ????????

  14. Sahkul says:
    November 29, 2018 at 10:04 am

    Keehve rasha ah naadh nulibuni
    Ehnma stry fani v
    Ekams vrh reethi nimun

  15. Kitty says:
    January 30, 2019 at 11:00 pm

    Varah reethi… Masha allah keep up the good work dear.. I just loved it ❤️❤️❤️❤️

Comments are closed.

All Right Reserved!