Skip to content
އެސްފިޔަ
PRO · MVR 4.00

ކުރިން ބައްދަލުވީ ނަމަ – 2

Listen to this story Audio · 10:51 Powered by Esfiya Voice
0:00 10:51

މެންދުރުގެ އެންމެ ގަދަ އަވީގައި، އުދަރެހުގެ ހުދު ވިލާތަކުގެ ތެރެއިން ނުކުމެގެން އައި އޮފުދާރު ކަޅުކުލައިގެ ޕްރައިވެޓް ޖެޓެއް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭއާ ދިމާއަށް ނުހަނު އޮމާންކަމާއެކު ތިރިކުރަމުން ދިޔައެވެ. ގަޑިން މެންދުރު އެކެއް ޖަހަން ކައިރިވެފައިވާއިރު، މެންދުރުގެ އިރުގެ ރަންދޯދިތައް އެ ޖެޓުގެ ވިދުންގަދަ ބޭރުފުށަށް އެޅުމާއެކު، އޭގެ އެއްފަރާތުގައި ވިދަވިދާ ހުރި ރަން އަކުރުން ފަވާލާފައިވާ “LANGFORD” މި ނަން ނުހަނު ސާފުކޮށް ފާޅުވަމުން ދިޔައެވެ. ޒަމާނީ އެންމެ މަތީ ފެންވަރުގެ ލަގްޒަރީ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ އެ ޝާހީ ޖެޓުގެ ދެ އިންޖީނުގެ ބާރުގަދަ، އަޑާއެކު، ވައިގެ ތެރޭގައި އެއްވެސް ގުޑުމެއް ނެތި ތިރިވަމުން ދިޔަ މަންޒަރު ފެންނަނީ ސިނަމާގެ މަންޒަރެއް ފަދައިންނެވެ.

ޖެޓުގެ އެތެރޭގެ ހިތްގައިމު، ފިނި ކެބިންގައި ހުރި ކްރީމް ކުލައިގެ ލެދަރު ގޮނޑީގައި ހަމަޖެހިލައިގެން އިނީ ޑޭރިއަންއެވެ. ޖެޓުގެ ކުޑަދޮރުން އެޅެމުންދިޔަ އިރުގެ ހޫނު ރަންދޯދިތައް ޑޭރިއަންގެ މޫނުގައި ބީހިލުމާއެކު، އޭނާގެ ފުން ދެލޮލުގައި ވިދަމުންދިޔަ ޝިކާރަވެރިއެއް ފަދަ ތޫނު ނަޒަރު އިތުރަށް ވަރުގަދަވިއެވެ. ނުހަނ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ