
ކުރިން ބައްދަލުވީ ނަމަ – 1

ކަޅު ސާލެއް ފަދަ ފަޒާ ފޫއަޅުވާ ލަމުން އިރުގެ ރަން ދޯދިތައް ކުޑަ ދޮރުގެ ބިއްލޫރި ގަނޑު ތެރެއިން ފޭދިގެން އައިސް އެލީގެ މޫނަށް އެޅުނެވެ. ފަތިހުގެ ފިނި ނިދީގައި އަރަގު ވެފައިވާ އެލީ އުނދަގޫ ގޮތަކަށް ދެލޯ އުނގުޅާ ލިއެވެ. މޫނަށް އެޅުނު އެ ހޫނު އަލިކަމާއެކު ނިދީގެ ފުން ކަނޑުން އެލީއަށް މަޑުމަޑުން ހޭލެވި ޖެއެވެ. ކަންނެތް ގޮތަކަށް އާ ފުރި ލަމުން، ކަނައަތް ފަރާތުގަ ހުރި ކުޑަ ދޮރާ ދިމާއަށް އެލީގެ ނަޒަރު ހިނގާލިއެވެ. ކަހާ ލެވިފައިވާ ފަރުދާގެ ސަބަބުން ހާމައަށް އޮތް އުޑުމައްޗަށް އެލީގެ ނަޒަރު އަމާޒުވިއެވެ. އުދަރެހުން ފާޅުވާން ފެށި މަޑު ފިޔާތޮށި ކުލައާއި އޮރެންޖު ކުލައިގެ ދޯދިތައް، އުޑުމަތީ ގައި ހުރި ތުނި ވިލާތަކާއި އެކުވެގެން ދިޔައީ މާހިރު ކުރެހުންތެރިންގެ ފިހިން އުފައްދާފައިވާ ތަސްވީރެއް ފަދައިންނެވެ. މުޅި އުޑުމަތި ރަން ވިލާ ތަކުން ޖަރީ ވެގެން ދިޔައީ އެއްވެސް އުނިކަމެއް ނެތި މުޅި ދުނިޔެއަށް މަރުހަބާ ކިޔަމުންނެވެ. ވަށައި އުސްކޮށް ބިނާ ކުރެވިފައިވާ އިމާރަތްތަކުގެ ބޮކިތައް ނިވި މީހުން ހެނދުނުގެ ބުއިންތައް ހިފައިގެން ބެލްކަނި ތަކަށް ނިކުމެ ތިބިއެވެ. ގުދުރަތުގެ މި ހިތްގައިމު މަންޒަރު ބަލަން އާޝޯހުވެފައ…
Comments (0)
No comments yet. Be the first to start the conversation!