Skip to content
އެސްފިޔަ

ގާތުގާ…. – 68

Listen to this story Audio · 9:31 Powered by Esfiya Voice
0:00 9:31

މަޑުމަޑުން އަހަރެން ފާހާނައަށް ވަދެ ފެންވަރަން ހާއްސަ ކުރެވިފައިވީ ބައިގެ ބިއްލޫރި ގަނޑާއި ގާތް ވެލީމެވެ. އެވަރުންވެސް ނަވީންއަށް އަހަރެންގެ ހިލަމެއް ވީ ހެނެއް ހިއެއް ނުވއެވެ. އެ ބޮލު ތެރޭގައި ހިނގަނީ ކޮން ހިޔާލުތަކެއް ހެއްޔޭ އަހަރެންގެ ހިތް ސުވާލު އުފެއްދިއެވެ. އަހަރުތަކަކަށްފަހު އެފަދަ ހާމަކަން ބޮޑު ގޮތަކަށް ނަވީން ފެނުނު ފުރަތަމަ ފަހަރު ކަމުން އަހަރެންގެ ހިތަށްވެސް ގޮތެއް ވެލިއެވެ.

***

ހިތަށް  އެވެލި ގޮތެއް ތެދަށް ބުނަންޔާ ހުދު އަހަރެންނަކަށް ވެސް ނޭނގުނެވެ. ދޮރު ހުޅުވައިލަމުން އަހަރެން ބިއްލޫރިގަނޑުން އެތެރެއަށް ވަނީ ކޮން ހިތްވަރެއް ލިބިގެން ކޮން މަގުސަދެއް ކަމުގައި ކަމެއްވެސް އަހަރެންނަކަށް އޭރު ސާފެއް ނުވިމެވެ. އެނގުނުހާވެސް އެއްޗަކީ ނޭނގޭ ދަމާނާ ބާރަކުން ނަވީންއާއި ދިމާއަށް އަހަރެން ދެމި ކަމެވެ.

މާގަނޑުން އޮހެމުން ދިޔަ ފެންތިކިތައް ނަވީންގެ ގައިގާ ޖެހިފައި އައިސް އަހަރެން ޝިކާރަކުރަމުން ދިޔައެވެ. އަހަރެން ލައިގެން ހުރި ހުދުކުލައިގެ ކުރު ނައިޓި ކޮޅު ތެމި ފޯވާން ސިކުންތެއްވެސް ނުނެގިއެވެ.

ތެމި ފޯވެ ގައިގާ ތަތްލި ނައިޓީ ކޮޅާއިއެކުގައި އަހަރެން ނަވީންއާއި ފުރަގަހުން ގާތް ވެލީމެވެ. ނަމަވެސް ހަމަ އެހުރި ގޮތަށް ނަވީން ހަމަ ހުރީއެވެ. އަހަރެން ކައިރީގައި ހުރި ކަމުގެ ހިލަމެއްވެސް ނަވީންއަށް ވާ ހެނެއް އަހަރެންނަކަށް ހިއެއް ނުވެއެވެ. އެ ސިކުނޑި ބަރާވެފއިވީ ފިކުރުތަކުން ކަން އަހަރެންނަށް ބޮޑަށް ޔަގީން ކުރެވުނު ހިނދުކޮޅަކީ އެއީއެވެ. އެ ހިޔާލުތަކުން ނަވީން ނެރެ އެ ހިތަށް ތަސައްލީއެއް އަދި ލުއި ކަމެއް ހޯދައިދޭން އަހަރެން އިންތިހާއަށް ނުހަނު ބޭނުން ވިއެވެ.

މަޑުމަޑުން އަހަރެން ނަވީންގެ ގައިގާ ފުރަގަހުން ބައްދާލައި ނަވީންގެ ބުރަކަށީގައި މޫނު ފޮރުވައިލީމެވެ. އެހިނދު އަހަރެންގެ އެއްއަތުގައި ހިފައި ކުއްލިއެއް ޖަހަމުން އެއްފަރާތަކަށް ނަވީން އަހަރެން ގެނައެވެ. ނަވީންގެ އެ ކުއްލި ހަރަކާތުން  ސިހުން ލިބުމާއިއެކުގައި މަޑު އާހެއްގެ އަޑު އަހަރެންގެ އަނގައިން ބޭރުވިއެވެ.

” ޒާނާ…….” އެ މޫނު މަތީގައިވެސް އަދި އެ އަޑުގައިވެސް ވީ އިންތިހާ ދަރަޖައިގެ ހައިރާން ކަމެވެ. މަތިން ތިރިއަށް ނަވިން އަހަރެންނަށް ބަލައިލިއެވެ. އަހަރެން ހުރިގޮތް ފެނުމުން އެތައް ޖަޒުބާތުތަކަކުން އެ މޫނުމަތި ފުރިގެން ދިޔަތަން އަހަރެންނަށް ފެނުނެވެ. އަހަރެން މަޑުމަޑުން ނަވީންއާއި ގާތްވެލައި އެ މޫނުގައި ފިރުމައިލީމެވެ. އޮހެމުން ދިޔަ ފެންތިކިތަކުގެ ތެރޭގައި ހަމަ އެކަނި ސޯޓު ކޮޅުގައިވީ ނަވީންއާއި ޖެހި ފިތިގެން އަހަރެން ހުރީމެވެ. ނަވީން އަހަރެންނަށް ބަލައިލި ގޮތުން އަދި އެ ލޮލުގައިވި މަސްތު ކަމުގެ ކުލަވަރުން އެ ބޮލުގެ ތެރޭގައި ހިނގައިގަތީ ކޮންފަދަ ލާނެތް ހިޔާލުތަކެއް ކަން ނަގައިގަންނާކަށް އަހަރެންނަކަށް ދައްޗެއް ނުވިއެވެ. އަހަރެންގެ ހިތް އުފަލުން މިފަހަރު ނަށައިލިއެވެ. އަހަރެންގެ ހިތުގައިވީ ޖެހިލުންވުމާއި ބިރާއި ފަސްޖެހުން މިފަހަރު ވަދެ ފިލި ތަނެއް ހުދު އަހަރެންނަކަށް ވެސް ނޭނގުނެވެ. މާޒީގެ “ފްލޭޝްބެކްތަކެއް” ވެސް މިފަހަރު އަހަރެންނަކަށް ގޯނާއެއް ނުކުރިއެވެ. އަހަރެންނަށް ލިބުނު އިތުރު ހިތްވަރަކަށް އެކަން ވިއެވެ.

” ކިހިނެތްވީ ހޭލެވުނީ…؟” ނުހަނު އަވަހަށް އެ މޫނުމަތީގައިވީ އަސަރުތައް ފަރުދާ ކޮށްލަމުން ނަވީން އަހައިލިއެވެ. އެއީ ތައުރީފު ހައްޤު އަމަލެކެވެ. އެހާވެސް ނަވީން ކުޅަދާނަވެފައި ހުޝިޔާރެވެ.

” ތިއޮއް ތެމުނީނުން… ހީކެރުވީމަ ބަލިވެދާނެ ޒާނާ…. ހިނގާ ކޮޓަރިއަށް އަހަރެންވެސް އަވަސް ކޮށްލައިގެން މި……..” ނަވިންގެ ޖުމްލަ ފުރިހަމަ ކުރާނެ ފުރުސަތެއް ނުދީ އަހަރެން ފުންނާބު ހިއްލައިލަމުން ނަވީންގެ ތުންފަތުގައި ބޮސް ދިނީމެވެ. އަހަރެންގެވެސް އަދި ނަވީންގެވެސް ހިއްސުތަކުގައި އަލިފާން ރޯކުރުވި ކަމަކަށް އަހަރެންގެ އެ އަމަލު ވިއެވެ. މަސްތުން ފުރިގެންވީ ގޮތަކަށް އެހެނަސް ގަބޫލު ނުކުރެވިފައި ނަވީން އަހަރެންނަށް ބަލައިލިއެވެ.

” ޒާނާ…….” އެއަޑުގައި ކެތްތެރިކަން ކުޑަވެފައި ވީ ކަމުގެ ހުރިހާ ނިޝާން ތަކެއް ވިއެވެ. އަހަރެން އަނެއްކާވެސް ނަވީންގެ ކަނދުރާގައި ދެއަތް އަޅުވައިލަމުން ތުންފަތުގައި ބޮސް ދިނީމެވެ. ނަމަވެސް މިފަހަރު އެއީ ކުޑަ ހިނދުކޮޅަކަށް ދެމިގެން ދިޔަ އަމަލެކެވެ.

” ޒާނާ….. އާރ ޔޫ ޝުއާރ….؟” ހިނދުކޮޅަކަށް ދުރުވެލަމުން ނަވީން އަހައިލިއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހައިލަމުން އެ ދެލޮލަށް ބަލައިލީމެވެ. ޔަގީން ކޮށްލާ ފަދައިން އަހަރެންގެ ދެލޮލަށް ނަވީން ބަލަހައްޓައިގެން ހުއްޓެވެ.

” އައި ކޭން ވެއިޓް….” ނަވީން ބުނެލިއެވެ.

” އައި ޑޯންޓް ވޯންޓް ވެއިޓް ނައު….” އަހަރެންގެ ހުއްދައާއިއެކުގައި ނަވީން އިސްނެގިއެވެ. ނަވީންގެ ފިރުމުންތަކުގެ ތެރޭގައި އަދި އެ އަމަލުތަކުގެ ތެރޭގައި އަހަރެން ގައިދުކޮށްލަން ނެގީ ކުޑަ ހިނދުކޮޅެކެވެ. ހަށިގަނޑުގައިވީ ނައިޓީ ގަޔާއި ވަކިވީ ކޮންއިރަކު ކަމެއްވެސް ހުދު އަހަރެންކަށް ނޭނގެއެވެ. ތިބި ތަނުން ނިކުމެވި، އެއްބިއް ފުރޭންދެން ހަރުކުރެވިފައިވީ މޫނުބަލާ ބޮޑު ލޯގަނޑުގެ ކުރިމަތީގައި ނަވީން އަހަރެން  ބެހެއްޓީ ކޮންއިރަކު ކަމެއްވެސް އަހަރެންނަކަށް ނޭނގުނެވެ.

” ލުކް އެޓް އަސް…..” އަހަރެން ލޯގަނޑާއި ދިމާއަށް އަހަރެން އަނބުރައިލަމުން އިސް އުފުލުވާލައި، އަމުރުވެރި އެހެނަސް ލޯބިވެތި ގޮތަކަށް ބުނެލިއެވެ.  ފިރިމީހާގެ އެ އަމުރަށް އަހަރެން ހިތުން ރުހުމުން ކިޔަމަންވެސް ވީމެވެ.

ކައިވެނީގެ އަލަތުރޭގައި ފިރިއެއްގެ ފަރާތުން އަންބަކަށް އަދި އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެން ޖެހޭ އުފާތައްވެސް ލިބުނީ އެރެއެވެ. ހިތް ފުރުނީ ކޮންއިރަކު ކަމެއްވެސް އަހަރެމެންނަކަށް ނޭނގެއެވެ. މަޑުތަންމަތީގައިވެސް އަދި ކޮޓަރީގެ ކޮންމެ ކަނެއްގައިވެސް ނަވީން އަހަރެންނާއި ލޯބި ކުރިއެވެ. ހިތުން ނުފިލާނެ ހަނދާންތަކެއް އެރޭ އަހަރެމެން ރައްކާ ކުރީމެވެ. ފިރިއެއްގެ އޯގާތެރި ކަމާއި ރައްކާތެރިކަން އެއަށް ވުރެން ބޮޑަށް އަހަރެންނަށް އިހުސާސް ކުރެވުނު ވަގުތުތަކެއް ނާދެއެވެ.  އަހަރެން ނުރުހޭ ގޮތަކަށް ނަވީން އެއްވެސް ކަމެއް ނުކުރެއެވެ. ހިތް އުފަލުން ފުރުނު ކަމަކަށް އަދި ނަވީންއަށްޓަކައި ހިތުގައި އޮތް ދަރަޖަ މަތިވެރިވި ކަމަކަށް ނަވީންގެ އޯގާތެރިކަން ބެހެއްޓި މިންވަރު ވިއެވެ.

އެތައް ދުވަހެއްގެ އިންތިޒާރަކަށް ނިމުމެއް އައި ރެއަކަށް އެރޭވިއެވެ. ނަވީންއާއި ދުރުވެލާނެ ވަގުތުކޮޅެއް އަހަރެންނަކަށް ހަމަ ހިލާ ދެން އެރެއަކު ނުލިބުނެވެ.

” އައި ލަވް ޔޫ މޯރ ނައު…. ޔުއާރ އޯލް މައިން … ނައު ރެސްޓް ބޭބީ…..” ނިދެމުން ދިޔަ ވަގުތު ނަވީން މަޑުމަޑުން އަހަރެންގެ ކަންފަތް ކައިރީގައި ބުނެލަމުން އަހަރެންގެ ގައިގާ ފުރަގަހުން ބައްދައިލިއެވެ.  ޖަވާބު ދެވޭނެ ހަކަތައެއް ގައިގާ ނެތް ކަމުގައި ވިޔަސް އަހަރެންނަށް ހިނިތުންވެލެވުނެވެ.

” އައި ލަވް ޔޫ… އައި ލަވް ޔޫ ސޯ މަޗް…..” ނަވީންގެ އެ އަޑު އަހަރެންނަށް އިވުނީ ވަރަށްވެސް ފަނޑުކޮށެވެ.

ވަރުބަލިކަން އަދިވެސް ހަށިގަނޑާއި ވަކިނުވާ ކަހަލައެވެ. މުޅި ގައިގާ ވަނީ މަޑު ރިހުމެއް އުފެދިފައެވެ. ލޮޑުކަން ވަނީ މުޅި ހަށިގަނޑު ހިސޯރު ކޮށްފައި ކަހަލައެވެ. ހޭލެވެމުން ދިޔަ ވަގުތު މިހުރިހާ އިހުސާސްތަކެއް އަހަރެންނަށް ދިޔައީ ކުރެވެމުންނެވެ. އަތަކަށް އެނބުރިލާނެހާ ހިތްވަރުވެސް ވެސް އަހަރެންގެ ގައިގާ ނެތް ކަހަލައެވެ.

ލޯ ހުޅުވައި ލެވުމާއިއެކުގައި އެންމެ ފުރަތަމަވެސް އަހަރެންނަށް ފެނުނީ ކައިރީގައި އިން ނަވީންއެވެ. އެނދުގެ ހެޑް ބޯޑުގައި ލެނގިލައިގެން އިނދެ ލެޕްޓްޕުން ކޮންމެވެސް މަސައްކަތެއް އޭނާ ކުރަނީއެވެ.

” ގުޑް މޯނިން….. ހޭލެވުނީ ދޯ…. ޒާނާއަށް ނުގޮވަން މިއިނީ އަދި މާލަހުން ނިދުނީމަ….” ހިނިތުންވެލަމުން ނަވީން ބުނެލިއެވެ. ލަދުން އަހަރެންނަށް ބާލީހުގައި މޫނު ފޮރުވައި ލެވުނެވެ.

” އައްދޭ ލަދު ގަންނަންވެސް އެނގޭތަ…؟” ލެޕްޓޮޕް ބަހައްޓަމުން ނަވީން އަހަރެންނާއި ގާތް ވެލަމުން ބުނެލިއެވެ. އަޑުގައިވީ ސަމާސާ ކުރުމުގެ ކުލަވަރާއި ލާނެތްކަމުގެ އިންތިހާއެވެ. އަދިވެސް ހިތް ނުފުރިގެން އުޅެނީ ކަހަލައެވެ.

” ރޭގަ ގައިމުންވެސް ލަދެއް ނުގަނޭ….” އަހަރެން ބަލައިލުމުން އެއްލޯ މަރައިލަމުން ނަވީން ބުނެލީ ލާނެތް ކަން އެކުލެވިގެންވީ ފަދަ ގޮތަކަށެވެ. އަހަރެން ލަދުން މަރުވާވަރު ވެގެން ނަވީން ގައިގާ ޖަހަން ބާލީސް މަޅައިލީމެވެ. ބާލީހުން ޖަހަމުން އަހަރެން ނަވީންއާއި ދުރަށް ޖެހިލަން އުޅުނީމެވެ. ނަމަވެސް ހުޝިޔާރު ކަމާއިއެކުގައި ނަވީންގެ ބާރުގަދަ އަތުގެ ހައްޔަރަށް އަހަރެން ހަލުވި ކަމާއިއެކުގައި ގެންދިޔައެވެ. އަދި އަހަރެން ގައިމައްޗަށް އަރައި އަހަރެން އަތް މައްޗަށް ގެންގޮސް ހިފަހައްޓަމުން އަހަރެންގެ ގިލިގިލި ކޮށްޓަން ފެށިއެވެ. ހީލި ކައުވައި ގަނެގެން އަހަރެން ހެމުން ހެމުން ނަވީންގެ އަތުން ވީއްލި ގަންނަން މަސައްކަތް ކުރީމެވެ.

” ނަވީން ޕޮލީޒް ދޫކޮށްލާ…. ހައްހައްހާ… ނަވީން… ނަވީން… ޕޕލީޒް…..” އަހަރެންނަށް ހެވޭވަރުން ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. ނަމަވެސް ނަވީންގެ ސަމާސާ ކުރުންތައް ދިޔައީ ގިނަވަމުންނެވެ. މުޅި ކޮޓަރިތެރެ ފުރިގެން ދިޔައީ ދެމީހުންގެ ހުނުމާއި ސަކަރާތުގެ އަޑުންނެވެ.

” ގަޑިން ކިހާއިރެއް ވީ…..؟” އިރުކޮޅެއް ފަހުން ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އަހަރެން އަހައިލީމެވެ.

” އެގާރަ ޖެހީ…..” ނަވީން އަހަރެންގެ ގާތުގައި އޮށޯވެލަމުން ބުނެލިއެވެ.

” ވަޓް… މެންދުރުވީތަ…؟ އަޅޭ… ހާދަ ލަސްވެއްޖެއޭ…. ނަވީންއަށް އޮފީހަށްވެސް ނުދެވުނު ދޯ….އަޅޭ…. މަރިއްތަ ހޯދަދާނެ އަހަރެން….” އަހަރެން އެނދުން ފުންމައިން ތެދުވަމުން ކަންބޮޑުވެފައި ބުނީމެވެ.

” ޒާނާނާނާނާ!!! ކޮންކަމަކާ ހާސްވަނި.. އަމިއްލަ ގެ އޭނުން މިއީ… އެހެން ނޫނަސް ޒާނާ ނެތަކަސް މަރިއްތައަކަށް ވަކި އުނދަގުލެއް ނުވާނޭ…. ހާސް ނުވެބަ… އާދެބަ އަދި…..” އަހަރެންގެ އަތަށް ދަމައިލަމުން ނަވީން ކުސް ތަޅައިލިއެވެ.

” އެކަމަކުވެސް ހެޔޮ… އަހަރެން ދުވަހަކުވެސް މިހާ ލަހަކުން ނުހޭލަން… މި ނަވީން ކަންތަކޭ… ” ނަވީންގެ އަތުން ވީއްލި ގަނެގެން އަހަރެން ރަޖާގަނޑު ގައިގާ އޮޅާލައިގެން އެނދުން ތެދުވީމެވެ.

” އައްދޭ.. މަށޭ… ނުވާނެ އެހެނެއް… ކާކުބާ ރޭގަ އިސްނެގީ…. ނޮޓް މީ…..” އަނެއްކައިވެސް ލާނެތް ގޮތަކަށް ނަވީން އެއްލޯ މަރައިލިއެވެ.

” އެކަމަކުވެސް ހުރިހާ ބްލޭމްއެއް ނަގާފާނަން އިނގޭ… ވަރަށް ހޮޓް އިނގޭ ރޭގަ……” އެއްލޯ މަރައިލަމުން ދަހިވެތި ގޮތަކަށް އަހަރެންނަށް ބަލައިލަމުން ނަވީން ބުނެލިއެވެ. ލަދުން ތުންފަތުގައި ދައިގަނެވުމާއިއެކުގައި ނަވީން ބުނި އެއްޗަކާއި ދޭތެރޭގައި ވިސްނައިލެވުނީ އަހަރެންނަށް ދެނެވެ. ރޭގައި އުޅެވުނު ގޮތް ރޭކައި ލުމާއިއެކުގައި އަހަރެންނަށް ވަށައިގެން ކޮޓަރި ތެރެއަށް ނަޒަރު ހިންގައި ލެވުނީ ދެނެވެ. ހުއްޓުން އެރީ ކޮޓަރިތެރެ އޮތް ހާލަތު ފެނުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.