
އެލީން – 1

އަރައިގެން އައި އިރުގެ ދޯދިތައް އެނދުގައި އޮތް އެލީންގެ މޫނަށް އެޅުމާއެކު އޭނާ ކަންނެތް ގޮތަކަށް ލޯހުޅުވާލިއެވެ. އޭރު އެ ކޮޓަރިތެރެ ހީވަނީ މަޑު ރީނދޫ އަލިން ހުޅުދާން ކޮށްފައި ވާހެންނެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ހުޅުވާފައިވާ ކުޑަދޮރެވެ. ރޭގައި ނިދުނީ އެ ދޮރުތައް ނުލައްޕާކަން ހަނދާންވިއެވެ. މޯޅިއަކަށް ދެމިލުމަށްފަހު ގައިމަތީއޮތް ރަޖާގަނޑު އެއްފަރާތް ކޮށްލިއެވެ. ލޮލަށް އުދަގޫ ކުރަމުން ދިޔަ އަލިން ސަލާމަތްވުމަށް ލޯމަތީ އަތް އަޅައިލަމުން ފޯނު ނަގާ ގަޑި ބަލައިލިއެވެ.
އޯހ ނޯ..!” އެލީން އަށް ފުންމައިގެން ތެދުވެވުނެވެ. ގަޑިން ނުވައެއް ޖެހީއެވެ. އެއާޕޯޓަށް ދާން ވަގުތު ކުޑަތަންވަނީއެވެ. ދިހައެއް ޖަހާއިރު އޭނާގެ ޗެކިން ފެށޭނެއެވެ. އެނދުން ތެދުވިގޮތަށް އެލީން ފާހާނާއާއި ދިމާލަށް ދުއްވައިގަތެވެ.
އަވަސްއަވަހަށް ފެންވަރާލައިގެން ނުކުމެފައި ހަށިގަނޑުގައި އޮޅާލެވިފައިވާ ތުވާލި ދޫކޮށްލަމުން އެލީން އަލަމާރި ކައިރިއަށް ޖެހިލާފައި މާ ކުރިން އޭނާ ލާން ތައްޔާރުކޮށްފައިވާ ކަޅުކުލައިގެ ހެދުން ނެގިއެވެ. ކަކުލާއި ހަމަޔަށް ދިގުމިން ހުރި އެ ހެދުން ވަނީ އެލީންގެ ގަޔަށް ފިޓްވެފައެވެ. އެ ދޮން ދޮން ހަށިގަނޑާއި…
Comments (5)
Comments are closed.
Omggg. R u eleen vhk vaahaka.com ah liyun kujja. I wanted the other part of that story so muchhh. Girll whattt. I read that story so much so that i accidentally memorize some part of itttt
Girll eleen a story name ah jahafa ineema vec handhan v e storyyy. Never thought e story ah vaane kamah 😭😭
sameeeeeeee
GIRLLLL YESSSS 😭😭💗 I’m the author of Eleen heheee! I actually had to stop writing that story because, at the time, Vaahaka.com was having some issues, and I couldn’t get in touch with the site owners. They weren’t responding either, so I eventually decided to continue writing on a new platform instead. 🥹
But honestly, I’m SOOO happy that you still remember Eleen! The fact that you read it so many times that you accidentally memorised some parts??? 😭😭 That makes my heart so happy. I never expected people to still remember that story after all these years. Thank you so much for remembering Eleen! 💗
why pro?💔💔😭
Why cant i read thus next part🥹🥹