Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

މަންޒިލް 46

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 3, 2026 4 Mins Read
3 Comments

ޒާޔާ އާއި އަހާންގެ ކައިވެނީގެ ދުވަހަށް ވުމުން އޭނާ އެރިކްއާ ވާހަކަ ދައްކަން އަދި ތައްޔާރެއް ނޫނެވެ. އެންމެންގެ ސަމާލުކަން އެ ދުވަހު އެ ދެމީހުންނަށް ހުއްޓޭކަށް މިންހާ ބޭނުމެއްނޫނެވެ.

 

އެރިކް ވެސް ކޮންމެހެން މިންހާއާ ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. މިންހާ ބޭނުންވާ ގޮތް ނުބުނި ކަމުގައި ވިއަސް އެރިކްއަށް އެނގޭ ފަދައެވެ. މިލީ ގޮވައިގެން އެކުއްޖާ ހެއްވަން މަސައްކަތް ކުރަމުން ދިޔައެވެ.

 

މާ ގިނައިރެއް ނުވެ އެރިކް ކޮނޑުމަތީގައި އޮވެ މިލީ ނިދައިފިއެވެ. މިއާ އާއި އިޝަލް އަންނަން ދެކަަށް އެކުއްޖާ ކޮނޑުމަތީ ބާއްވައިގެން އެރިކް އޮތެވެ. ނުރުހުންތެރި ކަމެއް ނޫނީ ނުތަނަވަސް ކަމެއް އެރިކްެގެ ފަރާތުން ނުފެނެއެވެ. މިންހާ އިރުއިރު ކޮޅާ އެރިކް އާއި މިލީއަށް ސިއްރުން ބަލާލައެވެ. އެއިން ކޮންމެ ފަހަރަކު ވެސް ހިނި އައިސްފައި އެރިކް ހުންނަނީ އޭނާއަށް ބަލަންށެވެ. ނުވާކަމަކަށް ހެދިފައި މިންހާ ވެސް އަވަހަށް އެހެން ދިމާއަކަށް ބަލަން ފަށައެވެ.

 

މިއާ ފަސް ފަހަތުން އިޝަލް އެންމެ ހިނދުކޮޅަކު ވެސް ދުރަށް ނުދެއެވެ. ހީވަނީ މިއާ ގެއްލިދާނެތީ އުޅޭހެންނެވެ. ޕާޓީއަށް އަންނަ ކޮންމެ މެހެމާނަކަށް އޭނާ މިއާ ތަޢާރަފު ކޮށްދެއެވެ. މިއާއާ މެދު ފަޚުރުވެރި ވެފައިވާ ހާލުގައެވެ. އަލައިކާ އައިސް މިއާ ވަކިން ގެންދަން އުޅުމުން ވެސް އިޝަލް ފަހަތުން ދިޔައެވެ. އިޝަލް މިއާއާ ދުރަށް ދިޔައީ އަލައިކާ ގަދަކަމުން ފޮނުވާލުމުންނެވެ.

 

މެހެމާނުން މަދުވާން ފެށުމާއެކު އާއިލާ އެއްކޮށް ފޮޓޯ ނަގަން އެންމެން ޖަމާވިއެވެ. އަރްޝާދް އާއި އަފްރީން ތިބީ ބޮޑުވަމުން ދިޔަ އެމީހުންގެ އާއިލާ ފެނި ވަރަަށް އުފާވެފައެވެ. އާއިލާ އެންމެން މިހާރު ބައްދަލުވަނީ ހަމައެކަނި ކައިވެނި ހަފުލާއަކުންނެވެ. އެންމެ ފަހުން ހުރިހާ އެންމެން އެކީގައި ދިމާވެފައި ވަނީ ފްރާންސްގައި އޮތް އިޝަލް އާއި މިއާގެ ކައިވެނިންނެވެ.

 

އާއިލާ ބައިބައި ބަޔަށް ފޮޓޯ ނެގުމަށް ފަހު އެންމެން އެއްކޮށް ފޮޓޯއަށް އެތުރުނެވެ. ތަންކޮޅެއް ދުރުގައި ހުރި އެރިކްއަށް ގޮވާފައި ފޮޓޯއަށް އަރަން އަހާން ގޮވިއެވެ. އެރިކް ބަލާލީ މިންހާއަށެވެ. މިންހާ އިނީ އިސްޖަހައިގެންނެވެ. މިންހާގެ ފަރާތުން އިޝާރާތެއް ނުލިބުމުން އެރިކް ޖެހިލުންވިއެވެ. ނުދާން ހުއްޓާ އަހާން ގޮސް ގަދަކަމުން އެރިކް ގެނަސް މިންހާ ގާތުގައި ބޭންދިއެވެ. ކުޑަކޮށް ލަދުގަތް ނަމަވެެސް ނުވާކަމަކަށް އެރިކް ހެދުނެވެ.

 

މިންހާގެ ހިތް ބާރު މިނުގައި ތެޅެމުން ދިޔައެވެ. އޭނާއާ އެރިކްގެ ވަކިވުމުގެ ވާހަކައަކީ އާއިލާ ތެރޭގައި އެކަކުވެސް ނުދައްކާ ވާހަކައެކެވެ. އެރިކް އާއި އޭނާގެ ކައިވެނި ނުކުރެވޭކަން އާއިލާއަށް އެންގީވެސް އިޝަލް ލައްވައެވެ. އެ ވާހަކަ ދެން އިތުރަށް ނުދައްކަން އިޝަލް ލައްވާ އެންމެން ގާތު އޭނާ ވަނީ ބުނެފައެވެ. އޭނާއާ ކައިވެނި ނުކުރި ކަމުގައި ވިއަސް ރަސްމީ ގޮތުން އެރިކް މިހާރު އެވަނީ އެ އާއިލާގެ ހިއްސާއަކަށް ވެފައެވެ.

 

ޕާޓީ އެއްކޮށް ނިމުނު އިރު ބާރަ ޖަހައި ބޮޑު ވެއްޖެއެވެ. ޒާޔާ އަދި އަހާން ވެސް ތިބީ ވަރުބަލިވެގެން ހަލާކުވާން ކައިރިވެފައެވެ. ކައި ހަދައިގެން އެމީހުން ތިބެން ހަމަޖެހިފައި ހުރި ލެގޫން ވިލާއަށް ދެވުނު އިރު މެންދަމު އެއްގަޑި ބައިވަނީއެވެ.

 

ޒާޔާ އަދި އަހާންއަށް ވެސް ކުރެވެމުން ދިޔައީ މުޅިން އާ އިހުސާސެކެވެ. އެންމެ ގާތް އެކުވެރިންގެ އިތުރަށް އެއީ ދެމަފިރިންނެވެ. ހެދުން ބަދަލުކޮށްގެން ނުކުތް ޒާޔާގެ މޫނު މަތިން ވަރުބަލިކަމުގެ އިތުރުން ލަދުވެތިކަން ފެންނަން ހުއްޓެވެ. އޭނާގެ ކޮލަށް ވަނީ ރަތްކުލަ އަރާފައެވެ. އަހާންގެ ހާލުވެެސް ވަކި ދެރައެއް ނޫނެވެ. ރަކި ގޮތަކަށް ބޯ ހާވަމުން ދިޔައީ ދެން ހަދާނެ ގޮތެއް ނޭންގިގެންހެން ހީވިއެވެ.

 

ހެނދުނުގެ ހިތްގައިމު ވަގުތު އާއިލާ އެންމެން ހެނދުނުގެ ނާސްތާ ކުރުމަށް ރިސޯޓުގެ ގޮނޑުދޮށަށް ދިޔައެވެ. ހުދު ދޮންވެލިގަނޑު މަތީ ކުޅެން ލިބުމުން ކުދިވެރިން ވެސް މަޖާވެފައި ދުވަމުން އުޅުނެވެ. މުޅި ހިސާބު ގަނޑުން ދިވެހި ވަސް ހިފާފައި ހުއްޓެވެ.

 

ޒާޔާ ނެތުމާއެކު ކުދިވެރިން ބަލަން މިންހާ އިންނަން ޖެހުނީ އެކަންނެވެ. އިޝަލް ވެސް އުޅުނީ މިއާއާ އެކު އެމީހުންގެ އަމިއްލަ ދުނިޔޭގައެވެ. ހުރިހާ ކުދިން ކުޅެން ތިބިތާ ކައިރީ އިށީންދެލައިގެން މިންހާ އިނެވެ. ދޭތެރެއަކުން ކޮންމެެސް އެއްކުއްޖެއް އައިސް ވާހަކައެއް ނޫނީ ޝަކުވާއެއް ކޮށްލައެވެ. ތަށްޓަކަށް މަސް ހުންނާ ރޮށި އަޅައިގެން ޔޫސުފް އައިސް މިންހާ އަތަށް ދިނެވެ. ހޫނު ސައިތަށްޓެއް ހިފައިގެން ޔާޒް އައެވެ. މިންހާގެ ދެފަރާތުގައި ދެމީހުން އައިސް އިށީންނުމުން މިންހާ ކުޑަކޮށް ހައިރާންވިއެވެ. މޫނެއް ގޮތެއް ހަދާލަމުން އޭނާއަށް ފަހަރަކު މީހެއްގެ މޫނަށް ބަލައިލެވުނެވެ. “ކޮބާ މިންކޮގެ ވެޑިން އޮތީ ކޮންއިރަކުތަ؟ ދޮންބެމެން ހޯދައިދޭންވީތަ ކުއްޖެއް؟ މިންކޮ އެކަނި ވެފައި ހުންނަތަން ފެނުމުން ދެރަވޭ..” ވަރަށް ހަމަޖެހިފައި ހުރެ ޔާޒް ބުންޏެވެ. “އެއީ ތެދެއް…ދައްކަންތަ ކުއްޖެއް..މިންކޮއާ ވަރަށް ގުޅޭ ކުއްޖެއް…އަކްޗުއަލީ ޔޫ ނޯ ހިމް ނަހުދާން..ދޮންބެގެ ފްރެންޑް…ގައުމީ ޓީމަށް ކުޅޭ… އެ ސޮރަށް ބެންފީކާއިން ފުރުސަތު ލިބުނީމަ ވެސް ނުދިޔަ..ރާއްޖެ ދޫކޮށްފަ ނުދާންވެގެން…ސޯ ހީ އިޒް ޕާފެެކްޓް ފޯ ޔޫ” ޔޫސުފް ފޯނުން ފޮޓޯއެއް ހުޅުވުމަށް ފަހު މިންހާއަށް ދެއްކިއެވެ.

ނަހުދާންއަކީ މިފަހުން ރާއްޖޭގައި އަރަމުން އަންނަ އެންމެ މޮޅު އެއް ޒުވާން ކުޅުންތެރިޔާއެވެ. އޭނާ މިހާރު ކުޅޭ ކުލަބަށާއި ގައުމީ ޓީމަށް ވެސް ތަފާތު މޮޅު ކުޅުމެއް އޭނާ އަންނަނީ ދައްކަމުންނެވެ. ޔޫރަޕުގެ ކުލަބުތަކުން އަންނަމުން ދިޔަ ހުށަހެޅެންތަށް އޭނާ ވަނީ ދޫކޮށްލާފައެވެ. އަމިއްލަ ގައުމުގައި ހުރެގެން ކުރިއަރަން ބޭނުންވާތީއެވެ. ޔޫސުފްގެ ފަރާތުން މިންހާއަށް ވެސް ކޮންމެސް ވަރަކަށް ނަހުދާން އެނގެއެވެ. ދެތިން ދުވަހު ދެމީހުން ވަނީ ބައްދަލުވެސް ވެފައެވެ. ނަހުދާންއަކީ ބަލާލަން ވެސް ރީތި ޒުވާނެކެވެ.

 

ޔޫސުފް އާއި ޔާޒް ނަހުދާންގެ ފޮޓޯތައް މިންހާއަށް ދައްކަން ތިއްބައި އަހާން އާއި ޒާޔާއައެވެ. އެމީހުން ކީއްކުރަނީތޯ އެހެމުން ވަރަށް ފޯރީގައި އެ މީހުން ކުރަނީ ކީއްކަން ޔާޒް ކިޔައިދިނެވެ. “ކޮން ނަހުދާނެއް ދައްކާކަށް މިންނުގެ ޕްރިންސް އެހެރީނު” ތަންކޮޅެއް ދުރުގައި އިޝަލްއާ އެކު ހުރި އެރިކްއަށް އަހާން އިޝާރާތް ކުރިއެވެ. ވަގުތުން މިންހާގެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. ޔޫސުފް އާއި ޔާޒް ވެސް ހިމޭންވިއެވެ. މިންހާ އަނގައިން ބުނޭތޯ އިރުކޮޅަކު ހިމޭނުން ޒާޔާ އިނެވެ. އެއަށްފަހު އަނެއްކާ ވެސް އެރިކްގެ ވާހަކަ ފެށިއެވެ. ރޭގެ ޕާޓީގައި މިންހާއަށް އެރިކް ބެލި ގޮތެވެ. ދެމީހުން އެކުގައި ތިބި މަންޒަރު ފެނުނު ކަމާއި ދެއްކީ ކޮން ވާހަކައެއްތޯ އެއްސެވެ. “އަހަރުމެން ނުދައްކަން ވާހަކައެއް..” “މިންކޮ ބޭނުންތަ އެރިކްއާ ވަހަކަ ދައްކަން؟” މިފަހަރު ސަމާސާ ރާގުގެ ބަދަލުގައި ޔޫސުފްގެ އަޑުގައި ވަނީ ސީރިއަސްކަމެވެ. ކޮއްކޮ ނުބުނި ކަމުގައި ވިއަސް އެ ހިތުގައި ވަނީ ކީކޭކަން ނިކަން ރަނގަޅަށް ޔޫސުފްއަށް އެނގެއެވެ. ޔޫސުފް އެހުންނަނީ މިންހާ އަމިއްލައަށް ބުނާނެ އިރެއްގެ އިންތިޒާރުގައެވެ.

 

ފުން ނަޒަރަކުން މިންހާ އެރިކްއަށް ބަލައިލިއެވެ. އެންމެ ފުރަތަމަ އެރިކްއާ ދިމާވި ދުވަސް ހަނދާނަށް އައެވެ. އޭރު އެރިކްއަކީ ޒާޔާ އާއި އޭނާ ރީތި ވެގެން އުޅޭ ފުޓުބޯޅަ ކުޅުންތެރިއެކެވެ. އިޝަލްގެ އެންމެ ގާތް އެކުވެރިޔާއަށްވީ ނަމަވެސް ދުވަހަކު ވެސް ދިމާ ވާނެ ކަމަށް ހީކުރި ފަރާތެއް ނޫނެވެ. މިއަދު އެރިކްއަކީ އޭނާގެ ކުރީގެ ލޯބިވެރިޔާއެވެ. އޭނާގެ ހިތް ދެވުނު ހަމައެކަނި ފަރާތެވެ. ބަދަލެއްނެތި އެ ހިތުގައި އެރިކްއަށް ޓަކައި ލޯބި އެބަ އޮތެވެ. އެރިކް ފެންނަ ކޮންމެ ފަހަރަކު އެ ހިތަށް އެނގުން ވެގެން ދެއެވެ. އަނެއްްކޮޅުން އޭނާގެ ހުވަފެންތައް ވެސް ބަދަލެއް ނުވެއެވެ. ޒަވާޖީ ހަޔާތެއް ފަށައިގެން ދިރިއުޅެން އަދިވެސް ބޭނުންވަނީ ރާއްޖޭގައެވެ. އޭނާގެ ދަރިންނަށް ދިވެހި އާދަކާދައާއި ޘަޤާފަތް ދައްކައިދޭން ބޭނުމެވެ.

 

 

“ރިކް ބޭނުންވާ ގޮތް ކޮންއިރަކުން މިންހާއަށް ހާމަ ގާތު ބުނަނީ؟” އިޝަލް އެރިކް ގާތު އެހިއެވެ. އެކުވެރިޔާގެ ހިތް އޮތް ގޮތް ހަމަ އެކަނި އެނގޭ ފަރާތަކީ އިޝަލްއެވެ. މިންހާއާ އެކު ރަނގަޅު ހަޔާތެއް ފެށުމަށް އެރިކް ކުރި ބުރަ މަަަސައްކަތް އެންމެ ގާތުން ފެނުނު ފަރާތަކީ އިޝަލްއެވެ.

 

ރޭގަނޑުގެ ވަގުތެވެ. މިންހާ ކޮޓަރީގައި ޒާޔާ، އަލައިކާ އާއި އައިރާ ތިއްބެވެ. މިންހާ ތައްޔާރުވަމުން ދިޔައީ ރޭގަނޑު ކެއުމަކަށް ދާށެވެ. ދެތިން ދުވަހަށް ރިސޯޓަށް އައުމުން އޭނާ މާ ގިނަ ރީތި ހެދުންތަކެއް ވެސް ނުގެެނެއެވެ. ފޮށީގައި އޮތް ތިން ހެދުން ނަގައިގެން ލޯގަނޑު ކުރިމަތީ ބަލަން ހުންނަތާ ބައި ގަޑިއިރު ވެއްޖެއެވެ. އެއިން އެއްވެސް ހެދުމަކާއި މެދު މިންހާ ހިތްހަމައެއް ނުޖެހެއެވެ.

މިންހާ ލާނެ ހެދުމެއް އިޚުތިޔާރު ނުކުރެވިގެން އުޅެނިކޮށް މިއާ ވެސް އައެވެ. މިއާ އަތުގައި ޕާރުސަލް ކޮށްފައި އޮތް ފޮށްޓެއް އޮތެވެ. މިންހާއަށް ވީ ހަދިޔާ އެކޭ ކިޔައިފައި މިއާ އެ ފޮަށި މިންހާ އަތަށް ދިނެވެ. މިންހާ އެ ނުކަނޑާ އެނދު މަތީ ބާއްވާފައި އަނެއްކާ ވެސް ލޯގަނޑު ކުރިމަތީ ހެދުންތައް ހިފައިގެން ހުއްޓުނެވެ. “މިންނު..ގިފްޓު ކަނޑާބަ ދޯ” މިއާ އަލުން ގޮސް މިންހާ އަތަށް ފޮށި ދިނެވެ. ހެދުންތައް ބަަހައްޓާފައި ފަރުވާތެރިކަމާއެކު މިންހާ ފޮށި ކެނޑިއެވެ. އޭގެ ތެރޭގައި އޮތީ ކަޅު ކުލައިގެ މަތިކޮޅަކާއި ގަދަފެހި ކުލައިގެ ވައްތިރި ސްކާރޓަކާއި މަޑުފެހި ކުލައިގެ ޝޯލެކެވެ. މިންހާ މިއާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އެއީ ކާކުގެ ފަރާތުން ލިބުނު އެއްޗެއްކަން ކޮންމެސް ވަރަކަށް މިންހާއަށް ރޭކައިލިއެވެ. “ލަންޑަން ކޮޅުން އައި ގިފްޓެއް ތިއީ” ސުވާލުގެ ނަޒަރަކުން މިންހާ ބަލަހައްޓައިގެން އިނުމުން މިއާ ޖަވާބު ދިނެވެ.

 

މިންހާ ތައްޔާރުވެގެން ނިކުތް އިރު އިންތިޒާރުގައި އެރިކް ހުއްޓެވެ. އެރިކް ހުރީ ގަދަ ފެހި ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއް ލައިގެން ބެގީ ކޮށްފައެވެ. އެރިކްގެ އައުޓްފިޓް ފެނުމުން މިންހާއަށް ހިނިތުންވެވުނެވެ. ކުރިން ޔަގީން ނުވި ނަމަވެެސް އޭނާއަށް ހެދުން ފޮނުވީ އެރިކްކަން މިހާރު ޔަގީންވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހަޑިމިލޭރު – 9

Next

އެއްފަރާތް

Next
September 3, 2026

އެއްފަރާތް

Previews
September 3, 2026

ހަޑިމިލޭރު – 9

3 Comments!

  1. Kiyara says:
    September 3, 2026 at 12:50 pm

    Salam here’s the next episode of manzil…hurihaa kudhinnah ves kamudhaane kamah ummedhu kyran

  2. Anonymous says:
    September 3, 2026 at 1:10 pm

    Nimen tha miulhenee.. maashaa allah vrh vrh reethi ☺️

  3. I....ba says:
    September 3, 2026 at 2:20 pm

    Can’t wait for the next part

Comments are closed.

Next Episodeމަންޒިލް 43←


All Right Reserved!