Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހަޑިމިލޭރު – 7

ޝނކސ
ޝނކސ Level 110 Stories
August 26, 2026 3 Mins Read
0 Comments

“ހިނގާބެ ސަޅި ރިވެންޖެއް އެގޮލާއަށް ދޭން!” ނާއިލް ނުރައްކާތެރި ބެލުމަކުން އެ ޔޮޓަށް ބަަލައިލުމަށްފަހު ބުންޏެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަނީ ޖެހިލުން ކުޑަކަމެވެ.

*****

އެމީހުން ތިބި މުދާ އުފުލާ ލަކުޑި ދޯނި ގޮސް ‘އޯޝަން ހޮރައިޒަން’ ގެ އޮމާން ފައިބަރުގައި މަޑުމަޑުން ކޭއްތިލުމަށްފަހު މަޑުވިއެވެ. ރިޟްވާން ދޯނިތެރެ ހާވައިލުމަށްފަހު ނަގިލި ނެގުމަށްފަހު ޔޮޓުގެ ފަހަތު ޕްލެޓްފޯމްގެ ރޭލިންގައި އަޅުވާ، އައްސައިލުމަށްފަހު އެމީހުން ތިބި ދޯނި ޔޮޓުގެ ހިޔަނީގެ ތެރޭގައި ހަރުކޮށްލިއެވެ.

“ހެނދުނު ޝިފްޓަށް އަންނަ މީހުން ޑިއުޓީއަށް އަންނަން ބާކީ އޮތީ ބާރަ މިނެޓު!” ފަރްހާން ވާގަނޑުގައި ބާރަށް ހިފަހައްޓާލައިގެން ހުރެ ސިއްރުސިއްރުން ބުންޏެވެ.

“އަވަހަށް އެތެރެއަށް ވަދޭ، ކޮންޓްރޯލް ރޫމަށް ގޮސް މަސައްކަތް ނިންމާފައި ނުކުމޭ! މައެ ހުންނާނަން މިތާގަ ދޯންޏަށް ބަލަން!”. ރިޝްވާން މައްޗަށް ބަލައިލުމަށްފަހު އިތުރުކޮށްލިއެވެ.

“ޒަޔާން! ރިޝްވާނާއެކު ދޯނީގައި މަޑުކުރޭ! އެ އިލެކްޓްރިކް އިންޖީނު ނުނިވާ ބަހައްޓާ!”. ނާއިލް އެހެން ބުނެލުމަށްފަހު ކޮނޑުގައި އަޅުވާފައިވާ ފޮށި އިތުރަށް މައްޗަށް ހިފަހައްޓާލިއެވެ.

“ގެރޭއެންނު ބްރޯ!”. ޒަޔާން އޭނާގެ ފޯނު ނެގުމަށްފަހު އެއަށް ލޯކޮއްޕައިލިއެވެ.

“ކައެމެން އަތުލައިގަނެފިއްޔާ އަހަރެން ބުނާނީ މިއީ މައެ ކިޑްނެޕްކޮށްގެން ގެނައި ބައެކޭ!”. ޒަޔާން ފޯނަށް ބަލަން އިންގޮތަށް އިނދެ ބުނެލިއެވެ.

ނާއިލް އެ ބޮޑު ޔޮޓުގެ ރޭލިންމަތިން ފުންމާލިއެވެ. އޭނާ އަރައިގެން ހުރި ފައިވާން ޔޮޓުގެ ލަކުޑި ތަޅުންމަތީގައި ޖެހުމުން މަޑުމަޑު އަޑެއް އިވުނެވެ. އައިރާ ކުޅަދާނަކަމާއެކު އެއްވެސް އަޑެއް އިއްވާނުލައި ނާއިލްގެ ކައިރިއަށް ފުންމާލިއެވެ. އެންމެ ފަހުން ފަރްހާން އެރިއެވެ. އޭނާ ހުރީ ފަހަތުން އަތުވެދާނެ ނުރައްކަލަކަށް ތައްޔާރުވެގެންނެވެ.

ޔޮޓުގެ ތަޅުމުގައި އަޅާފައިވަނީ ޓީކު ލަކުޑިއެވެ. އެއްވެސް ކުނިބުންޏެއް ނެތް ސާފުތާހިރު އެތަނުގައި ހުރި މަޑު، ހުދު ކުލައިގެ ސޯފާތަކާއި، އަގުބޮޑު ބޭރުގެ ބްރޭންޑްތަކުގެ ބޯތަށިތަކާއި ފުޅިތަކުން ފުރިފައިވާ ބާރއަކީ އެތަނުގެ މުއްސަނދިކަން ހާމަކޮށްދޭ އެއްތަނެވެ. ވަދެވެން ހުރި ބިއްލޫރި ދޮރުން ދުވަނީ އަގުބޮޑު ލަކުޑިއާއި، ތާޒާކަން އެކުލެވޭ ‘ލަގްޒަރީ’ މީރުވަހެވެ.

“ކޮންޓްރޯލް ރޫމް ހުންނާނީ ދެވަނަ ފަންގިފިލާގައި!”. އައިރާ ނާއިލްގެ ބުރަކަށީގައި އަތްޖައްސާލަމުން، މަޑުމަޑުން ބުނެލިއެވެ.

“އަހަރެންގެ ފަހަތުން އާދޭ!”. އައިރާ އިތުރުކޮށްލިއެވެ. އެމީހުން ދިޔައީ ދެވަނަ ފަންގިފިލާއަށް އެރުމަށް ހުރި ދެ ސިޑީގެ ތެރެއިން ވާއަތް ފަރާތު ސިޑިއާއި ދިމާލަށެވެ.

ސިޑީގެ އަރިމަތީގައި ޖަހާފައިވާ ބިއްލޫރި ފެންސުތަކުގެ ނިވަލުގައި ތިބެ، އެމީހުން ވަރަށް ސިއްރުވެރިކަމާއެކު ސިޑިން މައްޗަށް އެރިއެވެ. ޔޮޓުގެ ޖަނަރޭޓަރުތަކުން އުފައްދާ އަޑުގެ ސަބަބުން، އެމީހުންގެ ފިޔަވަޅުތަކުގެ އަޑު އިވުމަކީ ނާދިރު ކަމެކެވެ.

މަތީ ބަޔަށް އެރުނުއިރު، ވީލްހައުސްގެ ބިއްލޫރިގަނޑުން އެތެރެ ފެންނަން ހުއްޓެވެ. އެތަނުގައި ހުރި އަގުބޮޑު ހަން ސޯފާގައި މީހަކު ނިދާފައި އިނެވެ. އޭނާގެ ބަނޑުމަތީގައި ބިސްކޯދު ކޮތަޅެއް އޮތްއިރު، އޭނާ އިނީ ގުގުރިދަމާށެވެ. އޭނާގެ ކުރިމަތީގައި ހުރި އޮރެންޖާއި، ވިލު ނޫކުލައިގެ ޑިޖިޓަލް ސްކްރީންތަކުން އިންޖީނުގެ މައުލޫމާތާއި، ސެޓެލައިޓް މުއާސަލާތީ ނިޒާމު އަދި މައި ސާވާގެ ލިންކުތައް ފެންނަން ހުއްޓެވެ.

“އީޒީ އެއްނު!” އައިރާ މަލާމާތުގެ ހިނިތުންވުމަކާއެކު ނިދާފައިން މީހާއާއި ދިމާލަށް ބުންޏެވެ.

“ތޯރިގުގެ ސެކިއުރިޓީ ބަޖެޓު މިދިޔައީ ސީދާ މީނާގެ ޖީބަށް!”. ނާއިލްއަށް ހެވުނީ އައިރާ އެހެން ބުނެލުމުންނެވެ. އައިރާ ބަލައިލުމަށްފަހު ކަޅިއަޅައިގަތުމުން ކަރުކެހިލުމަށްފަހު ނުވާކަމަށް ނާއިލް ހެދިލިއެވެ.

ނާއިލް ވަރަށް ހުށިޔާރުކަމާއެކު އަރިމަތީ ދޮރުން އެތެރެއަށް ވަދެ، ކާޕެޓްމަތީގައި ހިނގައިގަތީ އޭނާގެ ހިޔަނިވެސް ނުވާނޭހާ ސިއްރުންނެވެ. ނިދާފައި އޮތް މީހާ ހޭލުމުގެ ކުރިން، ފަރުހާން ފަހަތުން އައިސް އޭނާގެ ވަރުގަދަ އަތުން އެމީހާގެ މޭގައި ބާރަށް ހިފެއްޓުމަށްފަހު، ކަނދުރާޔަށް އޭނާގެ އަތުގެ އަރިމަތިން ހޫނު ހަމަލާއެއް އަރުވައިލިއެވެ. އެވަގުތު އެމީހާ ވަރަށް މަޑުމަޑުން ނޭވާއެއް ދޫކޮށްލުމަށްފަހު ހޭނެތުނެވެ.

“ފަސޭހަ ގޮލައެއް ދޯ!”. ފަރުހާން ޒިޕް-ޓައި ބޭނުންކޮށްގެން އެމީހާގެ އަތް ބަންދުކުރަމުން ނާއިލްމެންނަށް ބުނެލިއެވެ.

އައިރާ އޭރު ހުރީ މައި ޓާމިނަލް ކައިރީގައެވެ. އޭނާގެ އަތުގެ އިނގިލިތައް ޓަޗްސްކްރީން މަތީގައި ވަރަށް ހަލުވިކަމާއެކު ހަރަކާތްތެރިވަމުން ދިޔައެވެ. އަދި އޭނާގެ ޖީބުން ނެގި “ބައިޕާސް ކީ” އެއް ބޭނުންކޮށްގެން ސިސްޓަމްގެ ސެކިއުރިޓީ ހުޅުވާލިއެވެ.

“ނާއިލް! ފޮށި ހުޅުވާލާފައި ސެޓެލައިޓް ޑްރައިވް އަހަންނަށް ދީ!” އައިރާ ބުންޏެވެ.

ނާއިލް އޭނާގެ އަތުގައި އޮތް ފޮށި ހުޅުވާލުމަށްފަހު، އޭގެ ތެރެއިން ރިހިކުލައިގެ ޑްރައިވްއެއް ނަގައި އައިރާއަށް ދިއްކޮށްލިއެވެ. އެވަގުތު ދެމީހުންގެ އަތް ޖެހުނު އިރު، ނާއިލް ސިހިފައި އޭނާގެ އަތް ދުރުކޮށްލިއެވެ. ބޭރުގައި އޮތް ވިއްސާރަ މޫސުމުގެ ސަބަބުން އައިރާގެ އަތް ހުރީ ވަރަށް ފިނިވެފައެވެ.

“ލެޓްސް ޑޫ ދިސް!” އައިރާ އެހެން ބުނުމަށްފަހު ޕެންޑްރައިވް ޓާމިނަލްގައި އިން ޔޫ.އެސް.ބީ ޕޯޓަށް ޖަހައިލިއެވެ.

ޓާމިނަލްގެ ސްކްރީން ދިއްލިގެން ދިޔުމާއެކު، އޭގައި ހުރި ސިއްރު ފައިލްތައް ވަގުތުން ޑައުންލޯޑުވާން ފެށިއެވެ. ޑޭޓާ ފޮނުވާ މިންވަރު ދައްކައިދޭ ބާރއެއް ސްކްރީނުން ފެނުނުއިރު، މީހުން ތިބި ތަންތަނުގެ ކޯޑިނޭޓްތަކާއި، ފައިސާގެ މުއާމަލާތްތަކުގެ ރެކޯޑުތަކާއި، އަދި ރާއްޖޭން ބޭރުގައި ހުރި ބޭންކު އެކައުންޓްތަކުގެ ނަންބަރުތައް ޔޮޓުގެ މައި ނެޓްވޯކަށް އެޅެން ފެށިއެވެ. އައިރާ އެ މައުލޫމާތުތަށް އެޅޭ ވަރަކަށް އޮޓޯއިން އެމް.އެން.ޑީ.އެފް އަށް އަދި ޕޮލިސްގެ އިތުރުން ރާއްޖޭގެ އެކި އިދާރާތަކަށް ފޮނުވާ ގޮތް ސިސްޓަމް ބޭނުންކޮށްގެން ހަދައިލިއެވެ.

[މޯލްޑިވްސް ނޭޝަނަލް ޑިފެންސަށް ޑޭޓާ ފޮނުވަނީ…]
[އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޑޭޓާ ފޮނުވަނީ…]

“ފިފްޓީ ޕަރސެންޓް ޑަން!” އައިރާ މަޑުމަޑުން ބުންޏެވެ. އޭނާ ހާސްވެފައި ހުރި މިންވަރު އޭނާގެ އަޑުން ހާމަވެގެން ދިޔައެވެ.

“ޕްލީޒް އަވަސް! އަވަސް!” އައިރާ ހާސްވެފައި ހުރެ ކިޔަމުން ދިޔައެވެ.

ކުއްލިއަކަށް، ތިރީ ފަންގިފިލާއިން ދަގަނޑު އެއްޗެއް ބިންމައްޗަށް ޖެހުނު ބާރު އަޑެއް އިވުނެވެ. އެއަށްފަހު، ސިޑިން މައްޗަށް މީހަކު އަރައިގެން އަންނަ ބަރު ފިޔަވަޅުތަކުގެ އަޑު އިވެން ފެށިއެވެ.
އަދި މުސްކުޅި އުމުރުގެ ފިރިހެނެއްގެ އަޑު ސިޑިގޮޅިން އިވުނެވެ.

“ރަފީގަކީ މޮޔައެއްކަން އަހަންނަށް ކުރިންވެސް އެނގޭ. އެކަމަކު އޭނާގެ މި ވަރުގެ މަސައްކަތެއް ކުރަން ކުޑަކުދިންތަކެއް ފޮނުވުމުން ވަރަށް ބޮޑަށް ކަޑަވެއްޖެ!”. އެ އަޑު ޖެހުމާއިއެކު ނާއިލްގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. އޭނާ އައިރާގެ ކުރިމައްޗަށް އަރައި، އޭނާގެ ހަށިގަނޑުން އައިރާ ނިވާކުރިއެވެ. އެވަގުތު ބްރިޖަށް އެރީ ދެވަނަ އެހެން މީހެއް ނޫނެވެ (ނުނިމޭ).

Share Article

ޝނކސ
Follow Me Written By

ޝނކސ

Level 110 Stories

Other Articles

Previous

ހިމޭން ހިތުގެ މިރާގު…

Previews
August 25, 2026

ހިމޭން ހިތުގެ މިރާގު…



All Right Reserved!