ހިތުގެ ވެރިޔާ 02
ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. ދިރިއުޅުމުގެ އެންމެ މުހިންމު އެއް މަރުޙަލާ ކަމުގައިވާ އޯލެވެލް އިމްތިހާން ބޯމަތިވެ، ކިޔެވުމުގެ ފިއްތުންތަކާ އެކު އަހަރެން އިމްތިހާނުގައި އިށީނީމެވެ. ނަމަވެސް، އަހަރެންގެ ދުނިޔެ އިނީ މުޅިން އެހެން މިސްރާބަކަށް ގޮސް ގެއްލިފައެވެ. ސިކުނޑީގައި ފޮތްތަކުގެ ފިލާވަޅުތަކަށްވުރެ ބޮޑަށް ބަދަލުވެފައިވަނީ މީހެއްގެ ސޫރައެވެ. މި ސަބަބާ ހުރެ ބައެއް ޓެސްޓްތަކަކީ އަހަރެންނަށް އިންތިހާއަށް އުނދަގޫ ޓެސްޓްތަކަކަށް ވެގެން ދިޔައެވެ
ކޮންމެ ފަހަރަކު އެ ސޫރަ ސިފަވާން ފެށުމުން، ހިތުގެ ތެޅުން އަވަސްވެ، ނޭވާލުމަށް އުނދަގޫވާހެން ހީވާ ފަހަރުވެސް އާދެއެވެ. މުޅި ހިތުގައި ރަސްކަން ކުރަމުންދަނީ އަހަރެން އެންމެ ހިތްކިޔާ ކުއްޖާގެ ނަމެވެ. އޭނާއާ މެދު ކުރެވޭ ފޮނި އުންމީދުތަކުގެ ސަބަބުން އިމްތިހާން ހޯލުގެ ތެރޭގައިވެސް އަހަރެން އިނީ މަސްތީ ދުނިޔެއަކަށް ގެއްލިފައެވެ.
އޯލެވެލް އިމްތިހާން ނިމިއްޖެއެވެ. އަހަރުމެންނާއެކު ކިޔަވަން އުޅުނު ހުރިހާ ކުދިން ފެންނަނީ ނުހަނު އުފަލުން އުޅޭތަނެވެ. އެކި ކުދިން ސަކަރާތްޖެހުމާއި، ތަފާތު ކަންކަމުގައި މަޝްއޫލުވެ އުޅުނުއިރު، އަހަރެންގެ ލޯ ހޯދަމުންދިޔައީ އެންމެ މީހެކެވެ. ކުއްލިއަކަށް އެ ތަނުން އަހަރެން އެންމެ ހިތްކިޔާ ކުއްޖާ، މައު ފެނިގެން ދިޔައެވެ.
“ހެލޯ މައު… ކިހިނެއްތަ؟” އަހަންނަށް ބުނެވުނީ އެހިސާބަށެވެ. މުޅި ކަރު ބެދުނު ކަހަލައެވެ. ލަދުގަނެ، ރަކިވި ވަރުން ހަށިގަނޑުގެ ލޭ ދައުރުވުން އަވަސްވިކަން އިހުސާސް ކުރެވުނެވެ.
One Comment
Comments are closed.


Vrh reethi. Ekam thankolheh dhigukoh genes dheebala. Mivarun hiiyy thelhun noon kameh nuveyy….