ހިތުގެ މަގުތައް-6
އެރޭ ޒައިން ގެއަށް ވަތްއިރު ސިޓިންގްރޫމްގެ ބޮޑު ސޯފާގައި އޭނާގެ ބައްޕަ، ޤާސިމް އިނީ ލެޕްޓޮޕުން މަސައްކަތެއްގައެވެ. ކޮލެޖުގައި އަފްލާޒް ދިން ހިތްވަރާއި ނަސޭހަތް ހަނދާންކުރަމުން ޒައިން ފުން ނޭވާއެއްލިއެވެ. އޭނާގެ ހިތް ބާރަށް ތަޅެމުންދިޔަ ނަމަވެސް، ޝައިހާގެ ލޯބީގެ ހައްގުގައި މިއަދު ހިތްވަރުކުރަން އޭނާއަށް މަޖުބޫރެވެ.
“ބައްޕާ… ވާހަކައެއް ދައްކާލެވިދާނެތަ؟” ޒައިން މަޑުމަޑުން ގޮސް ބައްޕަގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ.
ޤާސިމް ލެޕްޓޮޕް ލައްޕާލުމަށްފަހު އައިނު ނަގާ މޭޒުމަތީގައި ބޭއްވިއެވެ. “އާނ ޒައިން. ސިންގަޕޫރު ދަތުރުގެ ކަންތަކާ ދޯ؟ ބައްޕަ މިހާރު ޓިކެޓާއި ކޮލެޖުގެ ކަންތައްތައް ބަލަން މި އިނީ.”
“ބައްޕާ… އަހަރެން ސިންގަޕޫރަށް ދާކަށް ބޭނުމެއް ނޫން،” ޒައިން ސީދާ ބައްޕަގެ ދެލޮލަށް ބަލަން ހުރެ ބުންޏެވެ. “އަހަރެން ބޭނުމީ މިކޮޅުން ކިޔެވުން ނިންމަން. މިހާރު ކިޔަވަމުންދާ ކޯސް މެދުކަނޑާލާފައި ދިއުމުން އަހަރެންގެ ކިޔެވުމަށް ބޮޑު ގެއްލުމެއް ވާނެ. ބައްޕަގެ ވިޔަފާރިއަށް އެހީވާން އަހަރެން ތައްޔާރު، އެކަމަކު މިކޮޅުން ޑިގްރީ ނިންމާފަ.”
ޤާސިމްގެ މޫނުމަތިން ނުރުހުންތެރިކަން ފާޅުވިއެވެ. “ޒައިން! މިއީ ޒައިންގެ މުސްތަޤްބަލަށްޓަކައި ބައްޕަ ނިންމި ގޮތެއް. އެކޮޅުން މިއަށްވުރެ މާ ރަނގަޅު ފުރުސަތުތައް ލިބޭނެ. ކޮންމެހެން މި ކުޑަކުޑަ މާލޭގައި ބަނދެވިފައި ހުންނާނެ ކަމެއް ނެތް.”
“ބައްޕާ، މިއީ ހަމައެކަނި ކިޔެވުމުގެ ކަމެއް ނޫން،” ޒައިންގެ އަޑުގައި މިފަހަރު ޖެހިލުންވުމެއް ނެތެވެ. “އަހަރެން މިކޮޅުގައި ވަރަށް ލޯބިވާ ކުއްޖަކު އެބަހުރި. އަހަރެން ބޭނުންވަނީ އޭނާއާއެކު ދިރިއުޅުމެއް ފަށަން. އޭނާ ދޫކޮށްލާފައި އަހަރެންނަކަށް ނުދެވޭނެ.”
ޒައިންގެ ޖުމްލައިން ޤާސިމް މުޅިން ހިމޭންވިއެވެ. އޭނާ ޒައިންއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. ބައްޕަ ރުޅިއައިސްގެން ހަޅޭއްލަވައިގަންނާނެ ކަމަށް ޒައިން ހީކުރި ނަމަވެސް، ބައްޕަ ފުން ނޭވާއެއްލިއެވެ. “ކޮން ކުއްޖެއް؟” ޤާސިމް މަޑުމައިތިރިކަމާއެކު އަހައިލިއެވެ.
“ޝައިހާ. އެއީ ވަރަށް އަޚުލާޤު ރަނގަޅު، ކިޔަވަން މޮޅު ކުއްޖެއް. ބައްޕައަށްވެސް އެނގޭނެ،” ޒައިން އުންމީދުން ފުރިގެންވީ އަޑަކުން ބުންޏެވެ.
ޤާސިމް އިރުކޮޅަކު ވިސްނާލުމަށްފަހު ބުންޏެވެ. “ބައްޕަ ބޭނުމެއް ނޫން ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުގެ އުފާވެރިކަން ފޭރިގަންނާކަށް. އެކަމަކު ވިޔަފާރީގެ ކަންތައްތަކަކީވެސް މަޑުޖެއްސޭނެ ކަންކަމެއް ނޫން. އަހަރެން ދަރިފުޅަށް މި ސެމިސްޓާ ނިމެންދެން ވަގުތު ދޭނަން. އޭގެ ފަހުން އެންމެން އެކުގައި މިކަމާ ގޮތެއް ނިންމާނީ. އަދި ބައްޕަ ބޭނުން ޝައިހާއާ ބައްދަލުކޮށްލަންވެސް.” ބައްޕަގެ މި ނިންމުމުން ޒައިންގެ ހިތުން ބޮޑު ބުރައެއް ލުއިވެގެންދިޔައެވެ.
ޖެހިގެން އައި ދުވަހު ކޮލެޖުގެ ކެންޓީނުގައި ހަ މީހުން އެކުގައި ތިއްބެވެ. ޔައިޝް އާއި ލިޔުޝާ އާދައިގެމަތިން ކައިރީގައި ތިބިއިރު، އެމީހުންގެ މެދުގައިވާ ނުތަނަވަސްކަން ކުޑަވެ، އަލުން ހިނިތުންވުންތައް ފެންނަން ފަށައިފިއެވެ. އަފްލާޒް އާއި ޔަޝްމީ ތިބީ އުފާވެރިކަމާއެކު އެމީހުންގެ ލޯބީގެ ދުނިޔޭގައެވެ.
ޒައިން އައިސް މޭޒުމަތީގައި އަތުން ޖަހާލަމުން ހީލިއެވެ. “އެންމެންނަށް ސަޕްރައިޒެއް! ބައްޕަ އެއްބަސްވެއްޖެ އަހަރެން މިކޮޅުގައި މަޑުކުރަން!”
އެ ބަސްތައް އިވުމާއެކު ޝައިހާ އުފަލުން ފޮޅުނެވެ. “ތީ ތެދެއްތަ ޒައިން؟” އޭނާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ހިލިގަތެވެ.
“އާނ ޝައި! އެކަމަކު ބައްޕަ ބޭނުންވޭ ޝައިއާ ބައްދަލުކުރަން،” ޒައިން އެއްލޯ މަރާލަމުން ބުންޏެވެ. ޝައިހާ ކުޑަކޮށް ޖެހިލުންވި ނަމަވެސް، ޒައިން އޭނާގެ އަތުގައި ހިފާލަމުން ހިތްވަރުދިނެވެ.
މި ހަ އެކުވެރިންގެ ހަޔާތަށް އައި ތޫފާންތަކަށްފަހު، މިއަދު ފުރަތަމަ ފަހަރަށް އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހަގީގީ އުފާވެރިކަމެވެ. އެކި ކަހަލަ ހުރަސްތަކާއި، ކުށްހީތަކާއި، ހިތްދަތިކަމަށްފަހު އެމީހުންގެ ލޯބީގެ މަގުތައް އަލިވާން ފަށައިފިއެވެ.
ކޮލެޖު ނިމިގެން އެންމެން ގެއަށް ދާން އުޅުނު ވަގުތެވެ. ކޮލެޖުގެ މައި ގޭޓުން އެތެރެއަށް ވަދެގެން އައި ނުދަންނަ އަންހެން ކުއްޖަކު ހަ މީހުން ތިބި ދިމާއަށް މިސްރާބުޖެހިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސީދާ ޔައިޝް އަށެވެ.
“ޔައިޝް…” އެ ކުއްޖާ އައިސް ޔައިޝްގެ ކުރިމަތީގައި ހުއްޓުނެވެ. އޭނާގެ ދެލޮލުން ކަރުނަ ފައިބަމުންދިޔައެވެ. “ކީއްވެ އަހަރެން ގުޅީމަ ފޯނު ނުނަގަނީ؟ އަހަރެން މިއައީ ޔައިޝް ހޯދަން ރަށުން މާލެއަށް.”
އެ ކުއްޖާ ފެނުމާއެކު ޔައިޝްގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވެގެންދިޔައެވެ. ކައިރީގައި ހުރި ލިޔުޝާގެ ހިނިތުންވުން ވަގުތުން ފިލައިގެންދިޔައެވެ.
ނުނިމޭ!
7 Comments!
Comments are closed.


VARah reethi
Thank youuu sm dear 💕
Hiii saba
Mi vhk v reethi MA
Alhey but liu ar yaish ar vakinukurahchey
They ar so cute
I’m so curious
Who’s that gurrl
CW4THENEXTP
Tc
Heyy sheez
Happy to know that you enjoyed 🥰
Let’s see dhw kihineh thw vany
Yhh they are sooo cuteee 😘
Umm let’s see who is that girl 👀
Maa bodah curious kohlaafa dhw mi ninmaalevuny stay stuned for the next part
U also tc dear 💗
Vvv rythi mi part vess MA💗✨
Curiously waiting for the next part
Whn nxt
Lysm and Tc 💓✨
Happy to know that you enjoyed 🥰
Next part soon IA stay tuned
Lym u also tc 🫀💌
yaish pmo so much if he really loved liusha he wouldnt have fallen for yashmee in the first place and i hate how hes given a chance easily when he emotionally cheated on his gf my girl liusha deserves better