Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު މަ ކުރީމޭ-1

Zidu
Zidu Level 110 Stories
July 29, 2026 4 Mins Read
4 Comments

ސްކޫލު ނިމިގެން ކުދިން ނިކުން ގަޑި އެވެ. ކުދިން ގުރޫޕު ހަދައިފައި ގެއާއި ދިމާލައް މިސްރާބު ޖެހި އެވެ. އަމްޝާ އާއި އައިމަން ދިޔައީ އެކުގައެވެ. މީ އެދެކުދިންގެ އާދައެކެވެ.

“އައިމަން. އަހަރެން ދިން ޗޮކޮލެޓް އަމްޝާ އަށް ދިނީ ކީއްވެތަ؟ އެއީ އަހަރެން އައިމަން އަށް ދިން އެއްޗެއް.” އައިމަން އާއި އެއްވަރު ކުރަމުން އުސްރާ ބުންޏެވެ.

“އައިމަން އެށް ނުކާނެ އުސްރާ ދެ އެއްޗެއް.” އަމްޝާ މަލާމަތުގެ ރާގަކަށް ބުންޏެވެ.

“އަހަރެން އަމްޝާ އަކާ ވާހަކަ އެއް ނުދައްކަން. އަހަރެން މިވާހަކަ ދެއްކި އަހަރެންގެ އައިމަން އަށް.” އުސްރާ ތުއިވެލައިފައި ބުންޏެވެ.

“އުސްރާ ކައިރީ މަ ކިތަށް ފަހަރު ބުނެފިން މަގޭ ފަހަތުން ނޫޅޭށޭ. މަށަށް ކަމުދާ އެހެން ކުއްޖެއް ހުރެއޭ.” އައިމަން ހިތްހަމަނުޖެހިފައި ބުންޏެވެ.

“ދެން އޭގެ މާނަ އެއް ނޫނެއްނު އަހަރެން މަސައްކަތް ވެސް ނުކުރާށޭ. ކޮންމެވެސް ދުވަހަކުން އައިމަން އަހަރެންނާއި ދިމާލަށް ބަލާލަފާނެއްނު.” އުސްރާ ހިނިތުންވެލަމުން ބުންޏެވެ.

“އުސްރާ. ތިޔަ ހުވަފެން ބެލުން ހުއްޓާލާ. އަހަރެން ދުވަހަކު ވެސް އުސްރާ އާއި ދިމާލަކަށް ބަލައެއް ނުލާނަން. އަހަރެން ހަމަ އެކި ބޭނުންވާނީ އަހަރެންނަށް ކަމުދާ ކުއްޖާ.” އައިމަން ބުންޏެވެ.

“އެކުއްޖާ އަށް އައިމަން ކަމުނުގޮސްފާނެއްނު. މީހުން ބުނެއެށްނު ތިމާ ލޯބިވާ މީހާއަށް ވުރެ ތިމާ ދެކެ ލޯބިވާ މީހެކޭ ރަނގަޅުވާނީ. އަހަރެން އައިމަން ދެކެ ވަރަށް ލޯބިވޭ.” އުސްރާ އުންމީދާއި އެކު ބުންޏެވެ.

“ދެން ތިވާހަކަ ދައްކަން މަގޭ ކައިރިއަށް ނާންނާތި.” އައިމަން ހިނގައިގަތެވެ.

“ހޫން. ދެންދޭ އަމްޝާ އާއި އެއްކޮށް. އޭނަ އެއްދުވަހަކުން ކަލޭ ދޫކޮށްލާނެ. އެއީ މުއްސަނދިންގެ ގޮތަކީ.” އުސްރާ ދެބުމަ ގޮށް ޖަހާލަމުން ބުންޏެވެ.

އައިމަން ގާތަށް ރުޅި އައެވެ. ނަމަވެސް އޭނާ ބަހެއް ނުބުނެ އުސްރާ އަށް އައު ހިތްވަރެއް ލިބިދާނެތީ އެވެ. އަމްޝާ އާއި ބެހޭ ގޮތުން ގޯސް ވާހަކައެއް އަޑުއަހާކަށް އޭނާ ބޭނުމެއް ނޫނެވެ. އަމްޝާ އަކީ އޭނާގެ އެންމެ ގާތް އެކުވެރިންގެ އިތުރުން އޭނާގެ ހިތުގެ ރާނީ ވެސް މެއެވެ. އެކަމެއް އަމްޝާ އަކަށް ނޭނގޭނެއެވެ.

“މި އުސްރާ ގަނޑުގެ ކޮންމެ ދުވަހަކު އުނދަގޫ ކުރަން އަންނާނެ. ވަރަށް ފޫހިވޭ.” އަމްޝާ ތުންދަމާލަމުން ބުންޏެވެ.

“އާނ. ދުވަހަކު ބުނާ އަޑު ނާހާނެ.” އައިމަން އެއްބަސް ވިއެވެ.

“އައިމަން ކޮންދިވަހަކުންތަ އައިމަންގެ ކްރަޝްގެ ނަން ބުނާނީ؟”

“ހަމަޖެހިބަލަ. ބުނާނަމޭ.” އައިމަންގެ ހިތް އަވަސްވިއެވެ.

“ހަމަ އަހާލާރަށް ބުނާނެ އެހެން. އަހަރެންމީ އައިމަންގެ ބެސްޓް ފްރެންޑްއޭ.”

“ބެސްޓް ފްރެންޑް ކައިރީގަ ވެސް ނުބުނެވޭ ވާހަކަތައް ހުންނާނެއްނު.” އައިމަން ސަމާސާ ރާގަކަށް ބުންޏެވެ.

“ރީއްޗަށް ބުނެބަލަ އަހަރެންނަށް ޓްރަސްޓް ނުކުރަނީއޭ.”

“އަހަރެން އަމްޝާ އަކަށް ޓްރަސްޓް އެއް ނުކުރަން.” އައިމަން ހޭންފެށި އެވެ. އަމްޝާ ގާތަށް ރުޅި އައެވެ.

“ހެވޭ ދެން ނުބުންޏަސް. އަހަރެން އެނގޭކަށް ބޭނުމެއް ނޫން.” އަމްޝާ ހިނގުން ބާރުކޮއްލި އެވެ.

“ހަވީރު ފަހެއް ޖަހާއިރު ބީޗް އަށް. ބުނާނަން.” އައިމަން ހެމުން ބުންޏެވެ.

“ނުދާނަން.” އަމްޝާ ބުންޏެވެ. އައިމަން ގާތަށް އިތުރަށް ހިނިއައެވެ.

ހަވީރުގެ ވަގުތެވެ. އައިމަން އިނީ ހޭޅިފަށުގައި އަމްޝާގެ އިންތިޒާރުގަ އެވެ. އަމްޝާ އަންނާނެކަން އޭނާ އަށް އެނގެއެވެ. އައިމަންގެ ހިތް ވަނީ އަވަސްވެފައެވެ. އެތަށް ދުވަހަކަށް ފަހު މިއަދު އޭނާ އެއުޅެނީ އޭނާގެ ހިތުގައިވާ ޖަޒުބާތުތައް އަމްޝާ އަށް ކިޔައިދޭށެވެ.

މާކަށް ގިނާއިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. އަމްޝާ އައެވެ. އަމްޝާ ލައިގެން ހުރި މަޑު ފިޔާތޮށިކުލައިގެ ކަކުލާއި ހަމައަށް އަރާ ހެދުމުގައި އޭނާ ވަރަށް ރީޗެވެ. އޭނާގެ ރާޅުބާނީ އިސްތަށިގަނޑު ވަނީ މިނިވަންކަމާއި އެކު ނަށަން ދޫކޮއްލެވިފަ އެވެ. އައިމަން ހުރީ އެސްފިޔަ ޖަހާލަން ވެސް ހަނދާންނެތިފަ އެވެ.

“ހިމް. ދެން ކިޔާބަލަ. މިހިރީ އައިސް.” އަމްޝާ ރުޅި އައިސްފައި ކަމަަށް ހެދިފައި ބުންޏެވެ.

“ހާދަ ރުޅިއައިސްފަ. ތަންކޮޅެއް ލޯބިން ބުންޏަސް ރަނގަޅުވާނެ.” އައިމަން ސަމާސާ ކޮއްލި އެވެ.

“ނުބުނަންޏާ އަހަރެން މިދަނީ. މަގޭ ވަގުތު ބޭކާރު ކުރަން އައިމަން ތިއުޅެނީ.”

“ހާދަ އަވަހަކަށް ކޮންތާކަށް ނުދެވިގެން؟ އަމްޝާ ދާނީ ވެސް ވަކި ކޮންތާކަށް؟ ހަމަޖެހިބަލަ.” އައިމަން އަދި ވެސް ހުރީ ސަމާސާ ކުރާހިތުންނެވެ.

“ދެން އަޅެ އައިމަން. ބުނެބަލަ. މަގޭ ކެތްތެރިކަން ކޮޅުން ލައިފި.” އަމްޝާ އާދޭހުގެ ރާގަކަށް ބުންޏެވެ.

“އަމްޝާ ރުޅި އައިސްދާނެ.” އައިމަން ދުރު ބަލައިލި އެވެ.

“އުސްރާ ދޯ. އުސްރާ ވެއްޖެއްޔާ ދެން މަށާ ވާހަކަ ނުދައްކާތި.” އަމްޝާ ދާން ހިނގައިގަތެވެ. އައިމަން ހެމުން އަމްޝާގެ އަތުގައި ހިފެހެއްޓި އެވެ.

“މަޑުކޮއްބަލަ. އަދި ނުވެސް ބުނެވިގެނެއްނު މިއުޅެނީ. އަމްޝާ އުސްރާ ދެކެ ފޫހިވާ ވަރަށް މަ ވެސް އުސްރާ ދެކެ ފޫހިވެއޭ.”

“ދެން އެހެންވީ އިރު އަވަހަށް ބުނެބަލަ.” ކެތްތެރިކަން ކުޑަވެފައި އަމްޝާ ބުންޏެވެ.

“ރުޅި ނާންނާތި. މަ ވާހަކަ ދައްކާ ނިމެންދެން އަޑުއަހަން ހުންނާތި.”

“ހިމް. ދެން އަވަހަށް ބުނެބަލަ.” އަމްޝާ ބުންޏެވެ. އައިމަން މަޑުމަޑުން އަމްޝާ އަށް ފުރަގަސްދީ މޫދާއި ދިމާލަށް ބަލައިލި އެވެ.

“ވަރަށް ކޮލޯޒް ކުއްޖެއް. މަ އެކުއްޖާ ދެކެ ލައިކްވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ. އަހަރުތަކެއް ވެއްޖެ. އެކުއްޖާ މަ ދެކެ ރުޅި އައިސްގެން މަ ދޫކޮއްލާފަ ގޮސްދާނެތީ ބިރުން ބުނަން ވެސް ނުކެރެނީ.”

“ހިމް. ހިމް. އޯކޭ އޭ. ލޯބީގަ ދީވާނާ ވެފައިވާ މީހެއް ފަދައިން އަރަތްތައް ނުކިޔާ އަވަހަށް އެކުއްޖާގެ ނަން ބުނެބަލަ.” އަމްޝާ ބޮލަށް އުނދަގޫވެފައި ބުންޏެވެ.

“މަ ބުނީ އަޑު އަހަން ހުންނާށޭ.” އައިމަން އެހުރިގޮތަށް ހުރެ ބުންޏެވެ.

“އަޑުއަހަން ހުރެވޭތަ؟ އައިމަން ލައިލާ ގެއްލިގެން އުޅޭ މަޖުނޫން އެއްހެން ވާހަކަ ދައްކަންޏާ.” އަމްޝާ ހޭންފެށިއެވެ.

“އަމްޝާ. އަހަރެން އަމްޝާ ދެކެ ވަރަށް ލޯބިވޭ. އަމްޝާ ބޭނުމިއްޔާ މާ ދެކެ ރުޅިއާދޭ. ހަޅޭލަވާ. އެއްޗެހިކިޔާ. މަ ދޫކޮއްލައިފަ ދޭ. ކޮންމެ ގޮތެއް ވެސް ވަރިހަމަ.” އައިމަން ދެލޯ މަރާ ބާރު ކޮއްލަމުން ބުންޏެވެ.

އެތަށް އިރެން ވީއިރު ވެސް އަމްޝާ އެއްވެސް އެއްޗެކޭ ނުބުނެ އެވެ. އައިމަން ހީކުރީ އަމްޝާ ދިޔައީ ކަމަށެވެ. މަޑުމަޑުން ފަސްއެނބުރި ބަލައިލި އެވެ.

“މިހާ ގިނަ ދުވަސްވީއިރު ވެސް ތިހުންނަނީ ނުބުނަން.” އައިމަން ބަލައިލުމުން އަމްޝާ ވާހަކަ ދެއްކި އެވެ. އޭރު އޭނާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ.

“އަމްޝާ ރުޅި އައިސްފާނެ…”

“އައިމަން އަށް އެނގޭތަ އައިމަން ލޯބިވާ ކުއްޖެއް ހުރެއޭ ބުނާ ކޮންމެ ފަހަރަކު އަހަރެންނަށް ވާގޮތް. އަހަރެންގެ ހިތް ކުދިކުދިވޭ. މިައުދު ވެސް އަހަރެން ހުރީ ހާދަ ބިރުންނޭ.” ކަރުނައިގެ ތެރެއިން އަމްޝާ ވާހަކަ ދެއްކިއެވެ.

“ކޮންކަމަކާ؟”

“އައިމަން އެހެން އަންހެން ކުއްޖެއްގެ ނަން ބުނެފާނެތީ. އަހަރެން ވެސް އައިމަން ދެކެ ވަރަށް ލޯބިވޭ.”

އައިމަން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އަމްޝާގެ އަތުގައި ހިފައިލި އެވެ.

“ސޮރީ. އަމްޝާ ގެއްލިދާނެތީ ބިރުން…ބުނަން ނުކެރުނީ. އަހަރެންނަކަށް ނޭނގެ އަމްޝާ އަހަރެން ދެކެ ލޯބިވާ ކަމެއް.”

“އިޓްސް އޯކޭ. އައިމަން ކިހާދުވަކު އަހަރެން ތަޅުވާފި. ހާދަލަހަކުންނޭ ތިބުނީ. ދުވަސް ކޮޅަކުން އަހަރެމެން ސްކޫލް ނިމޭނެ. ދެން ދެމީހުން ޖެހޭނީ ދެ ތަނަކަށް ދާން. އަހަރެން ބޭނުމެއްނޫން އައިމަން އާއި ދުރުގަ އުޅޭކަށް.”

“އަހަރެން ވެސް ބޭނުމެއްނޫން އަމްޝާ އާއި ދުރުގަ އުޅޭކަށް. އިންޝާ ﷲ ހުރިހާ ކަމެއް ވެސް ވަނީ ރަނގަޅަށް. އަމްޝާ އަބަދުވެސް ހަނދާން ކުރާތި ދުރުގައި ހުއްޓަސް ކައިރީގައި ހުއްޓަސް އަހަރެން އަބަދުވެސް ލޯބި ވަނީ އަމްޝާ ދެކެ.”

އެދެކުދިން އަތިރިމަތީގައި ތިބެ އެތަށް ވާހަކަ އެއް ދެއްކި އެވެ. އިރުއޮއްސެން ކައިރި ވުމުން ދެކުދިން ވެސް ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

“އެއްކަލަ އައިމަން އާއި އެއްކޮށް ގޮއްސަ ދޯ ތިއައީ؟” އަމްޝާ އަށް ގެއަށް ވަދެވުމާއި އެކު ހުސްނާ އަހައިލި އެވެ.

“ހިމް. އައިމަން އާއި އެކު ދިޔައީ. ކިހިނެއްވީ؟” އަމްޝާ ފޫހި ގޮތަކަށް ބުންޏެވެ.

“އަމްޝާ ކައިރީ ކިތަށް ފަހަރު ބުނާނީ އައިމަން އާއި އެކު ނޫޅޭށޭ. އެއީ އަހަރެމެންގެ ފެންވަރަށް ވުރެ މާ ދައް ބައެއް.” ހުސްނާ ވިސްނައިދޭ ރާގެއްގައި ބުންޏެވެ.

“ދެން ކޮބާތަ މައްސަލައެއް؟ އައިމަން އަކީ ވަރަށް ރަނގަޅު ކުއްޖެކޭ. އަހަރެންގެ ވަރަށް ކްލޯޒް ފްރެންޑް އެއް.” އަމްޝާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.

“އަމްޝާ އަކަށް ނުވިސްނޭނެ. އަމްޝާ އަދި މާ ކުޑަ. އެކަހަލަ ފަގީރުން އަބަދުވެސް އުޅޭނީ މުއްސަދިންގެ ފައިސާ އަށް ދަހިވެތި ވެގެން.”

“ކޮންމެ މީހަކު އެއްގޮތެއް ނުވާނެ.”

“ކޮންމެ ފަގީރަކު ވެސް ހަމަ އެއްގޮތް ވާނީ. އަމްޝާ އަށް ވެސް އަދި ފަހުން އެކަން ވިސްނޭނެ.”

“މަންމާ. އައިމަން ނޫޅެއޭ އަހަރެމެންގެ މުއްސަނދިކަމުގެ ފަހަތުންނެއް.”

“ކިހިނެއް މިވަނީ؟” އުމަރު ގެއަށް ވަންނަމުން އެހިއެވެ.

“ކަމެއްނުވޭ. އަޅުގަނޑު މިދަނީ ނަމާދު ކުރަން.” މިހެން ބުނެފައި އަމްޝާ އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ.

“ހާދަ އުފާވެފަ. ކިހިނެއްވީ؟” އައިމަންގެ މޫނުމަތިން އެންމެ ހިނދުކޮޅަކަށް ވެސް ހިނިތުންވުން ނުފިލާކަން ފާހަގަވެ އައިޝާ އަހައިލިއެވެ.

“މަންމާ. އަހަރެން މިހުރީ މިރޭ ވަރަށް އުފާވެފަ.” އައިމަންގެ ހިނިތުންވުން ފުޅާވިއެވެ.

“އަނެއްކާ ކިހިނެއްބާވީ؟ މަންމަ ކައިރި އަކު ނުބުނާނަންތަ؟” ސަމާސާ ރާގެއްގައި އައިޝާ ބުންޏެވެ.

“މަންމަ ކައިރީ ނުބުނެ އަހަރެން ކިހިނެއް އުޅޭނީ؟ މަންމަ ހަނދާންވޭތަ އަމްޝާ؟”

“އާނ. އެއީ ވަރަށް ރަނގަޅު ކުއްޖެއް. ދަރިފުޅަށް ވަރަށް ކަމުދާ ވެސް ކުއްޖެއްނު.”

“ހަހަ…އާނ. އަހަރެން މިއަދު އަމްޝާ ކައިރީ ބުނެފިން.”

“އެހެންތަ؟ ދެން ކިހިނެއްތަވީ؟ އަމްޝާ ކީކޭތަ ބުނީ؟” އައިޝާ ކުރަން ހުރި މަސައްކަތް ބަހައްޓާފައި އައިސް އައިމަން ކައިރީ އިށީނެވެ.

“މަންމަ އަށް ހީވަނީ ކިހިނެއް؟”

“ދަރިފުޅު ތިހާ އުފާވެފަ ހުރީމަ މަންމަ އަށް ހީވަނީ އަމްޝާ އަށް ވެސް ދަރިފުޅު ކަމުދާހެން.”

“އާނ. އަމްޝާ އަށް ވެސް އަހަރެން ވަރަށް ކަމުދޭ. އަހަރެން ގޮތަށް އަމްޝާ އަށް ވެސް ބުނަން ނުކެރިފަ ހުރީ.”

“ދަރިފުޅަށް ޓަކައި މަންމަ ވަރަށް އުފާ ކުރަން. އެކަމަކު…ދަރިފުޅު ހަނދާންނައްތައި ނުލާތި އަމްޝާގެ އާއިލާ އެއީ ކޮންކަހަލަ އާއިލާ އެއްކަން.” ވިސްނައިދޭ ރާގެއްގައި އައިޝާ ބުންޏެވެ.

-ނުނިމޭ-

Share Article

Zidu
Follow Me Written By

Zidu

Level 110 Stories

Other Articles

Previous

އަނދިރި ދުނިޔޭގެ ރަސްގެފާނު – 5

Next

ދުރުވާން ޖެހުނަސް 3

Next
July 29, 2026

ދުރުވާން ޖެހުނަސް 3

Previews
July 29, 2026

އަނދިރި ދުނިޔޭގެ ރަސްގެފާނު – 5

4 Comments!

  1. Anonymous says:
    July 29, 2026 at 8:29 pm

    woww loved the first part….vrh heevay reethi ending eh annaane hen hehe…ashma and aiman so cute…when nextt…?

    1. Zidu Zidu says:
      July 29, 2026 at 9:47 pm

      Thank you 😊
      I hope you will love the whole story
      I will try to upload next part soon

  2. amir says:
    July 29, 2026 at 9:53 pm

    Varah varah reethi

    1. Zidu Zidu says:
      July 29, 2026 at 9:57 pm

      Thank you 😊

Comments are closed.



All Right Reserved!