
ހިމޭން 23

“ދެން ފޯނު ނަގާބަލަ!. ޕްލީޒް މިންހާ!… އަހަރެން މި ހުރީނު… ބުނަން އުޅޭ އެއްޗެއް އަޑު އަހާލަން ވެސް ތި ނަގާބަލަ.” އިނާޔާ ހިއްވަރު ދިނުމުގެ ސަބަބުން މިންހާ ފޯނު ނެގުމަށް ފަހު ސްޕީކަރަށް ލަމުން މޭޒު މަތީ ފޯނު ބޭއްވިއެވެ. އޭރު މިންހާ އިނީ ދެ ލޯ މަރާ ތަގުޅި ކޮށްގެނެވެ.
“ހަލޯ.. ކޮބާ މިންހާ..! އޭނަ އަތަށް ފޯނު ދީ..” އަމީލުގެ އަޑުގައި ވަނީ އަވަސް އަރުވާލާފައި ހާސްކަމެއްގެ އަސަރެވެ.
“މި… މިންހާ ވާ…ވާހަކަ ދައްކަނީ.” އަޑު ތުރުތުރު އަޅައަޅާއިން މިންހާ ބުނެލީ ޖެހިލުން ވެފައި އިނދެއެވެ.
“ކަލޭ ކީއް ކޮށްގެން ތިއުޅެނީ؟ ކީކޭ ހިތަށް އަރައިން ތި އުޅެނީ؟ މަށަށް ކޯޓަށް ކީމަ ކަލޭ ހީކުރީތަ ކަލޭ ވަރިވާނެ ކަމަށް؟ ހާދަ ގަދަ ވެލައިންނޭ ދޯ މިހާރު ތި އުޅެނީ…” ރުޅިއައިސްގެން ހުރެ އަމީލު ބުންޏެވެ.
*********
“އަހަ…އަހަރ..” ބިރުން އިން ވަރުން މިންހާއަށް ބުނެވުނެވެ.
“ކޮން އަހަރެންނެއް ކިޔާކަށް. ވީހާ އަވަހަކަށް ރަށަށް އާދޭ.. މުޅި ރަށުގަ މިހާރު އެ ވާހަކަ.” އަމީލު ރުޅި އައިސްގެން ފޯނު ކަނޑާލިއެވެ.
މިންހާއަށް ވަގުތުން ރޮވުނެވެ. މާލެ އައި ފަހުން ހިނދުކޮޅަކަށް ލިބުނު ހަމަޖެހުން އަނެއްކާ ވެސް ހަމަނުޖެހުމައް ބަދަލު ވީއެވެ. މާލޭގެ ވެށީގައި އަމާން ކަމާއި އެކު އުޅެލަން ލިބުނު ދުވަސްތައް ވޭތުވެ ގޮސް ބިރުވެރި ކަމާއި ނާމާން ކަމުގެ ތެރެއަށް ދަތުރު ކުރަން ޖެހުނީއެވެ. މާޒީގެ އެ ވިސްނުން ތަކާއި ޚިޔާލުތައް އަނެއްކާ ވެސް މިންހާގެ ސިކުނޑިއަށް ތުރާ ކުރަމުން ދާން ފެށިއެވެ.
“ހުއްޓާލާ..! އަމީލު ކޮންމެ އެއްޗެއް ކިޔަސް… މިންހާ ބިރު ގަންނާނެ ކަމެއް ނެތް. ރަށަށް ގޮސް މިންހާ މިނިވަން ވީމަ ދެން އޭނައަށް ކުރެވޭނެ ކަމެއް ނޯންނާނެ.” އިނާޔާ ވާހަކަ ދައްކަމުން ދިޔައެވެ.
“އެ… އެކަމު އަހަރެންގެ ދަރިންނޯ؟ ދެން އޭނަ ކި… ކިހިނެއް އެ ކުދިންނަށް ހަދާނީ..؟ އެއީ އަހަރެން ހާދަ ލޯބިވާ ދެ ކުދިންނޭ.!” މިންހާ ގިސްލަ ގިސްލާފައި ވާހަކަ ދައްކަމުން ދިޔައެވެ.
“ކުދިން ލޯބިވާނީ މިންހާ ދެކެ.. އަމީލު އެ ކުދިންނަށް އަަޅާނުލާތީ އެކުދިން އަމީލު ގާތަކަށް ނުދާނެ. ކުދިން އަބަދު ވެސް ބޭނުން ވާނީ ކުދިން ދެކެ ލޯބިވާ… ކުދިންނަށް އަޅާލާ މީހާ..” އިނާޔާގެ އެ ވާހަކަތަކަށް ނަޝާޔާ ވަރަށް ފުންކޮށް ވިސްނަމުން ދިޔައެވެ.
މިންހާ ގާތުގައި އިނދެ އިނާޔާ ހިއްވަރު ދެމުން ދިޔައިރު ނަޝާޔާ އިނީ ބަލާށެވެ. އެ ކުޑަކުޑަ މޫނުގައި ވަނީ މައުސޫމު ކަމާއި ނުތަނަވަސް ކަމުގެ އިންތިހާއެވެ. އޭނާގެ ކުރިމަތީގައި އެފަދަ ހިތްދަތި ގޮތަކަށް ބޮޑު މީހަކު ރޮމުން ދާތަން ފެނުމަކީ އެކުޑަ ކުއްޖާގެ ފުރަތަމަ ތަޖުރިބާ ވެސް މެއެވެ.
“އަހަރެންގެ ކުދިން ނުލާ އަހަރެން ދުވަހަކު ވެސް މި ނޫނިއްޔާ ތަނަކަށް ނާންނަން. އަހަންނަށް އެނގޭ އަހަރެން ނެތިއްޔާ އެ ކުދިންނަށް ރަނގަޅަށް ނުކެވޭނެ ކަން.. ކިހިނެއް އެ ކުދިން ހަމަ ޖެހިލައިން ނިދާނީ..؟ އަހަންނަށް އިހްސާސް ކުރެވޭ.. އަހަރެން ނެތީމަ އެ ކުދިން ފޫހިވާނެ ވަރު.. އިނާ!.. އަހަރެން ބޭނުން ވަނީ އަހަރެންގެ ދެ ކުދިން.” ގިސްލާ ރޮމުން ދިޔަ މިންހާގެ ހުރިހާ ވެސް ވިސްނުމެއް ގުޅިފައި ވަނީ އޭނާގެ ކުދިންނާއެވެ.
“މިންހާ..! އަހަރެން މިންހާއަށް އެހީ ވާނަމޭ.. އަހަރެން ވަރަށް ދެރަވޭ މިންހާ ތިހާ ހިތާމަ ކުރާތީ. އަހަންނަށް ވެސް އިނގޭ އެ ކުދިން ދެކެ މިންހާ ލޯބިވާ ވަރު.. އިރާދަކުރެއްވިޔާ ހުރިހާ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް. އިންޝާﷲ.” އިނާޔާގެ ހުއްޓުމެއް ނެތް ހިތްވަރުގެ ސަބަބުން ނަޝާޔާ ވެސް ޝައުގުވެރި ވިއެވެ.
“ދައްތާ!.. ނަޝާޔާއަށް ހީވަނީ ތީ ވަރަށް ރަނގަޅު މަންމައެއް ހެން..” ވިސްނުމުގެ ތެރެއިން މިންހާއާ ދިމާލަށް ބަލައިލަމުން ނަޝާޔާ ބުނެލިއެވެ.
ހައިރާން ވެފައި އިނދެ މިންހާ ބަލައިލީ ނަޝާޔާގެ މޫނަށެވެ. އެ ކުޑަކުޑަ ކުއްޖާގެ ފަރާތުން މިންހާއަށް އިވުނު ބަސްތަކަކީ އަގުހުރި އެއްޗެއް ކަމުގައި ހަދަމުން ނަޝާޔާގެ ބޮލުގައި މިންހާ ފިރުމާލީ ކަރުނައިގެ ތެރެއިން ހިނިތުން ވަމުންނެވެ.
މިންހާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ނަޝާޔާގެ އޯގާތެރި ދެއަތުން ފުހެދިން ވަގުތު ނަޝާޔާގެ ކުޑަކުޑަ ދެލޮލުން މަޑުމަޑުން ހިތްދަތި ކަމުގެ ކަރުނަ އޮހޮރެން ފެށިއެވެ. އެ ހިތްގައިމު މަންޒަރު ބަލަން އިން އިނާޔާގެ ދެލޮލުން މަޑުމަޑުން ނަމަވެސް ކަރުނަ ހިލެމުން ދިޔައެވެ. އެއީ އުފާވެރި ކަމުގެ ކަރުނައެވެ. އެކަކު އަނެކަކަށް ޓަކައި ހިތާމައިގާ ބައިވެރި ވާތަން ފެނި އުފަންވި އުފާވެރި ކަރުނައެވެ.
“ދައްތަގެ ދަރިން ދެކެ ދައްތަ އެހާ ލޯބި ވަނީ ކީއްވެ؟” ތުން ބޮޑު ކޮށްލައިން އިން ނަޝާޔާ އަހާލީ ކަރުނަ ފައިބަމުންދާ ދެ ލޮލާ އެކުގައެވެ.
“ދައްތައަކަށް ނޭނގެ… އެހާ ލޯބި ވަނީ ކީއްވެކަން ކިޔައިދޭނެ ގޮތެއް ވެސް… ކޮންމެ ކުއްޖެއްގެ މަންމަ ވެސް އެކުއްޖެއް ދެކެ އެ ލޯބި ވާވަރު ކިޔައިދޭނީ ކިހިނެއް؟.. އެއީ ކިޔައިދޭން ނޭނގޭހާ ވަރުގަދަ ލޯތްބެއް ކޮއްކޯ.. އިނގޭތަ އެއީ ކީއްވެ ކަން؟… އެއީ އެ ލޯބީގެ ބާރު ގަދަ ކަމުން…. އެއީ ކޮންމެ ކަމެއް ވެސް ގުރުބާން ކުރާ ލޯތްބެއް…. އަދި އެއީ ދުވަހަކު ވެސް ނިމުމެއް ނެތް ލޯތްބެއް….” ލޮލުން ފައިބަމުން ދިޔަ ކަރުނަ ތަކާއި އެކު މިންހާގެ ވާހަކަތައް އަޑުއަހަން ނަޝާޔާ އިނީ ޝައުގުވެރި ކަމާއެކުއެވެ.
“އެކަމު ނަޝާޔާ މަންމަ……؟” އެހިސާބަށް ބުނެވުނު އިރު، ނަޝާޔާ ވަރަށް ގަދަޔަށް ގިސް ލާން ފެށިއެވެ.
“ނަޝާޔާ މަންމަ ކިހިނެއްވީ؟” އިނާޔާ ސުވާލު ކޮށްލީ މިންހާގެ ލޮލަށް ބަލައި ލަމުންނެވެ.
އެވަގުތު ރިންގް ވަމުން ދިޔަ ފޯނުގެ ސަބަބުން ވާހަކަ ދެއްކުން މެދު ކަނޑާލަން ޖެހުނެވެ. އިނާޔާގެ ރައްޓެއްސެއް އޭނާއަށް ގުޅާތީއެވެ. ދެރަވެފައި ހުރި މިންހާ ތެދުވެގެން ކޮޓަރިޔަށް ދާން ހިނގައިގަތެވެ. އޭރު ރޮވިފައި ހުރެ ނަޝާޔާ ވެސް މަޑުމަޑުން ގޮސް މިންހާގެ އަތުގައި ހިފާލިއެވެ. ނަޝާޔާއަށް ބަލައިލުމަށް ފަހު ހިނިތުން ވެލަމުން، މިންހާ ވަރަށް ލޯބިން ބައްދާލައިން ކޮޓަރިއަށް ވަނެވެ.
ނަޝާޔާގެ އެ އަމަލުތަކާއި ލުއިލުއި ބަސްތަކުން ބުނެދެނީ އަސަރުގަދަ ވާހަކައެކެވެ. އެއީ ދަރިޔަކު މަންމައެއްގެ ލޯތްބާއި ހިމާޔަތަަށް ބޭނުންވާ މިންވަރު އަންގައިދިން ވަގުތު ކޮޅެކެވެ. އޯގާތެރި އަތެއްގައި ހިފާލަން ބޭނުން ވެގެން ގޮސް ނަޝާޔާ އެހިފާލީ ހިތާމައިން ފުރިފައިވާ މިންހާގެ އަތުގައެވެ.
ހަވީރުގެ ވަގުތެވެ. ލިޔަމް އާއި ޝިޔާމް އިނީ ގެސްޓްހައުސްގެ ރޫމްގައެވެ. ރީމް ގަނެ ދީފައިވާ ކުޅޭ އެއްޗިހި ތަކަކުން ކުޅެމުން ދިޔައިރު ޝިޔާމްގެ މާބޮޑު ޝައުގުވެރި ކަމެއް އެކަމަކަށް ނެތެވެ. ހީވާކަހަލައެވެ. އޭނާގެ ވިސްނުން މި ދުނިޔެއާ ގުޅިފައި ނުވަނީބާއެވެ؟
“ޝިޔާމް…! ދައްތައަށް އެނގޭ ޝިޔާމް ރީމް ދައްތަ ދެކެ އެހާ ލައިކެއްް ނުވާކަން. އެކަމު ވެސް ވަރަށް އުފާވެއްޖެ މަންމަ އަންނަންދެން ރީމް ދައްތަ ގާތު ބަސްއަހައިން ހުރީމަ…” ރީމް ބެލީ ޝިޔާމް ޖަވާބު ދާރީ ކުރުވޭތޯއެވެ.
“ކޮން އިރަކުން މަންމި އަންނާނީ؟” ލިޔަމް ބުނެލީ އެ ވާހަކަ އަޑުއަހަން އިނދެފައެވެ.
“މާދަމާ އަންނާނެ… ބުނި ކޮންމެސް ކުއްޖެއް ވެސް ގޮވައިންނޯ އިނާޔާ ދައްތަ އަންނަނީ.. ބޭނުމިއްޔާ ދެން މަންމަ އައިމަ އެގެއަށް ކުޅެލަން ވެސް ދެވޭނެއްނު. ޝިޔާމް ދާނަންތަ؟” އޯގާތެރި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ރީމް ބުނެލިއެވެ.
“ނުދެވޭނެ.. އަހަރުމެންނަށް އެއްވެސް ތާކަށް ނުދެވޭނެ.. ބައްޕަ ރުޅިއަންނާނެ. މަންމައަށް މަނާ ވާނެ ގޭގެއަށް ދާން.. ވަރަށް ފޫހިވާ ބައްޕައެއް.” ޝިޔާމް ހިތްހަމަ ނުޖެހިފައި އިނދެ ބުނެލީ ދަތްޕިލާ ޖައްސާ ބާރު ކޮށްލަމުން ހަރުކަށި ރާގުގައެވެ.
ރީމްގެ ހިނިތުން ވުން ކުއްލިޔަކަށް ފަނޑުވިއެވެ. އެ ލިބުނު ހައިރާން ކަމުގައެވެ. މިވޭތުވެ ދިޔަ ދުވަސްތަކުގަ އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ އުޅުނު ޝިޔާމްގެ އަނގައިން ބޭރުވެގެން ދިޔަ އިހްތިރާމް ކުޑަ ބަސްތައް އިވިފައެވެ.
“މަންމަ ގެއިން ބޭރަށް ދިޔައްޔާ ބައްޕަ ވަރަށް ތަދު ކުރާނެ.. މަންމަގެ ފްރެންޑެއް އަޔަސް… ބައްޕަ އެހާ ގޯސް ވާނެ… ބައްޕަ ގޯސްކަން އިނގޭ މީހުން… ދުވަހަކު ވެސް ބައްޕައާ ފްރެންޑެއް ނުވާނެ..” ރީމްއާ ދިމާލަށް ބަލައި ވެސް ނުލާ ވާހަކަ ދައްކަމުން ދިޔަ ޝިޔާމްގެ ބަސްތަކުގައި ވަނީ ހަންޖަރެއް ފަދަ ތޫނު ކަމެކެވެ.
“އަސްލު އަހަރެން އަބަދު ވެސް ބޭނުންވަނީ… އަހަރެންގެ މަންމަ އެކަނި..” ހިތްހަމަ ނުޖެހިފައި އިނދެ ރީމަށް ބަލައިލަމުން ޝިޔާމް ބުނެލީ ރުޅިވެރި މޫނަކާއި އެކުގައެވެ.
ބުނާނެ އެއްޗެއް ނޭނގިފައި އިން ރީމްއަށް ހަދަންވީ ގޮތެއް ނޭނގުނެވެ. ޝިޔާމް ދެއްކި ވާހަކައަށް ޖަވާބު ދޭންވީ ބާއެވެ؟ ނޫނީ ޝިޔާމް ދެއްކި ވާހަކައަށް ހިނިތުން ވާންވީ ބާއެވެ؟ ހަދާނެ ގޮތެއް ނޭނގުނަސް އެނގޭ އެއްޗަކީ އެ ވަގުތަށް ރީމް ހިމޭންވީ ކަމެވެ. އެތަނަށް ވެރިވި ހަމަ ހިމޭން ކަމުގެ ސަބަބުން އިތުރަށް އެއްވެސް ވާހަކައެއް ދައްކަން އެއްވެސް މީހަކު ބޭނުމެއް ނޫނެވެ.
ސޯފާގައި އިން ވިޔާމްގެ ފައިގައި ބޯ އަޅާލައިން އޮތް ޝަރާގެ އަތުގައި ވަނީ މޭބިސްކަދުރު ކޯޅިއެކެވެ. ފަހަރަކު މޭބިސް ކަދުރެއް އަނގަޔަށް ލަމުން ދިޔަ އިރު، އިރު އިރުކޮޅާ ވިޔާމްގެ އަނގަޔަށް ވެސް މޭބިސްކަދުރު ލަވަމުން ދިޔައެވެ. ހީވާގޮތުން ދަތުރުގެ ހުރިހާ އުފަލެއް ހާސިލްވެ ޝަރާ މުޅިން ހަމަޖެހިފައި ވާކަހަލައެވެ.
“އޭތް…! އަދި މި އޮތީ ހަނދާން ނެތިފައޭ.. އިނާޔާ މިއަދު ގުޅި…. ބުނީ ނަޝާޔާ މިއަދު ވަރަށް ރުއި ވާހަކަ… ދެން މަބުނީން ކިހިނެއް ވެގެންހޭ؟..” ޝަރާ ކިޔައިދެމުން ދިޔައެވެ.
“ހޫމް.. ދެން؟ ކީކޭ އޭނަ ބުނީ؟…” ވިޔާމްގެ ދެބުމަ ކައިރި ކޮށްލަމުން އަހާލިއެވެ.
“ބުނީ.. އެއީ ވަރަށް ބޮޑު ވާހަކައެކޯ… އެކަމު އޭނަ ނުބުންޏަސް ވަރަށް އަވަހަށް އެނގޭނެޔޯ..” ވިޔާމްގެ އުނގުން ތެދުވެ އިށީންނަމުން ޝަރާ ބުނެލިއެވެ.
“އޭނ!.. ނުބުނެ އިނގޭ ވާހަކަ ހުރޭތަ؟… އެހެން ނޫނަސް ޝަރާ މާލެ ދާއިރު ނަޝާޔާ ހުންނާނީ މާދަން އިނާޔާމެން ރަށުގައެއްނު؟ އެމީހުން މާދަން ފުރައެއްނު.؟” ވިސްނާލަން އިނދެ ވިޔާމް ބުނެލިއެވެ.
“އާނ! ދެން ނޭނގެ.. ވީގޮތެއް އިނާޔާ ނުވެސް ބުނި… މަށަށް މިހާރު އެކަމާ އެބަ ވިސްނޭ.. އެހެންޏާ މީހެއް ކުރިމަތީ ރޯ ކުއްޖެއް ވެސް ނޫން އެއީ… އަނެއްކާ މާގިނައިން ވާހަކަ ދައްކާ ހަދާ ކުއްޖެއް ވެސް ނޫން އެއީ… ދެން ކޮން ކަމަކާތަ ނަޝާޔާ ރޯން ޖެހޭނީ؟” ޝަރާ ބުނެލީ ވިޔާމަށް ބަލައި ލަމުންނެވެ.
“އަހަރުމެން ނެތީމަ ކަންނޭނގެ ދޯ؟.. މަ ވަރަށް އުފާވެއްޖެ ޝަރާއަށް ވިސްނޭތީ… މަ ނުބުނާނަން ނުވިސްނާށެކޭ ވެސް.. މުޅި ޝަރާގެ ހަޔާތުގަ ވެސް އަދި ކިރިޔާ އަލަށް ވިއްޔަ އެ މަންޖެއާ ދޭތެރޭ ތި ވިސްނާ ލެވެނީ… މަށަށް ހެޔޮ ބޯ ގޮވަން ދެން ވިސްނިޔަސް… އެހެން ނޫނީ ޝަރާ ވިސްނަނީ ވެސް ބޯ ގޮވަނީ ވެސް ވިޔަފާރިއާ ދޭތެރޭގަ އެއްނު.” ލިބުނު ފުރުސަތުގައި ގަދަ ގޮތަކަށް ވިޔާމް ބުނެލިއެވެ.
އެއްވެސް ހަރަކާތެއް ނެތި މިންހާ އިނީ އެނދުމަތީ ވިސްނުމެއް ގައެވެ. އިނާޔާ ދެ ފަހަރަކު މިންހާގެ މޫނަށް ބަލައިލިއެވެ. އެހެނަސް އިނާޔާ އެވަގުތު މާބޮޑު ސަމާލުކަމެއް ނުދިނެވެ. އެއީ މިންހާގެ ފަރާތުން އިނާޔާ ދެކެން ބޭނުން ނުވާ މަންޒަރަކަށް ވިޔަސް، އެކަން އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ޔަގީނެވެ. ރަށަށް ދާން އުޅޭތީ މިންހާގެ ހިތް ބިރު ގަންނަނީއެވެ. އަމީލުގެ ގޯސް މިޒާޖުގެ ސަބަބުން މާޒީގައި ދިމާވެފައިވާ ކަންކަން ހިތަށް އަރާނެކަން އިނާޔާއަށް ވިސްނެއެވެ. އެހެން ނަމަވެސް އެކަން ކޮންމެސް ގޮތަކަށް ހައްލު ކުރާނެ ގޮތެއް އިނާޔާ ވިސްނިއެވެ.
“މިންހާ..! ވަރަށް ދުވަސް ވެއްޖެ ކަންނޭނގެ ނަޝާޔާ ގެއިން ބޭރަށް ނުނިކުންނަތާ… އެހެން ގޭގަ އަބަދު ބައިންދަން ވެސް ނުވާނެ. އަންނާނަން އިނގޭ ނަޝާޔާ ގޮވައިން ފިހާރައަށް ގޮސްލާފަ.” މޮޅު ގޮތެއް ރާވާލަމުން އިނާޔާ ހިނިތުން ވެލިއެވެ.
މިންހާ ބޯ ޖަހާލީ އާނ އެކޭ ބުނުމުގެ ގޮތުންނެވެ. އެހެނަސް މިންހާގެ ސިކުނޑީގައި އުފެދިފައިވާ ބާރުގަދަ ހަނގުރާމައިގެ ސަބަބުން އެއްވެސް ވާހަކައެއް ނުދައްކާ ހިމޭނުން އިނީއެވެ.
“އޭތް!… މަށަށް ހީވަނީ ނަޝާޔާ ހުރީ ދަބަހަށް އެއްޗިހި ވެސް އަޅާފަހެން. އެބެން އެ ގެންގުޅޭ ބެއަރ ވެސް ދަބަސް މަތީ ބައިންދާފަ.” މިންހާގެ ފައި ތިލައިގައި އަތް ޖައްސާލަމުން އިނާޔާ އެހެން ބުނި އަޑަށް މިންހާ ދިޔައީ ސިއްސައިންނެވެ.
ކުއްލިޔަކަށް މިންހާގެ ރޫހު ހޭލައިގަތީ ކޮން ގޮތަކުން ކަމެއް ނޭނގެއެވެ. މުޅި ހަށިގަނޑަށް ހީވީ ކުއްލިއަކަށް ދިރުން ލިބުނު ހެނެވެ. މިންހާއަށް ތެޅި ގަނެވުނީ ކޮންމެސް މުހިއްމު ކަމެއް ހަނދާން ވުމުންނެވެ.
“އެހެންވީމަ ތި މީހުން ދޭ…. އޭރުން ނަޝާޔާ ގެއަށް އައުމުގެ ކުރިން އަހަރެން މިދަނީ އިނާޔާ ކުރިން ދުވަހު ދެއްކި ވާހަކަ އެއީ ތެދެއްތޯ ޔަގީން ކޮށްލަން އިނގޭ…” މިންހާއަށް ކުއްލިޔަކަށް ތެޅި ގަނެވުނެވެ.
މިންހާގެ ވެސް އެދުމުގެ މަތިން އިނާޔާ ކޮޓަރިން ނުކުތީ ނަޝާޔާ ގޮވައިން ބޭރަށް ދިއުމަށެވެ.
– ނުނިމެ-
* ޝިޔާމްއާ ރީމްގެ މެދުގަ ދެން ހިނގާނީ ކޮން ކަން ކަމެއްބާ؟
* ނަޝާޔާއާ ދޭތެރޭ، ވިސްނުމުގެ ސަބަބުން ޝަރާއަށް އެއްވެސް ބަދަލެއް އަންނާނެބާ؟
* މިންހާއާ އިނާޔާ ހޯދަން މި މަސައްކަތް ކުރަނީ ނަޝާޔާގެ ކޮން ސިއްރެއްބާ؟
ކުރިޔަށް ހުރި ބައިތަކަށް އިންތިޒާރު ކޮށްލައްވާ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (12)
Comments are closed.
MA🩷🩷 Keep it up the gud-work!!
I rlly appreciate it…N Haadha curious kohllaa bb gadeh dhw mee Meena story liyaanee hama aharun curious kohlan dhw every eps I read you do the same😂 Jk Shalee.❤️
When’s next?
Ly & Tc bbg
Can u write bl story???Lol jk you…😂😂😂
Thank you Black 🖤🖤🖤🖤
Yeah mihaa curious kolleemaves Black ekani shaleen ah comment thi kollee dho.
Hurihaa Eps ves ehen nimmaalanee next part ah inthizaaru kureytho ey… Hehehe
Next part Thursday ga ingey in sha Allah.
Ly ❤️❤️❤️
Hehe jk veeyaa nujeheyne dho vaahaka liyaakah.
Hehehe.
Kiyaaba konkahala vaahaka eh liyanvee ?
* Loabi ?
* Biruveri ?
* Hithaama ?
Majaa vaahaka liyaakah nengey sorry in advance
Hahahaha
Do uk bl story’s? @Shaleen
Buneladheebala @Blackoooooo
@Anonymous ga sec ah text black hama huvaa’noon ingey shalyyy…
Shaleen ah joke Akah buni ehcheh dear no-worries ✨
Sis Alhugandhu schl season vveeema buxy so text nukurevaane ehnnu dhw…
Boys love story
Thikahala vaahaka liyaakah nengeyne
Keehve Neyngen V you ah ingeyne I mn ah vuren bodah hama nuliyan eyy thi 🙈
Dhen aslu mi aharu vaahaka eh liyeven nethee. School season annaatheeve BZ vaane. Ehenveema kuriyah in dhuvasthah mi balanee ekamah focus kuran vegen.
Vaahaka dhen liyaanee next year ga in sha Allah
Shaleen 🩶 eaee Me ah noon first Alhugandhu kuree dhn ehnkuhjjeh eulhenee pardon me I didn’t mean to obess you!✨
Ohhh ehentha. Ehkahala vaahaka eh dhakkaafa hureema olheynennu.
Okay dhen shalyn ah vess olhigen @Black e bunevunee.
” Maaaf ” ingey pleassssssse
@Black
Ehentha. Joke eh veeyaa ok. Dhen schl season Veema v rangalhah kiyavahche. Anekkaa dhen bunelaanee ekam mivvaahakaige baakee in 2 part kiyaalahche time veeyaa ingey