ހިމޭން 14
“އަހަރެން މަންމަން ވެގެން ހުރެ… ގެންގޮސް ރީމްއާ ހަވާލު ކުރާށޭ އަމީލު ބުނީ… އަމީލު ރީމްއާ ވާހަކަ ދައްކާނަމޯ” މައުސޫމު ގޮތަކަށް މިންހާ ބަލައިލީ އިނާޔާގެ ލޮލަށެވެ.
“އަހަންނަށް ވެސް ފެންނަނީ އެކުދިން ރީމްއާ ހަވާލުކުރަން.”
އިނާޔާގެ އެ ޖުމްލަ އަޑު އިވި މިންހާ ސިއްސައިން ދިޔައެވެ. މިންހާގެ ދެ ބުމަ އެއްފަހަރާ ގޮށް ޖަހާލެވުނީ އިނާޔާ އާއި ދިމާލަށް ޝައްކުގެ ނަޒަރުން ބަލައިލަމުންނެވެ.
**************
“ކީކޭ؟… ނުވެސް ދަންނަ މީހަކަށް… އަހަންނަށް ކުރެވޭނީ ކޮން އިތުބާރެއް؟… މި އުޅެނީ އަރަން ގެންގުޅޭ ފައިވާނެއް ހަވާލު ކުރާކަށް ނޫން ދޯ….؟ މިއުޅެނީ ދަރިން ވިއްޔަ ހަވާލު ކުރަން…” ހިތްހަމަ ނުޖެހިފައި މިންހާ ބުނީ ރުޅިވެރި ގޮތް މޫނަށް ހަދާލަމުންނެވެ.
“އެނގެއޭ… އެނގޭތީ ދޯ މި ބުނަނީ… މަށަށް ޔަގީން.. މިންހާގެ ދަރިންނަށް ރީމް ގޯހެއް ނުވާނެކަން. މަށަށް ޔަގީން އަހަރުމެން އަންނަންދެން ބަލައިދޭނެކަން.” އިނާޔާ ބެލީ ދުރުދުރުން މިންހާއަށް ވިސްނައި ދެވޭތޯއެވެ.
“ކި… ކިހިނެއްތަ މިގޭ ދޮރުމަތިން އަމީލުއާ އެއްކޮށް ސައިކަލު ބުރު ޖަހަން ދިޔަ މީހަކު ފެނި… އިނާޔާ ތިހާ އިތުބާރެއް ތި ކުރަނީ..؟ އެރޭ އެންމެ ފަހަރަކު އިނާއަށް އޭނަ ފެނުނީމަ ހަމަ ތި ވަރަށް އިތުބާރު ކުރެވޭތަ؟..” މިންހާގެ މޫނުމަތިން ފެންނަނީ ނުތަނަވަސް ކަމާއި ހާސްކަމެވެ.
“އަހަރެން އަމީލަށް އިތުބާރެއް ނުކުރަން… ދުވަހަކު ވެސް ނުކުރާނަން. އެއީ މިންހާއަށް ތި ހުރިހާ އަނިޔާއެއް ދޭތީ… މިންހާއަށް ބޭވަފާތެރި ވާތީ…. އެކަމު އެރޭ ރީމަށް އިތުބާރު ނުކުރިޔަސް، އަހަރެން ރީމަށް މިހާރު އިތުބާރު ކުރާނަން.” އިނާޔާގެ ވާހަކަތައް އިވި މިންހާ ދޫ ކޮށްލީ ފުންނޭވާ އެކެވެ.
“މިންހާ!… އަހަރެން ބުނަންތަ ވާހަކައެއް؟ އެދުވަހު މިންހާ އެޑްމިޓް ކޮށްފަ އޮއްވަ އަހަރެން ދިޔައިން ރީމްގެ ރޫމަށް. ދެން ވީ ގޮތަކީ………..” އެދުވަހު ކަން ހިނގި ގޮތް އިނާޔާ، މިންހާއަށް ކިޔައިދިނެވެ.
“އަސްލުވެސްތަ؟… އެހެން ވީމަ ރީމަށް އިނގޭނެ ދޯ އަހަންނަކީ ކާކު ކަން؟… އަހަންނަށް ވާހަކަ ދެއްކޭ ކަން…؟ އަހަންނަކީ އަމީލުގެ އަންހެނުން ކަން ވެސް…؟ އިނާ!… އަހަރެން ބޭނުމެއް ނޫން އަމީލުގެ ތޫނު ވަކިތަކުގެ ދަށަށް ރީމް ކަހަލަ ލޯބި ލޯބި އަންހެން ކުއްޖެއް…………..” މިންހާއަށް ވާހަކަ ނުދެއްކުނީ ރޮވެން ފެށުމުންނެވެ.
“މިންހާ…! މި ދުވަސްކޮޅު އަމީލު ނެތިސް ހިނގާ ރީމްއާ ވާހަކަ ދައްކާލަން…. އޭރުން މިންހާ ވެސް، ރީމް ވެސް ހިތްހަމަ ޖެހޭނެއްނު.” އިނާޔާ ދިން ޚިޔާލަށް މިންހާ ބޯޖަހާލީ އާނއެކޭ ބުނާ ފަދައިންނެވެ.
ހެނދުނުގެ ވަގުތެވެ. ގޭތެރޭގެ ހަމަހިމޭން ކަން ފޫއަޅުވާލާފައި ވާނީ ޝަރާގެ ރުންކުރު އަޑުންނެވެ. އޭރު ސިޓިންގ ރޫމުގައި ސަކީބާގެ އިތުރުން ސިމޫ އާއި ޝާހު ވެސް އިނެވެ. ނަޝާޔާ ބައިންދާފައި އިނީ ޝަރާ އޭނާއަށް ޚާއްސަކޮށްފައިވާ ގޮނޑި އެއްގައެވެ. އޭރު ނަޝާޔާ އިސްޖަހައިން އިނދެ ރޮމުން ދިޔައެވެ. އެމަންޒަރު ފެނި ސަކީބާގެ ލަގޮނޑިއަށް ކެތް ނުވެގެން ކިތަންމެ ފަހަރަކު ޝަރާ މަތަ ކުރަން މަސައްކަތް ކުރިއެވެ.
“މި އަހަނީ ނަޝާޔާ ފިލާވަޅު ނުހަދާ ނިދަން ޖެހޭ ސަބަބެއް ބުނެބަލާށޭ.. އަހަރެން ލަދުން ބޯ ހަލާކު ވެއްޖެ މިއަދު.. ކިޔެވީމަ ފައިދާ ވާނީ ވެސް ނަޝާޔާއަށް.. މިތާ ހުރި ތަށި ތެއްޔަކަށް ނޫނެއްނު.” ހިތްހަމަ ނުޖެހިފައި ހުރެ ޝަރާ ބޭނުން ގޮތަކަށް އެއްޗިހި ކިޔަމުން ދިޔައެވެ.
“ޝަރާ…! އަޅެ މިހާރު ގަޑި އިރެއް ވަނީ އެ ކުއްޖާއާ ދިމާލަށް ހަޅޭއްލަވާތާ… ދެން ތިކަން ހުއްޓާލަބަލަ…” ސަކީބާއަށް ނީންދެވިގެން ބުނެލިއެވެ.
“މަންމައަކަށް ނުޖެހޭނެ މިކަމާ ކައިރި ވާކަށް.. ނަޝާޔާއަށް ލާހިކެއް ނޫން ޖަވާބު ނުދެނީސް އެ ގޮނޑިން ތެދުވާކަށް… ދެން ސްކޫލަށް ވެސް ގެންދާނީ ދުވާލު ނުނިދާ ވަރު ކޮށްފަ…..” ޝަރާ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީ ފޯނެއް އަންނާތީއެވެ.
“ހަލޯ… ލޮބީތާއަށް ނޭނގޭ ވައްތަރު ހުންނަނީ ދޯ މެޑަމް ބޮޑުކޮށް ބުނާއިރު ވެސް…. ރަނގަޅު ކުރަން ދަސްކުރަން ބޭނުން…” ޝަރާ ޖަވާބު ދިނީ ރުޅި އައިސްފައި ހުރެ “ބިދޭސީންގެ ދިވެހި” ބަހުންނެވެ.
” އޭނަ މައްސަލަ ޖެއްސިޔަސް، މައްސަލަ ނެތީ… ފަހާފަ ހުންނަ ވައްތަރު ރަނގަޅު ނޫން ވީމަ ކަސްޓަމަރު ކައިރި ބުނަނީ… ހެދުން ގެންދަން ބޭނުން ނެތޭ… އުހުން… އުހުން….. ރިފަންޑް ވެސް ދޭން ބޭނުން ނެތް އެ ވައްތަރު ކަސްޓަމަރުންނަށް…” ޝަރާ ވާހަކަ ދައްކަމުން ދިޔައީ ނަޝާޔާގެ ބޮލުގެ އިސްތަށިގަނޑު ގައި އަތް ހާކަމުންނެވެ.
“ލޮބީތާ!……. ކަލޭތަ މެޑަމް ވައްތަރު ހުންނަނީ؟ މަތަ މެޑަމް ވައްތަރު ހުންނަނީ؟……… ދެން ކީއްކުރަން ގުޅަނީ..؟ މެޑަމް.. މެޑަމް ކިޔާފަ ގުޅަނީމަ…. މަ ބުނާގޮތް ހަދަން ޖެހެނީ އިނގޭ…..” ޝަރާ ވާހަކަ ދައްކަމުން ދިޔައީ އެކޮޅުން ލޮބީތާ ދައްކާ ވާހަކަ އަޑު އަހަމުންނެވެ.
“ހޫމްމްމްމމމމ…. ކަސްޓަމަރު ކައިރި ބުނަން ބޭނުން ޕޮލިސް ގެންނަނީމަ ވެސް މެޑަމް އޯކޭ…. އިނގޭ…” ޝަރާ ފޯނު ކަނޑާލިއެވެ.
“މަގޭ ކުރިމަތީ ފުއްޕަންޏާ ޕޮލިހުންނަށް ވެސް ފެންނާނެ އެ މީހުނަށް ވާނެގޮތް.” ހިފައިން ހުރި ފޯނު ޖީބަށް ޖަހާލަމުން ޝަރާ ބުނެލީ އަމިއްލަ ނަފްސަށެވެ.
“ކޮންކަހަލަ މެޑަމެއް އަޅެ… ޕިސް ޕިސް… ޝަރާ ތި ވައްތަރަށް މުއްސަނދި ވާން ނޫޅުނިއްޔާ ރަނގަޅު ވާނީ..” ސިމޫ ބުނެލީ ދެ ފަޅިއަށް ބޯ ހޫރާލަމުންނެވެ.
ސިމޫގެ އަޑާއިއެކު ޝަރާ ދޫކޮށްލީ ފުން ނޭވާއެކެވެ. ނަޝާޔާގެ ކަންތަކުން މިންޖު ނުވެ އުޅެނިކޮށް އަނެއްކާ މި ދިމާވީ ޝަރާގެ ބޯހަލާކު ވާވަރުގެ އެހެން ކަމެކެވެ.
މެންދުރުގެ ކެއުމަށް ތައްޔާރު ކޮށްފައިވާ ރިހާކުރު ދިޔަ އާއި ބަރަބޯ ބަތުގެ އިތުރުން ވަޅޯ މަހާއި ލޮނު މިރުސް މޭޒުމަތީ އަތުރާފައި ހުއްޓެވެ. އެ މޭޒުގެ އެއް ފަރާތުގައި ފިނި ފެނުގައި ގިރާފައިވާ ޖޫސް ޖަގެއް ހުއްޓެވެ. ހަމަ އެ ޖަގު ކައިރީގައި އަތުރާލާފައިވާ ބިއްލޫރި ތަށިތައް އެއާއި ވިދިގެން ހުއްޓެވެ.
މިންހާގެ ގެއަށް ވަދެގެން އައި އިނާޔާ އައީ އޭނާ އާއި އެކު ރީމް ގޮވައިންނެވެ. އެއީ މިންހާ އާއި އިނާޔާ މިއަދު ތައްޔާރު ކުރި ދިވެހި ކެއުމަށް ދިން ދައުވަތަކަށެވެ. ކާގެ މޭޒުމަތީގެ ތަރުތީބާއި ހިތް ފުރޭ މީރު ވަހުން ރީމްގެ ތުންފަތުގައި ފުރަތަމަ ވެސް ދުވެލީ ހިތްހަމަ ޖެހުމުގެ ހިނިތުން ވުމެކެވެ.
“އިށީންދޭ…” ގޮނޑި ދައްކާލަމުން މިންހާ ބަލައިލީ ރީމްގެ އެ ހިނިތުން ވެފައިވާ މޫނަށެވެ.
އާނއެކެވެ. ރީމްގެ އެ ހިތްގައިމު މޫނުން ބުނެދެނީ އެއީ ހިތްހެޔޮ ކުއްޖެއް ކަމެވެ. އެ ހިނިތުން ވުން ފެނި މިންހާގެ ހިތް އުފަލުން ފުރުނީ އެމީހުންނަށް ވެސް ސިއްރުންނެވެ. އެހެނަސް އެ ހިތުގެ އަނެއް ކަނުގައި ވަނީ ގޮތް ނޭނގޭ ބޭވަފާތެރި ކަމުގެ ހިޔަންޏެކެވެ.
“މިންހާ ވެސް ކާން ވާާނު؟ އިނާޔާ ވެސް ހިނގާ ކާން.. އަހަރެން އެކަނި ކާން ވީމަ ފޫހި ވާނެ..” ރީމް ބޭނުންވި ގޮތް ބުނެލީ ދެކެ ފަރިތަ ރަހުމަތްތެރިއެއް ފަދައިންނެވެ.
“ހޫން… އަހަރުމެން ވެސް ކާނީ ރީމްއާ އެކީ އޭ…” އިނާޔާ ބުނެލީ ހިނިތުން ވަމުންނެވެ.
“ކޮބާ މިންހާގެ ކުދިން؟ އެ ކުދިން ނުކާނެތަ؟” ވަރަށް ލަދުން އިނދެ މިންހާއާ ދިމާލަށް ބަލައިލަމުން ރީމް ކޮށްލީ ސުވާލެކެވެ.
“ކައިގެން އެ ތިބީ…” އެއް މިޔަކަނުން ހިނިތުން ވެލަމުން މިންހާ ކާން އިށީނެވެ. އޭރުވެސް މިންހާގެ ހިތާއި ސިކުނޑީގައި އެނބުރެނީ އަމީލުގެ މަޅީގައި ރީމް ޖައްސާފައިވާ ހުނަރުވެރި ކަމެވެ.
މޭޒުމަތީގައި އޮތް ރީމްގެ ފޯނު ރިންގް ވާން ފެށިއެވެ. ގުޅަމުން ދަނީ “އަމީލް” އެވެ. ފޯނުގެ ޑިސްޕްލޭއަށް އަރާފައިވާ ނަމަށް ބަލައިލުމަށް ފަހު ރީމްގެ ކަޅި ބޭއިޚްތިޔާރުގައި އަމާޒު ކޮށްލެވުނީ މިންހާއަށެވެ. އޭރު މިންހާ އިނީ ރީމްގެ ފޯނަށް ބަލާށެވެ. ރީމަށް ބަލައިލުމަށް ފަހު، ގަދަކަމުން ހިނިތުން ވެލަމުން މިންހާ ފެންތަށި ގާތްކޮށް ލިއެވެ. ރީމް ވަގުތުން އެ ކޯލް ބިޒީ ކޮށްލާ، އަނެއް ފުށަށް އަނބުރާލަމުން ފޯނު ބޭއްވިއެވެ.
ކައި ނިމެންދެން އެ މާހައުލުގައި ވަނީ ހިސާބަކަށް ހިމޭން ކަމެވެ. އަމީލުގެ އަންހެނުން ކުރިމަތީ ރީމްއަށް މާގަދައަށް ވާހަކަ ދައްކަން ނުކެރުނީއެވެ. ހަމަ އެގޮތަށް އަމީލުގެ ވާން އުޅޭ އަނބިމީހާގެ ކުރިމަތީ މިންހާއަށް ވެސް ވާހަކަތަކެއް ދައްކާކަށް ނުކެރުނެވެ. ދޭތެރެއަކުން ކޮންމެސް އެއްޗެއް ބުނެލަނީ އިނާޔާއެވެ. އެގޮތުގައި އެމީހުންގެ މެންދުރުގެ ކެއުން ނިމިގެން ދިޔައެވެ.
އޮފް ދުވަހެއް ނަގައިން ވިޔާމް މާލެ އައީ ޝަރާ ރާއްޖެ އައިކަން އެނގުމުންނެވެ. މައިދާތަގެ ފަރާތުން ވިޔާމަށް ލިބުނު ޚަބަރުގެ ސަބަބުން ނަޝާޔާ އާއި ދޭތެރޭ ވިޔާމަށް ވިސްނޭތީ ވެސްމެއެވެ. ޝަރާއަށް ވުރެ ބޮޑަށް ނަޝާޔާގެ ކަންކަމާ ވިސްނާ މީހަކީ ވިޔާމެވެ. ކޮންމެ ގޮތެއްގައި ވިޔަސް ނަޝާޔާ އާއި ދިމާލަށް އެހާ ރަހުމު ކުޑަކޮށް ޝަރާއަށް އެއްޗިހި ބުނެވިގެން ނުވާނެއެވެ. ޝަރާގެ ނުފޫޒުން ނަޝާޔާއަށް ސުކޫލަށް ދިއުމުގެ ހައްގު ގެއްލެން ވިޔާމް އެއް ގޮތަކަށް ވެސް ބޭނުމެއް ނޫނެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު ފޯނު ހިފައިން އެނދުގައި އޮތް ޝަރާއާ ދިމާލަށް ބަލައިލުމަށް ފަހު ވިޔާމް އޭނާގެ ދަބަސް ޓައިލްސްތައް މައްޗަށް ދޫކޮށްލިއެވެ. އެއަޑަށް ސިއްސައިން ގޮސް ޝަރާއަށް ބަލައިލެވުނެވެ.
“ވިޔާމް..! ބުނެވެސް ނުލާ ތިއައީ؟… ކީއްކުރަން ތި އައީ؟… ބުނީމެއްނު ދެން އާދެވޭނީ ވިޔާމްގެ މަންމަ މެން އުމްރާއަށް ފުރުވަންނޭ..” އެނދުން ތެދުވެ ކޮނޑުގައި އަޅުވާފައިވާ އަބާޔާއެއް ނަގަން އަލަމާރި ކައިރިއަށް ހުއްޓެމުން ޝަރާ ބުނެލިއެވެ.
“އައީ ދެން…. ކޮބާތަ މިހާރު ނަޝާ!… މާދަން ވާނެ އޭނަ ސްކޫލަށް ފޮނުވަން..” އެނދުގައި އިށީންނަމުން ވިޔާމް ބުނެލީ ލުއިލުއި އަޑަކުންނެވެ.
“މިހާރު ކާކު ކޯއްޗެއް ކިޔައިން ތި އުޅެނީ؟… މަންމަ..؟ އަޅެ ކަލޭމެން ތިބެނީ ނެޓް ވޯކް އަޅައިންތަ…؟ ބަލަ މަގޭ ނަމާ ނަންބަރު އިންނާނީ ބެލެނިވެރިޔާ ގޮތުގަ ސްކޫލަށް ދީފަ.. އެހެންވީމަ އޭނަ ސްކޫލަށް ގެންދަންވީ ދުވަހާ ނުގެންދާނެ ދުވަސް އިނގޭނީ މަށަށް.. ކުޑަކުޑަ ކަމެއް ވިޔަސް ލަދު ގަންނަން ޖެހެނީވެސް މަ… ކަމެއް ސަޅިކޮށް ދިޔައްޔާ އުފާކުރާނީ ވެސް ހަމަ މަ.. ގެޓް ވެއްޖެ..؟” ވަރަށް ހަމަ ޖެހިލައިން ވާހަކަ ދައްކަމުން ދިޔައިރު ކޮނޑުގައި އިން ހެދުން ނަގާ ގަޔަށް މަހާލީ ލައިގެން ހުރި ހެދުން މަތިންނެވެ.
“ކޮންތާކަށް ދާން؟..” ވިޔާމް ހަމަ އައި ވަގުތު ޝަރާ ގެއިން ނުކުންނަން ތައްޔާރު ވާކަން އެނގުމުން އަހާލިއެވެ.
“ކޮންމެ ފަހަރަކު ޖެހޭނެތަ މަގޭ ވަޒީފާ ކިޔައިދޭން..؟ މިހާރު މި އާއިލާގަ ވެސް ނުހުންނާނެ މަގޭ ޒިންމާ ނޭނގޭ މީހަކު. އެކަމު ވިޔާމަށް އެބަ ޖެހޭ ކޮންމެ ދުވަހަކު ކިޔައިދޭން….” ޝޯލްއެއް ނަގާ ބޮލުގައި ފަތުރާލަމުން ޝަރާ ޝަކުވާ ކުރަން ފެށިއެވެ.
“ދެން އެހެނެއް ނޫނޭ… ހަމަ އަހާލީ.. އަހަރެން މިހާ ދުވަސް ކޮށްފަ އައިމަ ވެސް ޝަރާ ރަނގަޅު ދޯ ޓައިމް ކޮޅެއް ދޭން.” ވިޔާމް ވާހަކަ ދެއްކީ އަބަދު ވެސް އޭނަ ވާހަކަ ދައްކާ ލުއިލުއި އަޑުންނެވެ.
“މީހަކަށް ފެހި ހެދުންތަކެއް ކަމު ނުގޮސްގެން.. ކަސްޓަމަރަކު އެބަހުއްޓޯ އެމައްސަލަ ޖައްސަން އައިސް.. އަޅެ ބޮޑު ވަރެއްނު…؟ އެހެން ވީމަ މިދަނީ އޭނައާ ތޮޅެލަން.” ޝޯލް އަޅާ ނިންމާލުމަށް ފަހު ހޭންޑް ބޭގް ނަގަމުން ޝަރާ ޖެހިލީ ވިޔާމް ގާތަށެވެ.
“މިރޭ ވާނެ ދޯ އަހަރުން ދެ މީހުން ޑޭޓަކަށް ދާން.” ވިޔާމަށް އެއް ލޯ މަރާލާ އެއް މިޔަކަނުން ހީލަމުން ޝަރާ ނުކުތެވެ.
ޝަރާގެ މީހުންނަކީ ކޮންކަހަލަ މޫޑެއް ބާއެވެ؟ ހަމަ ވަގުތުން ރުޅި އައުމާއި ކުއްލިޔަކަށް ލޯބި ވުން މީ ޝަރާގެ ޖާދުވީ އުކުޅެއް ފަދަ ކަމެކެވެ. މީގެ އިރުކޮޅެއް ކުރިން ހިތްހަމަ ނުޖެހިފައި ހުރި ޝަރާ ކުއްލިޔަކަށް ވިޔާމްއާ ވަކިވަމުން މާ ހާއްސަ ގޮތެއް މޫނަށް ވެރިކޮށްލީ އޭރު އަޑުގައިވި ބާރުކަން ވަގުތުން ލުއި ކޮށްލަމުންނެވެ.
ކައި ނިމިގެން އައިސް، މިންހާ އިނީ ސޯފާގައެވެ. އޭނާ އާއި އެކު އިނާޔާގެ އިތުރުން ރީމް ވެސް އިނެވެ. ކޮންމެސް ވަރަކަށް ރީމްއާ ވާހަކަ ދައްކާ އެކުވެރި ވެލުމުގެ ބޭނުމުގައެވެ. އެގޮތުގައި ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ހޭދަ ވިއެވެ.
“އެދުވަހު އަސްލު ކިހިނެއްތަ މިންހާއަށް ވީ؟… ކޮންމެސް ބޮޑު ކަމެއް ވީމަ ކަންނޭނގެ ބޭބީ…..” ޖެހިލުން ވެފައި އިނދެ ރީމް ކުރީ ސުވާލުގެ އެއް ބައެވެ.
މިންހާގެ ތުންފަތުގައި ކިރިޔާ ކިރިޔާ ހިރިލި ހިނިތުން ވުން ރަމްޒު ކޮށްދެނީ ކޮންމެސް ކަމެއް ފޮރުވަން އުޅޭ ކަމެވެ.
“ހާދަ ފަސޭހައިން… ކީއްވެ އެހާ ފަސޭހައިން ތިހެން ތި ބުނީ؟” މިންހާ އަހާލީ ސީދާ ރީމްގެ ލޮލަށް ޝައްކުގެ ނަޒަރުން ބަލައިލަމުންނެވެ.
“އޯހް! ސޮރީ މިންހާ. އަޅާނުލާ… ނުބައި ވާހަކައެއް ދޯ މި ފެށުނީ… އެއީ ދެން ނިމިފަ އޮތް ކަމެއްނު؟” ދައްކަން އުޅޭ ވާހަކަ ބުނެވިދާނެތީ ރީމް ބޭނުންވީ އެހިސާބުން އެވާހަކަ ހުއްޓާލާށެވެ.
“ރީމްގެ ހިތުގަ އޮތް ވާހަކަ ބުނެބަލަ… ކީއްވެތަ ހަމަ ކުއްލިޔަކަށް ތިހެން ތި އެހީ؟” އަނެއްކާ ވެސް މިންހާ އެދުނެވެ. މިންހާ ބޭނުން ވަނީ އެއީ ކޮން ވާހަކައެއްތޯ ބަލާށެވެ.
“ރީމް…! ތި ބުނަން އުޅޭ ވާހަކައެއް ބުނެބަލަ.. މިންހާ ދެން އިތުރަށް ވާނެ ދެރައެއް ނޯންނާނެ. މިހާރުވެސް ވަރުގަދަ ވޭނެއް ތަހައްމަލް ކޮށްފި އަދި ވެސް މުޅި އޭނާގެ އެތެރެ ހަށި ހުސް ރޯފާރާ އެކީ އެހުރީ.. އެހެންވީމަ ބުނެބަލަ..” އިނާޔާ ދެ ބުމަ ގޮށް ޖަހާލަމުން ބުނެލިއެވެ.
-ނުނިމެ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







މާޝާ آلہ
ވ.ރީތި ކޮން އިރަކުންތޯ؟
.✨ތިޔަ ބޭފުޅާއަށް މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރަން
Sorry! Aneh tale ge cmnt ehh..
💗💗💗
Awesome 👍🏻😎! Ameel deserve’s nothing other than his precious house…
He’s an Animal…Minnu Leave mal’e far away from him dhn eynna kairin ah nudheyy…
IA , Rym will save…✨
Anyways, When’s next?
Me first 😭💗…Wow Lyaa & Tc Sweetie 🥰
ދުވަހުގެ ތަހުނިޔާ ކިޔަމާލީމަ ވަރަށް ބޮޑަށް ޝުކުރިއްޔާ.🙂🙂
Maashaa Allah mi part vx varah varah reethi…
alhuganduge story eh kiyaaleema vrh ufaavehje shaleen sis…
Improve kohlan jehey kan kan bunela dhehchey comment ga…
Why vaahaka dhahkaalan beynunvanee alhugandaa vakin??
Anyways story vrh reethi…
Curiously waiting for the next part
Thanks dear
Yeah iyye Hama kiyaaleen emme fahun laafa in vaahaka.
Aslu vakin vaahaka dhakkaalan beynunvee vaahaka kiyaalaafa shaleen ah ah faagavi baeh kankan discuss kollan vegen.
Comment section shaleen ah fennany ginafaharah 2 days Veema close vefa innathan. Ehenve Gina vaahaka share kolleveynetha. Shaleen ge innaane mail kureveygothah. Dhen beynun vanyaa ok mail eh kolliyas. Nooni try kollaanan comment section ah dheveytho.
Again thanks dear
Next part Thursday ga in sha Allah.
Aslu v v v vess ufaavey comment kuraatheeve. Vaahaka up Veema v inthizaaru kurevey comment ah. Hehehe
I’m kiyavA kuhjeh… so, comment section I prefer…
@Black
Vaahaka kiyaaleema Ameel ulhey gothun v rulhi araa dho asluves.
Hingaabala balamaa dhen kuriyah huri baithah kiyaaalaigen.
Minnu ves hadhaanee kihineikan ingidhaanu dho…
Black ge ideas libuneema v ufaavejje. Dhen kuriyah huri kankan guess kollahche anei part thakun ves.
Next part will be on Thursday in sha Allah.
V ufaavey ingey comment kuraathee. V inthizaaru kurevey comment ah 😎
@Gurrly currly
It’s okay ehenveema
Comment ga share kollaanan
In sha Allah
@Shaleen.. W.Salaam💖
I’m so sorry dear I’m unable to recommend until 11 th December!
But If I get free I would read it..
Ohhh. It’s ok ingey. 🥺
And v bodah thanks 👍👍👍
❤️❤️❤️
BTW, free vveevaraknn varakn text kohlaanan Hama dear. ❤️
Dn wry I’ll never forget you’re tales!!!
All my pleasure dear
Ohh… Thanks alheyyy ❤️💪
@Black