ރޯދަ ހާއްސަ ސުފުރާ: މީރު ޖުމްހޫރީ މޭވާ ފަނި (އޮރެންޖާއެކު)
މީރު ޖުމްހޫރީ މޭވާ ފަނި (އޮރެންޖާއެކު)
ރޯދަ ވީއްލާ ގަޑިއަށް ތައްޔާރުކޮށްލަން މިއީ ހަމަ އެއްވަނައިގެ ފަންޔެކެވެ. ޖުމްހޫރީ މޭވާގެ ހުތް ރަހައާއި، އޮރެންޖުގެ މީރުވަސް އެއްވުމުން ކަރުހިއްކުން ފިލުވައިދީ ތާޒާކަން ގެނެސްދޭނެއެވެ.
މި ފަނި ތައްޔާރުކުރުމުގައި އަޅުގަނޑު ހިޔާރުކުރެއްވި ދެ މޭވާއަށް ބަލާލަމާހެވެ. އެދެމޭވާއިންވެސް ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާއިރު، ތަފާތު ދެ ރަހައެއް ލިބިގެންދާނެއެވެ.
އޮރެންޖަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އެންމެ މަގުބޫލު އެއް މޭވާއެވެ. ކުޑަކުދިންގެ މެދުގައިވެސް އެހާ މަޤުބޫލް މެވާއެއްމެއެވެ. މިއީ ސިޓްރަސް އާއިލާގެ މޭވާއެކެވެ. މީގައި ގިނަ އަދަދަކަށް ވިޓަމިން C އެކުލެވިގެންވާނެއެވެ. އޮރެންޖުގެ ފޮނި އަދި ކުޑަ ހުތް ރަހައިގެ ސަބަބުން ހަށިގަނޑަށް ތާޒާކަން ގެނެސްދޭނެއެވެ. ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ބާރު ގަދަ ކޮށްދޭން އެހީވެދޭނެއެވެ.
އާދެ! ޖުމްހޫރީ މޭވާ (ފެސަންފުރުޓް)އަކީ އޭގެ ވަހާއި ރަހަ ވަރަށް ގަދަ، “ޓްރޮޕިކަލް” މޭވާއެކެވެ. މީގެ ބޭރު ތޮށިގަނޑު އޮންނާނީ ވަރަށްހަރުކޮށްނެވެ. އެހެންނަމަވެސް، އެތެރޭގައި ހުންނަނީ ވަރަށް މީރު ވަހެއް ދުވާ، އޮށްތަކާއެކު އޮންނަ ދިޔަގަނޑެކެވެ. މިއީ ފައިބަރާއި އެންޓިއޮކްސިޑެންޓްސް އިން މުއްސަނދިކޮށްދޭ މޭވާއެކެވެ. މީގެ ހުތް ރަހައަކީ އެހެން ކޮންމެ މޭވާއަކާ އެކުލަވާލިޔަސް ބުއިމުގެ ރަހަ މުޅިން ބަދަލުކޮށްލާ ފަދަ ތަފާތު ރަހައެކެވެ.
ބޭނުންވާ ތަކެތި:
-
2 ޖުމްހޫރީ މޭވާ (ފެސަންފުރުޓް)
- ޖުމްހޫރީ މޭވާ ގަންނައިރު، މިކަމަށް ވިސްނާލާށެވެ. ބޭރު ތޮށިގަނޑު ކުޑަކޮށް ރޫޖެހިފައި ހުންނަ މޭވާ ހިޔާރުކުރާށެވެ. އޭރުން އޭގެ އެތެރޭގައި ހުންނަ ދިޔަގަނޑު މާ ފޮނިވެފައި މީރުވާނެއެވެ.
-
1 އޮރެންޖު
-
1 ދަޅު ހަކުރު (ނުވަތަ ގާތްގަނޑަކަށް 14 ސައިސަމުސާ ހަކުރު)
-
1.5 ލީޓަރު ފެން
-
އައިސް ކިއުބް (ބޭނުންނަމަ)
ތައްޔާރުކުރާނެ ގޮތް:
-
ފުރަތަމަ އޮރެންޖުގެ ތޮށިމަށާލުމަށްފަހު، އޭގެ ދިޔަ ރަނގަޅަށް ފެލާލާފައި ވަކިން ބަހައްޓާށެވެ. ޖަގަކަށް ހަކުރު އެޅުމަށްފަހު، އޭގެ ތެރެއަށް ފެންފޮދެއް އަޅައި ހަކުރުކޮޅު ރަނގަޅަށް ވިރެންދެން ގިރާލާށެވެ. (ފޮނިގަދަހެން ހީވާނަމަ ހަކުރު މަދުކޮށްލެވިދާނެއެވެ.) ހަކުރު ވިރުުމުން، ޖުމްހޫރީ މޭވާގެ އޮށްތައް ޖަގުގެ ތެރެއަށް އަޅާލާށެވެ. އެއަށްފަހު ބާކީ ހުރި ފެންފޮދު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެންމެ ފަހު ކަމަކަށް، ކުރިން ތައްޔާރުކުރި އޮރެންޖު ދިޔަފޮދު ޖަގަށް އަޅާލައި ގިރާލާށެވެ. މިގޮތަށް އެންމެ ފަހުން އޮރެންޖު އެޅުމުން އޭގެ ތާޒާ ރަހަ ރަނގަޅަށް ހުންނާނެއެވެ. ރަނގަޅަށް ގިރާލުމަށްފަހު، ފިނިކުރަން އައިސްއަލަމާރިއަށް ލާށެވެ. ނުވަތަ އައިސް ކިއުބް އަޅައިގެން ވަގުތުން ސާވް ކުރާށެވެ. މި ފަނި ތައްޔާރުކުރާއިރު އޮރެންޖު ބޭނުންކުރުމުން ކުލަ ރީތިވެފައި، ރަހަ މާ މީރުވާނެއެވެ.
💡 ފުރިހަމަ ރަހައެއް ހޯދުމަށް ބައެއް އިރުޝާދުތައް ދެއްވާ ހިތްވިއެވެ.
-
ހަކުރުގެ ބަދަލުގައި މާމުއި ބޭނުންކުރެވިދާނެއެވެ. އެގޮތުން ސިއްހަތަށް ބަލާލަން ބޭނުންނަމަ، ހަކުރުގެ ބަދަލުގައި މާމުއި ބޭނުންކޮށްގެންވެސް މި ބުއިން ތައްޔާރުކޮށްލެވިދާނެއެވެ. މިއީ ތަފާތު މީރު ރަހައެއް ގެނެސްދޭނެ ކަމެކެވެ.
-
ތާޒާ މިންޓް ފަތްކޮޅެއް ބޭނުންކުރެވިދާނެއެވެ. ހަމައެހެންމެ ފަނި ގިރާ ނިންމާލުމަށްފަހު، މައްޗަށް މިންޓް ފަތް ކޮޅެއް އަޅާލުމުން ބުއިމުގެ ވަސް މާ މީރުވެފައި، ބަލާލަންވެސް ރީތިވާނެއެވެ.
-
ލޮނުކޮޅެއް އަޅާވެސް ލެވިދާނެއެވެ. ބޭނުންނަމަ ރަހަ ހަމަޖައްސާލުމަށްޓަކައި ވަރަށް ކުޑަ ލޮނުކޮޅެއް އަޅާލުމަކީ ފަނިގަނޑުގެ މީރުކަން އިތުރުކޮށްދޭނެ ސިއްރެކެވެ.
މި ބުއިން ތަށިތަކަށް އަޅާއިރު، ތަށީގެ އަރިމަތީގައި އޮރެންޖު ފޮއްޗެއް ހަރުކޮށްލާށެވެ. އަދި އެއަށްފަހު މަދުވެގެން ދެތިން އައިސް ކިއުބް އަޅާލާށެވެ. އޭރުން ރެސްޓޯރެންޓް ފެންވަރުގެ ބުއިމަކަށް ވީއެވެ. އަވަހަށް ރަހަބަލާލާށެވެ. މިއީ ވަރަށް މީރު އަދި ރޯދަ މަހާ ވަރަށް ގުޅޭނެ ބުއިމަކަށްވާނެއެވެ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Isnaa





އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==
Other Articles
ލާރާ : (3)
އެކުގައިވާނަން-35 (ފަހުބައި)
ލާރާ : (3)
2 Comments!
Comments are closed.
cover ga ei isnaa tha?
No Isnaa eh noon ehkon edit pic eh