Skip to content
އެސްފިޔަ
PRO · MVR 3.00

ނަމަ…

މިހާރު ހިތަށް އަރައެވެ. އެ ހިތުގެ ޝަކުވާތައް އަޑު އެހުނު ނަމައެވެ. ވާހަކަ ދައްކަން އުޅުނު ވަގުތު އަޑު އެހުނު ނަމައެވެ. ރޮމުން އައި ވަގުތު މަސަލަސް ކުރެވުނު ނަމައެވެ. އަނިޔާވި ވަގުތު ޒަޙަމުގައި ބޭސް އެޅުނު ނަމައެވެ. ލޯބިން ކައްކައިދިން ދުވަހު ކެވުނު ނަމައެވެ. ކަމަކު އެދުނު ދުވަހު އެ ކަމެއް ކޮށްދެވުނު ނަމައެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ނަމައަކުން ކެއްކޭނެ ރިހައެއް މިއަދަކު ނެތެވެ. އަހަރެންގެ ފަރުވާކުޑަކަމާ ޖާހިލުކަމާ ހިތްހަރުކަމުން އެ ލޯބި ނެތި ދިޔައީއެވެ. އެންމެ ފަހު ވަގުތުވެސް އަހަރެންގެ ޚިދުމަތުގައި ހުރެފައެވެ. ބުނަންް ހެއްޔެވެ؟ އެއީ ހަމަ ޖަވާހިރެކެވެ. އެކަހަލަ މީހެއް ދުވަހަކުވެސް ނުލިބޭނެއެވެ.
މި ދައްކަނީ އަހަރެންގެ އަންހެނުންގެ ވާހަކައެވެ. އަހަރެންދެކެ ފުރާނަ ފަދައިން ލޯބިވި މަނާލްގެ ވާހަކައެވެ. އަހަރެންގެ ލޯބީގެ އިންތިޒާރުގައި ހުރެ މި ދުނިޔެ ދޫކުރި މީހާގެ ވާހަކައެވެ.
މަނާލްއަކީ އަހަރެން މާމިގިއްޔަށް ކުރި ދަތުރެއްގައި ދިމާވި ކުއްޖެކެވެ. މަގު އޮޅިގެން އުޅޭ ގެސްޓްހައުސްއަށް ނުދެވިފައި ހުއްޓާ އަހަރެންނަށް އެހީވީ މަނާލްއެވެ. އެދުވަހުވެސް މަނާލް ފެނިފައި އަހަރެންގެ ހިތުގައި ފޮނި ރާގ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

Comments (6)

  1. BlackHeart_23

    True…🫰🏻🎈

    1. Eesh
      BlackHeart_23

      Hehe thankyou🫶🤍

  2. Laii..

    The best MA 🥹 … Personal artist 🥰❤️

    1. Eesh
      Laii..

      Thankyouuu dear❤️✨️

  3. yaalaa

    Love the story its very incridibale keep writing more

    1. Eesh
      yaalaa

      Thankyouu❤️🫶

Comments are closed.