Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލާރާ : (3)

Shail Abdul Razzaq
Shail Abdul Razzaq Level 110 Stories
March 11, 2026 3 Mins Read
20 Comments

ޕާރޓް 2 ގެ ނިމޭ ބައި:
ލާރާގެ މޫނުމަތިން ފެންނަމުން ދިޔައީ ލަދުރަކި ހިނިތުން ވުމެކެވެ. އެ ހިނިތުންވުމުގެ އަސްލަކީ ކޮބައިބާއެވެ.؟

ޕާރޓް 3 : ފަލަކުގައި ވާ ތަރިތަކެކޭ އެއްފަދައިން ލާރާގެ ހިތުގައި ރުހާމްގެ މައްޗަށް އޮތް ލޯބި ދިޔައީ އިންތިހާއަށް ބަބުޅަމުންނެވެ. ހަމަ ޔަގީނުންވެސް ފަޅި ސިކުންތެއްގެ ތެރޭގައި ލާރާގެ ހަޔާތުގެ އައު ސޮފްހާއެއް ލިޔަން މިވަނީ މަޖުބޫރުވެފައެވެ. ލާރާ އާއި ރުހާމްގެ ލޯތްބަކީ ހަމަ ޔަގީނުންވެސް ގަލަމަކުން ލިޔެވޭނެ އިހުސާސް ތަކެއް ނޫނެވެ. އެއީ މަންޒިލަށް ދިޔުމަށް މާ ކަނޑުގައި ފެށި ދަތުރެކޭ ވެސް ބުނެވިދާނެ އެވެ.

ދެ ފަރާތަށް ހެއްލަމުން ދިޔަ އުނދޯލީގައި ރުހާމް އޮށޯވެލައިގެން އޮތީ ލޯބީގެ މަސްތުގެ ހާލުގައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ލާރާގެ އުނގުގައި ބޯ އަޅައިގެން އޮވެ އުޑުގައިވާ ތަރިތަކާ ދިމާލަށް ނަޒަރު ހުއްޓިފައި އޮތް ރުހާމްގެ ހިތަށް ސިހުމެއް ލިބުނީ މަޣްރިބު ނަމާދު ގެ ބަންގީގެ އަޑަށެވެ.

ގޮނޑުދޮށުގައި ވާ ހިމުން ދޮންވެލި ގަނޑު ހެކިކޮށް ދެމީހުން ގެޔާ ދިމާލަށް މިސްރާބު ޖެހީ އެ ޖާދޫވީ ހަވީރުގެ އުފާ ހާސިލު ކުރުމަށް ފަހު އެވެ. ރުހާމްގެ އަތުގައި ހިފައިގެން ހުރި ލާރާގެ ހިތް ތެޅެމުން ދިޔައީ ހިފެހެއްޓުމެއް ނެތިއެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ގުނަމުން ގޮސް ލާރާގެ ގޭ ދޮރާ ހިސާބަށް އާދެވުނުއިރު ގަޑިން ހަތެއް ޖަހާ ބޮޑުވެއްޖެއެވެ. ދޮރުމަތީގައި ލާރާގެ އިންތިޒާރު ގައި ވަކި ހިތްޕައިލައިގެން ހުރީ ލާރާގެ ލޯބިވާ މަންމަ އާސިމާ އެވެ. އާސިމާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމުގެ ކުލަވަރުތަކެވެ.

ލާރާ އަށް ގޭގެ ސިޓިންގް ރޫމް އާ ހަމައަށް ދެވުނީ ހަމަ ކިރިޔާއެވެ. އާސިމާގެ މޫނުމަތިން ފެންނަމުން ދިޔަ ރުޅިވެރިކަމުގެ އުދާސްތަކަށް ލާރާ ކެތް ކުރާނީ ކިހިނަކުން ހެއްޔެވެ. “ކީ ކުރަން ފިރިހެނުން ނާ އެކު ބޭރަށް ދަނި ” އާސިމާ ސުވާލު ކުރި އެވެ. ލާރާ އާއި ރުހާމްގެ ގުޅުމަށް ހަމަ ޔަގީނުންވެސް އާސިމާ ނުރުހުންވާކަން އެނާގެ މި ބަސްތަކުން އެނގި ހާމަވެގެން ދެއެވެ.އާސިމާގެ ކުރި މަތީގައި ކޮންމެ ކޮންމެ ގޮތަކަށް ޖަވާބު ދިނުމުގެ ހިތްވަރެއް މިވަގުތު ލާރާގެ ގަޔަކު ނެތެވެ. ނަމަވެސް މަންމަގެ ކުރިމަތީގައި ހަނު ހުރެގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ އެވެ. ‘އަހަރެން މި އުޅެނީ ރުހާމް އާއި ރައްޓެހި ވެގެން’ ލާރާ ބުންޏެވެ. އާސިމާގެ މޭގަނޑު ހީވީ އަތަށް އައި ހެންނެވެ. ‘ރައްޓެހި ވެގެންނޭ’ ؟ ” ހަނދާން ބަހައްޓާތި މީގެ ފަހުން މިގޭތެރެއިގައި ރުހާމްގެ ނަން ވެސް ގަނެގެން ނުވާނެ” މައިވަންތަކަމުގެ ބާރު އާސިމާ ބޭނުން ކުރީ އޭގެ އެންމެ މަތީ ދަރަޖާގަ އޭ ވެސް ބުނެވިދާނެވެ.

ލާރާގެ ލޮލު ތެރޭގައި ދިޔައީ ކަރުނައިގެ ތިކިތައް ޖަމާވަމުން ނެވެ. ހަޔާތުގެ އެންމެ ފުރަތަަމަ ބައިވެރިޔާ އާއި އަލްވަދާއު ކިޔާ ވަގުތު ޖެހުނީ ބާއޭ ހިތާ ހިތާ ސުވާލު ކޮށްލެވުނެވެ. އެތައް އިރެއްވަންދެން ލޮލުން ފައިބަމުންދިޔަ ލޯބީގެ ލޭ ކަރުނަ ތައް ފޮހެލުމަށް ފަހު ފާހާނާއަށް ވަދެ ވުޟޫ ކޮށްލައިގެން ނަމާދު ކުރުމަށް އަވަސްވެ ގަތެއެވެ. އޭރު ގަޑިން އަށެއް ޖަހާ ބޮޑުވެއްޖެއެވެ.

ނަމާދުކޮށް ނިންމާލުމަށްފަހު މަންމަ އަށް އެހީތެރިވެދޭން ބަދިގެ ފަރާތަށް ދިޔައިރު ފިރިހެނެއް ވާހަކަ ދައްކާ އަޑު އިވެއެވެ. އެއީ ލާރާގެ ބައްޕަ ފަރާތުގެ ބޮޑުބޭބެ މުހައްމަދު އެވެ. ލާރާގެ އުމުރުން އެންމެ ދެއަހަރުގާ ބައްޕަ ނިޔާވުމާއި ގުޅިގެން ،އެ ދެމައިން ގެ ހުރިހާ ހަރަދުތަކެއް ބަލަމުން ގެންދިޔައީ މުހައްމަދު އެވެ. މުހައްމަދަކީ ރަށުގެ ކުރީގެ ބޮޑު ކަތީބު ކަން ވެސް ކުރެއްވި މީހެކެވެ.

ގޭގެ ބޮޑު ފެންޑާގައި ހުރި ޖޯލި ފަތީގައި އިށީންދެލައިގެން އިން މުހައްމަދު ލާރާ އަށް ކައިރީގައި އިށީނދެލަން އައުމަށް އެދުނެވެ. ލާރާގެ ބޮލުގައި ވާ ފަން އިސްތަށިގަނޑުގައި ފިރުމާލަމުން ބުންޏެވެ. ” ބޭބެ އަށް ފެންނަނީ އަދި ލާރާ ކިޔެވުމައިގެން ކުރިޔަށް ދާން ” ކޮންމެ ގޮތެއް ވިޔަސް ލާރާ އަބަދުވެސް މުހައްމަދުގެ ނިންމުން ތަކަށް އިޖާބަ ދޭކަށް ފަހެއް ނުޖެހެއެވެ. ނަމަވެސް ހަމަ ޔަގީނުންވެސް މިއީ އަހަރެންނާ ރުހާމް ދުރު ކުރަން މަންމަ މެން ޖަހާ މަޅިއެއް ކަން ޔަގީނެވެ. އެހެނަސް އަހަރެންގެ ހަޔާތަށް އިތުރު މީހަކަށް ޖާގައެއް ދޭން ހަމަ ހިލާ އަހަރެންގެ ހިތެއް އެއްބަހެއް ނޫނެވެ.

ރޭގަނޑުގެ ކައި ނިންމާލުމަށްފަހު ފޯކާ ބިލެތާ ، ކަރަންފޫ އޮބިނޯންނަ ވަރަށް އަނގަޔަށް އެޅުމަށް ފަހު މުހައްމަދު ނިކުމެ ކަރު ބުޑުން ލާރާ އަށް ގޮވާލި އެވެ. ލިބުނު ސިހުމާއެކު އަތުގައި ވާ ލޯލި ތައް ކޮޅަށް ޖެހުނު ފަދައެވެ. ޖޯލި ފަތީގައި ހިންދެމިލައިގެން އޮތް ލާރާ ކިހިނެއް ވީތޯ ސުވާލު ކުރި އެވެ. އިރާދަކުރެއްވިޔާ ހުކުރުދުވަހު ފުރާ ލޯންޗުން މާލެ ދާން ތައްޔާރު ވާށޭ ބުނުމަށް ފަހު މުހައްމަދު ގެއިން ނުކުމެގެން ދިޔައީ އޭނާގެ ދުވަސްވީ ބާރު ހިނގުމުގައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

އުޑުމަތީގައި ވާ ކަޅު ވިލާތަކަށް ނަޒަރު ހުއްޓިފައި އޮތް ލާރާ ހިތް ދިޔައީ ލޯބީގެ ވޭންދެނިވި ހަނގުރާމަޔަށް ތައްޔާރު ވާ ހާލުގައެވެ. މަންމަ އާއި ބޮޑު ބޭބެ ގެ ނުފޫޒުގަދަ ނިންމުން ތަކަކީ އަބަދުމެ ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް އިމްތިހާނެވެ. ނަމަވެސް އެމީހުން އެފަދަ ނިންމުންތައް އެ ނިންމަނީ އަހަރެން ދެކެ ވާ ލޯބިން ކަން ޔަގީނެވެ. މުޅި އާއިލާގައި ތިބި ހުރިހައި ކުދިންގެ ތެރެއިންވެސް ، ހަމަ އެކަނި ހުރި އަންހެން ކުއްޖަކީ އަހަރެން ނެވެ . މި ސަބަބަށް ޓަކައި އެންމެންގެ ކަޅި ރަވައިގެ ހިމާޔަތް އަހަރެންނަށް ވަނީ އަމާޒުވެފައެވެ .

ދުވަސްތައް ފާއިތުވަމުން ގޮސް ހުކުރު ދުވަހުގެ ފަތިހުގެ ހާލުގެ އަޑު ރަށު ތެރޭގައި ގުގުމާލިއެވެ. ލާރާގެ ހަޔާތުގެ ލޯބީގެ ސަފުހާ މިއަދު މިވަނީ މަޑު ޖައްސާލަން މަޖުބޫރުވެފައެވެ. އެންމެ ފަހުން ރުހާމް އާއި ބައްދަލުވި ދުވަހަކީ އަހަރެންގެ ހިތަށް ހަމަޖެހުމެއް

(ނުނިމޭ)!!!

Share Article

Shail Abdul Razzaq
Follow Me Written By

Shail Abdul Razzaq

Level 110 Stories

كُلُّ نَفْسٍ ذَائِقَةُ الْمَوْتِ Sh.Lhaimagu Maldives 🚩 Writing since: 21/12/2025

Other Articles

Previous

ގާތުގާ… 2

Next

ރޯދަ ހާއްސަ ސުފުރާ: މީރު ޖުމްހޫރީ މޭވާ ފަނި (އޮރެންޖާއެކު)

Next
March 11, 2026

ރޯދަ ހާއްސަ ސުފުރާ: މީރު ޖުމްހޫރީ މޭވާ ފަނި (އޮރެންޖާއެކު)

Previews
March 11, 2026

ގާތުގާ… 2

20 Comments!

  1. rui says:
    March 11, 2026 at 2:18 pm

    rythi

    1. Shail Abdul Razzaq Shail Abdl says:
      March 11, 2026 at 2:21 pm

      Thx 😊

  2. asma says:
    March 11, 2026 at 2:18 pm

    suspense create vaane nimey sentence ekkoh nimmalias 🫶🏻🫶🏻🫶🏻 vhk varah reethi keep it coming

    1. Shail Abdul Razzaq Shail Abdl says:
      March 11, 2026 at 2:20 pm

      Fahu sentence edit kurani koh publish vii🤭
      Thx for the support ☺️

  3. Anonymous says:
    March 11, 2026 at 2:19 pm

    shail dhanantha yoon?

    1. Shail Abdul Razzaq Shail Abdl says:
      March 11, 2026 at 2:21 pm

      No

  4. Alaika_22 says:
    March 11, 2026 at 2:31 pm

    Vrh rythi MA!! Whn nxt???

    1. Shail Abdul Razzaq Shail Abdl says:
      March 11, 2026 at 2:48 pm

      Thx 😊
      Next part IA varah avahah nereynan⏳

  5. Sheex says:
    March 11, 2026 at 3:36 pm

    MA V V V REETHI❤️
    PLS lara and ruhaam ge love life❤️‍🩹 ninmaa nulahchey edhemeehun V cute 💙
    Can’t wait for the next part 💛

    1. Shail Abdul Razzaq Shail Abdl says:
      March 11, 2026 at 4:52 pm

      Thx for the support 🙂

  6. Your fav bab says:
    March 11, 2026 at 3:45 pm

    Rlly nice MA!!
    When next?

    1. Shail Abdul Razzaq Shail Abdl says:
      March 11, 2026 at 4:50 pm

      Thx 😊

  7. Shaba_73 says:
    March 11, 2026 at 3:51 pm

    Just a wauu MA! 💗
    When’s next? 😎

    1. Shail Abdul Razzaq Shail Abdl says:
      March 11, 2026 at 4:53 pm

      Thx 😊
      insha’Allah varah avahah nereynan ⏳

  8. Lisa says:
    March 11, 2026 at 7:59 pm

    Shail u ah 15 dhw???????

    1. Shail Abdul Razzaq Shail Abdl says:
      March 12, 2026 at 12:27 am

      Dm

    2. Lisa says:
      March 12, 2026 at 3:26 am

      Howwwww?????

  9. Shail Abdul Razzaq Shail Abdl says:
    March 12, 2026 at 10:56 pm

    Insta

  10. Lol says:
    March 13, 2026 at 1:26 pm

    Bro Lisa check his profile

    1. Lisa says:
      March 14, 2026 at 4:07 am

      Esoru profile Kihineh V?????

Comments are closed.



All Right Reserved!