މެންދުރުގެ ހޫނު އެންމެ ގަދަވެފައިވާ ވަގުތެވެ. މަގުމަތީގެ ހަލަބޮލިކަމުގެ ތެރެއިން ގަލޮޅާއި ވީ ދިމާލަށް މިސްރާބު ޖަހަމުން ދިޔަ ރޫނާގެ ހިތައް އެތައް އެއްޗެއް އަރަމުން ދިޔައެވެ. ހިތާއި ހިތާއި ޝަކުވާ ކުރެވެމުން ދިޔައީ މަގުމަތި ތޮއްޖެހިފއި ބާރުބޮޑު ކަމުންނެވެ. 10 ވަރަކަށް މިނަޓު ދުއްވި ފަހުން މިސްރާބު ޖެހި މަންޒިލަށް އާދެވއްޖެއެވެ. ރޫނާއަށް ގޮސް މަޑުކޮއްލެވުނީ ސްކޫލުގެ ރަނގަބީލަށެވެ. ރޫނާ ކެތްމަދުވެފައި ހުރީ އޭނާގެ ލޯބި ލޯބި ދަރިފުޅުގެ މޫނު ދެކިލުމަށެވެ. ސްކޫލުގެ އުފާވެރި ވަގުތައްފަހު އެ މޫނުމަތިން ފެންނަ ހިނިތުންވުމާއި، ދުވެފައި އައިސް ކިޔައިދޭން ފަށާ ލޯބި ވާހަކަތައް އަޑު އަހައިލާ ހިތުންނެވެ. އެހެން ދުވަސް ތަކެކޭވެސް އެއްފަދައިން ދަރިފުޅުގެ ވާހަކަތައް އަޑު އަހަމުން ގެއައް އާދެވިއްޖެއެވެ. ގެއަށް އައިސް ދަރިފުޅުގެ ކަންކަމުގައި އަވަދި ނެތި އުޅުމަށްފަހު އެނދުގައި އޯޝޯވެލައިގެން އޮއްވައި ރޫނާއަށް ނިދި ޖެހިއްޖެއެވެ. އިރުކޮޅެއްނުވެ ސިއްސަގެންގޮސް ރޫނާއަށް ހޭލެވުނީ މީހަކު އައިސް ކޮޓަރި ދޮރު ހުޅުވާލުމުންނެވެ. އައިސް ވަނީ ރޫނާގެ ފިރިމީހާ އަޖްމަލްއެވެ. “ކާނަންތަ؟” ރޫނާ އަހާލިއެވެ. ޖަވާބުގައި މިވަގުތު ނުކާނަމޭ ބުނެ އަޖްމަލް ވަނީ ފާޚާނާއަށެވެ. ނިދިފައި ހޭލެވުމުގެ ސަބަބުން ރޫނާގެ ބޮލުގައި ރިއްސަން ފެށިއެވެ. އެހެނކަމުން އެނދު މަތީގައި އޮށޯވެ އޮތެވެ. އެހެން އޮވެ ރޫނާގެ ހަނދާނައް އަންނަމުން ދިޔައީ…
2 Comments!
Comments are closed.

Ehm. Ehm…
Chompi… What is the name of this story??
Who writes a story without a name?
Hello Sarah, name of the series is ‘hiy vanee’. Its visible for me.. not sure why u are unable to see it..