މެންދުރުގެ ހޫނު އެންމެ ގަދަވެފައިވާ ވަގުތެވެ. މަގުމަތީގެ ހަލަބޮލިކަމުގެ ތެރެއިން ގަލޮޅާއި ވީ ދިމާލަށް މިސްރާބު ޖަހަމުން ދިޔަ ރޫނާގެ ހިތައް އެތައް އެއްޗެއް އަރަމުން ދިޔައެވެ. ހިތާއި ހިތާއި ޝަކުވާ ކުރެވެމުން ދިޔައީ މަގުމަތި ތޮއްޖެހިފއި ބާރުބޮޑު ކަމުންނެވެ. 10 ވަރަކަށް މިނަޓު ދުއްވި ފަހުން މިސްރާބު ޖެހި މަންޒިލަށް އާދެވއްޖެއެވެ. ރޫނާއަށް ގޮސް މަޑުކޮއްލެވުނީ ސްކޫލުގެ ރަނގަބީލަށެވެ. ރޫނާ ކެތްމަދުވެފައި ހުރީ އޭނާގެ ލޯބި ލޯބި ދަރިފުޅުގެ މޫނު ދެކިލުމަށެވެ. ސްކޫލުގެ އުފާވެރި ވަގުތައްފަހު […]