Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޮޑީގާޑު 7

Ara
Ara Level 210 Stories100 Comments
January 19, 2026 3 Mins Read
6 Comments

ޒޭން އާއި އިނާ ފަޅު ރަށުން ފުރީ އިރުއޮއްސި މުޅި ދުނިޔެ ކަޅު އަނދިރިކަމުގެ ތެރެއަށް ގެނބިފައި ވަނިކޮށެވެ. ޒޭން ދުއްވަމުންދިޔަ ކުޑަ ލޯންޗުގެ އިންޖީނުގެ އަޑު ފިޔަވައި އިތުރު އަޑެއް އެ ސަރަހައްދަކު ނެތެވެ. އިނާ އިނީ ލޯންޗުގެ ކުރީކޮޅުގައެވެ. އޭނާގެ އަތުގައި ޒޭން ދިން އޭނާގެ ބަޑިއޮތެވެ. އޭނާގެ ނަޒަރު ހުރީ ޒޭންގެ މޫނަށް ހުއްޓިފައެވެ.

“އަހަރެމެން މިދަނީ މާލޭގެ ހުޅަނގު ފަރާތުން. އެއީ ފުލުހުން އެންމެ މަދު ސަރަހައްދު. ކޮމިޝަނަރުގެ ގެ ހުންނަނީ ގަލޮޅުގަ. އަހަރެމެން ޖެހޭނީ އެއްގަމަށް އެރުނީމަ ވަރަށް ހުށިޔާރުވާން.” ޒޭން ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

ކުއްލިއަކަށް ލޯންޗުގެ ވޯކީ ޓޯކީން އަޑެއް އިވުނެވެ. އެއީ ފުލުހުންގެ އަޑެވެ.”ހުރިހާ ޔުނިޓްތަކަށް ސަމާލުވޭ. ކ. އަތޮޅުން ފުރައިގެން އަންނަ ލޯންޗެއްއެއް ފާހަގަކުރެވިއްޖެ. އޭގައި ތިބީ ރަހީނުކުރެވިފައިވާ ނޫސްވެރިޔާ އަދި އޭނާ ރަހީނުކުރި ހަތިޔާރު އެޅި މީހާ. ފެނުމާއެކު ހުއްޓުވާ ބޭނުންވެއްޖެ ނަމަ ބާރުގެ ބޭނުންކުރޭ!”

އިނާގެ މޫނުމަތިން ބިރުވެރިކަން ފެނުނެވެ. “ޒޭން. އެމީހުން އެ ބުނީ ބާރުގެ ބޭނުންކުރާށޭ. އޭގެ މާނައަކީ އަހަރެމެން ގަޔަށް ބަޑިޖަހާށޭތަ؟”

“އެއީ ޒިމާމްގެ ކުޅިގަނޑު. އޭނަ އެވަނީ މުޅި ފުލުހުންނަށް އޮޅުވާލާފައި. އޭނަ ބޭނުންވަނީ އަހަރެމެން މާލެއަށް އެރުމުގެ ކުރިން އަހަރެމެން ނައްތާލަން.” ޒޭން ހުރީ ވަރަށް ރުޅިއައިސްފައެވެ. އެވަގުތު ދުރުން އެހެން ލޯންޗެއްގެ އަލި ފެންނަށް ފެށިއެވެ. އެއީ ފުލުހުންގެ ލޯންޗެކެވެ. ޒޭން ވަގުތުން އެމީހުންގެ ލޯންޗުގެ މިސްރާބު ބަދަލުކޮށްލިއެވެ. “ލޯންޗު ހުއްޓާ. މިއީ ފުލުހުން. ހުއްޓާލާފައި އަތް މައްޗަށް ނަގާ.” ތަންކޮޅެއް ދުރުން ފުލުހުން ގޮވަމުންދިޔައެވެ. ޒޭން މަޑެއް ނުކުރިއެވެ.

އެހަމަ އެވަގުތު ޒޭންގެ ފޯނަށް މެސެޖެއް އައެވެ. އެއީ ޒިމާމްގެ މެސެޖެކެވެ. ކަލޭގެ ފަހަތުން އެ ދަނީ ފުލުހުންނެއް ނޫން. އެއީ އަހަރެންގެ މީހުން ފުލުހުންގެ ލޯންޗެއް ވަގަށް ނަގައިގެން. އިނާ ސަލާމަތް ކުރަން ބޭނުމިއްޔާ އޭނަ ކަނޑަށް ވައްޓާލާފައި ކަލޭ ފިލާ. އޭރުން އޭނާގެ ފުރާނަ ސަލާމަތްވާނެ. ނޫނީ ދެމީހުން އެކުގައި ކަނޑުގެ އަޑިއަށް ދާން ތައްޔާރުވޭ.

ޒޭން އެ މެސެޖު ކިޔާފައި އިނާއަށް ބަލާލިއެވެ. އިނާ ހުރީ ބަޑި ޒޭންއާ ދިމާލަށް އަމާޒުކޮށްލައިގެންނެވެ. އޭނާގެ ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. “ޒޭން. ކޮން މެސެޖެއް އެއައީ؟ ޒޭން ތި އުޅެނީ އަހަރެން މަރާލަންތަ؟”

“ނޫން އިނާ. ޒިމާމްގެ ރޭވުމެއް މީ. އޭނަ އެ އުޅެނީ އިނާ ލައްވައި އަހަރެން ގަޔަށް ބަޑިޖައްސަން. އަހަރެންނަށް އިތުބާރު ކުރޭ.” ޒޭން ހާސްވެފައި ބުންޏެވެ.

“އަހަރެން ކިހިނެއް އިތުބާރު ކުރާނީ؟” އިނާ ރޮމުން ހަޅޭއްލަވައިގަތެވެ. “ޒޭންގެ އެކައުންޓަށް 1 މިލިއަން ވަދެފައި ފުލުހުން އެ ބުނަނީ ޒޭންއަކީ ކުށްވެރިއެކޭ އަދި މިހާރު ޒޭންގެ ފޯނަށް އަންނަ މެސެޖުތައް ފޮރުވަނީ.”

އެވަގުތު ފަހަތުން އައި ލޯންޗުން ބަޑި ޖަހަން ފެށިއެވެ. ވަޒަންތަކުގެ އަޑު ކެނޑިނޭޅި އިވެމުންދެއެވެ. ޒޭން ކުއްލިއަކަށް ލޯންޗުގެ އިންޖީނު ނިއްވާލިއެވެ.

“އިނާ. އަޑުއަހާ.” ޒޭން ވަރަށް ސީރިއަސްވެފައި ބުންޏެވެ. “އަހަރެމެންނަށް މި ވަގުތު މާލެއަކަށް ނޭރޭނެ. އެމީހުން އެތިބީ މަގު ބަންދުކޮށްގެން. އަހަރެމެން ޖެހޭނީ އެމީހުންނަށް އޮޅުވާލަން. އިނާ އަހަރެން ގަޔަށް ބަޑިޖަހާ.” އިނާ ސިހިފައި ބަލާލިއެވެ. “ކީކޭ؟”

“ޒިމާމް އެދަނީ އަހަރެމެންނަށް ފާރަލަމުން. މިކަން ނުކޮށްފިއްޔާ އަހަރެމެން ދެމީހުންވެސް މަރުވާނެ. ޒިމާމަށް ހީވާންޖެހޭނެ އޭނަގެ ރޭވުން ކާމިޔާބުވެ އިނާ އަހަރެންނަށް އިތުބާރު ނުކޮށް ހަމަލާދިނީ ކަމަށް. އަވަސް ކުރޭ. ލޯންޗު އެ އަންނަނީ.”

އިނާ ބަޑި އުފުލާލިއެވެ. އޭނާގެ ދެލޯ މަރާލިއެވެ. މުޅި ކަނޑުމަތީގައި ބަޑީގެ ބާރު އަޑު ގުގުމާލިއެވެ. އެ ހަމަލާ އާއި އެކު ޒޭން ކަނޑުގެ އަނދިރިގަނޑުގެ ތެރެއަށް ވެއްޓުނެވެ.

ޒޭންގެ ހަށިގަނޑު ކަނޑުގެ އަނދިރި ލޮނުގަނޑުގެ ތެރެއަށް ގެނބިގެން ދިޔައިރު އިނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވިއެވެ. އޭނާ ނުރޮއެވެ. ދެލޮލުން ކަރުނައެއް ނާދެއެވެ. އޭގެ ބަދަލުގައި އޭނާ ބަޑި ތިރިކޮށްލީ ހިތްހަމަޖެހިލައިގެން ހުރެއެވެ.

ޒިމާމް އޭނާގެ އޮފީހުގައި ހުރި ބޮޑު ސްކްރީނަށް ބަލަހައްޓައިގެން އިނީ ނުލަފާ ހިނިތުންވުމަކާއެކުއެވެ. އޭނާގެ އަމިއްލަ ކޮއްކޮ އަދި އޭނާގެ އަމިއްލަ ލޭ ކަނޑުގެ ފުންމިނަށް ގެނބިގެން ދިޔައިރުވެސް ޒިމާމްގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. “ސާބަހޭ އިނާ” ޒިމާމް މަޑުމަޑުން ބުނެލިއެވެ.

ފުލުހުންގެ ނަމުގައި ތިބި ޒިމާމްގެ މީހުން އެމީހުންގެ ލޯންޗު އިނާ އިން ލޯންޗާ ކައިރިކުރިއެވެ. އެމީހުން ހަތިޔާރާއެކު އިނާގެ ލޯންޗަށް އެރިއިރުވެސް އިނާ އިނީ ވަރަށް ހަމަޖެހިލައިގެންނެވެ.

“ކޮބާ ޒޭން؟” ޓީމުގެ އިސްކޮށް ހުރި މީހާ ހަރުކަށިކަމާއެކު އަހާލިއެވެ. އިނާ ކަނޑާ ދިމާލަށް ބަލާލުމަށްފަހު އެ މީހާގެ ލޮލަށް ސީދާ ބަލާލިއެވެ. “އޭނަގެ ވަގުތު ހަމަވީ. އަހަރެންނަށް ދެރައެއް ދޭން އުޅޭ މީހަކު ދުނިޔޭގައި ބަހައްޓާކަށް އަހަރެން ބޭނުމެއް ނޫން. ޒޭން ހީކުރީ އަހަރެންނަކީ އޭނަ ބުނާހާ ގޮތެއް ހަދާނެ މޮޔައެއް ކަމަށް.” އިނާގެ އަޑުގައި ހުރީ ފަރުވާކުޑަ ގޮތެކެވެ.

ޒިމާމްގެ މީހުން ވަގުތުން ޒޭން ވެއްޓުނު ސަރަހައްދު ހޯދަން ފެށިއެވެ. ނަމަވެސް އެ ހިސާބަކީ އޮއިވަރު ގަދަ އަދި ވަރަށް ފުން ހިސާބެކެވެ. ދިހަވަރަކަށް މިނެޓު ހޯދުމަށްފަހުވެސް ޒޭންގެ އެއްވެސް ނިޝާނެއް ނުފެނުނެވެ.

“ސަރ. އޭނަގެ އެއްވެސް ނިޝާނެއް ނެތް. މި ހިސާބުގެ އޮއި ހުރި ގޮތުން ހަށިގަނޑު ފެނުމަކީ ނާދިރު ކަމެއް.” ލޯންޗުގައި ހުރި މީހާ ޒިމާމަށް ރިޕޯޓް ކުރިއެވެ.

“އިނާ. ތި ބުނަނީ ތެދެއްކަން އަހަރެން ގަބޫލުކުރާނީ ޕެންޑްރައިވް އަހަރެންގެ އަތަށް ލިބުނީމަ. ޒޭން މަރުވުމަކީ އަހަރެންގެ މައްސަލައެއް ނޫން. އޭނަ އެއީ އަހަރެންގެ މަގަށް އެޅުނު ހުރަހެއް. އެ ހުރަސް ނައްތާލަދިނީތީ ޝުކުރިއްޔާ.” އިނާ ހިނިތުންވެލިއެވެ. އެއީ މީގެ ކުރިން އޭނާގެ މޫނުމަތިން ނުފެންނަ ފަދަ ނުރައްކާތެރި ހިނިތުންވުމެކެވެ. “ޒިމާމް. ޒޭންއަކީ ކަލޭގެ ކޮއްކޮއެއް ނޫންތަ؟ ކަލޭގެ އަމިއްލަ ލޭ މަރުވީމަވެސް ތިހާ ހަމަޖެހިލައިގެން ތި އިނީ ކިހިނެއް؟”

“ލެޔަކީ ހަމައެކަނި ރަތްކުލައިގެ ދިޔާ އެއްޗެއް. ބާރާއި ފައިސާގެ ކުރިމަތީގައި އާއިލާއަކީ އެއްވެސް އެއްޗެއް ނޫން. އޭނަ އިޚްތިޔާރު ކުރީ ނުބައި ފަޅި. އެހެންވެގެން އޭނަގެ ނިމުން އެހާ އަވަހަށް އެ އައީ ވެސް.” ޒިމާމް ފަރުވާ ކުޑަ ރާގެއްގައި ބުންޏެވެ.

އިނާ ޒިމާމްގެ މީހުންނާއެކު އެމީހުންގެ ލޯންޗަށް އެރިއެވެ. އޭނާ ޒޭންގެ ލޯންޗަށް އެންމެ ފަހު ފަހަރަށް ބަލާލިއެވެ. އަދި އަތުގައި އޮތް ޕެންޑްރައިވް ބާރަށް މުށްކަވާލިއެވެ. ޒޭން ކަނޑަށް ވެއްޓުނު ސަރަހައްދުގައި އުފެދިފައިވާ ރާޅުތައް މަޑުމަޑުން މައިތިރިވަމުން ދިޔައެވެ. ޒޭން ދުނިޔޭގައި ހުރިކަމުގެ އެއްވެސް ހެއްކެއް މިހާރު ނެތެވެ.

މާލެއާ ދިމާލަށް ލޯންޗު މިސްރާބު ޖެހިއިރު އިނާ އިނީ ދުރު ބަލަހައްޓައިގެންނެވެ. އޭނާގެ ހިތުގައި ވަނީ ކޮން އެއްޗެއްކަން އެނގޭނީ ހަމައެކަނި އޭނާއަށެވެ.

(ނުނިމޭ)

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

އެދެނީ އުމުރަށް ތިބާ 02

Next

ވާރޭތެރޭ… (ލޯބީގެ ވޭނީ ހިތްދަތި ވަކިވުމުން)

Next
January 19, 2026

ވާރޭތެރޭ… (ލޯބީގެ ވޭނީ ހިތްދަތި ވަކިވުމުން)

Previews
January 19, 2026

އެދެނީ އުމުރަށް ތިބާ 02

6 Comments!

  1. 😶‍🌫️Raajiha 😶‍🌫️ says:
    January 19, 2026 at 12:58 pm

    Me first today
    Maasha allah v reethi mi part ves

    1. Ara Ara says:
      January 20, 2026 at 2:35 am

      Thank you 🥰🫶🏻

  2. Anaa says:
    January 19, 2026 at 2:38 pm

    OMG. I am speechless!! Is she actually a villain now? The suspense is literally killing me. Part 8 ASAP please.

    1. Ara Ara says:
      January 20, 2026 at 2:35 am

      Hehe let’s see dhw 😊

  3. Anonymous says:
    January 19, 2026 at 3:13 pm

    އަސްލުވެސް ޒޭން މަރުވީބާ؟ މިހާރު ހަމަ ކެތްމަދުވެއްޖެ ދެން ވާނެ ގޮތެއް ބަލަން

    1. Ara Ara says:
      January 20, 2026 at 2:35 am

      Let’s see 😊

Comments are closed.

Next Episodeބޮޑީގާޑު 8←


All Right Reserved!