Skip to content
އެސްފިޔަ

އެދެނީ އުމުރަށް ތިބާ 02

“އޭނާގެ މައުލޫމާތު ލިބިއްޖެތަ.” ގޮޑިއެއްގައި އިން ފިރިހެން މީހާ އެހިއެވެ. ” ޔެސް ސަރ.” އޭނާ ބުންޏެވެ. ” މިކްޔަލް ބަލަން ހުންނައްޗޭ އަަހަރެން މިކްޔަލްގެ ދިރިއުޅުން ހަލާކުކޮށްލާނަން. ޖަސަޓް ވެއިޓް ޔޫ ވިލް ސީ އިން 3 މަންތްސް.” މަކަރުވެރި ހިނިތުންވުމަކާއި އެކު އޭނާ ބުނެލިއެވެ.

*ޕަރްޓް 02*

ރޭގަނޑުގެ ފިނި ގަދަ ވަގުތެވެ. ޔޫރާ ކޮލެޖު ނިންމާފައި ގެޔަށް ދާން ނުކުތެވެ. ” ކިޔާ ….. ޔޫގެ ދޮންބެ ދޯ ބަލައި އަންނާނީ.” ޔޫރާ ކިޔާރާ އަށް ބަލައިލަމުން އަހާލިއެވެ. ” ހޫމް. ދޮންބެ ވަރަށް ކޫލް ވާނެ . ކިޔާ އާއި އެއްކޮށް ޔޫ ދާން ވާނީ.” ކިޔާރާ ބުންޏެވެ. ހަމަ އެ ވަގުތު ކިޔާން ކާރުގައި އައެވެ. ކިޔާން ކާރުން ނުކުން ތަނާއި ކިޔާރާ ގިސް ކިޔާންގެ އަތުގައި އޮޅުލައިގަތެވެ. ” ހޫމް ކޮންޗެއް ބޭނުންވީ.” ކިޔާން ހީލަމުން ބުންޏެވެ. ” ދޮންބޭ ކިޔާގެ ބެސްޓީ އަށް ރައިޑެއް ދެވިދަނެތަ.” ކިޔާރާ ޕަޕީ އައިޒް ދައްކާލަމުން ބުންޏެވެ. ކިޔާން އަކަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ.

ކާރުގައި އިށީނި ތަނާއި ޔޫރާއަށް ދުއްވަން އިން މީހާ އަށް ބަލައި ލެވުނެވެ. އެ ގަޑީ ވަރަށް ދަންނަ މިހެއް ހެން ހީވިއެވެ. ކޮންމެވެސް ތާކުން ފެނުނުހެން ހީވިއެވެ. އެ ވަގުތު އެ ފިރިހެން މީހާގެ ތޫނު ނަޒަރު ފެނި ޔޫރާ ގައިގައި ހީ ބިހި ނެގިއެވެ. ” މިކް. ދުއްވާ.” ކިޔާންގެ އަޑަށް ސިހިފައި މިކްޔަލް ކާރު ދުއްވާލިއެވެ. އޭނާ އަށް މަގު މައްޗަށް ވުރެއް ގިނައިން ޔޫރާ އަށް ބެލެމުން ދިޔައެވެ. މިކްޔަލް އަށް އެ އަންހެން ކުއްޖާ ކޮންމެވެސް ތަނަކުން ފެނުނުހެން ހީވިއެވެ. ކިޔާރާ އަށް މިކަން ފާހަގަވެގެން ޔޫރާ އާއި ދިމާލައަށް ބަލައިލިއެވެ. ޔޫރާ އިނީ އިސްދަސަށް ޖަހައިގެންނެވެ.

*********************************************

މިސްޔާ ރޭގަނޑުގެ ކެއުން އިންސާފު ކުރުމަށް ފަހު ހިންހަމަ ޖައްސާލަން ބެލްކަންޏަށް ނުކުތެވެ. އެ ވަގުތު ނުދަންނަ ނަމްބަރަކުން އޭނާއަށް ގުޅިއެވެ. ދެ ވަނަ ފިކުރަކާއި ނުލާ މިސްޔާ ފޯނު ނެގިއެވެ. އެ ފޯނުން ވާހަކަ ދެއްކި މީހާ ބުނި އެއްޗަކުން މިސްޔާ އަތުގައި އޮތް ފޯނު ބިން މައްޗަށް ވެއްޓުނެވެ. އަދި އޭނާގެ ހިތް އެޔެއް މިޔެއް ނުބަލާ ތެޅެން ފެށިއެވެ.

މިކްޔަލް ގެޔަށް އައި އިރު ގެއިން އަޑެއް ބަޑެއް ނީވެއެވެ. ފުންނޭވާ އެއް ލާފައި އޭނާ ކޮޓަރި އަށް ދިޔައެވެ. އޭނާ ވަރަށް ވަރު ބަލި ވެފައި ހުރުމުން އެންދަށް ގޮސް ޖެހުނެވެ. އެ ވަގުތު އޭނާގެ ސިކުންޑީ ގައި ޔޫރާގެ ސޫރަ ކުރެހުމުން ދިޔައެވެ. ” ޔޫރާ.” މިކްޔަލް މަޑު މަޑުން ކިޔާލަ ކިޔާލައި ހުއްޓެވެ. ކުއްޖާހާއި ނަން ވެސް ރީއްޗޭ މިކްޔަލް ހިތަށް އެރިއެވެ. ޔޫރާގެ ހާލަކީ ތޯ އޭ، އޭނާގެ މުޅި ސިކުންޑީ ގައި މިކްޔަލް ކުރެހެމުން ދިޔައެވެ. އެ ތޫނު ނަޒަރުން އަދި ވެސް ބަލަމުން ދިޔަހެން ހީވެއެވެ. ނަމަވެސް ދެން އޭނާ ފެންނާނެ ބާވޭއެވެ.

*************************************************

” ކޮބާ ކިހިނެއް ކަންތައް ދިޔައީ.” އޭނާ ހީލަމުން އަހާލިއެވެ. ” ހުރިހާ ކަމެއް ސެޓަލްޑް މިހާރު.” އޭނާ ބުންޏެވެ. ” ރިވެންޖް އިޒް ކަމިންގް މައި ޑިއާރ މޭޓް.” އޭނާ ނުލަފާ ވައްތަރަކަށް ބުންޏެވެ.

= ނުނިމޭ =

 

Comments (14)

  1. Anonymous

    mi dhn vhk eh tha 🤦🤦

  2. sunshinegurll14

    excuse me. vhk ekah nuvanyyamu nukiyaa. thi dhn insaaneh tha.

  3. Copy cat

    Vrh hadi vhk gai ginaee Mihaaru liyamun ahnna story thakuga huhna character names I think ur copying

    1. Anonymous
      Copy cat

      Ofc Ofc Shayan and yooraa vx mee Mihaaru muxo liyamun dhaa dhe vhk ga beynun kuraa dhe character ah liyaanan

    2. sunshinegurll14
      Copy cat

      shut up. kiyan beynun noonihyaamu nukiyaa. moya vhk nudhahkahchehey ma story thakuga

    3. sunshinegurll14
      Copy cat

      thee ehnu enme bodu cpoy cat. mashah nukiyahchey. maa kanthah fala vaane eyrun.

  4. Anonymous

    Kiyaanan*

    1. sunshinegurll14
      Anonymous

      idc b#tch

  5. Anonymous

    Thi gola ge vhk thah kiyaa meehaku huri heneh mashah Hiyeh nuvey… Vhk liyan neyngenya nuliyaanee bi***
    Ot gola ekeyy 😜🤣😂 sunshinegurll ehves noon thy foahkibagurll14 thyy 🤣

  6. mishal

    ur copying gurl and ehvx kiyaa hitheh neiyy plus liyan neyngenyya nuliye hurey….

  7. Anonymous

    Mi vhk adhi nueh kiyan kiyan vgn ehakah comment section balaalymi ekm mhr kiyaa hiy vx kendihje!!! Thee ehves adhabeh sadhabeh neiy liyuntheri eh 😌😔

  8. mishal

    hama thedheh anonymous ebunee aslu comment komme gothakah ayas liyuntheriya jeheyne dhw adhabu akhlaagu hifahahttan

    1. Anonymous
      mishal

      True

  9. lollaa6

    my gf is also a author in esfiya site ….ekam eynayah negative comments libunas she didnt talk in this way

Comments are closed.