Skip to content
އެސްފިޔަ

އެދެނިިީ އުމުރަށް ތިބާ 01

އިރުގެ ރަންދޯދިން މުޅި ދުނިޔެ އަލިކޮށްލިއެވެ. އުމުރުން 19 ވަރަކަށް އަހަރު ޒުވާން އަންހެން ކުއްޖެއް ނިދާފައި އޮތެވެ. އޭނާއަށް ވަރަށް ބާރަށް އެއްޗެއް ތަޅައިގެން ދިޔަ އަޑަށް ހޭލެވުނެވެ. ފުން ނޭވާއްލާފައި އެނދުން ތެދުވިއެވެ. އޭނާ ފާހަނައަށް ވަދެ އޭނާގެ މޫނަށް ބަލައެލިއެވެ. އޭނާގެ ދެ ލޯ ވަނީ ރަތްވެފައެވެ. މޫނުދޮވެ ރީތިވާން އޭނާ އުޅުނެވެ. ރީތިވެގެން ކޮޓަރިން ބޭރަށް ނުކުން އިރު މުޅި ގޭތެރެ އޮތީ ކުނި ގޮނޑެއް ހެންނެވެ. ކޯތާފަތް މައްޗަށް ވެއްޓުނު ކަރުނަ ތިކި ފޮހެލަމުން ގެއިން ބޭރަށް ނުކުތެވެ.

ގެއިން ނުކުން އިރު ކިޔާރާ އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ” ޔޫ…. މިއަދު ހާދަ ފާޑަކަށް ތި ހުރީ.” ކިޔާރާ ޔޫރާގެ މޫނަށް ބަލައިލަމުން ބުންޏެވެ. ” ތީ ކިޔާ އަށް ހީވާ ގޮތް. އައިއެމް ފައައިން.” ޔޫރާ ހީލަމުން ބުނެލިއެވެ. ” އޯކޭ އެކަމު ޔޫ ކޭން ޓެލް މީ އެނީ ތިންގް.” ކިޔާރާ ހިނގައި ގަންނަމުން ބުނެލިއެވެ. ޔޫރާ ހޫމް ލައްވައިލަމުން ހިނގައި ގަތެވެ.

***********************************************

” އަހަރެން ބުނީ މިހެންނެއް ނޫން ހަދަން.” މިކްޔަލް ހަޅޭއްލަވައި ގަތެވެ. ” ސޮރީ ސަރ.” އެ އަންހެން ކުއްޖާ ރޮވިފައި ހުރި ގޮތަކަށް ބުނެލިއެވެ. ” ސޮރީ ލޮރީ ކިޔާނެ ކަމެއް ނެތް. ޔޫ އާރް ފަޔާރޑް.” މިކްޔަލް ފައިލުތައް ހޫރާލަމުން ބުންޏެވެ. އެ އަންހެން ކުއްޖާ ނުކުން ތަނާ ކިޔާން ކެބިންއަށް ވަނުނެވެ. ” ޕިސް ޕިސް …. ޔަލް މިވަރު ދެން ބޮޑު އިނގޭ. މިހާރު އެއީ 13 ވަަނަ ސެކެޓްރީ ދެން އަނެއްކާ އެހެން މީހެއް ހޯދަންވީ.” ކިޔާން ސޯފާގައި އިށީންނަމުން ބުންޏެވެ. މިކްޔަލް ލޯ އަޅައިލަމުން ކޮންޕިއުޓަރަށް ކުޅެން ފެށިއެވެ.

ބުލޫ އައިސްގެ ކުރި މައްޗަށް ހުއްޓުނު ބީއެމް ޑަބުލިއަކަށް މަގު މަތީގައި ތިބި ހުރިހާ އެންމެންގެ ލޯތައް އަމާޒުވެފައި ހުއްޓެވެ. ކާރުން ނުކުތީ 45 ވަރަކަށް އަހަރު ފިރިހެނަކާއި 42 ވަރަކަށް އަހަރު އަންހެނަކާއި 17 ވަރަކަށް އަހަރު އަންހެން ކުއްޖެކެވެ. މީހުންގެ ތުންތުން މަތިން ބުލޫ އައިސްގެ ޗެއާރމެން އަހްމަދު މީކައިލް، އޭނާގެ އަންހެނުން ފާތުމަތު މައިސާ އަދި ހުރި ހަމަ އެކަނި އަންހެން ދަރި އައިސަތު މިކްޔާ މީކައިލް އޭ ކިޔަމުން ދިޔައެވެ.

” މުހައްމަދު މިކްޔަލް މީކައިލް ….. ކީއްވެ ރައުނަ ފަޔާރްކޮށްލީ އާން. ދެން މިކްޔަލްއަށް ލިބޭނީ އެންމެ ފަހު ފުރުސަތު ދެން ލިބޭ މީހާ ގެންގުޅެން ހަމަ ޖެހޭނީ.” މީކައިލް އޭނާގެ އެންމެ ފަހު ނިންމުން ނިންމިއެވެ. ” އެ ވާހަކަ އަޑު އިވިގެން ދޯ ބައްޕަ ތިއައީ. ޕިސް ޕިސް.” މިކްޔަލް ހީލަމުން ބުންޏެވެ. ” ނައިސަ ވާނެ ދޮންބެ ތިގެންގުޅޭ ސިންގު ރުޅި ގަނޑަކާއި ހަދައިގެން. މިކީ ހިތަށް އަރާ ލިބޭ ދޮންބެދައްތަ ވެސް ފިލާނޭ.” މިކްޔާ މިކްޔަލްއަށް ދިމާކޮށްލަންވެގެން ބުންޏެވެ. ދެން ފެނުނީ ދެ ބައިން އެކަކު އަނެކަކު ފަހަތުން ދުވާތަނެވެ. މީކައިލް އާއި މައިސާ އެކަކު އެނެކަކަށް ބަލައިލަމުން ހީލިއެވެ. މާތަ ﷲ އަށް މިހާ ލޯބި އާއިލާ އެއް ލިބުމުން ސުކުރުވެރިވިއެވެ. އެ މީހުންނަށް ނޭނގުނު ނަމަވެސް 3 މަސް ތެރޭގައި މި އުފާވެރިކަން ލިބޭނަމަ އޭ ހިތަށް އަރާ ހުވަފެނަކަށް ވާނެ ކަަމެވެ.

***************************************************

” އޭނަގެ މައުލޫމާތު ލިބިއްޖެތަ.” ގޮނޑި އެއްގައި އިން ފިރިހެން މީހާ އެހިއެވެ. ” ޔެސް ސަރ.” އޭނާ ބުންޏެވެ. ” މިކްޔަލް ބަލަން ހުންނައްޗޭ އަހަރެން މިކްޔަލްގެ ދިރިއުޅުން ހަލާކުކޮށްލާނަން. ޖަސްޓް ވެއިޓް ޔޫ ވިލް ސީ އިން 3 މަންތްސް.” މަކަރުވެރި ހިނިތުންވުމަކާއި އެކު އޭނާ ބުނެލިއެވެ.

 

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (7)

  1. Anonymous

    mi trope aa plot kiyaa kiyaa foohi vejje mihaaru 🙁

    1. sunshinegurll14
      Anonymous

      kiyaa kiyaa foohi vejihyyaamu nukiyaa . problem solved.

    2. Justice on Me
      Anonymous

      Thi Foohi vannaamun Dheyba Story Liyaameehakah vaan eyrun Vaki Molhuvaane Dude 😎😎…Just respect Authors…

  2. Justice on Me

    Maasha Allah 💜🥀 Vrh Vrh reethi

    1. sunshinegurll14
      Justice on Me

      thank u Justice on Me

  3. Aany🖇️🧸

    It’s very nice dhn Inna Bai thankolheh dhigu kohladhehchey 😭🌷

    1. sunshinegurll14
      Aany🖇️🧸

      yeah will try dhigu kohlan busy kamun nuvanee

Comments are closed.