Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

ލިޔުންތެރިއެއްގެ ދިރިއުޅުން

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
January 1, 2026 6 Mins Read
18 Comments

އިރުއޮއްސޭ މަންޒަރު ބަލަން ކުޑަދޮރު ކައިރީ ހުރި އަންހެންކުއްޖާގެ މޫނު މަތިން ފެންނަމުން ދިޔައީ މަސްހުނި އިހްސާސްތަކެކެވެ. އިރުގެ ރަން ދޯދިތައް އެކުއްޖާގެ މޫނަށް އެޅިފައިވީއިރު، އެ ކުއްޖާގެ ބޮޑު ކޮފީ ކުލައިގެ ކަޅި ފެނިގެން ދަނީ ޖާދޫވި ގޮތަކަށްށެވެ. ރުއިމުގެ ސަބަބުން ދިގު އެސްފިޔަތައް ތެމިފައިވީއިރު، ކަޅުކަން ގަދަ ވިދުމެއް އޭނަގެ އެސްފިޔަތަކުގައި ވިއެވެ. އޭނަގެ މޫނު މަތިން ފެނިގެން ދަނީ ވަރުބަލި ކަމެވެ. އިރު މަޑުމަޑުން ފެންގަނޑަށް ތިރިވަމުން އެދަނީ ދެހާސްފަންސަވީސް ވަނަ އަހަރަށް އަލްވަދާއު ކިޔަމުންނެވެ. އެ އަހަރު ދިން ފިލާވަޅުތަކާއި ކުރިމަތިވެގެން ދިޔަ ގޮންޖެހުންތަކާއި އެކުގައެވެ. މަޑުމަޑުން ހިނގާލާފައި ގޮސް އެނދުމަތީގައި އޭނަ އޮށޯވެލިއެވެ. ކުޑަކޮށް ރޯގާ ވައްތަރުވެފައި ހުރުމުގެ ސަބަބުން އޭނަގެ ނޭފަތުގެ ކުރި ވަނީ ރަތްވެފައެވެ. މަޤްރިބް ނަމާދަށް ބަންގި ގޮވުމުން ވުޟޫކޮށްލައިގެން ނަމާދުކޮށްލުމަށްފަހު ގުރްއާން ކިޔަވާލިއެވެ. އެކަމުން އޭނަގެ ހާސްވެފައިވި ސިކުނޑިއަށް ފިނިކަމެއް ލިބުނު ފަދަ އިހްސާސެއް ކުރެވުނެވެ.

ދެހާސް ފަންސަވީސް އަހަރުވެގެން ދިޔައީ އަލާޔާއަށް އެތަކެއް ފިލާވަޅުތަކެއް ދަސްކޮށްދިން އަހަރަކަށްށެވެ. އެގޮތުން ހާލަތު ކިތަންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަދަލު ވެގެން ގޮސްދާނެ ކަމާއި، ކިތަންމެ ގާތް މީހެއް ނަމަވެސް، އިތުބާރު ކުރަންވާނީ ވަކި ވަރަކަކަށް ދަސްވެގެން ދިޔައެވެ. މާތް ﷲ އަނެކާއަށް ނުއުފުއްލެވޭ ވަރު ބުރައެއް ނުޖައްސާނެކަން ދަސްވިއެވެ. އަދި ހަމައެހެންމެ ކޮންމެ އުނދަގޫ ކަމެއްގެ ފަހަތުގައި ފަސޭހައެއްވާނެކަން އެނގުނެވެ.

ކުޑަކޮށް އަރާމްކޮށްލުމަށްޓަކާ އަލާޔާ އެނދުގައި އޮށޯތެވެ. ލެޕްޓޮޕަށް ބަލައިލީ ފޫހިވެފައި އޮވެއެވެ. އަލާޔާއަކީ ވާހަކަ ކިޔުމާއި ވާހަކަ ލިޔުމަށް ފޯރި ހުންނަ ކުއްޖެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް އޭނަ ދެރަކޮށްލުމަށްޓަކައި ލިބޭ ތަފާތު ކޮމެންޓުތަކުގެ ސަބަބުން ވާހަކަ ލިޔަން ފޫހިވެއެވެ. ހެނދުނު އަށެއް ޖަހާއިރު ވަޒީފާއަށް ދާގޮތަކަށް އަލާޔާއަށް ގެއަށް އާދެވޭއިރު ހުންނަނީ ތިނެއް ޖަހާފައެވެ. އެގަޑީ އަންނަ ގޮތަށް ނަމާދުކޮށްލާގެން އަލާޔާއަށް ނިދެނީއެވެ. ދެން އަނެއްކާ ރޭގަނޑު އަށްގަޑި ބައިގައި ވަޒީފާއަށް ނިކުންނަން ޖެހެއެވެ. މި ދުވަސްކޮޅު ކޮލެޖްގެ ސެމިސްޓާރ ބްރޭކްކަމުން ކިލާހެއް ނޯވެއެވެ. އެހެންނަމަވެސް ކްލާސްތައް ފެށުމުން ރޭގަނޑު އަށަކުން ދިހަގަޑި ބައިވަންދެން އަލާޔާ ހުންނަން ޖެހޭނީ ކިލާހުގައެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަ ވެސް ނުނިދާ ހޭލައިގެން ހުރެ ވިޔަސް ބުނާ ދުވަހަކަށް އަލާޔާ ވާހަކަ ގެނެސްދޭން މަސައްކަތް ކުރެއެވެ.

އަލާޔާއަކީ އިސްކޫލް ނިމުނީއްސުރެ ފައިސާ އަމިއްލައަށް ހޯދުމުގެ ގޮތުން އަބަދު ވެސް ކޮންމެ ވެސް މަސައްކަތެއް ކުރަމުން އަންނަ ކުއްޖެކެވެ. އެގޮތުން ކުޑަކުދިންނަށް ޓިޔުޝަންދިނުމާއި ފިހާރައިގައި ކޭޝިއަރެއްގެ ގޮތުގައި ވެސް އަލާޔާ މަސައްކަތް ކުރިއެވެ. ކުޑައިރު އެކަހެރިކޮށް އުޅުމާއި ގުޅިގެން އަލާޔާ ވެފައިވަނީ ވަރަށް ‘އިންޓްރޮވާޓެޑް’ ކުއްޖަކަށްށެވެ. އެހެންކަމުން ނުދަންނަ މީހުންނާއި ވާހަކަ ދައްކާ އުޅުމަކީ އަލާޔާއަށް ވަރަށް އުނދަގޫކަމެކެވެ. މި އަހަރުގެ މެދު ތެރެއިން ރަށު ހޮސްޕިޓަލް ރިސެޕްޝަން ވަޒީފާއަށް އަލާޔާ ހޮވުންވީ، އަލާޔާގެ ވާހަކަ ދެއްކުމުގެ ހުނަރު ކުރިއަރުވާ ތަރައްގީ ކުރަން ލިބުނު ފަހި ފުރުސަތެކެވެ.

އަލާޔާ ފޫހިކަމާއެކު ލެޕްޓޮޕް ހުޅުވައިލުމަށްފަހު ވާހަކަ ވެބްސައިޓަށްވަނެވެ. ކޮމެންޓްތައް ފެނުމުން ހިތް މަރުވާ ގޮތް ވިއެވެ. ބަހުން ވެސް އަނެކާގެ އުންމީދު ގަތުލްކޮށްލާ މީހުން އުޅޭކަމަކީ ތެދެއްކަން މިހާރު އަލާޔާއަށް ޔަގީންވެއެވެ. އެފަދަ މީހުންގެ ހިތުން އެފަދަ އިން ކޮމެންޓު ކުރުމަކީ ވަރަށް ވެސް މަޖާ ކަމެކެވެ. އެހެން ނަމަވެސް އެ ކޮމެންޓުތައް ނިސްބަތްވާ މީހާ ވާނެ ދެރަ އާއި ވިސްނާނެވަރު އެމީހުންނަށް ނޭނގެނީބާއޭ އަލާޔާގެ ހިތައް އެރިއެވެ. ދެ އަތް ތުރުތުރު އަޅާ ހާލު ކޮމެންޓު ސެކްޝަން ލައްޕައިލުމަށްފަހު ވާހަކައިގެ އަނެއް ބައި ލިޔަން ފެށިއެވެ. އެ ބައި ލިޔަމުން ދިޔައިރު ވެސް އަލާޔާއަށް ވިސްނެމުން ދިޔައީ އެމީހުން ކޮށްފައި ހުރި ކޮމެންޓުތަކާއި މެދުގައެވެ. އެމީހުން އަލާޔާގެ ސިފައަށް ވެސް މަލާމާތްކޮށްފައިވެއެވެ. އެހެން މަލާމާތް ކުރާ އިރު އެ މަލާމާތް ކުރެވެނީ އެމީހުން ވެސް ހެއްދެވި ކަލާނގެއަށްކަން އެމީހުނަށް ނުވިސްނެނީބާއޭ އަލާޔާގެ ހިތަށް އެރިއެވެ.

ލެޕްޓޮޕްއާއި ދިމާލަށް ބަލަން ވިސްނުމަކަށް ގެއްލިފައި އިން އަލާޔާ ސިހުނީ އޭނަގެ ލޯބިވާ މަންމަ އެނދުގައި އިށީނުމުންނެވެ. “އަލާ.. ހާދަ ބޮޑު ވިސްނުމަކަށް ގެއްލިފަ؟ އަނެއްކާ އެ ކޮމެންޓުތަކާ މެދު ވިސްނަނީދޯ؟” އަލާޔާގެ ބޮލުގައި ފިރުމައިލަމުން އައިޝާ އަހައިލިއެވެ. އަލާޔާ އިސްޖަހައިގެން އިނދެ ބޯޖަހައިލިއެވެ. “ދަރިފުޅާ މަންމަ ކިހާވަރަކަށް ބުނަނީ އެމީހުން ކުރާ ކޮމެންޓުތަކާ މެދު ތިހާ ވަރަށް ނުވިސްނާށޭ.. އެ ކޮމެންޓު ކުރާ މީހުންނަކަށް ނޭނގޭނެ އަލާ ތީ އެހާ ބިޒީ ކުއްޖެއް ކަމެއް.. އެހެންނޫނަސް ކަންކަމުގައި ކުރިއަރާ ވަރަކަށް ހަސަދައިގެ ލޯތައް އިތުރުވާނެ.. އެކަހަލަ ބޭކާރު މީހުން ކިޔާ އެއްޗިއްސައް ވިސްނުމަކީ ބޭކާރު ކަމެއް… ދަރިފުޅު ވާހަކަ ލިޔުން ހުއްޓާލާފިއްޔާ ވާހަކަ ރީތި ކުދިން ކިހާ ދެރަވާނެ؟ އެހެންނޫނަސް ދަރިފުޅުގެ ހުވަފެންތަކޯ؟ އަލާ ބޭނުމެއްނުން ދިގު ވާހަކަ ފޮތެއް ނެރެން؟ އެކަން އިރާދަ ކުރެއްވިއްޔާ ވާނެ.. މަންމަގެ ދުއާ އަބަދު ވެސް ވާނީ ދަރިފުޅާއެކު..” އައިޝާ އަލާޔާގެ ކޮނޑަށް ފިއްތައިލަމުން ބުންޏެވެ. އައިޝާގެ ބަސްތަކުން ކަނިވަމުން ދިޔަ އުންމީދުގެ ހުޅުކޮޅުއަލުން ރޯވިއެވެ.

މެންދަމު ބާރަ ޖެހުމާއެކު ދެހާސް ސައްބީސް ވަނަ އަހަރަށް މަރުހަބާ ކިއެވެ. ނުދަންނަ ނަންބަރަކުން އަލާޔާއަށް ގުޅަން ފެށުމުން އަލާޔާ ފޯނު ނެގިއެވެ. ވަރަށް ހާސްވެފައި ހުރެ އަންހެނެއް އެއްޗެހިތަކެއް ކިޔަން ފެށުމުން އަލާޔާ ކޮންމެ ވެސް ވަރަކަށް ހާސްވިއެވެ. “ދައްތާ ތަންކޮޅެއް ހަމަޖެހިލައިގެން ވާހަކަ ދައްކާލާ.. އަޅުގަނޑަކަށް އެއްވެސް ގޮތަކަށް ނޭނގެ ދައްތަ ތިކިޔާ އެއްޗެއް..” އަލާޔާ މަޑުމައިތިރި ރާގަކަށް ވާހަކަ ދެއްކިއެވެ. މިރޭ އޭނަގެ އޮންކޯލްކަމުން އެމަރޖެންސީ ކޭހެއް އަތުވެދާނެ ކަމަށް އަލާޔާ ހުރީ ތައްޔާރުވެގެންނެވެ. “ދައްތަގެ ދަރި..ދަރިފުޅު.. ބްލީޗް..” ރޮވިފައި ހުރެ އޭނަ ވާހަކަ ދެއްކިއެވެ. އަލާޔާއަށް ހިންދިރުވައިލެވުނެވެ. އަދި މިފަދަ ސުއިސައިޑް ކޭސްއަކާ އޭނަ ދިމާވީ އަލަށްށެވެ. “ދައްތަގެ ދަރިފުޅު ނޭވާލާތަ؟ ވިންދު އެބަހުރިތަ؟ ވަރަށް އަވަހަށް އަޅުގަނޑު އެމްބިޔުލާންސް ފޮނުވާލާނަން ކޮބާތޯ ގޭގެ ނަމަކީ؟..” އަލާޔާ ކުރި ސުވާލުތަކުގެ ޖަވާބު ލިބުމުން ފޯނު ކަނޑައިލުމަށްފަހު އެމްބިޔުލާންސް ޑްރައިވަރަށް ގުޅާ ވެގެން އުޅޭ ގޮތް ކިޔައިދިނުމަށްފަހު އެމްބިޔުލާންސް ފޮނުވައިދިނުމަށް އެދުނެވެ.

އެއަށްފަހު ޑޮކްޓަރަށްށާއި ނަރުސްކުއްޖާއަށް ގުޅުމަށްފަހު އަވަސް ގޮތަކަށް ތައްޔާރުވެލައި، ހޮސްޕިޓަލް ތަޅުދަނޑި ހިފައިގެން ހޮސްޕިޓަލަށް ދިޔައެވެ. ކުޑައިރުކޮޅެއްފަހުން އެމްބިޔުލާންސްގެ ސައިރެންގެ އަޑާއިއެކު ޕޭޝަންޓު ގެނެވުނެވެ. އީއާރްއަށް ވެއްދުމާއެކު ފަރުވާ ދެވެން ފެށިއެވެ. ޕޭޝަންޓުގެ ހަށިގަނޑަށް އެތެރެވެފައިވި ކެމިކަލްތައް ނެރެވުމުން ޕޭޝަންޓް ނުރައްކަލުން ބޭރުވިއެވެ. ޑޮކްޓަރުގެ އެދުމާއިއެކު ޕޭޝަންޓުގެ މަންމަ ގެނެސް ސުވާލު ކުރެވެން ފެށުނެވެ.

“ޒައިވާ މިހެން ހެދީ ކީއްވެގެންކަން ދައްތައަށް އެނގިލައްވާތޯ؟” އަލާޔާ ސުވާލުކޮށްލިއެވެ. “މިދިޔަ އަހަރު ޒައިއަށް ފަނަރަ އަހަރު ފުރުނު ފަހުން ޒައި ވާހަކަ ލިޔަން ފެށީ.. ކުޑައިރުއްސުރެ ވަރަށް ވާހަކަ ކިޔާނެ.. ޒައިގެ ވާހަކަތައް ކުރިއަރަން ފެށިފަހުން ހަނގާކުރާ ފަދަ ކޮމެންޓުތައް ޒައިއަށް ލިބެން ފެށީ.. ފުރަތަމަ ވަރަށް އަޅާ ނުލާނެ.. އެކަމަކު ފަހަކަށް އައިސް ވަރަށް އެކަންކަމާ ފިކުރު ކުރާކަން އެނގޭ.. އެހެންމީހުނަށް ނުދައްކަން އަމިއްލަ އިހްސާސްތައް ވަންހަނާކޮށްލުމަކީ ޒައި ވަރަށް ގަދަޔަށް ކުރާކަމެއް.. އޭނަގެ ހިތުން އެއީ އެހެން މީހުންނަށް އުނދަގޫ ނުކުރުމަށް.. ޒައި އެހެން ހެދީ ފިނޑި ކަމަކުންނެއްނޫން… އެކަމަކު އޭނައަށް ކެތް ނުކުރެވިގެން..” ޒައިވާ މަންމަ ރޮމުން އަލާޔާއަށް ކިޔައިދިނެވެ.

އަލާޔާގެ ހިތައް ތަފާތު ގޮތެއްވެގެން ދިޔައެވެ. ޒައިވާ ވެސް ހުރީ އޭނަ ހުރި ހާލަތުގައެވެ. އެހެންނަމަވެސް ޒައިވާ ހިޔާރު ކުރީ ރަނގަޅު މަގެއް ނޫނެވެ. އެހެން މީހަކާއި ހިއްސާ ކުރުމެއް ނެތި ސިކުނޑީގައި ހިޔާލުތައް ފުނި ޖެހި އެކަނިވާ ހިނދު އެކަންކަމާއި ވިސްނައި ނުރަނގަޅު މަގު ބައެއްފަހަރު އިންސާނާއަށް އިހްތިޔާރު ކުރެވެއެވެ. ޒައިވާއަށް ވެސް ވީ އެހެންނެވެ. ޒައިވާ ހަމައަކަށް އެޅިލުމުން އަލާޔާ ޒައިވާއާއި ބައްދަލުކޮށްލަން، ޒައިވާ އޮތް ކޮޓަރިއަށް ވަނެވެ. އޭރު އެއްވެސް އަސަރެއް މޫނު މަތިން ދެއްކުމެއް ނެތި ސީލިންގަށް ކަޅި ހުއްޓައިލައިގެން ޒައިވާ އޮތެވެ. އަތަށް އައިވީ ގުޅާފައިވީއިރު، ނޭފަތުގައި އޮކްސިޖެން ހޮޅި ގުޅާފައިވެއެވެ. ޒައިވާ އޮތް އެނދު ކައިރީ ހުރި ގޮޑިއެއް ދަމައިލުމަށްފަހު އަލާޔާ އިށީނެވެ. ޒައިވާ މަންމަ އައިސް ޒައިވާއާއި ވާހަކަ ދައްކަން އުޅެއުޅެ ޒައިވާގެ އިޝާރާތެއް ނުވިއެވެ.

ޒައިވާގެ މޫނަށް ފުން ނަޒަރެއް ދިނުމަށްފަހު އަލާޔާ ވާހަކަ ދައްކަން ފެށިއެވެ. “ހޭއި ޒައިވާ.. ޒައިއަށް އަލާ ނޭނގިދާނެ.. އެކަމަކު އަލާ މިއީ ޒައިގެ ވާހަކަތައް ފެށުނީއްސުރެ ކިޔަމުން އަންނަ މީހެއް.. އެންޑް އައި ގޮޓަ ސޭ.. ޒައިގެ އިމޭޖިނޭޝަން ހާދަ ބޮޑޭ.. އަލާއަށް ވެސް އެހާ ރީއްޗަށް ވާހަކައެއް ނުލިޔެވޭ ކަންނޭނގެ..” އެކުވެރިއަކާ ވާހަކަ ދައްކާހައި ގާތްކޮށް އަލާޔާ ވާހަކަ ދެއްކިއެވެ. އަލާޔާގެ ވާހަކައިން ޒައިވާގެ މޫނު އަލާޔާއާއި ދިމާލަށް ވަގުތުން އެނބުރުނެވެ. “ހައު ޑިޑް ޔޫ ނޯ؟” ކުރަކިވެފައިވި އަޑަކުން ހައިރާންކަމާއެކު ޒައިވާ އަހައިލިއެވެ. “އަސްލު ނޭނގެ ކުރިންނެއް.. ޒިވީއަކީ ޒައިވާކަން އެނގުނީ ޒައި މަންމަ ބުނި ފަހުން..” އަލާޔާ ޒައިވާގެ ސުވާލަށް ޖަވާބުދިނެވެ. “އަލާ ވާހަކަ ލިޔަންތަ؟” ޒައިވާ ސުވާލުކޮށްލިއެވެ. “ޔޭސް.. އަލާ ވެސް ވާހަކަ ލިޔަން އެލީ އިންނާނީ އޯތާ ނޭމްއަކަށް.. ޒައި ވަރަށް ކޮމެންޓު ކުރަމެއްނުން..” ހީލަމުން އަލާޔާ ބުނެލިއެވެ.

ޒައިވާގެ ދެލޯ ބޮޑުވިއެވެ. ދެމީހުންނަކީ އެއް ރަށެއްގައި އުޅޭ މީހުންކަން ނޭނގި ހުރެ ދެމީހުން އެކަކު އަނެއްކަކުގެ ވާހަކައަށް ކޮމެންޓުކޮށް އީމެއިލްއިން ވާހަކަ ދައްކައެވެ. ޒައިވާ ސްކޫލު ނުނިމޭތީ ސޯޝަލްމީޑިއާ ޕްލެޓްފޯރމްތަކުގައެއް ނޫޅެއެވެ. “އޯހް މައި ގޯޑް… އެހާ ވަރަށް ވާހަކަ ދެއްކި އިރު ވެސް ނޭނގުން ތި އަލާ ކަމެއް އެއީ..” ޒައިވާގެ ދެލޯ ވިދައިލިއެވެ. އަލާޔާ ހިނިތުންވެލިއެވެ. “ޒައިއަށް އެނގޭތަ އަލާ ވާހަކަ ލިޔަން ފެށީ އަލާގެ ލައިފްއަށް އައި ވަރަށް އުނދަގޫ ދުވަސްކޮޅެއްގަ.. އެންޑް ވާހަކައަށް އިހްސާސްތައް އަޅައިލުމުން އަލާއަށް ހީވަނީ ބޮލުން ބަރު އެއްޗެއް ނެގޭހެން.. ޒައި ތިހެން ހެދީމަ ޒައި މަންމަ ވަރަށް ދެރަވެފަ ހުރީ.. ދެން މިކަހަލަ ކަންކަން ނުކުރައްޗޭ.. ސުއިސައިޑް ތޯޓްސް ޒައިގެ ބޮލަށް އަންނަންޏާ އެކުވެރިއަކާ އެކަންކަން ހިއްސާކޮށްލާ.. ނޫނީ ނިކަން ވާހަކައިގެ ކެރެކްޓާރއަކަށް އެކަންތައް ދީބަލަ.. އޭރުން އެކަން ސޯލްވް ކުރަން ވަރަށް ފަސޭހަވެގެން ދާނެ..” ޒައިވާއަށް ވިސްނޭނެ ފަދައަކުން އަލާޔާ ވާހަކަ ދެއްކިއެވެ.

ޒައިވާ ފުންނޭވާއެއްލަމުން މައްޗަށް ބަލައިލިއެވެ. “ވަރަށް ދެރަވާ ގޮތަށް އެމީހުން ކޮމެންޓު ކުރަނީ.. ވާހަކަ ރީތި ނޫން ކަމަށް ބުނެފަ އަދި ހުރޭ ޒައިގެ ސިފައަށްށާ އެހެން ކަންކަމަށް މަލާމާތްކޮށްފަ ވެސް.. ދެން އެމީހުން ބުނަނީ ޒައިއަށް ކްރިޓިޒިޒަމް ހޭންޑަލް ނުކުރެވޭ.. ބަޓް އެމީހުން ހުންނަނީ ހަމަ ސީދާ ބުލީކޮށްފަ ދެން ވަރަށް ހާޓްވާ ކަހަލަ އެއްޗެހި ކިޔާފަ ހުންނަނީ.. ދެން ޒައިގެ އެގްޒާމް ސްޓްރެސްއާ ހުރެ މިހެން ހެދުނީ.. އައިމް ސަޗް އަ ކަވާރޑް..” ޒައިވާ މޫނު މަތީ އަތް އަޅައިލަމުން ބުންޏެވެ. “ޒައީ ތިހެން ނުބުނޭ.. ޒައިއަށް ފެނޭނުން އަލާގެ ކޮމެންޓް ސެކްޝަން ވެސް ހަމަ ތިހެން މިހާރު.. އެ އުޅެނީ ޒައިއާ ހަސަދަލައިގެން އުޅޭ މީހުން.. ފިފްޓީން އިޔާޒްގެ ކުއްޖަކަށްވެ ހުރެ ސައިޓްގެ ޓޮޕް ޓެން ސްޓޯރީޒްގަ ވާހަކަ ހިމެނުމަކީ ހާދަ ބޮޑު ކަމެކޭ.. ޒައިއަށް ނުލާހިކު ބައިވަރު ޕޮސިޓިވް ކޮމެންޓްސް ވެސް ލިބޭ.. ރީޑާސް ލަވްސް ޔޫ.. އެގޮތަށް އެކި ނަން ނަމުގެ ބޭކާރު ކޮމެންޓު ކުރާ މީހުންނާއި މެދު ނުވިސްނާ.. ފޫހިވީމަ އެމީހުން ގޮސްދާނެ.. ޔޫ ނޯ.. މީހެއްގެ ސަބަބުން އެހެން މީހެއްގެ ލޮލުން ވެއްޓޭ ކަރުނަތިކީގެ އަގު ޤިޔާމަތް ދުވަހުން އެމީހަކު ދައްކަން ޖެހޭނެ.. އަދި އެމީހަކަށް އެކަން ދުނިޔެމަތީ ވެސް ދައްކާނެ.. ޖަސްޓު ބިލީވް އިން ﷲ.. އެންޑް ޑޯންޓް ޑޫ ދިޒް އެވާރ އަގައިން.. ފުރާނައަކީ ﷲ ދެއްވި އަމާނާތެއް.. އަމިއްލައަށް މަރުވާ މީހާއަށް ސުވަރުގޭގެ ވަހުން ވެސް މަހްރޫމްވާނެ..” ޒައިވާގެ ބޮލުގައި ފިރުމާލަމުން އަލާޔާ ބުންޏެވެ. ޒައިވާ މަޑުމަޑުން ބޯޖަހައިލިއެވެ.

“މިފެށުނީ އައު އަހަރެއް.. އެހެންވީމަ އައު އަހަރަށް އަޒުމް ކަނޑައަޅަން ވާނެއެއްނުން ދޯ.. އެހެންމީހުންގެ ބަސްތަކުން އަމިއްލަ އުންމީދުތައް ފުޑުފުޑުނުކޮށްލާން.. އަދި އެހެންމީހުންގެ ހިތުގަ ޖެހޭ ކަންކަން ކުރުމުން ދުރުވާންވާނެ.. ގޯސްކޮށް ކުރެވޭ ކަންކަމުން ފިލާވަޅު ލިބިގަނެ އެކަން ތަކުރާރު ނުކުރުމަކީ ވަރަށް މުހިންމު ކަމެއް..” ޒައިވާއަށް ވިސްނައިދިނުމުގެ ގޮތުން އަލާޔާ ބުންޏެވެ. ޒައިވާ ހިނިތުންވެލަމުން ބޯޖަހައިލިއެވެ. ދެ އެކުވެރިންގެ ދެމެދު އެތަކެއް ވާހަކަތެކެއް ދެކެވުނެވެ. ޒައިވާގެ ހާލު ރަނގަޅުވުމާއިއެކު ޒައިވާ ގެއަށް ފޮނުވާލެވުނެވެ. ލުއި ފިޔަވަޅުތަކަކާއިއެކު އަލާޔާ ގެއަށް ދާން މިސްރާބު ޖެހިއެވެ. ގެއަށް ދެވުމުން ހެދުން ބަދަލު ކޮށްލުމަށްފަހު އަލާޔާ އޮށޯތެވެ. އަލާޔާއަށް ނިދުނީ ޒައިވާއާއި ދެކެވުނު ވާހަކައާއި މެދު ވިސްނަމުންނެވެ.

(ނިމުނީ)

ބަސްތަކުން އުންމީދުތައް ގަތުލްކޮށްލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ މީހުންގެ ރުހުން ހޯދުމަށްޓަކައި އަމިއްލަ އުފާ ވެލިގަނޑުދަށުގައި ވަޅުލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ މިފަދައިން ކަންތައް ކުރާތީ އަނެކާގެ ހިތައް ކުރާނެ އަސަރާއި މެދު ނުވިސްނަނީ ކީއްވެ ހެއްޔެވެ؟ މީހެއް ވިހަ ތޫނު ބަސްތައް އަނެކާގެ ސިކުނޑީގައި އެތައް ފަހަރު އެނބުރެމުން ދެއެވެ. ކިތަންމެ އުފާވެރިކަން ބޭރުފުށުން ދައްކާ މީހުން، ފަރުދާ ފަހަތުގައި ކުރާ ހިތާމައެއް އެހެން މީހުންނަކަށް ނޭނގޭނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ އައު އަހަރުގެ އަޒުމަކަށް އެހެން މީހުންނާއި ދޭތެރޭ ހެޔޮކޮށް ހިތާ، އެހެން މީހުން ދެރަކޮށްލާ ފަދަ ބަސް ބަސް ބުނުން ހުއްޓައިލުން ހަދަމާ ހިގާށެވެ.

އައު އަހަރުގެ ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް އަރިސްކުރަމެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

މަރުދަން

Next

އިންސާފު (ތެޔާޅީސްވަނަ ބައި)

Next
January 1, 2026

އިންސާފު (ތެޔާޅީސްވަނަ ބައި)

Previews
January 1, 2026

މަރުދަން

18 Comments!

  1. Vampire girl says:
    January 1, 2026 at 1:08 am

    Aslu vx mee varah bodu thedheh…
    Meehun anekaku aa dhimaalah bas bunelaairu neynge anekaku ah vaane gotheh….
    Ekm e meeha aa dhimaalah eii chekey bunefihyaa vrh rulhi gadha vaane…
    When next? Aneh vaahakaige…

    1. Maash Maash says:
      January 1, 2026 at 7:16 pm

      Thankyou Vampire girll.. aneh vhk ge bai Saturday ga insha allah💜🦋

  2. Aanaa says:
    January 1, 2026 at 2:08 am

    maasha allah mi vhk hama bruhhh reethiii…..rohvaalaafa ingey ninmaaly😭kthnme busy koh ulhunas mihaa asar gadhakoh liyefa othyma cmnt nukoh hure veytha????hama baeh myhunge goi eiii….emyhunnh hajam nuvany anekaa ah kaamiyaaby eh libey than balan…alaa hen maash vs dhigu vhk fotheh nereyne kmh hykuran….abadhuvas aana ge spt libeyne…nudhanna myheh viyas aana maash dhekeny dhahtha ehge gothuga.Vrh close myhehge gothuga..dhn kiyaany maash dhahtha….ekm okay viyya engey🫣….abadhuvs kaamiyaaby ah edhen..vrh bodah laawbivey🤍

    1. Maash Maash says:
      January 1, 2026 at 7:23 pm

      Aww thankyou soo much darll.. i’m happy u liked itt.. hehe vrh ufaavejje Aanage comment eh libuneema ehaa busy koh ulhemun vx.. hehe lets see dhww.. insha allah iraadhakurehviyya vaane.. Awww maash vx aana dhekeny hama kokko ehge gothuga.. haha okey hama maash ah mihaaru vx baivaru kudhin govaany thihen kiyaafa.. Thankyou soo much mihaa lowbi comment eh kohla dhinyma.. Love you more darll💜🦋

  3. Anonymous says:
    January 1, 2026 at 5:13 am

    😂😂😂😂😂

    1. Maash Maash says:
      January 1, 2026 at 7:24 pm

      💜🦋

  4. White rose White rose says:
    January 1, 2026 at 5:43 am

    Varah salhi vaahaka eh. Keep it up Maash
    Lots of love from white rose 🫶🏻🫶🏻

    1. Maash Maash says:
      January 1, 2026 at 7:24 pm

      Thanks you white rose.. I’m happy u liked itt.. Love you more darll💜🦋

  5. 🎀 says:
    January 1, 2026 at 8:31 am

    Masha Allah mi story vx vrh reethi ❤️💯
    Vaahaka liuumah thikuraa masahkathah hama saabas👏👏
    Ik, kiyavamun jobah dhamun vrh undhagoo vaane kan…
    Authors aslu kuranee vrh bura masahkathehh..
    Btw, happy new year to everyone 🎊🎉
    “Dirty water doesn’t stop plants from growing”…so haters ge ekahala comments thakaaa eku vx fahathahh nujehi kuriyah dhamaa hingaa….IA abadhu vx kaamiyabu libeyne….aamu koh haters ithuru vaane meehakah rangalhah nuvatha molhah kameh kirevenyyaa..😔
    Urr one of my fav author 🤩
    Thigothuga kuriyahh dheyy….
    IA … alhugamduge support abadhu vx maash ah libeyyne…
    Mi feshunu 2026 vana aharakee maash ah kaamiyabu aharakah vaane kamah ummeedhu kuran…and egothah comments koh ulheyy kudhinnah heyo visnun libeyne kamah vx ummeedhu kuran….
    Maash ge dhigu vaahaka fotheh nerumah kuraa masahkathugai Allah barakaaiyy lahvaashi…amen ….
    Keep shining 🌟
    Luv u 😘

    1. Maash Maash says:
      January 1, 2026 at 7:29 pm

      Aww thankyou soo muchhh.. haadha bodu comment ekey dww.. vrh bodah shukuriyya mihaa lowbi comment eh kohla dhinyma.. made my day.. Happy new year darll..
      Yess thats a powerfull quote.. vrh bodu thedheh thibuny.. haters gina vaane kuri araa varakah.. i just hope new writers vx haters ge sababun give up nukuraane kamah..
      Awww That means a lott.. Yess maash ge ummeedhaky vx ekahala comments koh ulhey kudhinnah heyo visnun dhevvun.. Darling ah vx kaamiyaabi ah edhen..
      Insha allah..
      Thanks darll.. love you more💜🦋

  6. Shaba_73 says:
    January 1, 2026 at 10:33 am

    Masha Allah Vrh reethi ibraiy theri vhk eh.. ☺️
    Allah Maash thikuraa masaiy kathugai barakaiy lahvaashi AAMEEN!! And abadhuvx Maash ah kaamiyaabu Minvaru kurahvaashi!! Unmeedhu kuran Maash vx dhigu vhk fotheh nereyne kamah… MAY ALLAH BLESS YOU ❤️
    HAPPY NEW YEAR TO EVERYONE ✨✨
    KEEP IT UP ✨
    LYYY ❤️😘

    1. Maash Maash says:
      January 1, 2026 at 7:32 pm

      Thankyou Shaba.. Mi vaahaka in ibrai libigannanva kudhinnah ibrai libeyne kamah ummeedhu kurany..
      Vrh bodah shukriyya..vrh ufaa vejje shaba ge commet eh libuneema..
      insha allah.. Happy new year darll..
      Thankyou soo muchh..
      Love you moree💜🦋

  7. Oreo gurll says:
    January 1, 2026 at 11:55 am

    Zaiva kuran visni kahala kameh nukurahchey.. Mi vhk mihen liyuneema heevejje maash ah vx baeh faharu mi kahala thoughts aadheyey.. And vhk ga bunaa ehcheh v match vey.. Maash ah ekahala thoughts annaathee vhk ge charecter thereyah ebai thah alhaalanee.. Ik but we readers are always with u dhw maash. Ekan gaboolu kurahchey.
    And.. Hello to u in 2026. I wish you a great yr ahead. I don’t even knw if u remember me now. And sorry for not commenting and vanishing mi dhiya days ga. Comment nukurevunee dhimaavi haalaithakehge sababun. And e kamjn araigannan maash ge thi storh v v bodah help vedheefi. Even if it wasn’t exactly the case. Alhuganduge condition huri gothun comment nukurevunas baraabarah maash ge story kiyan. Maash ge vx adhi Shiherr ge vx hurihaa ep eh kiyan. Once again so sorry commwnt nukureveythee.
    IA this yr in feshigenn balaanan comment kjreveythw. So happy to see u succeeding. One of my fav authors 💜Lysmm Maash. Take care

    1. Maash Maash says:
      January 1, 2026 at 7:39 pm

      OMG Hiiii Oreo gurlll Long time no see.. missed you smmm.. Yess insha allah ekahala kameh nukuraanan.. komme meehakah v aslu ekahala thoughts annaane namaadh kohleema dhaane.. emme weak veffa hunna gady shaithaana kuraa kameh eii.. Well yea sometims i do that to et my feelings out if ekahala kankan lock kofa hunnanya finally feelings thah beyrukohla iru hurts pretty much.. Hello to u in 226 too. ahaa no way I’ll always remember ur sweet long comments which always made my day.. its okey darll.. dhuniyeyga ulheyiru thafaathu kankama kurimathi laan jeheyne.. vrh ufaa vejje maash estory ekankamun araigannan help vedhinythii.. I hope what ever is bothering u will go in this year.. wishig u success and happiness at 2026.. Thankyou soo much darll.. Love you moree.. take care of urself too
      💜🦋

  8. Your fav bab Your fav bab says:
    January 1, 2026 at 4:30 pm

    This story is just some ppl’s life FR😣
    Some ppl feels so satisfied after hurting someone and I feel like this story is so relatable to you! Especially body shame kurun! I just dk y ppl love body shaming! Maash thihaa busy koh ulhemun ves hama vhk gavaidhun up kuraathee, as a reader of your stories, I’m so proud of you😊
    Criticise kuraa meehun akah neygeyne how hurt the other person would be!
    Then I bunaanee you just don’t think about useless comments! You have readers like me who are forever loyal🤗! Keep shining🌟✨!
    May God bless your hard work!
    HAPPY NEW YEAR🎇🎉🎊🎆

    1. Maash Maash says:
      January 1, 2026 at 7:44 pm

      Hehe yess.. Yeah its kinda relatable to me.. not that i ever tried to do that.. but my daily life aa ehgoi vaane.. Body shaming is just cruel.. they are just bullying allah’s creation as is they werent created by allah.. Aww thankyouuu vrh happy vejje thihen buneleema..
      Criticizing can be handled but bulling can’t.. and ppl love to spread ugly rumours.. yess i won’t think abt them.. Aww I’m glad i have lovely reader like u.. God bless u too..
      Happy new year darl💜🦋
      💜🦋

  9. Shimmer says:
    January 2, 2026 at 11:07 pm

    Hey 🦋
    After a long long time right??? Just took sometime shutting myself to the world to understand my self better….
    Anyways, how are you ???? Are you okay???
    And let me tell you sis, these haters will never stop … They’ll find one or the other to criticise you and make you doubt yourself …..
    But let me even tell you a little fun fact about your haters and rivals ( in reality they are the only people who believe you are wayyy better than them and can reach to more heights than them 😉)- my mamma told this when I was being bullied😐
    Sis, I’m telling from my own experience that when you succeed they will be the first to try to reach you to be in your favour😮‍💨…… For the past ten years (since I started grade 1) I had rivals (my mom’s rivals daughter was my classmate) they were rich so everyone was in there favour and bullied me ( either direct or indirect) till o got my o level results…… They told me I’ll fail in my o level…. But when my results came a goodly unexpected they are now talking and trying to be close to me like they never did anything 😞😞 ….
    They don’t know what I suffered for those freaking 10 years in my life … They just want me to forget and get close to them 🙄
    Anyways, no matter how much ppl say negative about you just be strong and don’t let them effect you …… There are your real fans curiously waiting and loving each and every part to post ( Idk about anyone else I’m one of them 😊)
    Vvv long comment akah vejje dhw😅… Nothing filter didn’t see even the sentences are correct or not … They are just from the bottom of my heart ❤️❤️
    Bye sissy
    Take care 💜

  10. Maash Maash says:
    January 3, 2026 at 10:55 am

    Heyyy shimerrr..
    Missed U so much darll.. yess long time no see… How have you been? It’s only normal to take breaks like that I totally understand.. I’m doing better alhamdhulillah..
    I know they won’t stop.. and that’s alr.. everyone gets haters when they are succeeding something of there own..
    Aww I see.. that makes a lot of sense.. if Ur mom said it, it’s definitely true.. they are more experienced then us in those things..
    It’s a whole other feeling when U prove Ur rivals wrong.. I love it.. and I’m happy and proud of Ur success.. yeah I understand you.. I also can forgive but forgetting is the hard part..
    Insha allah I won’t let it get to me don’t worry.. aww thankyou so muchh.. I’m happy U like my stories.. I’m happy I got a long comment from U ehaa gina dhuvahah fahun..
    Bye darll..
    Take care💜🦋

Comments are closed.



All Right Reserved!