Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ހިދާ 4

Shammu_A.R Level 1
December 8, 2025 2 Mins Read
2 Comments

“މަންމާ!….” ހިދާއަށް ހަޅޭލަވައިގަނެވުނެވެ.

 

ހިދާއަށް ހޭލެވުނީ ތެޅިގަނެފައެވެ. އޭރު މުޅިމީހާ ވަނީ ދާހިއްލާފޯވެފައެވެ. ބިރުން މައިނޭވާލެވެމުން ދިޔައިރު ހިދާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. އަތްފައި ފިނިކަމުން ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. ހިދާ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލެވުނީ ވަރަށް މަސައްކަތުންނެވެ. ކުޑަކޮއް ހަމަޖެހިލުމަށް ފަހު ހިދާ އޭނާގެ ފޯނު ހޯދަންފެށި ޝިފްނާގެ ހާލެއް ބަލާލުމުގެ ގޮތުންނެވެ. ފޯނު ރިންގުވާތާ ފުދޭވަރަކަށް އިރުވީފަހުން ޝިފްނާ ފޯނުނެގިއެވެ.

 

“ހަލޯ؟….” ޝިފްނާ ވާހަކަ ދެއްކިއެވެ.

 

“ޝިފްނާ…ޝިފްނާތަ؟…” ހިދާގެ އަޑުގައިވަނީ ނުތަނަވަސް ކަމެވެ.

 

“އާން..ކިހިނެއްވީ؟…” ނިދީތެރޭ އޮވެ ޝިފްނާ ވާހަކަ ދައަކަމުން ދިޔައެވެ.

 

“ކަމެއްނުވޭ..” ހިދާ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. “ނިދާފަދޯ؟” ހިދާ ސުވާލުކޮއްލިއެވެ.

 

“އާން…މިދެން ކޮންގަދިޔެއް ގުޅަން….އަހަރެން ހީކުރީ ކަމެއްވީކަމަށް…” ޝިފްނާ ޝަކުވާކޮއްލިއެވެ.

 

“ސޮރީ….” ހިދާ ފޯނުކަނޑަލިއެވެ.

 

ގަޑިން މެންދަމު ތިނެއް ޖަހަނީއެވެ. ހިދާ ހުރީ ހައިރާން ވެފައެވެ. ހިދާއަށް ނިދުނުތާ އެހާއިރުވެދާނެކަމަކަށް ހިދާގެ ހިތެއް ގަބޫލެއްނުކުރެއެވެ. ހިދާ ތެދުވެ ފާހަނައަށް ވަދެލީ މޫނުދޮވެލުމުގެ ބޭނުމުގައެވެ. ވިސްނުމަށް ގެއްލިފައި ހުރެ މޫނަށް ފެން ޖަހާލުމަށްފަހު ހިދާ މަޑުމަޑުން ލޯގަނޑަށް ބަލާލިއެވެ. ހިދާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިދާގެ ދޮން ކަނދުރާގައި ބޮޑު އަތްތިލައެއްގެ ނިޝާން ވަރަށް ސާފުކޮއް ފެނެއެވެ. ބަލާބެލުމަށް މީހަކު ހިދާގެ ކަރުގައި ހިފައި ބާރުކޮއްލާފަހެން ހީވެއެވެ. ރަތްކަން ގަދަ ނިޝަނުގެ ވަށައިގެން ނޫފައިގަނެފައިވެސް ހުއްޓެވެ.

 

ހެނދުނު ހަތެއްޖެހި ތަނާ ހިދާގެ ކޮޓަރިގެ ދޮރުފަތުގައި ސަކީނާ ޓަކިޖަހާލިއެވެ. ރޭގަދިމާވިގޮތުން ފަހުން ނުނިދިފައިން ހިދާ ގޮސް ދޮރު ހުޅުވާލުމުން ސަކީނާ އެތެރެއަށް ވަނެވެ.

 

“ހާދަ ހެނދުނަކާ ހޭލައިގެން އުޅޭ ދުވަހެއް؟…” ސަކީނާ ހުރީ ހައިރާންވެފައެވެ.

 

“އާން ދެން ހޭލެވުނީ މިއަދު ތަންކޮޅެއް އަވަހަށް..” ހިދާ އޭނާގެ  އިސްތަށިގަނޑު ރޫޅާލުމަށް ފަހު ދެފަރާތަށް ވައްޓާލީ ކަނދުރާގައި ނޫފައިގެންގޮސް އިންތަން ފޮރުވުމުގެ ބޭނުމުގައެވެ.

 

“މަންމަ މިއައީ ވާހަކައެއް ބުނަންވެގެން….ރޭގަ މަރިޔަންތައާ ދިމާވެގެން ބުނި ހިދާ ކައިރީ ބުނަން މާދަމާ ހެނދުނު އަށެއް ޖަހާއިރަޢް އެފިހާރައަށް ދާން…ވަޒީފާ ހަމަޖެހުނީ..” ސަހީނާ ހުރީ ނިކަން އުފަލުންނެވެ. “ދެން ޖެހޭނެ އިނގޭ ކޮންމެ ދުވަހަކުވެސް އަވަހަށް ހޭލަން….މަންމަ ނުުގޮވިޔަސް ހޭލެވެންޖޭހޭނެ ދެން…” ސަކީނާ އިތުރުކޮއްލިއެވެ.

 

“މިއަދުތަ މާދަމާތަ؟…” ހިދާއަށް އޮޅުނެވެ.

 

“މާދަމާ..” ސަކީނާ ޖަވާބުދިނެވެ.

 

ސަކީނާ ނުކުމެގެން ދިޔުމުން ހިދާ އޮށޯވެލިއެވެ. ޝިފްނާއަށް ރޭގަ ވީގޮތް ކިޔާދޭން ހިތައްއެރި ނަމަވެސް ރޭގަ ލިބުނު އިންޒާރުގެ ސަބަބުން ހިދާ އެޙިޔާލު ދޫކޮއްލިއެވެ. ކޮންމެގޮތެއް ވިނަމަވެސް އޭނާގެ ސަބަބުން ޝިފްނާއަށް ގެއްލުމެއް ވިޔަނުދޭން ހިދާ އަޒުމުކަނޑައެޅިއެވެ. މުޅިދުހުވަހު އެއްކޮއްހެން ހިދާ އުޅުނީ އޭނާގެ ކޮޓަރީގައެވެ. ބޭރަށް ނުނިކުންނާތީ ސަކީނާ ސުވާލު ކުރުމުން ބޮލުގައި ރިއްސަނީކަމަށް ހިދާ ބުނުމުން ސަކީނާވެސް އިތުރު ސުވާލެއް ނުކުރެއެވެ. ހިދާ އިންތިޒާރު ކުރަމުންދިޔައީ ދަންވަރަށެވެ. ކޮންމެވެސް ގޮތަކުން ހުވަފެނުގަ އެފެނުނު އެއްޗެއްގެ ހަޤީގަތް ހޯދަން ހިދާ ބޭނުމެވެ. ހިދާއަށް ޔަޤީންވާ އެއްކަމެއްވެއެވެ. ހިދާއަށް ނުފެނުނުނަމަވެސް ހިދާގެ ދާދިގާތުގައި އަބަދުވެސް އެއްޗެއް އުޅެއެވެ. ހިދާގެ ކޮންމެ ހަރަކާތަކަށް އެއެއްޗެއް ފާރަލަމުންދެއެވެ. ހިދާ ގަސްތުކޮއްގެން ހުރީ އެކަމުގެ ފައިދާނަގައިގެން އެއްޗެއްގެ ހަޤީޤަތް ހޯދާށެވެ. ހިދާ ހުރީ ވަރަށް ތައްޔާރުވެގެންނެވެ.

 

ދިގުއިންތިޒާރަކައްފަހު ގަޑިން ދަންވަރު ބާރަޖަހައިފިއެވެ. ހިދާ މަޑުމަޑުން ގޭން ނުކުމެ ތުނޑިޔާއި ދިމާލަށް މިސްރާބުޖެހިއެވެ. މަޑުހިނގުމެއްގައިގޮސް ހިދާ ހުއްޓިލީ ރާޅުބީއްސާ ހިސާބުގައެވެ. އެހިސާބަށް މަޑުކޮއްލުމަށްފަހު ހިދާ ވަށައިގެން ބަލާލީ އެއްވެސް މީހަކު ނޫޅޭކަން ޔަޤީން ކުރުމުގެ ބޭނުމުގައެވެ. އެއްވެސް މީހަކު ނޫޅޭކަން ޔަޤީންވުމުން ހިދާ ކުރިޔަށް ހިނގައިގަތެވެ. މިހާރު ހިދާއަށް ހުރެވުނީ ކަކޫތާފެނުގައެވެ. އެހިސާބުގައި ހިދާ މަޑުކޮއްލިއެވެ. ކަންވާނީ ހިދާ ވިސްނައިގެން ހުރިގޮތަށް ނޫންނަމަ ވާނެގޮތެއް ހިތައް އެރުމުން ހިދާ ކުޑަކޮއް ޖެހިލުންވާގޮތްވިއެވެ. ހިދާއަށް ފަތަންނޭނގޭކަން ހިދާއަށް ވަރަށް ރަނގަޅަށް އިނގެއެވެ. ނަމަވެސް ކުޑައިރުކޮޅަކު ވިސްނަން ހުރުމަށްފަހު ހިދާ އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. މިހާރު އެމޫނުގައި އެއްވެސް ޖެހިލުންކަމެއް ނުވެއެވެ. ކުރިއަށް ދަމުންގޮސް ކިރިޔާ އިސްކޮޅުޖެހޭ ހިސާބަށްވެސް ދެވިއްޖެއެވެ. އެއްވެސް މަޑެއްނުޖެހި ހިތްވަރާއިއެކު ހިދާ ކުރިޔަށް ދިޔައެވެ. މާގިނައިރެއް ނުވެ ފެންމަތީ އޮތުމަށް ހިދާ މަސައްކަތް ކުރަން ފެށިއެވެ. ލޮނުބޮވި ކަންފަތަށްވެސް ފެން އެޅިއްޖެއެވެ. ހިދާ ސަލާމަތަށް އެދި ގޮވިނަމަވެސް އޭނާގެ އަޑުއިވޭނޭ އިންސާނެއް އެތާކު ނުވެއެވެ. ހިދާ އަމިއްލަ ފުރާނާ ސަލާމަތް ކުރަން މަސައްކަތް ކުރަމުން ދިޔައެވެ. މިހެން ތެޅިތެޅި ހިދާގެ ހެޔަށް ގޮތްވާފެށި ވަގުތު ކޮންމެވެސް މީހެއް ހިދާގެ އަތުގައި ހިފާ މައްޗައް ހިއްލާލިއެވެ. ހިދާ ގެނބެން އޮއްވާ ހިދާގެ އަތުގައި ހިފައި މައްޗައް ހިއްލާލި ގޮތައްގޮސް ހިދާ ވެލިގަނޑުމަތީ ބޭއްވީ ފަޅި ސިކުންތުކޮޅެއް ތެރޭގައެވެ. ހިދާ މަޑުމަޑުން ލޯހުޅުވާލިއެވެ. ކުރިމަތީގައި އިށީނދެލައިގެން ހުރި މީހެއްގެ ސޫރަ ހިދާއަށް ފެނުނީ ފުސްކޮށެވެ.

 

“އަހަރެން މިހުރީ އައިސް…”

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shammu_A.R

Level 1

Other Articles

Previous

ވާނުހޭ ގާތުގާ- ފަސްވަނަ ބައި

Next

ލޯބި-8

Next
December 8, 2025

ލޯބި-8

Previews
December 8, 2025

ވާނުހޭ ގާތުގާ- ފަސްވަނަ ބައި

2 Comments!

  1. Anonymous says:
    December 8, 2025 at 8:55 pm

    Mi faharu ves ma first
    Mi baives varah reethi😊
    Waiting for next 😊😊

    1. Shammu_A.R says:
      December 8, 2025 at 9:05 pm

      Thank you.

Comments are closed.

Next Episodeހިދާ 5←


All Right Reserved!