Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭނގި ޔާރު ވަކިވީ އެއްވަނަ ބައި

dear stories Level 1
November 27, 2025 3 Mins Read
4 Comments

ކާރުގައި އިން ޒުވާނާގެ ނަޒަރުވަނީ ލޯގަނޑުން ބޭރުން ފެންނަމުން ދިޔަ މަންޒަރައް ހުއްޓިފައެވެ. ލޯގަނޑުގައި ބޯ ޖައްސައިލައިގެން ހުރި އިރު ދެ ލޮލުގައި ތާޒާ ކަރުނަވިއެވެ. ހިތުގައި އަޅަމުން ދިޔައީ ކެތް ނުވާވަރުގެ ވޭނެއްކަހަލައެވެ. އިރު ިއިރުކޮޅުން ފޯނައް ބަލައިލައެވެ. އެ ހަރަކަތް ތަކުގައި ވަނީ ލަސް ކަމެވެ. އެހެން އިންނަ އިރު ދޭތެރެއަކުން ފުން ނޭވާއެއް ދޫކޮއްލައެވެ. ބުރަދަން ނޭނގޭ ޙިޔާލުތަކުން ބޮލައް ކުރަމުން އަންނަ ބަާރެއްގެ ސަބަބުން ކަހަލައެވެ.

  ޑްރައިވަރު ސީޓުގައި އިން ރަޙްމާނުބެ އިރުކޮޅުކޮޅާ ކާރުގެ ކުރީ ލޯގަނޑުން ފަހަތުގައި އިން ޒުވާނާއަށް އަވަސް ނަޒަރެއް ދެއެވެ. އެޒުވާނާގެ ފަރާތުން ފެންނަމުން ދިޔައީ ހިމޭންކަން ނަމަވެސް ހިތާމަ އާއި ހިތްދަތިކަން އެ ދެލޮލައް ޖަމާވެފައިވި ކަރުނަތައް ހެކިވަމުން ދިޔައެވެ.  މީގެ ފަސް އަހަރު ކުރިން ދިމާވި ކަންތައްތަކަށް ފަހު ރަޙްމާންބެގެ ހިތުގައިވަނީ އެ ޒުވާނާއަށް ޓަކައި ހަމްދަރުދީއެވެ.

  ފަންސާހުގެ އަހަރުތައް ގުނަމުން އަންނަ ރަޙްމާންބެ އަކީ ހިތްތިރި، މަޑުމައިތިރި އަދި ވަޒީފާއަށް ވަފާތެރި މީހެކެވެ. މަސައްކަތުގެ  ފުރަތަމަ ދުވަހުން ފެށިގެން އެޒުވާނާއާއި މެދު އަމިއްލަ ދަރިއެއް ފަދައިން ދެކެމުން އައެވެ. މެޑަމްގެ ނަމުން މުޙާތަބު ކުރުން މަނާކޮށްފައި ވާތީ ރަޙްމާންބެ ގޮވާހަދަނީ ދަރިފުޅާ ކިޔާފައެވެ.

ރަޙްމާންބެ އަދާކުރަމުން ދަނީ ޑްރައިވަރެއްގެ ފަޒީފާ އެވެ. އެ ފަޒީފައި ގައި ރަޙްމާނުބެ އުޅޭތައި އަށް އަހަރު ވެދާނެއެވެ.

“ދަރިފުޅާ މިލްނާ ހުރިހައި ކަމެއްވެސް ރަނގަޅުތަ”  މިލްނާގެ މިލާފައިވި މޫނާއި، ކަރުނުން ފުރިފައިވި ދެލޯ ފެނުމުން ރަޙްމާންބެ އަށް ސުވާލުު ނުކޮށް ނުހުރެވުނީއެވެ. ފަސް އަހަރު ފަހުން ފެނުނު އިރުވެސް އެ ދެލޮލުގައި ދިރުމެއް ނެތްފަދައެވެ. ދުވަހަކު އުފަލެއް ލިބިފައި ނުވާ ކަހަލައެވެ. ފެންނަނީ ނެގިމަޑުވެފައި ހުންނަ ތަނެވެ. އެ މޫނުމަތިން ހިތްދަތިކަން ނޫނީ ނުފެނެއެވެ. ހީ ސަމާސައި ކޮށް އުޅުނު މިލްނާ މިހާރު ފެންނަނީ އަބަދުމެ ސިރިއަސް ކަންމަތީ އެވެ.

އެ ހާދިސާއަށް ފަހު މިލްނާ ހެވީލައި ތަނެއް ރަޙްމާންބެ އަކަށް ވެނިފައެއް ނެތެވެ.

“އަޅުގަނޑު ރަނގަޅޭ ރަޙްމާންބޭ. ފަސްއަހަރު ފަހުން އަމިއްލަ ވަޒަނައް އާދެވުނީމަ ކުޑަކޮށް ޖަޒުބާތީވީ” ކުރެހިފައިވި އަޑަކުން މިލްނާ ބުނެލިއެވެ. އަދި އަވަސް އަވަހައް ދެލޯ ފުހެލައި، ފުން ނޭވާއެއްލީ މީހާ ހަމައަކަށް އަޅުވާލާށެވެ. އެ އުދާހައި، ހިތާމައިގެ ޙަޤީޤަތް ފޮރުވާލަމުންނެވެ. މިލްނާ ހެދީ ދޮގެއްކަން ރަޙްމާންބެއަށް އެނގެއެވެ. އެހެން ނަމަވެސް އިތުރު ސުވާލެއް ކުރިމަތި ނުކުރުވީ ، އެ ހިތްދަތިކަމައި ކަރުނަތައް ގުޅިފައިވަނީ މިލްނާގެ މާޒީ އާއި ކަމަށް ވީމައެވެ.  ހިތަކީވެސް ފާޑެއްގެ އެއްޗެއްނޫންހެ، ތަޤުދީރުގައި ނެތް އެއްޗެއް ނުލިބޭނޭ ކިތަންމެ ވަރަކަށް ވިސްނައިދިނަސް އެކަން ޤަބޫލުކުރާކަށް ތައްޔާރެއް ނޫނެވެ.

ކާރު އައިސް މަޑުކޮއްލީ ނެޝަނަލް އަރްޓް ގެލެރީ ދޮރުމައްޗަށެވެ. ދެލޯ މަރައި ބާރުކޮއްލައިގެން ހުރި މިލްނާ  އަށް ހޭވެރިކަންވީ ރަޙްމާންބެ ވާހަކަ ދެއްކުމުންނެވެ.

“މި އާދެވުނީ….” ރަޙްމާންބެ ބުންޏެވެ.

ތަޤުޅިކޮށްލައިގެން ހުރި ދެ  ލޯ ލަަސްލަހުން ހުޅުވާލިއެވެ. ކުރިމަތީ ހުރި ރަޙްމާންބެ އަށް ބަލާލަމުން މަސްނޫއީ ހިނިތުންވުމެއް ބައްދަލް ކޮއްލިއެވެ. ރައްދުގައި ރަޙްމާންބެ ވެސް ހިނިތުންވެލިއެވެ.

“އެންމެ ރަނގަޅު ރަޙްމާންބެ ގެޔައް ދިޔަސް. މިންނު އާއި އަރީން އެބައާދޭ. އަޅުގަނޑު ދާނީ އެމީހުންނާއި އެކީ” މިލްނާ ބުންޏެވެ.

ޖަވާބުގައި ރަޙްމާންބެ ބޯޖަހައިލިއެވެ.

ކާރުން ފޭބި މިލްނާއަށް މަގުގައި ހިނގާ ބިނގާވެ އުޅޭ މީހުންގެ ލޯތައް އަމާޒުވަމުން ދާކަން އިޙްސާސްވިއެވެ. ނަމަވެސް އެކަންކަމަށް މާބޮޑު ސަމާލުކަމެއް ދިނުމީ މިލްނާގެ އާދައެއް ނޫނެވެ.

އާއިދައިގެ އިސްކޮޅަކައި، ރީތި ބައްޓަމެއް މިލްނާ އަށް ލިބިފައިވިއެވެ. ހުދު ދޮންކަމަކައި، މަޑު ފިޔާތޮށި ކުލައިގެ ދެތުންފަތެވެ. ގަދަ ޗޮކުލެޓު ކުލައިގެ ކަޅިއާއި، ސިހުރުވެރި ކަޅިރަވައެކެވެ. އެ ކަޅިރަވައިގެ ޖާދޫގައި ނުޖެހޭނެ ފިރިހެނެއް މަދުވާނެއެވެ. ދިގު އެސްފިޔަތަކެކެވެ. މިލްނާ އަށް އިތުރު ރީތިކަމެއް  ގެނެސްދެނީ ގަދަ ޗޮކުލެޓްކުލައިގެ ރާޅުބާނީ އިސްތަށިގަނޑެވެ. އުނަގަނޑުގެ މެދާ ހަމައަށް އަރާ އިސްތަށިގަނޑު ވަނީ “ފްރެންޗް ބޭނގްސް” އަކާއިއެކު “ލޭޔާރްސް” ކޮށް ކޮށާލައިފައެވެ. “ ބެއިޖް” ކުލައިގެ “ސިލްކް މެޓީރިއަލް” ގެ އަތްދިގު ގަމީސް ވަނީ ކަޅުކުލައިގެ އޮފީސް ހަރުވާޅައިއެކު ބެގީ ކޮއްލެވިފައެވެ.  އާދައިގެ އުސްމިނެއް ހުރި ކަށިފައިވާނަކައި، ހެދުމައި ގުޅޭނެހެން ކަޅުކުލައިގެ އަތް ދަބަހެއް  އަޅުވާއިލެވިފައި ވިއެވެ. އިސްތަށިގަނޑު ވަނީ ފަހަތައް ގެނެސް އައްސާއިލެވިފައެވެ. ކުރިމަތިން ފެންނަންހުރި އިމާރައިތައް ނަޒަރު ހުއްޓައިލައިގެން ހުރީ ކުރިޔައް ފިޔަވަޅެއްވެސް އަޅާއިލަން ނޭނގިފައެވެ. މެޔައް ބާރުވެލުމައިއެކު ދެލޯ މަރައިލެވުނެވެ.

ހަށިފުރާ ނޭވާއެއް ލުމައްފަހު ކުރިޔައް ހިނގައިގަތެވެ. ދޮރުހުޅުވާލުމައް ފަހު އެތެރެއައް ވަދެ މުޅި މާހައުލައް ނަޒަރު ހިނގާލިއެވެ. ވަށައިގެން ވަނީ އެކި ކަހަލައިގެ ކުރެހުން ތަކެވެ. ކުރިމަތިން ފެންނަން ހުރި ލިފްޓާ ދިމަަލައް ހިނގައިގަނެވުނީ އިރުކޮޅަކު އެ މާހަލުގެ ހިތްގައިމުކަން އިޙްސާސް ކޮއްލުމަށް ފަހު އެވެ. ލިފްޓާއި އަރާހަމަވުމާއިއެކު ލިފްޓްގެ ފިތައް އޮބައިލައިފިއެވެ. ލިފްޓްގެ ދޮރުފަތް ހުޅުވުމާއިއެކު މިލްނާ އެތެރެއަށް ވަނެވެ. ދެވަނަ ފުލޯ އަށް ދިޔުމައްޓަކައި ފިތަކައް އޮބާލިއެވެ. ލިފްޓުގެ އަރިމަތީ ލެނގިލައިގެން ހުރީ ފުން ވިސްނުމަކަށް ގެއްލިފައިވި މީހަކު ފަދައިންނެވެ. ބޮޑު ކަމަކަށް ތައައްޔާރުވާ ފަދައެވެ.

“ ފަސް އަހަރައް ފަހު ތި ސޫރަ ދެކިލަން މި އައީ ވަރަށް ހިތްވަރު ކޮއްފަ، އެކަމަކު…..އެކަމަކު އެ ހިތްވަރު އަހަރެންގެ އެބަހުރިބައި، ތި ލޯ ދެކިލުމައް މި ހިތް އެދޭވަރު ބަޔާން ކުރަން ވެސް ދަތި. ކީއްވެ އަހަރެންނަށް އެހެން ހެދީ…..ކީއްވެ …” އަމިއްލަ ހިތާއި ޝަކުވައި ކުރެވެމުން ދިޔައެވެ. މިލްނާއަށް ރޮވިދާނޭ ހީވުމުން ތިރީ ތުންފަތުގައި  ދަތް އަޅައިލެވުނެވެ. ވޭނައި ތުރާލުން ފުރިފައިވި ޙިޔާލުތަކުން ބޭރުވީ އެވަގުތު ލިފްޓުގެ ދޮރުފަތް ހުޅުވުމުންނެވެ. ހަލިވިކޮއް ހިނގައިފައި ލިފްޓުން ފޭބި މިލްނާއަށް ނިކުމެވުނީ ކުރެހުންތަކުން ޖަރީވެފައިވި ބަގީއްޗާއަކަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ އެކި ޒަތްޒާތުގެ ކުރެހުންތަކެވެ. ނަމަވެސް މިލްނާގެ ލޯ ހޯދާލީ ހިތްއެދެމުން ދިޔަ ސޫރަ ދެކެލުމައްށެވެ. މާގިނައިރު އެކަމުގައި އުޅޭކަށް ނުޖެހުނެވެ. ކުރިމަތީ ހުރި ފާރުގައި ހަރުކޮށްފައިވި ކުރެހުމަށް މިލްނާގެ ނަޒަރު ހުއްޓުނެވެ. ހިތުގެ ހިނގުން ލަސްވިހެން ހީވިއެވެ. މަޑުމަޑުން އެސްފިޔަތައް ތަޅުވާލުމައް ފަހު ކުރެހުމައި ދިމާލައް މިސްރާބު ޖަހައިލި އެވެ. ކުރިމަތީ ފެންނަންހުރި ކުރެހުމައި ދެވަރަކަށް ފޫޓު ދުރުގައި މިލްނާ މަޑުކޮށްލިއެވެ. މައުނަވީ ބެލުމަކުން ކުރިމަތީ ހުރި ތަސްވީރައް ބަލަން ހުރެވުނެވެ. ކުރެހުމުގެ ތިރީގައި ލިޔެލައިފައިވި ލިޔުންކޮޅަށް ބަލައިލެވުނެވެ. އެއީ މިލްނާގެ ލިޔުމެވެ. “ދަ ސްކައި ހޯލްޑިން ދަ ސަން ދެޓް އިޒް އޯލްރެޑީ ސްލިޕިން އަވޭ “ . ލަސްލަހުން މިލްނާ އަށް ކިޔައިލެވުނެވެ. އަނެއްކާވެސް މިލްނާގެ ނަޒަރު ސީދާވެލީ ކުރެހުމުގައިވި ލޮލާއެވެ. އެއީ ފިރިހެނެއްގެ ލޮލެކެވެ. އެ ލޮލުން ބަލަމުންދަނީ އިރު އޮއްސޭ މަންޒަރުކަން ދޭހަވެއެވެ. މިލްނާގެ ޖަޒުބާތުތައް ހިފެހެއްޓުން އުނދަގޫވިއެވެ. ކަރުނަތައް ލޮލަށް ޖަމާވާންފެށީ ބަސް ބުނާހާ އަވަހަށެވެ. “އަރޫ” މަޑު އާހެއްގެ ސިފައިގައި މިލްނާގެ  ދުލުން ބޭރުވިއެވެ. މާޒީގެ ކަޅު އަނދިރި ސޮފުހާތައް ލޯ ކުރިމަތީ ސިފަވަމުން އައީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

dear stories

Level 1

Author ✍️ Keeper of untold tales ✨

Other Articles

Previous

ހިތަކުން ނުދާނޭ ފިލާ 21

Next

މިހިތައް ލޯބިދޭށޭ – 7 ބައި

Next
November 27, 2025

މިހިތައް ލޯބިދޭށޭ – 7 ބައި

Previews
November 27, 2025

ހިތަކުން ނުދާނޭ ފިލާ 21

4 Comments!

  1. Nai_73 says:
    November 28, 2025 at 9:02 am

    Masha Allah mi part ves Vrh reethi Curiously waiting for the next part when’s next

    1. dear stories says:
      November 30, 2025 at 11:01 pm

      Salaam!!!
      To my amazing readers
      Your support, your kindness, and your silent nods between the lines keep me going. Thank you for being part of this story.
      Insha Allah varah avahah next part genesdhevey thw balaanan ✨💚

  2. Someone says:
    November 28, 2025 at 8:57 pm

    Masha Allah… Varah reethi.. curiously waiting for the next part…
    Btw… Is this esfiya pro ah liyaa vaahaka ehh..?

  3. dear stories says:
    November 30, 2025 at 11:04 pm

    Salaam!!!
    To my amazing readers
    Your support, your kindness, and your silent nods between the lines keep me going. Thank you for being part of this story.
    Mee esfiya pro ah liyaa story eh noon insha Allah varah avahah next part kiyaalan libeyne
    ✨💚

Comments are closed.

Next Episodeނޭނގި ޔާރު ވަކިވީ 3 ވަނަ ބައި←


All Right Reserved!