
ތިހަނދާނުން އަށްވަަނަބައި (ދިރިއުޅުމަކީ ނިމުމެއް ނުވާ ހަނގުރާމައެކޭ)

“އޭ ދެން ތި މުނޑުދާރު އަނގައިން އެންމެ ބަހެއްވެސް ނުބުނަށްޗޭ އަދި ހާއްސަ ކޮން މަގޭ އަންހެނުންނާއި ބެހޭގޮތުން ” ޒިމާންގެ ޖަވާބުން ހިތަށް ކަރުނައިގެ ރާޅުބާނިއެއް އެރިއެވެ. ” މާން ތިހެން ވާހަކަ ނުދައްކަބަލަ” އަހަންނަށް ބުނެވުނެވެ. އެޔަށްފަހު އެއްވެސް ވާހަކައެއް ނުދައްކާ ހަމަހިމޭން ކަމުގެ ސުކޫތެއް ފާއިތު ވެގެން ހިގަންޖެއެވެ. ދެންވެސް ވާހަކަ ފެށީ އަހަންނެވެ. އެވާހަކަ ބުނެވެތޯ އުޅުނީމެވެ. އެކަމަށް ވެސް ހުރަސްއެޅީ އޭނާއެވެ. “ތި ޖުމްލަ ފުރިހަމަ ނުކުރާތި!” އެތައް އެއްޗެއް އަހަންނާ ދިމާލަށް ގޮވިއެވެ. ” ކަލެޔާ ހެދި ރިޔާގެ ދިރިއުޅުން އެއްފަހަރު ހަލާކު ކުރެއްވިއްޖެ ދެން ނުވާނެ މިކަމެއް! ތީ ފައިސާއަށް ބޫތުކައިފައި ހުރި ނަޖިސް އަންހެނެއް!” އެ ވިހަ ގަދަ ޖުމްލަތަކާއެކު ހިތުގެ ތެރޭގައި ބޮޑު ހައިޖާނު ގަނޑެއް އުފެދިގެން ހިގަންޖެއެވެ. އެހެނަސް ކެތްކޮށްފައި ބުނީމެވެ. “އަހަރެން މީނީ..” ވާހަކަ މިފަހަރުވެސް ފުރިހަމަ އެއް ނުކުރެވުނެވެ.
************************
އުމުރަށް ގުޅުން ކަނޑާލާފައި ޒިމާން ދާން އެނބުރުނެވެ.
“މި ދަރިޔޯ؟” ހުއްޓޭން މަޖުބޫރުކުރުވީ އެ ޖުމްލައެވެ.
“އަހަރުން ބޮލަން ޖަހަން ހިތަށް ވެސް ނާރުވާތި ދެނ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.