
ތިހަނދާނުން ހަތްވަނަބައި (އަހަންނާއި ހާސްބައި ތަފާތު ޒުވާނާ )

އެއް ހެދުންލާފައި އަނެއް ހެދުން ލާފައި ހޫރިޔާ އުޅޭއިރު ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ. އެނދުމަތިވެސް އޮތީ ހޫރިޔާ ބާލަމުންދިޔަ ހެދުންތަކުން ފުރިފައެވެ. ރީތިވާ މޭޒު ހުރީ ކޮޅާ ކޮޅު ނުފެންނަށް ވަރަށް މޭކަޕް ސާމަނުން ބަރާވެފައެވެ. ހިތްކިޔާ ކަހަލަ ހެދުމެއް ލެވުނީވެސް އަށްވަރަކަށް ހެދުން ލެވުނު ފަހުންނެވެ. ލެވޭއިރު ހެދުމެއް ދިގުވެދާނެވެ. ނުނީ ދޫވެދާނެއެވެ. ނަމާދުކޮށްގެން ގެއަށް އައިސް ވަތް ރިޔާނު ހުއްޓުނީ ވިލިގިއްޔަށް ދާން ތައްޔާރުވެގެން ހުރި ހޫރް ފެނިފައެވެ. އޭނާއަށް ގަބޫލުކުރަން ވެސް ދަތިވެއްޖެއެވެ. އެއީ ހަމަ އޭނާގެ އަންހެނުން ހެއްޔެވެ؟
*************************
ލަދުން ބޯހަލާކުވާވަރުވެއެވެ. މަންމަ ބުނަނީ ހަމަ ތެދެކެވެ. ހޫރިޔާ އެ ހުންނަނީ ހަމަ ހުސްގަޔާއޭ ބުންޔަސް ދޮގަކަށް ނުވާނެވެ.
” ކޮބާ އިއްޔެ ގަނެދިން ހަރުވާޅު ހެދުންތައް” ރިޔާން ހިތްހަމަނުޖެހިފައި އެހިއެވެ.
” އެއްކަލަ ރިޔާ ދެން އެނގެއެއްނު މަގޭ ވައްތަރު ނޫންކަން އެއީ” އޭނާއާއި ގުޅޭ ބާވަތެއްގެ ހެދުމެއް ނޫންކަން ހާމަކޮށްލިއެވެ.
” އެކަމް ކުޑަކަޅުވާވެސް ހާމަޔަށޭ ތިއޮތީ” އެއީ ދެން އެވަރު ކަމެއްހޭ ނުރުހުންވެ ހުރެ ހޫރިޔާ ބުނުލިއެވެ. މިފަ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.