އަމާނީގެ ދެއަތުން ވަރުގަދައަށް ހިފަހައްޓައިގެން ހުރުމުން މަލަކް ކުއްލި ލައްކާއިއެކު ކުވިލްޓް އިން އަތް ދޫވެ އޭނަ ގޮސް ޖެހުނީ ކޮޓަރީގައި ހުރި ތަނބުގައެވެ. އެއްލި ކަޅިން ސީލިންގުގައި ހުރި އެއްޗެހި އަޅައިގަތީ ދެނެވެ. މަލަކްއަށް ފެނުނީ ފިޔަވަޅުތަކެކެވެ. އެހެނަސް ސީލިންގުގައެވެ. ބިންމަތީގައިވާ ފިޔަވަޅުތަކެކޭ އެއްވެސް ތަފާތެއް ނެތެވެ. ބިރުން ހުރި މަލަކްއަށް ހިންދިރުވާލެވުނެވެ. އަނެއްކާ މީގެ ތޭވީސް އަހަރު ކުރިޔެކޭ އެއްގޮތަށް އެކަންތައް އަލުން ތަކުރާރުވަނީ ހެއްޔެވެ؟ ސީލިންގުގައި އެކަހަލަ އެއްޗެހި ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ އަމާނީ ސަމާސާ ކުރަނީ ބާވައެވެ؟ ނޫނެކެވެ. ތަފާތު ކަންތައްތަކެއް އެބަ ހިނގައެވެ. އަމާނީ ޖެހި ޖެހިގެން ދެދުވަހު އަވަހަކަށް ނުތެދުވެއެވެ.
” އަމާނީ..؟ ދަރިފުޅާ… ” މަލަކް އަމާނީގެ ބޮލާއި ދިމާލުން ކުވިލްޓްގެ މަތިން ކޮއްޓާލީ ޖެހިލުންވެފައި ހުރެއެވެ. ދެފަހަރަކު ނުރުހުމުގެ އަޑަކާއި އެކު މަލަކްއަކަށް ނުހުރެވުނެވެ. ދެއަތުން ކުވިލްޓްގައި ހިފާ ބާރަށް ދަމައިގަތް ވަގުތު އަމާނީ ސިހިފައި ތެދުވެ އެނދުގައި އިށީނެވެ.
” ކިހިނެތްވީ މަންމާ؟ ” ހޭވިފައިވާ އިސްތަށިގަނޑު އެއްފަރާތް ކުރަމުން އަމާނީ އާފުރެލިއެވެ.
” ދަރިފުޅު ރަނގަޅުތަ؟ ” މަލަކް ހައިރާންވެފައި ސުވާލުކޮއްލިއެވެ.
” ހޫމް.. ކިހިނެތްވީ؟ ” އަމާނީގެ ވާހަކަތައް ހުރީ އާދައިގެ ގޮތަކަށެވެ.
” މީކޮންހާ ފިޔަވަޅުތަކެއް؟ އަނެއްކާ ކީއްވެ މިއަދުވެސް މިހާ އިރު ވީ އިރު ނުތެދުވެ ތިއޮތީ؟ ” މަލަކް ހިސާބަކަށް ނުކެރި ހުރެފައި އަމާނީގެ ގާތުގައި އެނދުގައި އިށީނދެލިއެވެ.
” ކޮން ފިޔަވަޅުތަކެއް؟ ނޭނގޭ. ރޭގައި ވެސް ކުޑަކޮށް ލަހުން ނިދުނީމައި ނުތެދުވެވުނީ… ” އަމާނީ ވަށައި ހޯދާލިއެވެ.
” ފިޔަވަ… ” މަލަކްގެ ބަސް ހުއްޓުނީ ދެންމެ ފެންނަން ހުރި އެންމެ ފިޔަވަޅެއްގެ ހިލަމެއްވެސް ނެތުމުންނެވެ. ބޯ މައްޗަށް އުފުލާލައި މަތި ބަލާލި އިރު ސީލިންގުގައި ވެސް އެންމެ ފިޔަވަޅެއް ނެތެވެ. އެއީ ހަމަ ހީއެއް ބާވައެވެ؟ ނޫނެކެވެ. އިރްދީނާއާއި ޒޯޔާއަށް ވެސް އެފިޔަވަޅުތައް ފެނުނެވެ. އަނެއްކާ މިވާން އުޅެނީ ކިހިނެތް ބާވައެވެ؟ އެފާރު އެތަނުގައި އެޅި ފަހުން ތޭވީސް އަހަރުވެގެން ދިޔަ އިރުވެސް އެއްވެސް ކަމެއް ދިމައެއް ނުވެއެވެ. ކުއްލިއަކަށް މިހެން ވާން ޖެހުނީ ކީއްވެ ބާވައެވެ؟
” ދަރިފުޅަށް އެއް… އެއްވެސް އުނދަގުލެއްވޭތަ؟ އެއްވެސް އެއް.. އެއްޗެއް ފެނޭތަ؟ ” މަލަކް އަޅައިގަންނަމުން ކަހަލަ ގޮތަކަަށް ސުވާލުކޮއްލިއެވެ.
” ނޫނެކޭ މަންމާ.. އަޅުގަނޑު ހަމަ ރަނގަޅޭ… ގަޑިން ހަތެއް ޖަހަނީ ދޯ؟ މަންމާ އަޅުގަނޑު މިއަދު ކޮލެޖަށް ދާން ޖެހޭ އަށެއް ޖަހާ އިރަށް. ސައި ހެދިއްޖެތަ؟ ” އަމާނީގެ ވާހަކަތައް މުޅިން ވެސް ހުރީ އާދައިގެ ގޮތަކަށެވެ. އެއްވެސް ކަމެއް ވެގެން އުޅޭ ފަދަ ގޮތަކަށް ނޫނެވެ.
” ހޫމް.. އާދޭ ފެންވަރައިގެން ސައިބޯން.. ދޮންބެދައްތަ ވެސް މިއަދު ހުން އައިސް އުޅެނީ… ހޭލާ އުޅޭތޯ ބަލާލާފައި ގޮވާލާފައި އަންނައްޗޭ… ނިދިފައި އޮތިއްޔާ ނުގޮވާތި. ” މަލަކް ފުންނޭވާއެއް ދޫކޮއްލަމުން ކޮޓަރިން ނިކުތް އިރު ހިތުގައި އުތުރި އަރަމުން ދިޔައީ ޝައްކުތަކާއި ވަހުމްތަކުންނެވެ. ކުރީގެ ކަންތައްތައް އަލުން ތަކުރާރުވެއްޖެނަމަ ދެން ހަދާނެ ގޮތެއް ވެސް ނޭނގެއެވެ.
—
” ޒޯ؟ މަންމަ ތިރިން ފެނިގެން ބުނެފި ޒޯ ބަލި ވާހަކަ. ކީއްވެ އަހަރެންނަށް ނުގުޅީ؟ ” ހޭލާ ސައިބޯން އިން ޒޯޔާ ފެނިފައި އިރުފާން ގޮސް އޭނަގެ މަގަަތުގައި އެނދުގައި އިށީނދެ ޒޯޔާގެ ނިތުގައި އަތް ޖައްސާލިއެވެ.
” ކުޑަކޮށް. މިހާރު އެކަމަކު ކުޑަކޮށް ރަނގަޅު. މަންމަ ސައި ގެެނެސްދީފައި ފެން ފޮތި އަޅާފައި ދިޔައީ އަހަރެންނަށް ނިދިފައި އޮތީމައި. ކުޑަކޮށް ނިދާލީމައި ވެސް ލުއިހެން ހީވޭ.. ” ޒޯޔާ ހިނިތުންވެލިއެވެ.
” އެކަމަކު މިރޭ ވާއިރު އެއްވެސް ވަރަކަށް ހުން ހުރިއްޔާ ވާނެ ޑޮކްޓަރަށް ދައްކަން ދާން. މާދަމާ ބަލާފައި ރަނގަޅިއްޔާ ހިނގާ ރާއްޖެ ގޮސްލަން. ރީތި ރިސޯޓަކަށް.؟ އަވަސް އަރުވާލައިގެން އުޅުނީމައި ދެމިހުންގެ ހަނީމޫން ވެސް ނުރާވަމެއްނު. ” އިރުފާން ހިނިތުންވެލަމުން ޒޯޔާގެ ކޮލުގައި ހިފަހައްޓާލިއެވެ.
” ހަނީމޫންއޭ؟ ” ބޯޖަހާލި ޒޯޔާ ވަގުތުން ރަތްވިއެވެ. އިރުފާން ހީގަތެވެ.
—
ހުމޭރު އައިސް ކޮލެޖުގެ ދޮރު މައްޗަށް ކާރު މަޑުކޮއްލުމުން ދަބަސް ހިފައިގެން ފޭބި އަމާނީގެ ތުންފަތްމަތީގައިވަނީ ހިނތިުންވުމެކެވެ. ޔާނިއުއާއި ދިމާވި އެއްވެސް ކަމަކީ ބޮޑުކަމެއްކަން އިހުސާސް ނުވާ ކަހަލައެވެ. ލައިގެން ހުރި އަތްދިގު ރޫ ޖެއްސި މަޑު ދަނބުކުލަޔާއި ހުދުކުލައިގެ ހެދުމާއި ގުޅޭ މަޑު ދަނބުކުލައިގެ ޝޯލް ރީތިކޮއްލަމުން ގޭޓުން ވަދެގެން ދިޔަ އިރު ކުލާސްތަކަށް ހާޒިރުވުމަށް އެކި ކުދިން ކޮލެޖު ތެރޭގައި އުޅެމުން ދިޔައެވެ.
މަޑު ހިނގުމެއްގައި ހިނގަމުން ދިޔަ އަމާނީގެ ލޮލުގައި އަޅައިގަތީ ގަހެއްގެ ހިޔަލުގައި ހުރި ބެންޗު މަތީގައި އިން ޔާނިއު އަށެވެ. ރައްޓެހި ދެތިން ކުއްޖަކާއި ވާހަކަ ދައްކަން އިން ޔާނިއުއަށް އަމާނީ ފެނުމުން ވަގުތުން އަމާނީގެ ގާތަށް އަންނަން ހިނގައިގަތެވެ. އަމާނީ ތުން އަނބުރާލުމަށްފަހު ގޮސް ވަނީ އޭނަގެ ކުލާސްތަކާއި ދިމާލުގައިވާ ފާހާނަ ބަރިތައް ކައިރިއަށެވެ. އެދިމާލުގައި ނުހަނު ބޮޑެތި ބިޔަ ގަސްތައް ހުންނާތީ ދުވާލު ގަޑީގައި ވެސް އެތަން ފެންނަނީ ނާމާން ތަނެއްގެ ގޮތުގައެވެ.
ފާހަނައަށްވަދެ ނިކުމެ ބޭރުގައި ހުރި ލޯގަނޑުން ޝޯލް ރީތި ކުރަން ހުރި އަމާނީ ސިހުނީ މީހެއްގެ ފިޔަވަޅުތަކުގެ އަޑަށެވެ. ފަހަތް ބަލާލި އިރު ހުރީ ޔާނިއުއެވެ. ދެކޮޅު ހޯދައި ބަލާލި އިރު ކުލާސްތަކަށް ކުދިން ވަންނަ ގަޑި ޖެހޭތީ އެއްވެސް ކުއްޖެއް ފެންނާކަށް ނެތެވެ. ފުން ހިނިތުންވުމެއް ދެމުން އޭނަ އަމާނީއާއި ގާތަށް ޖެހިލިއެވެ.
” އަހަރެން އިއްޔެ ގުޅާ ހަބަރެއްވެސް ނުވަމެއްނު. ފޯނު ވެސް އޮތީ ނިއްވާލާފައި ކަމަށް ބުނީ… ” ޔާނިއު އަމާނީގެ އަތުގައި ހިފަހައްޓާލިއެވެ.
” ފޯނު ހަލާކުވެފައި އޮތީ… އެހެން ނޫނަސް އަހަރެން ކީއްކުރަން ޔާނިއުއަށް ގުޅަންވީ؟ ” އަމާނީގެ އަޑުގައިވަނީ ބޮޑާކަމެވެ.
” ތިބުނީ؟ ކުއްލިއަކަށް އެންމެ ދުވަހަކުން ތިހާ ބޮޑު ބަދަލެއް ތިއައީ؟ ” ޔާނިއުގެ މޫނު މަތީގައިވަނީ ހައިރާންކަމެވެ.
” ވީ އާރ ޑަން! ” އަމާނީ އަތުގައި އޮތް އަނގޮޓި ޔާނިއުއާއި ދިމާއަށް ހޫރާލިއެވެ. ބާރަށް ގޮސް ޖެހުނު އަނގޮޓި ދޮން ހަންގަނޑެއްގެވެރި ޔާނިއުގެ ނިއްކުރީގައި ޖެހި ވަގުތުން ރަތްވެގެން ދިޔައެވެ.
” އަމާނީ!!! ” ޔާނިއުގެ ގާތަށް އިންތިހާއަށް ރުޅިއައެވެ. އަދި ވަގުތުން އަމާނީގެ ދެއަތުގެ ކުޑަހުޅުގައި ހިފާ ފާރުގައި އަމާނީ ތަތްކޮއްލަމުން އަމާނީގެ ދެލޮލަށް ބަލާލިއެވެ. އެ ދެލޮލުގައިވަނީ ކެރޭކަމެވެ. ބޮޑާކަމެވެ. ހިތާމައިގެ އެންމެ ކަންފުޅެއްވެސް ނުވެއެވެ.
” ގޮތްކުޑަ އިންސާނާ! ސަލާމަތްވާން ބޭނުމިއްޔާ އަހަރެންގެ އަތުން ދޫކޮއްލާ! ” އަމާނީގެ ދެލޮލުގެ ކުލަ ވަގުތުން ރަތްކުލައަށް ބަދަލުވެ މޫނުމަތީގެ ހަންގަނޑު ކަޅުވެގެން ދިޔަ ތަން ބަލަން ހުރި ޔާނިއުއަށް ސިހިފައި ބިރުން ދުރަށް ޖެހިލެވުނެވެ.
” އާން… ޝުކުރިއްޔާ ވަރަށް ބޮޑަށް ތި ދިން ހަދިޔާއަށް! ކަލެޔަށް އަނިޔާ ނުކޮށް މިދޫކޮއްލީ ތިދިން ހަދިޔާގެ ބަދަލުގައި… ” އަމާނީ ބިންމައްޗަށް ވެއްޓުނު ދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން ހިނގައިގަތް އިރު ދެލޯ ބޮޑުކޮއްގެން ހުރި ޔާނިއު ބިރުން ގޮސް ގަޔަށް ކުޑަކަމު ދެވިފައިވާ ކަމުގެ ނިޝާންތައް ލައިގެން ހުރި ޖިންސުން ފެންނަން ހުއްޓެވެ.
—
” ފޯނު ނަގާބަލަ ޕުލީޒް! ” ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔަ ޒޯޔާ ރުޅިގަދަވެގެން ފޯނު ކަންފަތުން ނައްޓާލަމުން ކުރިން ވެސް ގުޅި ނަންބަރަށް ގުޅާލިއެެވެ. އޭރު މީހާ ރުޅިގަދަވެގެން އެއޮމާން މޫނުން އޮއްދާ ހިއްލާފައިވެއެވެ.
” ޒޯ؟ ކާކަށް ނުގުޅިގެން ތިއުޅެނީ؟ ” ނަމާދުން އެނބުރި އައިސް ކޮޓަރިއަށް ވަތް އިރުފާން ހައިރާންކަމާއިއެކު ޒޯޔާއަށް ބަލާލިއެވެ.
” ރައްޓެއްސަކަށް… އެއްޗެއް ހޯދަން ބުނެގެން.. ” ޒޯޔާ ފަނޑު ހިނިތުންވުމެއް ދިނެވެ. އޭރު ކަމެއް ފޮރުވަން އުޅޭ ކަމުގެ އަސަރުތައް މޫނުމަތިން ފާޅުވަމުން ދިޔައެވެ.
” ދެން ތިހާ ވަރަށް ރުޅިގަދަ ތިވަނީ އެވަރު ކަމަކާ؟ ” އިރުފާން ޒޯޔާގެ ކުރި މައްޗަށް ގޮސް މަޑުކޮއްލިއެވެ.
” އަދިވެސް ކުޑަކޮށް ބޮލުގައި ރިއްސާތީ. ހުން އައިސް ހުރީމައި ކަންނޭނގެ ” ޒޯޔާ އަތުގެ ނުފުށުން ނިއްކުރިން ދާ ތިކިތައް ފުހެލިއެވެ.
” އެބުނާހެން އަދިވެސް ކުޑަކޮށް ހުން އެބަ ހުރި.. ހިނގާ ޑޮކްޓަރަށް ދާން. އަހަރެން ހިތްހަމައެއް ނުޖެހޭ ޒޯޔާ ތިހެން ބަލި އިރު ކިޔޯ ނުކޮށް ހުންނާކަށް ” އިރުފާން ލޯބިން ޒޯޔާގެ ދެއަތުގައި ހިފާލިއެވެ.
” ހޫމް… އިޝާ ނަމާދުކޮއްލައިގެން ދޯ؟ ” ޒޯޔާ އިރުފާންގެ ކޮނޑުގައި ބޯއަޅާލިއެވެ.
—
މަޤްރިބް ނަމާދަށްފަހު ދިހަ މިނެޓުން ހިނގާފައި ދެވޭ މިސްކިތުން އައި އަރީންއަށް މަޑު ޖެހިލެވުނީ ފެނުނު މަންޒަރަކުންނެވެ.
ނުނިމޭ
ކިޔުންތެރިންނަށް ހީވަނީ ކިހިނެތް؟ އަމާނީއާއި ޖިންނި އަވަލާން ޖެހުނު ސަބަބަކީ ކީއްވެކަން؟
ކޮމެންޓްކޮއްލައްވާ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


Why am I having a feeling that Zoya ey hurihaa nubaeh hadhanee.. like my gut feeling is saying mi hurihaa kamehge fahathuga huree Zoya ey…. Zoya e geyah change vi dhuvahu amaanee ah e hurihaa kameh dhimaa vumaa, Zoya ge mi sirru veri kamaa, cuz of all these things, I really think it’s Zoya behind all these things…. But why tho..?? Is she being a jealous sister-in-law..?? Even when her in-laws are so good to her…??
This story is Hama very nice, Masha Allah… Can’t wait for the next part… Lym
I think zoya is trying to take revenge for something but i have a gut feeling zoya was trying to enter through the wall ekm ehn gothakun she ah ekan nukurevenis something happens.. can’t for next part.
Hehe. Let’s see dhw. Jazakillah hairan 🩷🤍🩷