ރަނިކަމުގާވީ ކަލާއޭ 1
އިރުއޮއްސޭ ވަގުތު ގާތްވާ ވަރަކަށް މާލޭ މަގުމަތީގައި ހޭލަމޭލަވެ އުޅެމުންދާ މީހުންގެ އަދަދު އިތުރުވަމުން ދެއެވެ. ބޮޑު އަކުރުން “ދާލިޔާ” ޖަހާފައިވާ 40 ބުރިޔަށް ނަގާފައި ހުރި އިމާރާތެއްގެ ކުރިމަތީ ހުއްޓި ހުރި ލިއާ އަށް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދެއެވެ. ލައިގެން ހުރި ކޯޓު ފަޓުލޫނާ އެކު އަރައިގެން ހުރި ލޫބްސް ހީލްސް އިން ރަސްމީ ފާޑު ޖަހައެވެ. ކަޅު ކުލައިގެ ޕްރައިވެޓް ކާރެއް އޭނާގެ ކުރިމަށްޗަށް ހުއްޓާލުމުން އެތެރަށް ވަދެ ގެޔަށް ދިޔުމަށް ދަތުރު ފެށީ ވަރުބަލި ވެފައި ހުރިލެއް ބޮޑުކަމުންނެވެ. ޑްރައިވަރު ގޭ ކުރިމަށްޗަށް ކާރު ހުއްޓާލުމާއެކު ރީތި ހިނިތުންވުމެއް ދީފައި ގޭތެރެއަށް ވަނީ ދުވަހުގެ ކަންކަން ހިނގައިދިޔަ ގޮތާމެދު ހިތްހަމަޖެހިފައި ހުރެއެވެ. ފެންވަރާ ތާޒާ ވެލުމަށްފަހު މަޑު ފިޔާތޮށި ކުލައިގެ ޕިޖާމާ ސެޓެއް ނަގާ ލައިގެން ލޯގަނޑު ކައިރީ ހުރެ ސްކިންކެއާ ހެދުމަށްފަހު ބޮޑީ މިސްޓް ކޮޅެއް ޖަހާލައިފައި އިސްތަށިގަނޑު އެއްކޮށްލައި މަލެއްގެ ބަށްޓަމަށް އިން ބޮޑު ދަށްޗެއްގެ އެހީގައި ހައްޔަރު ކޮއްލިއެވެ. ހިންހަމަ ޖެހޭވަރު ވުމުން ކޮޓަރިން ނިކުމެ ބަދިގެއާ ދިމާލަށް ދިޔައީ ބަނޑުން އަޑުކިޔާ ސަލާމަތް ނުވާ ވަރުވެގެނެވެ. ސުފުރާ މަތި ތައްޔާރު ކޮށްފައިވާލެއް މޮޅުކަމުން މަންމަ ކައިރީ އެކަނިހޭ މި ހުރިހާ އެއްޗެއް ކެއްކީ އެހުމުން މަންމަ ބުނީ ބަދިގެތެރެ ގޮސް ރަނގަޅަށް ބަލާލަބަލާށެވެ. “އޯމައިގޯޑް! ޔޫ ގާއިޒް ކޮން އިރަކުތަ ތި އައީ؟ އައި މިސްޑް ޔޯލް ސޯ މަޗް ގާލްސް. ދިސް ފީލްސް އަންރިއަލް ބެސްޓީޒް” އުފާވެފައި ހުރިވަރުން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ވަރުގަ ހުއްޓާ ހަޔާ ބުނެލި އެއްޗަކުން ޕަކަޕަކަ އަޅާފައި އެންމެން ހޭން ތިއްބާ ސަޕްރައިޒް ކަމުދޭހޭ ލިއާގެ މަންމަ ހައިލާ އައިސް ހުރިހާ ކުދިން ކައިރީ އަހައިލިއެވެ. ހީލާފައި ހުރިހައި ކުދިން ކާން އަންނާށޭ ބުނެފައި އޭނާ ކޮޓަރިޔަށް ވަދެގެން ދިޔައެވެ. “ސޯ ގާއިޒް ކިޔެވުން އެއްކޮށް ނިމުނީތަ؟” ލިޔާ އަހާލި ސުވާލަށް ހަޔާ، އައިލާ އަދި ސޯފިއާ ބޯ ޖަހާލީ ބަސް އަހާ ކުޑަކުދިން ތަކެއް ފަދައިންނެވެ. އަހަރު ތަކަކަށް ފަހު ހުރިހައި ކުދިންގެ ކިޔެވުން ނިމި ވަޒީފާގެ މާހައުލަށް ނިކުމެވެން ވީއިރު ދިމާވެލާނެ ފުރުސަތެއް މި ލިބުނީ މަދަރުސީ ހަޔާތް ނިމުމަށްފަހު ފުރަތަމަ ފަހަރަށެވެ. ލިޔާ އަކީ ޅަ އުމުރުގައި ވިޔަފާރިވެރިންގެ ދުނިޔޭގައި ނަން ވިދާލި އެއްމެ ފުރަތަމަ ބިލިއޮނެއާރ އެވެ. ސޯފިއާ ޖާރނަލިޒމް ކިޔަވައި “ނުކުތާ” އަށް ވަތް ފަހުން މަސްދުވަސް ހަމަނުވެ ރާއްޖޭގެ އެތަށް ބަޔެއްގެ ލޯބި ހޯދާލީ ވަރަށް ކުޑަ ދުވަސްކޮޅެއް ތެރޭގައެވެ. އޭނާ އެ އައީ “ރިޔާސީ އިންތިޚާބު 2056” ކެމްޕެއިންގެ ފަހު ދުވަސްތަށް އއ.ތޮއްޑޫ ގައި ހޭދަކޮށްފައެވެ. ދެން ތިބީ ނޯރާ އާއި އައިލާ އެވެ. ޤާނޫނީ ވަކީލުކަން ކިޔަވައިގެން ނޯރާ އައިސް އޭނާ ވަނީ ލޯވް ފާމް އަކަށް ގުޅުމަށް ފޯމު ލައިފައެވެ. އިންޓަވިއު އަށް ނުގުޅައިވާ ކޮންމެ ސިކުންތަކީ އޭނާގެ ހިތަށް ޒަލްޒަލާއެއް ގެނުވާ ފަދަ ކަމެކެވެ. އައިލާ ޑިޓެކްޓިވް އަކަށް ވާން މުޅި އުމުރު ދުވަހު ދެކުނު ފޮނި ހުވަފެން ތަކުގެ ކުލަ ޖެއްސުމަށް ކިޔަވައިގެން އައިސް ދިވެހީންގެ ފުލުހުންގެ ޚިދުމަތަށް ވަޒީފާ އަށް ނިކުންނަ ފުރަތަމަ ދުވަހަކީ މާދަމައެވެ. ހަތަރު ކުދީން އެކުގައި ކައިގެން ސޯފާގައި ޖައްސާލީ ނެޓްފްލިކްސް އަޅުވައިގެން މޫވީ އެއް ބެލުމުގެ ނިޔަތުގައެވެ. ސިހިފައި ހައިލާގެ ކޮޓަރި ދޮރާ ދިމާލަށް އެންމެނަށް އެއްފަހަރާ ބަލާލެވުނީ ބާރު ހަޅޭކެއްގެ އަޑު އެ ކޮޓަރީ ތެރެއިން އައިހެން ހީވުމުންނެވެ.
(ނުނިމޭ)
ސަލާމް ރީޑާސް! “ރަނިކަމުގާވީ ކަލާއޭ” މި ވާހަކަ އަކީ އަޅުގަނޑު އަލަށް ލިޔާ ދިގު ވާހަކަ އަށް ވާތީ އަޅުގަނޑުގެ ލިޔުންތެރިކަމަށް ފާޑުކިޔައިދެއްވުމަކީ ވަރަށް ބޮޑު އެދުމެއް. އުންމީދު ކުރަން ކަމުދާނެ ކަމަށް. 3>
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Your writing is honestly beautiful… u have a way of making every word feel real and alive…I loved every bit of this story… Can’t wait to read more from you! 🫵🫶
Thank you ZA IN 🫶🏻
heyyyy dearr
mi part vrh reethi
so curious
welcome to esfiya, hope to see more of you ❤️
ilyysmm
Thank you so much shiher 🤍
in sha allah next part varah avahah kiyaalan libeyne and ilym fav 🫶🏻