ބަދަލް…11
ޖެހެމުންދިޔަ ވަޔާއި އުޑުމަތީގައި ބޯކުރަމުން ދިޔަ ވިލާތަކުން ހީވަނީ ހަމަ ދެންމެ ދެންމެ ކެރިގަނޑު އޮއްސާލަފާނެ ހެންނެވެ. އުޑުމަތީގައި މީގެ އިރުކޮޅެއްކުރިން ބަބުޅަމުންދިޔަ ތަރިތަކުގެ އެއްވެސް ހިލަމެއްނުވެއެވެ. ނާރުތައް ތޮރުފާލާކަހަލަ ފިނިވައިރޯޅިތައް އެޅެމުނދިޔައިރު ޒައިޝާންހުރީ އޭނާގެ އެޕާޓްމަންޓަގައި އޮންނަ ތަނަވަސް ބެލްކަނީގައެވެ. ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާ ބާރުކޮށްފައިވާއިރު ޒައިޝާންގެ ސިކުނޑީގައިވަނީ ހައިޖާނުގަނޑެއް ހެދިފައެވެ. މީގެ ތިންއަހަރު ކުރީގެ މާޒީ އޭނާގެ ކުރިމަތީގައި ސިފަވަމުންދިޔައިރު ޒައިޝާންގެ ނަޒަރު ހުއްޓިފައިވަނީ އުޑުމައްޗަށެވެ.
***********************************************************************************************
އެއީވެސް އެފަދަ ރެއެކެވެ. ބެލްކަނީ ރެއިލިންގައި އަތްއަޅުވާލައިގެން މާލޭގެ ހަލަބޮލި މަގުތަކަށް ނަޒަރު ހުއްޓާލައިގެންހުރި މިންޝާ ސިއްސައިގެންދިޔައީ މީހަކު ފަހަތުން އޭނާގެ ހަށިގަނޑުގައި ބައްދާލުމުންނެވެ. މިންޝާއަކީ ޒައިޝާންގެ ހަޔާތަށްއައި އެންމެ ފުރަތަމަ ކުއްޖާއެވެ. ޒައިޝާން ގްރޭޑް ދިހައެއްގައި މިންޝާއާ ދިމާވީ ކެމްޕެއިން ދުވަސްކޮޅުގައެވެ. އެހާ ހިސާބުން އެކުވެރިންގޮތިގައިތިބެ، އެގުޅުން ލޯތްބަށް ބަދަލުވިއެވެ. ނަމަވެސް އެންމެ ފަހު އަހަރުކަމުން، ޒައިޝާން ނިންމީ ކިޔަވާ ނިންމުމަށްފަހު މިންޝާއަށް ލޯބި ހުށަހަޅާށެވެ. އެހެންކަމުން، އޯލެވެލް އެންމެފަހު އިމްތިހާނު އޮތްދުވަހު، ކްލާސްކުދިން ބޭއްވި ޕާޓީގައެއްގައި ޒައިޝާން މިންޝާގާތު ރައްޓެހިވާން އެހިއެވެ. މިކަމުގައިވެސް ޒައިޝާންއަށް އެންމެ ބޮޑު އެއްބާރުލުމެއްލިބުނީ ރަޔަންގެ ފަރާތުންނެވެ. އެންމެ ފުރަތަމަ ޤަބޫލުނުކުރެވުނަސް، އޭނާއަށްވެސް ޒައިޝާން ދެކެ ލޯބިވެވުނުކަން މިންޝާއަށް ޤަބޫލުކުރެވުނީ ޒައިޝާން އޭނާގާތު ރައްޓެހިވާން އެހުމުންނެވެ. ރައްޓެހިވެގެން އަހަރެއްވީފަހުން ޒައިޝާން އޭނާގެ މައިންބަފައިންނަށް މިންޝާ ތަޢާރަފްކޮށްދިނުމުން އެމީހުން މިންޝާ ބަލައިގަތީ ލޯބިންނެވެ. އެއާ ޚިލާފަށް، މި ގުޅުމަށް މިންޝާގެ ބައްޕަ އެންމެ ފުރަތަމަ ނުރުހެއެވެ. ނަމަވެސް، ޒައިޝާންއަކީ ރަނގަޅުކުއްޖެއްކަން އެނގުމުން މިންޝާގެ ބައްޕަވެސް ޒައިޝާން ބަލައިގަތެވެ. އެފަހުން ޒައިޝާންމެންގެ މި ގުޅުމަށް ހަތްއަހަރުވީއިރުވެސް އެދެމެދުގައި އޮތް ލޯތްބަށް އެއްވެސް ބަދަލެއްނާދެއެވެ. މާގިނަ ދުވަހު ރައްޓެހިވެގެން ނޫޅުމަށް ދެކޮޅުގެ އާއިލާއިން ބުނިކަމުގައި ވިޔަސް ޒައިޝާންއާއި މިންޝާ ނިންމީ ކިޔަވާ އެއްކޮށް ނިމުމުން ކައިވެންޏާ ހަމައަށް ދާށެވެ.
“ހާދަވަރަކަށޭ މިންނު ތި ވިސްނަނީ”. މިންޝާގެ ހަށިގަނޑުގައި ދެއަތްވާށައިގެންހުރެ ވައިއަޑަކުން ޒައިޝާން ބުނެލިއެވެ. “ވިސްނާނެއެންނު ޝާން ތިއުޅެނީ މާދަން އަނެއްކާ މިންނުއާ ދުރަށްދާންވިއްޔަ”. ޒައިޝާންއާ ދިމާލަށް އެނބުރި، އެ ތަނަވަސް މޭގައި ބޯއަޅާލަމުން މިންޝާ ބުންޏެވެ. ޒައިޝާންހުރީ މަތިން އެއްޗެއްނުލައިކަމުން މިންޝާގެ ހޫނު ކަރުނަތައް އޭނާއަށް ރަނގަޅަށް އިހުސާސްކުރެވުނެވެ. އެހެންކަމުން މިންޝާގެ މޫނުގައި ދެއަތުން ހިފަހައްޓާ، ލޯބިން ކަރުނަތައް ފުހެލިއެވެ. ޒައިޝާންގެ މި ޢަމަލުން މިންޝާ ބަޑިފަޅައިގެންދިޔައެވެ. “ނޯ… ނުރޮއިބަ…މިންނު، ލުކް އެޓް މީ… ތިހެން ރުއިމަ އަހަރެން ވަރަށް ދެރަވާނެ. ދެން އަހަރެން އަންނާނީ އިރާދުކުރެއްވިއްޔާ މިންނު ކައިރިއަށް އެއްކޮށް. ސޯ ޕްލީޒް ޕްރޮމިސް މީ ޔޫވިލް ވެއިޓް ފޯރ މީ، ޖަސްޓް ވަން މޯރ އިޔާރ”. ޒައިޝާން އޭނާގެ އަތްދިއްކޮށްލަމުން ބުންޏެވެ. މިންޝާ، ޒައިޝާންގެ މޭގަނޑުމަތިން ބޯނަގާ، އެއަތުގައި ހިފާލީ ވައުދުވަމޭ ބުނިފަދައިންނެވެ. މާދަމާއަކީ ޒައިޝާން ފުރާދުވަސްކަމުން މިންޝާ ނިދީވެސް ޒައިޝާންގެ އެޕާޓްމަންޓްގައި ހުންނަ ގެސްޓް ރޫމްގައެވެ.
ދުވަސްތައް އޭގެ ބާރުމިނުގައި ވޭތުވަމުންދިޔައެވެ. އެންމެ ފުރަތަމަ ދުވަސްކޮޅު ޒައިޝާންއަށް ބަރާބަރަށް މިންޝާއަށް ގުޅެއެވެ. ނަމަވެސް އެންމެ ފަހު ސެމިސްޓާރކަމުން ޒައިޝާންއަށް ފަހުންއައިސް މިންޝާއަށް ގުޅެނީ ވަރަށްމަދުންނެވެ. ގުޅާ ފަހަރުތަކުގައިވެސް މިންޝާ ބިޒީކަމަށްބުނެ ބަހަނާދައްކާނެއެވެ. ނުވަތަ ކިޔަވަނީކަމަށްބުނެ ފޯނު ކަނޑާލާނެއެވެ. މިހެން ކަންތައްވުމުން ޒައިޝާންވެސް އެންމެފަހުން މިންޝާ ކިޔެވުމަށް ބުރޫއަރާފާނެތީ އުނދަގޫނުކުރަން ނިންމިއެވެ. ކުރިއަށްއޮތީ މިޑްބްރޭކްކަމުން ޒައިޝާން ނިންމީ މިންޝާއަށް ސަޕްރައިޒްއެއްދިނުމަށް، އޭނާގާތު ނުބުނެ ރާއްޖެއައުމަށެވެ. އެދުވަސްކޮޅު މިންޝާގެ މަންމަމެންވީ އިންޑިޔާގައިކަމުން ޒައިޝާން ރޭވިގޮތަށް ކަންތައްވުމުގެ ފުރުސަތުވެސް ބޮޑުވިއެވެ. އެހެންކަމުން، ރަޔަންއަށް ގުޅާ ހުރިހާކަމެއް، ހަމަޖެއްސީ ކުރިއަށްވާންއުޅޭ އެއްވެސްކަމެއްގެ ހިލަމެއްނުވާހާލުގައެވެ.
އެންމެ ފުރިހަމަ ހިނިތުންވުމުގައި މިންޝާމެންގެ އެޕާޓްމަންޓް މައިދޮރު ހުޅުވާ އެތެރެއަށްވަތް ޒައިޝާން ގަނޑުވިކަހަލައެވެ. އަތުތެރޭގައިއޮތް ރަތްކުލައިގެ ފިނިފެންމާބޮނޑިއާއެކު ވަރުދޫވާކަހަލަ އިހުސާސެއްކުރެވުނެވެ. މޫނުމަތީގައިވީ ހިނިތުންވުންފިލާގޮސް ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރަކީ ބިލާހަކަށްވުމަށް ދުޢާކުރެވުނީ ކިތައްފަހަރުކަމެއްވެސް ނޭނގެއެވެ. ހަތްއަހަރުވަންދެން ތިމާ އެންމެ އިތުބާރުކޮށް ހަމައެކަނި ލޯބިވީ ފަރާތް މިއަދު އެހެން ފިރިހެނެއްގެ އަތުތެރޭ މަޖާނަގަމުންދާތަން ބަލަން ކެތްވާނެހެއްޔެވެ؟. މިންޝާ ސޯފާގައި އިންއިރު އޭނާގެ އުނަގަނޑުގައި އަތްވަށައިގެން އެއިނީ ޒައިޝާންއިނީ ޒައިޝާންމެންނާއެކު އެއްކުލާހެއްގައި ކިޔެވި ކުއްޖެއްކަމަށްވާ ކިޔާންއެވެ. އެދެމީހުން ހީނހީނފައި ސަކަރާތްޖަހަމުންދިޔައިރު، ޒައިޝާން އެތާނގައި ހުރިމީހެއްކަމެއްވެސް ރެޔަކާނުލާކަހަލައެވެ. “އޭ ޝާންޓެ ބްރޯ ކިހިނެއްވެފަ ތިހިރީ؟… އަލަށްތަ މިކަހަލަތަނެއް ތި ފެންނަނީ؟”. މަލާމާތުގެ ރާގަކަށް އެ ފިރިހެންކުއްޖާ ބުނެލިއެވެ. އެވަގުތު މިންޝާވެސް ޒައިޝާންއާ ދިމާލަށް އަންނަން ފެށިއެވެ. ޒައިޝާން އޭރުވެސްހުރީ މިންޝާއާ ދިމާލަށް ފެންކަޅިވެފައި، ބަލަހައްޓައިގެންނެވެ. ޒައިޝާން އެހެންހުއްޓާ ކުއްލިއަކަށް ސިހުނީ، މިންޝާ އޭނާގެ އަތުގައި ހިފައިގެން ދޮރުން ބޭރަށް ދަމައިގަތުމުންނެވެ. “ލުކް ޒައިޝާން މަށަށް މިހާރު ކަލެއާއެކީ ވާވަރަށް ކެތްވެއްޖެ. ހީ ޝޯވޑް މީ އަ ވޯލްޑް ޔޫ ކުޑްންޓް… ދެން އަހަރެން ބޭނުމެއްނޫން މިގުޅުން ކުރިއަށް ގެންދަން، އެހެރީ ވަތްދޮރު….ނުކުމޭ!”. ޒައިޝާން މޭގައި އަތްއަޅާ ކޮށްޕާލަމުން މިންޝާ ބުންޏެވެ. ޒައިޝާންއަށް އެވަގުތު ހީވީ ކޮށިވަޅިއަކުން ހިތުގައި އަޅާލިހެންނެވެ. މިންޝާމެން ގެއިން ނުކުމެގެން ޒައިޝާން ދިޔައީ ރަޔަންމެން ގެޔަށެވެ. އޭރު ރަޔަންހުރީ ޒައިޝާންގެ އިންތިޒާރުގައެވެ. “ކޮބާ؟ ކިހިނެއްދިޔައީ؟”. ރަޔަން އެހެން އެހުމުން ޒައިޝާންގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބުން ކޮންމެސް ނުބައެއްއުޅޭކަން ރަޔަންއަށް ވިސްނުނެވެ. “ބްރޯ…. ކިހިނެއްވެފަތިހިރީ ސޭ-“. ރަޔަންއަށް އެހާހަމައަށް ބުނެވުމުން ޒައިޝާންއަށް އިތުރަށް ކެތެއްނުކުރެވުނެވެ. “ރަޔަން…. މި…މިންޝާ ބްރޯކް އަޕް ވިތްމީ… ޝީ ޗީ-“. “ޝްޝްޝް… ދެން އެވާހަކަ ނުދައްކާ”. ޒައިޝާން ގައިގައި ބައްދާލަމުން ރަޔަން ބުންޏެވެ.
އެދުވަހުގެ ފަހުން ޒައިޝާންގެ މިޒާޖު އެއްކޮށް ބަދަލުވެގެންދިޔައެވެ. ދުންފަތްދެކެ އިންތިހާއަށް ފޫހިވާމިހާ، އެންމެ ގިނައިން ބޭނުންކުރާ އެއްޗަކަށް ސިނގިރޭޓު ވެގެންދިޔައެވެ. ދުވާލަކަށް ތިންހަތަރު ފޮށި ހުސްކޮށްލާތަންވެސް އާދެއެވެ. މުޅިދުވަހުވެސް ގިނަވާނީ ހަމައިން ނެއްޓިފައި ހުންނަ އިރުތަކެވެ. ކޯސްވެސް ދޫކޮށްލާފައި ޒައިޝާން ބޭނުންވީ ދެން ކިޔެވުން ހުއްޓާލާށެވެ. މިކަމާ ޒައިޝާންގެ މައިންބަފައިން ހިތްހަމަނުޖެހޭވާހަކަ ރަޔަން ބުނުމުންވެސް، ޒައިޝާންއަށް އަޑުވެސް އިވޭކަމަކަށް ނުހަދައެވެ. މިވާހަކަ ދައްކާ ކޮންމެފަހަރަކު ޒައިޝާންގާތަށް އަންނަނީ ވަރުގަދަ ރުޅިގަނޑެކެވެ. އެންމެފަހުން ރަޔަން ނިންމީ ޒައިޝާން ރުޅިއަޔަސް ހެޔޮކަމަށް މިކަންތަކަށް ބަދަލެއް ގެންނާށެވެ. އެހެންކަމުން ޒައިޝާންގާތު ނުވެސްބުނެ އޭނާ ގޭގައި ނެތްވަގުތު ރަޔަން ގޮސް އޭނާގެ އެޕާޓްމަންޓްގައިހުރި ސިނގިރެޓު ފޮށިތަކާއި، ހުސްފުޅިތައްއެއްލާ ސާފުކުރަންފެށިއެވެ. ރަޔަން އެ ފުޅިތައް ފޮށްޓަކަށް އަޅަންހުއްޓައި ސިއްސައިގެންދިޔައީ ކުއްލިއަކަށް އެޕާޓްމަންޓް ދޮރުހުޅުވާފައި ވަތް ޒައިޝާން ފެނިފައެވެ. ޒައިޝާން އައިގޮތަށްއައިސް ރަޔަން ލައިގެންހުރި ޓީޝާޓްގެ ކަރިގައިހިފައިގަތެވެ. އަދި ރަޔަންއަށް ޒައިޝާންގެ އަތްދޫނުކުރެވިގެން އުޅެނިކޮށް ގޮށްމުއްކަވާފައި ރަޔަންގެ މޫނުމަތީގައި ޖެހިއެވެ. “ކަލޭކައިރި ކިތައްފަހަރު މަ ބުނާނީ މަ ކުރާ ކަންތަކާ ނުބޭހޭށޭ”. ޒައިޝާން ވާހަކަދެއްކި ގޮތުންވެސް އޭނާހުރީ ހަމައިގައި ނޫންކަން ރަޔަންއަށް އެނގުނެވެ. އެހެންކަމުން ރަޔަން ބެލީ ވީހާވެސް މަޑުމައިތިރިކޮށް ޒައިޝާންއަށް ވިސްނައިދެވޭތޯއެވެ. “ބްރޯ ހަމަޖެހިބަ، މީ ދުވަހަކުވެސް ޝާން އުޅުނުގޮތެއް ނޫނެއްނު. ޕްލީޒް ވިސްނަބަ… ތިހެން އުޅުނީމަ-“. ރަޔަންއަށް އެހާހަމައަށް ބުނެވުނުތަނާ ޒައިޝާން އަނެއްކާވެސް ރަޔަން މޫނުމަތީ އެތިފަހަރެއްޖެހިއެވެ. މިފަހަރު ރަޔަންގެ ނޭފަތުން ލޭވެސް އައެވެ. “ދުވަހަކުވެސް ކަންކަން އެއްގޮތަކަށް ނޯންނާނެއޭ ބްރޯ ހަހަހަހަ…. މަ ބޭނުންގޮތަކަށް މަ އުޅޭނީ ހަހަހަ…. މަށާ ދޭތެރޭ ވިސްނާނެ މިހެއްނުހުއްނާނެ”. ޒައިޝާން ބުއްދިފިލާގޮސްފައިވާ މީހެއްފަދައިން ހެމުން ބުންޏެވެ. ޒައިޝާންގެ ހިނިގަނޑުންވެސް އޭނާގެ ހިތުގައި އަޅަމުންދިޔަ ވޭން ރަޔަންއަށް އިހުސާސްކުރެވުނުކަހަލައެވެ. ރަޔަން ޒައިޝާން ގައިގައި ބައްދާލިއެވެ. ލޮތްބާއި އަޅާލުމަށް ފެންބޮވައިގަނެފައިހުރި ޒައިޝާންއަށް ރަޔަންގެ މި އަމަލުން އިތުރަށް ކެތެއްނުކުރެވުނެވެ. މިއޮށް ހުރިހާ ދުވަހު ހިތުގައި އުފެދުނު ޝަކުވާތަކާއި ރިހުން ކަރުނައިގެ ސިފައިގައި ފައިބައިގަތެވެ. “ރަޔަން، ކީއްވެ އަހަންނަށް މިހެން މިވީ؟…. މިއޮށް ހުރިހާ ދުވަހު ދެވުނުހާ ލޮތްބެއްދީގެން އުޅުނީމަވެސް އެއީތަ ކަންތައްކުރަން އެނގުނު ގޮތަކީ؟… އިޓް ހާރޓްސް ސޯ ބޭޑް، މަ ދެން ބޭނުމެއްނޫން ކިޔަވާކަށް، މިފަހަރު އައި ވޯޒް ގޮނަ އާސްކް ހާރ ޓު މެރީ މީ…”. ޒައިޝާން ވާހަކަދައްކާ ނިމެންދެން ރަޔަން ގުޑާވެސްނުލާ ހުއްޓެވެ. ފިރިހެނަކަސް ކެތްކުރެވޭނީ ވަކިވަކަށްނޫންހެއްޔެވެ؟. “ލުކް ޝާން، އައި އަންޑަސްޓޭންޑް ދެޓް ޔޫ އާރ ހާރޓް… އެކަމް ޝާންވާނެއޭ ހިތްވަރުގަދަވާން، ދިރިއުޅުމަކީ ބޮޑު ހަނގުރާމައެއް. ދިމާވާ އެންމެ ކަމަކުން ހިތްވަރު އެލުވާލީމަ ދެން ކިހިނެއް ކުރިއަށްދާނީ؟. ޝާންއަށް މިހާރު ތިއުޅެވެނީ ރަނގަޅަށްތަ؟. އަމިއްލަ ނަފްސާ ދޭތެރޭ އެންމެ ފަހަރަކުވެސް ވިސްނާލަބަ. ޝާންއަށް އެނގޭތަ ވޭތުވެގެން މިދިޔަ ދެމަސްދުވަހުތެރޭގަ މަ މިގެއަށް އަންނަ ކޮންމެ ފަހަރަކު ޝާންގެ މަންމަ މަގޭކައިރި އެތައް އިރެއްވަންދެން ރޮއެ، ޝާންއަށް ތިހާ ބޮޑު ބަދަލެއް އައިމަ. ޝާންގެ ޑޭޑްވެސް އެތައް ފަހަރަކު މަގޭކައިރި އެތައް ޝަކުވާތަކެއްކުރޭ. ޝާން އެއްފަހަރުވެސް ވިސްނާލިންތަ އެމީހުންނަށްވާނެ ގޮތަކާ ދޭތެރޭ؟. އެމީހުންގެ ނެތޭ ޝާން ނޫނީ ދެން އިތުރު ހޯޕްއެއް. ޝާންތީ އެ މަންމައާ ބައްޕަގެ ހުރިހާވެސް އުންމީދަކީ. ޝާން ތިހެން އުޅުނީމަ އެމީހުންގެ ހިތަށްކިހާ އަސަރެއްކުރާނެތަ؟. އެހެންނޫނަސް ޝާން އަބަދުވެސް އެންމެ ފޫހިވާ ކަންތައް މިހާރު ތި ކުރަނީ، ކީއްވެތަ އަމިއްލަ ނަފްސު ތި ހަލާކުކޮށްލަނީ؟. ޝާންގެ ދިރިއުޅުން އަދި އޮތީއޭ ކުރިއަށް. ވެދިޔަ ކަންތައް ހަނދާން ނައްތާލާފަ ދިރިއުޅުމައިގެން ކުރިއަށްދޭ. މިންޝާ ޑަސް ނޮޓް ޑިޒާވް ޔޫ، އޭނައަށް އަދި ވިސްނޭނެ ދުވަހެއް އަންނާނެ. އެކަމް ޝާން، އައި ވޯންޓް ޔޫ ޓު މޫވް އޮން، ބީ އަ ބްރޭވް ވޯރިއަރ”. ކުޑަކުއްޖަކަށް ވިސްނައިދޭ ފަދައިން ރަޔަން ޒައިޝާންއަށް ވިސްނައިދިނެވެ. ރަޔަން ދެއްކި ވާހަކަތައް އަޑުއަހާފައި އޭނާގެ ދިރިއުޅުމާ ދޭތެރޭ ފުރަތަމަފަހަރަށް ވިސްނާލެވުނެވެ. ރަޔަން އެދެއްކީ ތެދުވާހަކަކަން ޒައިޝާންއަށް ވިސްނުނީ އެވަގުތުއެވެ. ތޭންކްސް މޭން، މަށަށް ވިސްނައިދިނީމަ، މަ ބޭނުން މިކަންކަމުން ސަލާމަތްވާން. ކޯސްވެސް ފުރިހަމަކުރަން ބޭނުން، އެކަމް އައި ކާންޓް ގޯ ބެކް. މިކޮޅުން ކިޔަވަން ބޭނުމީ. އެންޑް، އިތުރަށް މަ އޭނާއަށްޓަކައި އެއްވެސް ހިތާމައެއްނުކުރާނަން. އައި ވިލް ޝޯވ ހާރ ވަޓް ޝީ ލޮސްޓް. އައިމް ސޮރީ ފޯރ ދިސް”. ރަޔަންގެ އަނގަމަތީ ދުޅަވެފައިހުރި ދިމާލަށް އިނގިލި ދިއްކޮށްލަމުން ޒައިޝާން ބުންޏެވެ. “އިޓްސް ފައިން، ޝާންއަށް ވިސްނުނީމަ ވަރަށް އުފާވެއްޖެ. ޔެސް، ނައު ޔުއާރ އޮން ދަ ރައިޓް ޓްރެކް”. އެދުވަހުގެ ފަހުން ޒައިޝާން އެގޮތް ދޫކޮށްލާފައި ދިރިއުޅުމައިގެން ކުރިއަށްދިޔައެވެ. އަދި މާޒީ ހަނދާން ނައްތާލަން ކުރެވުނުހާކަމެއްކޮށް، ޒައިޝާންއަށް ހެޔޮއެދޭ މީހުންގެ ހުވަފެންތަކުގައި ކުލަޖައްސައިދޭން އަމިއްލަ ނަފްސަށް ވަޢުދުވިއެވެ.
***********************************************************************************************
ޚިޔާލުތަކުގެ ތެރޭގައި ދާނެ އައްސޭރިއެއްނެތި ގެނބެމުންދިޔަ ޒައިޝާންއަށް ސިހުންގެނުވީ މޫނުމަތިން އެއްޗެއް ހުރަސްކޮށްލުމުންނެވެ. އޭރު އީޝަލް ކޮފީތައްޓެއް ހިފައިން ޒައިޝާން ގާތުހުއްޓެވެ. “ހާދަ ފުން ވިސްނުމެއްގަ، އަހަރެން މިހާވަރަށް ގޮވިއިރުވެސް އަޑެއްނީވޭ… ކަމެއް ގޯސްވީތަ؟”. ޒައިޝާންގެ މޫނުމަތީގައިވާ ނުތަނަވަސްކަން ދެނެގަންނަން އީޝާލްއަށް އުނދަގުލެއްނުވިއެވެ. “ނޫން ކަމެއްނުވާ، ކީއްކުރަން ގޮވީ؟”. ޒައިޝާން ބެލީ ވީހާވެސް ކުރުޖަވާބެއްދެވޭތޯއެވެ. “އަހަންނަށް އެނގޭ ތިހެން ބުންޏަސް ކޮންމެސްކަމެއްވެފަކަން ތިހިރީ، އެހެންނޫންނަމަ މީ ކޯއްޗެއް؟”. ޒައިޝާންގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ދައްކާލަމުން އީޝަލް ބުނެލިއެވެ. ޒައިޝާން ވަގުތުން ބޮޑުވައި އިނގިލިން އެ ކަރުނަތިކި ފުހެލިއެވެ. އަދި ދުރުބަލީ އެތެރެހަށީގައި އުފެދެމުންދިޔަ ރުޅިގަނޑު މަތަކޮށްލެވޭތޯއެވެ. “މިބުނީއެއްނު ކަމެއްނުވެއޭ. އިތުރަށް ކޮންހާ ބޭކާރު ވާހަކައެއްތަ ތިދައްކަނީ”. ޒައިޝާން ރުންކުރުގޮތަކަށް ބުނުމުން، އީޝަލް ދެރަވިއެވެ. އަދި އަތުގައިހުރި ކޮފީދިއްކޮށްލިއެވެ. “އަން، ކޮ…ކޮ-“. “މަށެއް ނުބޯނަން ކޮފީއެއް، އަމިއްލައަށް ތި ބޮއެ”. އީޝަލް ބުނަންއުޅުނުއެތި ފުރިހަމަނުވަނީސް ޒައިޝާން ބުނަން ބޭނުންވިއެތި ބުނެފައި ނިކުމެގެންދިޔައެވެ. އެވަގުތު އީޝަލްގެ ހިތުގައި މީހަކު ހިފާ ޗިސްކޮށްލި އިހުސާސްކުރެވުނެވެ. އަނބުރާ ބަދިގެއަށްގޮސް ކޮފީތަށި ސިންކަށްލާފައި ޒައިޝާންއަށް ނުފެންނަނީސް ދުވެފައި ކޮޓަރިއަށް ވަނެވެ.
ޒައިޝާން ކޮޓަރިއަށް ވަދެފައި ގޮށްމުއްކަވާފައި ފާރުގައި އެތިފަހަރެއް ވީއްލާލީ، ކެކި އަރަމުންދިޔަ ރުޅިގަނޑު ކޮންޓްރޯލްކުރާށެވެ. މިންޝާގެ ހަނދާންތައް ވަށާލުމުން އިތުރަށް ރުޅިގަނޑުގަދަވަމުންދިޔައެވެ. އެންމެފަހުން، ޒައިޝާން ޓީޝާޓެއްލައި، ތަޅުދަނޑިހިފައިގެން ބޭރަށް ނިކުތެވެ. އަދި މަޑުމަޑުން އެޕާޓްމަންޓްގެ މައިދޮރުހުޅުވާ ސިޑިއާ ދިމާލަށް މިސްރާބުޖެހިއެވެ. މިގަޑީގައި މަންމަމެންނަށް ފެނިއްޖެނަމަ ސުވާލުކުރާނެކަން އެނގޭތީ ޒައިޝާން އުޅުނީ ވީހާވެސް މަޑުންނެވެ. މަގުމައްޗައް ނިކުމެ ޒައިޝާން ސައިކަލު ސްޓާޓްކޮށްލާ، މުށްގަނޑަށް ފެލާލިއެވެ. ޒައިޝާންގެ މިސްރާބުހުރީ ރާޅުގަނޑު ސަރަހައްދާ ދިމާލަށެވެ.
(ނުނިމޭ)
6 Comments!
Comments are closed.


Cover page varah reethi Maashaa Allah❤️❤️❤️
Just like perfect>>³
Giving me the vibe of my biases!!
hehe all thanks to my vry good frnddddd
glad u likeddd itttttt
thanks for commentinggggg
Maashaallah mi bai ves vrh furihama. Kn irakun next
Thnak youuuuuuuuuuuuu
next part insha’allah varah avahah upload kolladheynannnn
Alheyyyyyy
I’ve been waiting for part 12
Anekka baleetha???
If so take more rest
Lysm 😘😘😘
sorry for not uploading for so long nowwww
midhuvaskolhu bxy v ma
insha’allah vrh avahah upload kuran fashaanan
lymmmmm
and thankuuu for commentinggg