ކަތި ފިޔަވަޅު 1
އެއާޕޯޓުގެ އެރައިވަލްސް ގޭޓުން ނުކުމެވުމުން އަހަރެންނަށް އުފާވެރިކަމުގެ ނޭވާއެއް ލެވުނެވެ. ފަސް އަހަރު ފަހުން އަނބުރާ ރާއްޖެ އާދެވުމުން ކުރެވުނީ ވަރަށް ތަފާތު އިހުސާސެކެވެ. ޑަކުޓަރުކަން ކިޔަވަން މެލޭޝިޔާ އަށް ދިޔައީ މަންމަމެންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށެވެ.
“ދަރިފުޅާ ލަމް. އަވަހަށް އާދޭ.” މަންމަގެ ނިޔަނެތި އަޑު ކަންފަތުގައި ޖެހުމާއެކުހެން އަހަރެން އެ ފަރާތަށްއެނބުރެލީމެވެ. މަންމަ ފެނުމުން ކުޑަކުއްޖެއް ފަދައިން އަހަރެން ގޮސް މަންމަގެ މެދު ހަށީގައި ބައްދާލީމެވެ.
އަހަރެމެންނަށް އަނބުރާ ރަށަށް އާދެވުނީ އިރު އޮއްސުމަށެވެ. ގޭގައި އަހަރެންނަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރި ވަރަށް ވެސް ފުރިހަމަ އެވެ. ގެ އަލުން މަރާމާތުކޮށްފައިވަނީ އަހަރެން މެލޭއަށް ދިޔަ ފަހުންނެވެ.
ކޮޓަރީގައި ލެވިފައިވަނީ އަހަރެންނަށް އެންމެ ރީތި ކުލަ ކަމުގައިވާ މަޑު ފިޔާތޮށި ކުލައެވެ. އެއްފަރާތުގައި ދެ ދޮރުފަތްލީ އަލަމާރިއެއް ހުއްޓެވެ. އެއާއި ޖެހިގެން ހުރީ ޑްރެސިން ޓޭބަލެކެވެ. މެދުގައި ކުއީން ސައިޒުގެ އެނދެއް ހުއްޓެވެ. ބެލްކަންޏާއި ދިމާލުގައި ފިޔާތޮށި ކުލައިގެ ބީން ބޭގެއް ހުއްޓެވެ. ކޮޓަރީގެ ފަރުނީޗަރުތައް ހުރީ ހުދާއި ފިޔާތޮށި ކުލައިންނެވެ. ކޮޓަރި އާއި މެދު އަހަރެން ވަރަށް ހިތްހަމަޖެހުނެވެ.
ކުއީން ސައިޒުގެ ބޮޑު އެނދަށް ވެއްޓިގަތީ ފެންވަރާލުމަށް ފަހުގައެވެ. ދިގު ބާލީހުގައި ބައްދާލަމުން ދެލޯ މަރާލީ ފޮނި މީރު ނިންޖަކަށް ދަހިވެތިވެފައިވާތީއެވެ. ދަތުރު ވަރުބަލިވެފައި ހުރުމުން ނިދީގެ ޢާލަމަށް ދަތުރުކުރާކަށް އުނދަގުލެއް ނުވިއެވެ.
ފޯނު އެލާމުވާން ފެށި އަޑަށް އަހަރެން ގަދަކަމުން ދެލޯ ހުޅުވާލީމެވެ. މޫނަށް ގޮތެއް ހަދާލައިފައި އެ އެލާމު ނިވާލީމެވެ. ދެން ފަސް ވަރަކަށް މިނެޓު ވަންދެން ދެލޯ މަރާލައިގެން އޮތީ ކަންނެތް ވެފައި ވުމުންނެވެ. އެހެން އޮވެފައި ތެދުވިއިރު ހަތެއް ޖަހައިފިއެވެ.
ފެންވަރާ ތާޒާ ވެލުމަށް ފަހު އަހަރެން ނުކުމެލީ ގޭގެ ގޯތި ތެރެއަށެވެ. މިއަދު ނުވައެއް ޖަހާއިރު ހަސްފަތާލަށް ދާން ޖެހެއެވެ. އޭރު މަންމަ އުޅެނީ ގޯތިތެރެ ކަހާށެވެ. އެތަނުގައި މާމެލާމެއްޔާއި ބައެއް މޭވާ އާއި ތަރުކާރީ ގަސްތައް ހައްދައިފައި ހުއްޓެވެ. ބަލާ ބެލުމަށް ވަރަށް ހިތްގައިމެވެ. މެލޭގެ ކާރޫބާރޫ ބޮޑު ތަޣައްޔަރުވެފައިވާ މާޙައުލަށް ވުރެ ކިތަންމެހާ ވެސް ފުރިހަމައެވެ.
“ދަރިފުޅާ! ސައިބޯން ދާން ވީނުން. ހުންނާނެ ކޮއްތުރޮށި ހަދައިފައި. ރޭގައި ވެސް ނުކައި ނިދީ.” މަންމަ ހިންދަމާލަމުން ބުނެލިއެވެ. އަހަރެން އަނބުރާ ގޭތެރެއަށް ވަނީ އެހެން ވެގެންނެވެ.
އަށްގަޑި ސާޅީސް ފަހެއް ވީއިރު އަހަރެން ހުރީ ލޯގަނޑު ކުރިމަތީގައެވެ. ރީތި ގޮތަކަށް އިސްތަށިގަނޑުގައި ފުނާ އަޅާ ވޫލަކުން އައްސާލީމެވެ. ފިޔާތޮށި ކުލައިގެ ލިޕްގްލޮސް ފުޅި ނަގައި ތުންފަތުގައި ޖައްސާލީމެވެ. އެންމެ ފަހު ކަމަކަށް އޯރާ ސެންޓު ފުޅި ނަގައި ޖަހާލީމެވެ. އެއަށްފަހު އަތް ދަބަސް ނަގައި ކޮނޑުގައި އަޅުވާލައިފައި ކޮޓަރިން ނުކުތީމެވެ.
އަހަރެން ހަސްފަތާލަށް ދިޔައީ ހިނގައިފައެވެ. ނިމިދިޔަ ފަސް އަހަރު ތެރޭގައި އެކަނި ވެސް ރަށަށް ގިނަ ބަދަލުތަކެއް އަތުވެއްޖެެއެވެ. ގެތައް ހުރީ ދެ ބުރި ތިން ބުރިއަށް މައްޗަށް ނަގައިފައެވެ. ރަށުގައި ހުރި ހަސްފަތާލު ބޮޑުކުރެވި އެހެނިހެން ޚިދުމަތްދޭ ތަންތަން ފުރިހަމައަށް ހަދައިފިއެވެ. ބަލާލާ ކޮންމެ ދިމާލަކުން ފެންނަނީ ޒަމާނީ ކުލަތަކެވެ.
ހަސްފަތާލު ތެރެއަށް ވަދެ އަހަރެން ހުއްޓެލީ ރިސެޕްޝަން ކުރިމަތީގައެވެ. އެމީހުން ބުނީ އެތަނުގެ ސްޓާފް ވެއިޓިން ރޫމަށް ދިއުމަށެވެ. އެތަނަށް ގޮސް އަހަރެން ގޮނޑިއެއްގައި އިށީނީމެވެ. ފޯނު ނަގައި ހާވާލީ ކަމެއް ނެތުމުންނެވެ.
އަހަރެން ދޮރާއި ދިމާއަށް ބަލައިލީ ދޮރު ހުޅުވާލި އަޑު އިވުމުންނެވެ. އެތެރެއަށް ވަދެގެން އައި މީހާ ފެނި އަހަރެންނަށް ކޮޅަށް ތެދުވެވުނެވެ. އަނގަމަތީގައި އަތް އަޅާލެވުނީ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން އުނދަގޫ ވުމުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Yay Alhamdhulillah, my favourite author is back
🌸🌸🌸🤍🤍🤍
I am so happy, varah busy koh ulhey thee mihaaru komme dhuvahaku nuves kiyey 😭 story fenuneema avahah comment eh kolleemi mihaaru vaahaka kiyaalan miulhenee, varah reethi n interesting vaane kamah ummeedhu kuran
Sending a lots of love
🌸🌸🌸
🤍🤍🤍
Awnnnn, mi oh loabi comment eh dhww.
Ok vaane gavaaidhun nukiyunas. Buxy lifestyle therein mi vhk kiyaalan vaguthu kolheh huskohleethy shukuriyya.
Shukran Berrycake ✨✨
Lyt darl 💕💕
Luvv itt ❤️
Keep it up gurrrrl!!!
So lam is a doc?
I have a friend who went Malaysia ah to be a doc n her name is lam too. Perhaps u r writing her story Kkhehe…
When next?
Love ya more than snacks😆💞
Yhh this lam’s a doc. It’s prolly vory diff from that friend’s story. Ur gonna find out later on.
Shukran Your fav bab mihaa touching comment eh kohleema. ✨✨
Lyt darl 💕💕
Mihaaru submit kohlaifin