Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންމަޖާލޯބި

ވަކިވުމަށް ފަހުވެސް[1]

Devilking Level 1
May 12, 2025 One Min Read
6 Comments

ސުކޫލު ނިމުމާއެކު ރަނގަބީލުގެ އަނޑު މުޅި ޖަމާލުއްދީނުގެ ތެރެއަށް އިވިގެން ދިޔައެވެ. ހުރިހާ ކުދިން އަވަސް ވެގަތީ ސުކޫލުން ނިކުމެ ދިރިއުޅުމުގެ އެހެނިހެން ކަންތައްތަ އަަވަހަށް ފައްޓާށެވެ. ނަމަވެސް ރޮޒޭ ސުކޫލު ނިމުމުން އެންމެ އުފާވީ އޭނަގެ ބެސްޓީ ޖަންކޫކް އާއެކު ހިނގާފަ ގެއަށް ދެވޭތީއެވެ.

ރޮޒޭ ޖަންކޫކް އަންނަން ދެން މަޑުކޮށްލައިގެން ހުރީ އެތާކައިރީ ހުރި ނިކަ ގަހެއްގެ ދަށުގައެވެ. ރޮޒޭ އެތާ ހުރިތާ  15 ވަރަކަށް މިނިޓު ފަހުން ޖަންކޫކް އެތަނަށް އައެވެ. “ގަޑި ޖެހިގެން ތިއައީ” ޖަންކޫކްއަށް ޖެއްސުމަށް ރޮޒޭ ބުނެލިއެވެ. ޖަންކޫކް ހީގަތެވެ.”މާބޮޑަށް މިސްވީ ދޯ”.

އާދައިގެ މަތިން އެދެ ކުދިން ހިނގާފާ ގެއަށް ދިޔައެވެ. ދިޔަ މަގުމަތީ ދެކުދިން އެކެއް އަނެކެކަށް ދިމާކޮށް ، ހީ ، ސަކަރާތްޖަހަމުން ދިޔައެވެ. އެދެކުދިން އަބަދުވެސް އުޅެނީ ވަރަށް ގާތްކޮށެވެ. އެއްްވެސް ބީރައްޓެހި ކަމެއް ނޯވެއެވެ. އެދެކުދިންގެ އެކުވެރި ކަމަކީ އެންމެން ވެސް ބޭނުންވާ ނަމަވެސް ކިޔައިދޭން އުނދަަގޫ އެކުވެރިކަމެއް އޮންނަ ދެ ކުދިންނެވެ.

އެހެން ދުވަސް ދުވަހާ ހިލާފަށް ޖަންކޫކް މާ މަޑުމަޑުން ހުންނަކަން ރޮޒޭ އަށް ފާހަގަވިއެވެ. “ތި ފޮރުވާ ކަންތަށް ބުނޭ” ރޮޒޭ ޖަންކޫކް އާއި ހަތަރު ކަޅިހަމަކޮއްލިއެވެ.

ޖަންކޫކް ވަރަށް ފުން ނޭވާއެއް ލިިއެވެ. “މަށެކަށް ނޭންގުނު މިވާހަކަ ބުނާނެ ގޮތެއް…..އެކަމު މަމިއުޅެނީ އެއްމަސް ފަހުން ކެނެޑާއަށް ބަދަލުވަން. ބައްޕަގެ ޖޮބު ހަމަޖެހުނީ އެތަނުން”

ރޮޒޭ ބަނޑުމަތީގަ އައްއަޅާ ބާރަށް ހީގަތެވެ.”ސަމާސަ ކުރަނީ ދޯ ؟” ޖަންކޫކް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ދެފަރާތަށް ތަޅުވާލިއެވެ. ދުވަހަކުވެސް ނާންނަ ވަރުގެ ހަމަހިމޭން ކަމެއް އެވަގުތު އެދެކުދިންގެ މެދަށް އައެވެ. “ކިހާ ދުވަހަކަށް ؟” ރޮޒޭ އަހާލިއެވެ.

“މުޅި އުމުރު ދުވަހަށް” ޖަންކޫކް ޖަވާބު ދިނެވެ.

ރޮޒޭގެ މެއަށް ކުއްލިއަކަށް ތަދެއް އެރިއެވެ.”އެކަމަކު އެކޮޅަށް ގޮއްސަވެސް ވާހަ ދައްކާނަން ދޯ ؟ކޮންމެ ދުވަހަކުވެސް؟”

ޖަންކޫކް ހީލިއެވެ.” ޔަގީނެއްނުން”. މިހެން ބުނި ނިންމާލި އިރަށް ރޮޒޭ ޖަނކޫކް ގައިގަ ބައްދާލިއެވެ. އަދި ޖަންކޫކް ކެނެޑާއަށް ގޮއްސަވެސް ރޮޒޭ އާއި ފޯނުން ވާހަކަ ދައްކާނެކަމަށް ރޮޒޭ ގަބޫލުކުރިއެވެ.

ޖަންކޫކް ކެނެޑާއަށް ފުރާ ދުވަސް ޖެހުނެވެ. ފުރަން މަތިންދާ ބޯޓަށް އަރަން ޖަންކޫކް ދިޔަ އިރު ރޮޒޭ އާއި ހަތަރު ކަޅި ހަމަވިއެވެ. އެވަގުތު އެދެކުދިންގެ ހިތަށްވެސް ބުނެދެން ނޭންގޭ ގޮތެއްވެގެން ދިޔައެވެ. އަދި ރޮޒޭ އެއޮށް ހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނަތަށް ނުހިފެއްޓިގެން ކޯތާފަތްމައްޗަ ފައިބައިގަތެވެ.

=ނުނިމޭ=

[މިވާހަކަ އާމެދު ތިބޭފުޅުން ދެކެނީ ކިހިނެއްތޯ؟]

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Devilking

Level 1

Reading a story book is the best way to escape the reality.

Other Articles

Previous

ހިތް އެދެ ޔާރާ ތިއޭ – 05

Next

މަޢާފް އެދެމުން 5

Next
May 12, 2025

މަޢާފް އެދެމުން 5

Previews
May 12, 2025

ހިތް އެދެ ޔާރާ ތިއޭ – 05

6 Comments!

  1. Your fav bab Your fav bab says:
    May 12, 2025 at 8:38 pm

    Eyyy kada?!
    Rose is jimin’s n jungkook is Lisa’s yh n it’s better not to ship idols FYI
    you messed up 😤
    Well anyways I don’t care 😆

    1. Devilking says:
      May 12, 2025 at 10:17 pm

      FYI i can do what ever i want. its my story so if u dont like it just dont read my stories

  2. Your fav bab Your fav bab says:
    May 13, 2025 at 6:09 am

    Don’t be mad
    Eii ehen buni ehcheh noon ingey!!
    Just because I’m a huge fan of them
    Just carry on with ur stories n may God bless ur work🤗

    1. Devilking says:
      May 13, 2025 at 12:00 pm

      im not mad. but the way i text sounds really rude . sry

  3. leeshaa says:
    May 13, 2025 at 7:06 am

    oh my god this is hama vrh vrh salhi
    my two bias in one….
    i came here after seeing thecover pic….
    neynge dhen bunaane ehcheh vx
    hama vrh cool ingey
    i really really like it 😍
    kee it up
    you will get my 100% support
    can’t wait for the next part
    ly💗

    1. Devilking says:
      May 13, 2025 at 11:59 am

      thx

Comments are closed.

Next Episodeވަކިވުމަށް ފަހުވެސް[2]←


All Right Reserved!