އަހަރެންގެ މައިންބަފައިންނަކީ ފެށުނީއްސުރެ ހަރުކަށި ބައެކެވެ. އެހެންނަމަވެސް މިހާރު އަަހަރެން އެކަމަށް ޝުކުރުވެރިވަމެވެ. އެއީ އަހަރެން ނުބައި މަގަކަށް އެޅުމުގެ ކުރިން ސަލާމަތްކޮށް ދިނީތީއެވެ. އަހަރެން ސްކޫލް ދައުރު ނިމުމުން ވަދުނީ ފިހާރައަކަށްށެވެ. އެ ފިހާރައިގެ ސޭޓްވީ އަހަރެން ހީކުރި ފަދަ މީހަކަށް ނޫނެވެ. މުދިމަކަށް ހުރެ އަށާރަ އަހަރު ނުފުރޭ ކުޑަކުއްޖެއްގެ އަބުރާއި އިއްޒަތައް އަރައި ގަންނަން މަސައްކަތް ކުރާނީ ކިހާ ނުބައިވީމަ ހެއްޔެވެ؟ އަހަރެންނަށް އޭނައިގެ ކިބައިން ސަލާމަތްވާން އެހީވެދިނީ އަހަރެންގެ އެންމެ ގާތް ދެ އެކުވެރިން ކަމުގައިވާ ރީމާ އާއި އައިނާއެވެ. އެދެކުދިންނަކީ އަހަރެންގެ ބަދު ނަސީބު ހަޔާތް ދިއްލައިދިން ނަސީބުގެ ހުޅުކޮޅެވެ. އަހަރެން މުދިންބެ ފޮނުވާފައިވާ މެސްޖްތަކާއި އޭނަ ވާހަކަ ދެއްކިއިރު ނަގާފައިވާ ރިކޯޑިންތައް ސޯޝަލް މީޑިއާއަށް އަޅައިލުމުން އޭނަ ހައްޔަރު ކުރެވިގެން ދިޔައެވެ. އަހަރެންނަށް އެ ދުވަސްކޮޅު އަހަރެންނަށް ތޭރަ އަހަރުގައި ދިމާވި ކަންތައްތަކާ މެދު ވަރަށް ބޮޑަށް ވިސްނުނެވެ. އެ ދުވަސްތަކަކީ އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފިލައިގެންދާނޭ ދުވަސްތަކެއް ނޫނެވެ.
އަހަރެންގެ އާއިލާއިން މާލެ ދިޔައީ އިސްކޫލަށް ބޭނުންވާ ތަކެތި ގަންނާށެވެ. އެއީ ސްކޫލްގެ އެއަހަރުގެ ކިޔަވުން ބަންދުވެފައިވާ ދުވަސްވަރެވެ. އަހަރެމެން ހުރީ އަހަރެންގެ މަންމަގެ ވަރަށް ގާތް އެކުވެރިއެއްގެ ގޭގައެވެ. އެ ގޭގައި އަހަރެންނާ އެއް އުމުރެއްގެ ކުއްޖެއް އުޅޭނެއެވެ. އެއީ ކިޔާރާއެވެ. ދެން ހުންނާނީ ކިޔާރާގެ އަށާރަ އަހަރުގެ ބޭބެ ކައިލްއެވެ. އަހަރެންގެ ދޮންބެ މަޔާންއާ އޭނައާ ވަރަށް އެކުވެރިވާނެއެވެ. އަހަރެންނާއި ކިޔާރާ އާދޭސްކޮށްގެން އައު އަހަރު ފެށޭ ރޭ ހަވައަރުވާތަން ބަލަން ދޮންބެމެނާއިއެކު ދިޔައީމެވެ. އެރޭ ކަންތައް ދިމާވެގެން ދިޔައީ ހިތައް އަރުވައިލަންވެސް ދަތި ގޮތަކަށްށެވެ. ބަޔަކު އަހަރެންނާއި ކިޔާރާ ކިޑްނެޕް ކުރިއެވެ. އަދި އަހަރެންގެ ކުރިމަތީގައި ހަތަރު މީހަކުވެގެން ކިޔާރާގެ އިއްފަތްތެރިކަން ފޭރިގަތެވެ. ދޮންބެއަށް އާދެވުނުއިރު ސަލާމަތްވީ އަހަރެން އެކަންޏެވެ. އަހަރެން ލޯޔަރަކަށްވާން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ މިއީ ކަމުގައިވެސް ބުނެވިދާނެއެވެ. އެއީ ބޮޑެތި ބަޔެއްގެ ދަރިންކަމުގައިވާތީ ކިޔާރާއަށް އިންސާފު ނުލިބުނީއެވެ.
މުދިމްބެގެ ހައްޔަރު ކުރެވުމުގެ ކުރިން އަހަރެންނަށް، އަހަރެންގެ އެއްބަފާ ބޭބެ މެދުވެރިކޮށް ފިރެހެންކުއްޖަކު ލޯބި ހުށައެޅިއެވެ. އެއީ އެމީހައަށް ބޮޑުބޭބެ ކިޔާ ކުއްޖެއްކަން އަހަރެންނަށް އެނގުނީ ފަހުންނެވެ. އެކަމުގެ ސަބަބުން އޭނަ އަހަރެންނާއި ދުރުވާން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އަހަރެން އެކަން އެހެން ވިޔަކަ ނުދެމެވެ.. އައިނާގެ މަންމަގެ ކޮމްޕެނީއެއް ހުންނާނެއެވެ. އެއީ އޭ.ޒެޑް ކޮމްޕެނީއެވެ. އެ ކޮމްޕެނީއިން ހުޅުވާ ރެސްޓޯރަންޓްއެއްގެ ހަފްލާގެ ތެރެއިން އެރޭ އަލަށް ދެ ޖޯޑެއް ތައާރަފުވެގެން ދިޔައެވެ. އެއީ އަހަރެންނާއި ޔާދިން އަދި އައިނާ އާއި ރާކިންއެވެ. އަހަރެންނާއި ޔާދިންއާ ދެމެދު ކުޑަކުޑަ އެކްސިޑެންޓްއެއް ހިނގިއެވެ. އަހަރެންގެ އެކުވެރިން ބުނެގެން ކޯކް ތައްޓެއް ހިފައިގެން އަންނަން ދިޔަވަގުތު އަހަރެންނަށް ޔާދިންގެ ގައިގައި ޖެހި ކޯކް ތަށި ދެމީހުންގެ ގަޔަށް ވެރިގެން ދިޔައެވެ. އެރޭ އެއީ އަހަރެންގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ރެޔޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އަހަރެން، ޔާދިންއަށް ލަދުން ހުރެ ނަމަވެސް ލޯބި ހުށައެޅިމެވެ. އެރޭވީ ހަނދުވަރު ދޭ ރެއަކަށްށެވެ.
“ދި މޫން އިޒް ބިޔުޓިފުލް”
“ސޯ އާ ޔޫ”
އަހަރެންގެ ދެލޮލަށް ފުންކޮށް ބަލައިލަމުން ޔާދިން ބުނެލި ބަސްތަކަކީ އަހަރެންގެ ހިތުން ފިލައިގެން ދާނެ ބަސްތަކެއް ނޫންކަން ގައިމެވެ. ދުވަސްކޮޅަކަށްފަހު އަހަރެންނާއި އައިނާ ކިޔަވަން މާލެ ބަދަލުވާން ޖެހުނެވެ. ރީމާ އޭރުވީ މާލެއަށް މާ ކުރިންވެސް ބަދަލުވެފައެވެ. މާލޭގައި އަހަރެމެން ދިރިއުޅުނީ އައިނާގެ މަންމަގެ ރައްޓެއްސެއްގެ ގޭގައެވެ. އަހަރެމެންގެ ކޮޓަރީގައި އަހަރެންނާއި އައިނާ ފިޔަވާ ދެ އަންހެންކުދިން އުޅެއެވެ. އެއީ ފިޒާޔާއި ހައިލިޔާއެވެ. ދެން ފިރެހެންކުދިންގެ ކޮޓަރީގައި ލައިތް އާއި ޒާކިން އަދި ޝިޔާން އުޅެއެވެ. ޝިޔާންއާއި ފިޒާ އަކީ އެގޭ ދައްތަގެ ދަރިންނެވެ. އެގެއަށް އައި ފުރަތަމަ ދުވަހު އަހަރެން ބަލިވެގެން ހޮސްޕިޓަލަށް ދިޔައީމެވެ. ހޮސްޕިޓަލުން ނިކުންނަން އުޅެނިކޮށް އަހަރެންނަށް ރީމާގެ ކުރިމައްޗަށް އެރުނެވެ. އެދުވަހު ރީމާ އަހަރެމެންނާއި ސިއްރުކޮށްގެން ވަރަށް ބޮޑު ބަލިމަޑު ކަމެއްގެ ތެރޭގައި އުޅޭކަން އެނގުނެވެ. ރީމާ ދިޔައީ ލުކީމިޔާއާ ހަނގުރާމަ ކުރަމުންނެވެ. އެކަން އެނގި އަހަރެންނާއި އައިނާ ވަރަށް ހިތާމަ ކުރީމެވެ. އެހެން ނަމަވެސް ރީމާއާ ހިތްވަރު ދިނުމުގައި އަހަރެމެން ދެމިހުރީމެވެ.
ކޮލެޖް ދިރިއުޅުމުގައި އަހަރެންގެ ގާތް އެކުވެރިއަކަށްވީ ޝާއިލްއެވެ. އެއީ ހީވާގި ހެކަރެކެވެ. އޭނަޔާއި ޝެލީންއާއި ދެމެދު ހިނގާ ކޯޅުންތަކަކީ ކޮލެޖް ހަޔާތުގައި އެންމެ ފާހަގަކޮށްލެވުން ކަންތަކަށްވާނެއެވެ. ކޮލެޖް ނިންމާފައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަހަރެންނާއި އައިނާ، ރީމާއާ ބައްދަލު ކުރަން ދަމެވެ. އެގޮތުން އެއްދުވަހެއްގައި އަހަރެން ނާއިން ގެންދިޔައީމެވެ. ނާއިންއާއިއެކީ ޔާދިން އައި ކަމެއް އަހަރެންނަކަށް އޭރަކުއެއް ނޭނގެއެވެ. ޔާދިން އެދުވަހު އަހަރެންނަށް ބައްޕަ ގާތުން ކައިވެންޏަށް އެހި ވާހަކަ ބުންޏެވެ. އެއާއެކު އަހަރެންގެ ހިތް ހީވީ އާސްމާނަށް އެރިހެންނެވެ. ކައިވެނި ކުރުމުގެ ކުރިން ތެލަސީމިއާ ޓެސްޓް ހަދަން ޔާދިން ދިޔައެވެ. އަހަރެން ކުރިން ޓެސްޓްކޮށްފައިވީތީ އަހަރެންނަކީ ފިޔާތޮށި ކާޑެއްކަން އެނގުނެވެ.
ޔާދިން ޓެސްޓް ކުރިއެވެ. އޭނައަށް ލިބުނީ ފިޔާތޮށި ކާޑެކެވެ. އޭނަ އެކަން އަހަރެންނަށް ސިއްރުކުރަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެއްވެސް ކަމަކީ އަބަދައް ސިއްރުވެފައި އޮންނަ ކަމެއް ނޫނެވެ. އެ ހަގީގަތް އަހަރެންނަށް ފަޅާއެރުމުން އަހަރެންގެ ހިތް ކުދިކުދިވެގެން ދިޔައެވެ. އެހެންނަމަވެސް އަހަރެންގެ ހިތައް ވިސްނައިދިނީ ރިޒަލްޓްތަކުގައި ގޯހެއް އުޅެދާނެ ކަމަށްށެވެ. އެހެން ކަމުން އަލުން ޓެސްޓް ކުރީމެވެ. ނަމަވެސް… ނަމަވެސް އެއްވެސް ކަމެއް ބަދަލެއްނުވިއެވެ. އަކަމަކުވެސް އަހަރެން ޔާދިންއާއި ދުރުވާކަށް ބޭނުމެއްނުވިއެވެ.
ދުވަސްތައް އެހެން ފާއިތުވަމުން ދަނިކޮށް އައިނާއަށް ރާކިންގެ ވީޑިއޯއެއް ކޮންމެސް މީހަކު ފޮނުވިއެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ ރާކިން ބަޔަކާއިއެކު މަސްތުވާތަކެތި ބޭނުން ކުރާ މަންޒަރެވެ. އެ ވީޑިއޯގެ އަސްލު ބެލުމަށްޓަކައި ޝާއިލްގެ އެހީތެރިކަން ހޯދީމެވެ. އޭއާއެކު އެއީ އަސްލެއްކަން އެނގިގެން ދިޔައެވެ. އެކަން އެނގުމުން އައިނާ ރާކިންއާ ގުޅުން ކަނޑައިލިއެވެ.
ކޮލެޖް ބަންދުވި ދުވަސްކޮޅަށް އަހަރެންނާއި އައިނާ ރަށަށް ދިޔައީމެވެ. ފާލަންމަތީ ރާކިން ހުރި ނަމަވެސް އައިނާ ބަލައެއް ނުލިއެވެ. އަހަރެމެންނާއިއެކު ޝިޔާންއައެވެ. އެރޭ އަހަރެމެން ހިނގާލަން ދާން އުޅެނިކޮށް ރާކިން، އައިނާ ހިފައްޓައި ވާހަކަ ދައްކަން އުޅުނެވެ. އެހެންނަމަވެސް އައިނާ ރާކިންގެ ވާހަކަ އަޑުނާހާއި ދިޔައީއެވެ. އެހެންކަމުން ރާކިން އަހަރެންނަށް ހަގީގަތް ކިޔައިދިނެވެ. ރާކިންއަކީ އަންޑަރކަވާ ޕޮލިހެއްކަމާއި އޭނަ މަސައްކަތް ކުރަނީ އައިނާ ގެއްލުމަކުން ސަލާމަތް ކުރަން ކަމުގައި ބުންޏެވެ. އަހަރެންގެ ހިތުގައި އެތަކެއް ސުވާލުތަކެއް ކެކި އުތުރި އަރައިގެން ދިޔައެވެ. އެހެންނަމަވެސް އޭނަގެ ޕޮލިސް އައިޑީ ދައްކާ، އަހަރެންގެ ދޮންބެއާ ވާހަކަ ދެއްކުމުން އޭނަ ބުނީ ދޮގެއް ނޫންކަން ޔަގީންވިއެވެ. އަހަރެންގެ ދޮންބެ މަޔާންއަކީވެސް ފުލުހެކެވެ.
އޭގެ އަނެއް ދުވަހު އަހަރެން އައިނާއަށް އެ ވާހަކަ ކިޔައިދޭން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އައިނާ އެވާހަކަތައް އަޑުއަހާކަށް ބޭނުމެއްނުވިއެވެ. އަހަރެން ހައިރާންވީ ދޮންބެ ގުޅާފައި ރާކިންގެ ހަބަރު އަހަރެން ކައިރީގައި އެހުމުންނެވެ. ރާކިން އެ ދުވަހު ފުރަން އުޅެ ނުފުރާ ވާހަކަ ބުންޏެވެ. އަދި ފޯނުވެސް ނުނަގާ ވާހަކަ ބުންޏެވެ. އެދުވަހު ބޭރަށް ނިކުތުމުން އައިނާއަށް ރާކިންގެ ގެއްލުނު ކްރައިމް ސީން ފެނިގެން ދިޔައެވެ. އަހަރެންގެ ގާތު އެހުމުން ރާކިންގެ ހަގީގަތް ކިޔައިދިނީމެވެ. އެކުވެރިޔާގެ ހިތާމައިގެ ސަބަބުން އެހަރެންގެ ހިތަށްވެސް ތަދުވިއެވެ.
އޭގެ ހަފްތާއެއް ފަހުން ރާކިން ހުރީ ސްރީ ލަންކާގެ ބާރު ގަދަ ގޭންގެއްގެ ހައްޔަރުގެ ދަށުގައިކަން އެނގުނެވެ. ރާކިން ހޯދަން ކުރި މަސައްކަތުގެ ސަބަބުން ޒާކިން އެކްސިޑެންޓް ނުވީ ކިރިޔާއެވެ. އެއީ ޒާކިންއަކީ ރާކިންގެ ކޮއްކޮކަމަށްވީތީއެވެ. އައިނާގެ ފަރާތުން ޝިޔާންގެ ގޮތް އެނގިގެން ދިޔައެވެ. ޝިޔާން އަހަރެމެންނާއިއެކު ރަށަށް އައީ އޭނަގެ އަމިއްލަ އެދުމެއް ހާސިލް ކުރަންނެވެ. އެއީ އައިނާގެ މަންމަގެ ކޮންޕެނީގެ މުހިންމު ލިޔެކިޔުންތަކެއް ނަގާށެވެ. އެކަން އެނގުނު އިރު ވަގުތު ފާއިތު ވެއްޖެއެވެ.
އެދުވަސްކޮޅު ބައްޕައަށް ޔާދިންގެ ތެލްސީމިއާ ރިޒްލްޓް ފަޅާއެރިއެވެ. އެދުވަހު ފުރަތަމަ ފަހަރަށް ބައްޕަ އަހަރެންނަށް އަތް އިސްކުރިއެވެ. އަދި އަނިޔާ ކުރިއެވެ. އަދި ޔާދިންއާ ދުރުވުމަށް އަމުރު ކުރިއެވެ. އެއީ އަހަރެން ވަރަށް ދެރަވި ދުވަހެކެވެ. ބައްޕަ އެފަދައިން ކަންތައް ކުރުމުން އަހަރެންގެ ހިތުގައި ބައްޕައާއި މެދު ޝަކުވާ އާއި ބިރުވެރިކަން އުފެދުނެވެ. އަހަރެން އެންމެ ދެރަވީ ޔާދިންގެ ކައިވެނި އެމީހުންގެ އާއިލާއިން ހަމަޖެއްސުމުންނެވެ. ލޯތްބަކީ އަސްލެއް ނޫންކަމަށް އަހަރެންގެ ހިތަށް ވިސްނުނެވެ. އެދުވަސްކޮޅު އަހަރެން އުޅުނީ އެއްވެސް އެއްޗެއް ނުކައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބައްޕަ އަހަރެން ގަދަކަމުން ދެވަން އުޅުނުވެ. އަހަރެން އަމިއްލައަށް މަރުވާންވެސް ބޭނުންވިއެވެ. އޭގެކުރިން އަހަރެންނަށް ހާޓް އެޓޭކްއެއް ޖެހިގެން ދިޔައެވެ. އޭގެ ސަބަބުން ބައްޕައަށް އަހަރެންނާއި މެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން ވިސްނިގެން ދިޔައެވެ. އަހަރެން ހޮސްޕިޓަލުގައި އޮއްވައި ޔާދިންއައެވެ. ޔާދިން އަހަރެން ގާތު އެތަކެއް ވާހަކައެއް ދެއްކިއެވެ.
****” ރީން.. މަންމަމެން ބުނީ ދޮގު ވާހަކައެއްނޫން.. ޔާދު މާފަށްއެދެން ރީންއަށް އެމެސެޖް ކުރެވުނީތީ.. ކައިވެނިކޮށްގެން ފިލަން.. ރީން މަންމަމެން ރީންދެކެ ވަރަށް ލޯބިވޭ.. ރީން ތިހެން ވާހަކަ ނުދައްކާ ހުންނާތީ ހުރީ ވަރަށް ބޮޑަށް ހިތުގަ ޖެހިފައި.. ރީން.. މައިންބަފައިން ދުވަހަކުވެސް ދަރިއަކަށް ދެރަގޮތެއްވާކަށް ބޭނުމެއް ނުވާނެ.. ރީން ތީ ކުޑަކުދިންދެކެ ނުލާހިކު ލޯބިވާ ކުއްޖެއް.. މެރީ ކޮށްގެން ލޭ އަޅާ ކުއްޖެއް ލިބިއްޖެއްޔާ އެކުއްޖާގެ ހިތުގައި ކިހާ ޝަކުވާއެއް އުފެދޭނެ.. ކިހާ ވޭން އަޅާނެ އެހަށިގަނޑުގައި؟ ކުއްޖަކު އެޑަޕްޓް ކުރިޔަސް އެ ނުވާނެ ރީންގެ ކުއްޖަކަށް.. ރީން ބޭނުން ވެއެއްނުން އަމިއްލަ ދަރިން.. ފަހަރެއްގައި މިހެން މިވީ ރީންއަށް ޔާދުއަށްވުރެ ރަނގަޅު ކުއްޖަކު ލިބެން ކަންނޭނގެ.. އައިނާ ބުނާނެ ރީން އަބަދުވެސް ލައިކް ވަނީ ޕޮލިސް ކުދިން ދެކެއޭ ބަޓް ޔާދު ރީން ޗޭންޖް ކޮށްލީއޭ.. ރީންއަށް އަންޑަސްޓޭންޑްވޭ ދޯ ޔާދު ދައްކާ ވާހަކަ.. ޔާދުގެ ހަޔާތަށް އެހެން ކުއްޖެއް އައި ނަމަވެސް ދުވަހަކުވެސް ރީންގެ ހަނދާންތައް މި ހިތުން ފިލައިގެން ނުދާނެ.. ” ހިތް މަތީ ހިލަގަނޑެއް ބާއްވަމުން ޔާދިން ބުންޏެވެ.
” ރީންވެސް… ޔާދުގެ ހަނދާންތަށް މި ހިތަކުން ފޮހެއެއް ނުލެވޭނެ. ޔާދު ދެއްކީ ރަނގާޅު ވާހަކައެއްކަން ރީންއަށް ވިސްނޭ.. ބަޓް އިޓް ހާޓްސް.. ” މައިރީން ކުދިކުދިކޮށް ފެންނަމުން ދިޔަ އިމާރާތްތަކަށް ނަޒަރު ހިނގާލަމުން ބުންޏެވެ. ” އައި ނޯ ލަވް.. އިޓް ހާޓްސް މީ ޓޫ..” ޔާދިން މޭގައި ފިރުމާލަމުން ބުންޏެވެ.
“ދި ސަންސެޓް އިޒް ބިޔުޓިފުލް، އިޒިންޓް އިޓް؟” ޔާދިން ބުންޏެވެ.***
އައިނާގެ ބައްޕަގެ ބޭބެއެއް ކަމައްވާ ފަޔާޒް އައިނާ މަންމަމެންގެ ކޮންޕެނީ އަތުލުމުގެ ސަބަބުން އައިނާ އަހަރެންގެ ގެޔަށް ބަދަލުވިއެވެ. ޔާދިންއާއި ދުންޔާ ކައިވެނި ކުރިއެވެ. އަހަރެންގެ ހިތް ފިތިގެން ދިޔަ ފަދަ އިހްސާސެއްވިޔެވެ. އަހަރެންނަށް ޔާދިން އެއްކޮށް ގެއްލިގެން ދިޔަ އިހްސާސްވިއެވެ. އަހަރެންނަކީ މީހެއްގެ ފިރިއެއްގެ ފަހަތުން ދުވަހަކުވެސް އުޅޭނެ ކުއްޖެއްނޫނެވެ. އެހެންކަމުން ދެންދުވަހަކުވެސް ޔާދިންއާ ކައިރި ނުވާން އަމިއްލަ ނަފްސަށް ހުވާ ކުރީމެވެ. ހަމަ އެދުވަހު ރީމާ ނިޔާވެގެން ދިޔައެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަހަރެންނާ އުމުރަށް ވަކިވެގެން ދިޔައެވެ. އަހަރެންގެ ލޯބިވެރިޔާވެސް އަހަރެންނާ ވަކިވެގެން ދިޔައެވެ. އަހަރެންނަށް މި ލިބެނީ ކޮން ކޮށެއްގެ ސަޒާބާއޭ އަހަރެންގެ ހިތަށް އަރައެވެ.
(ނިމުނީ)
***މިއީ “ކުށަކީ ކޮބާ” ވާހަކައާއި ގުޅުވައިގެން މައިރީންގެ ނަޒަރުން ގެނެސްފައިވާ ވާހަކައެކެވެ. މި ވާހަކަ ހުރިހާ ކިޔުންތެރިންނަށްވެސް ކަމުދާނެ ކަމަށް އުންމީދު ކުރަން😊***
8 Comments!
Comments are closed.







Heyyyyyy maaasshhh
Finally the trauma of esfiya S2 is here🥲😭❤️
Lavvvv thisss this made me so emotional i cried😭❤️ can’tttttt waitttttt for the first epp
I love you smmmm❤️❤️
Heyyyyyy shiherrr..
Hehe yess it’s here..
Aww I’m happy u liked it..
First ep insha Allah 30 April ga insha allah..
Love you more darling 💜💜
Maasha allah vr vrh reethi
Alhe ekm rovihjeyy emyhunge life kiyaafa
Heevany hama mikamuge thereyga ulhevunuhn
Eh misraabehga mi liyun hifahahtaafa huryma vr vrh reethi
Vrh inthizaar eba kurevey kushaky kobaa ge s2 ah
maashh hama alhugandu busy kmh cmnt nukureveny
Ekm baraabarah maash ge vhk thah kiyan n insaaf libynebaa it was soo gudd..vrh reethii…plz kushaky kobaa ge s2 ga sad ending eh nugennahcheyy..ekm vrh dheravey reema niinnaanethyy..idthnk raakin maruvi hnh..raakin n ainaa gulhuvahcheyy n yaadhin r mai vs😭
curiously waiting for the first part of hih edhey yaara thiiey..
When next????
tccc lyyyy
Sry inge mihaa long cmnt eh kurevunyma…😭
Aww thank you sooo muchhhh.. Means a lottt..
It okey maash vx vrh busy koh hama miulheny I understand…. Aww I’m soooo happy u like insaaf libeyneba..
Let’s see dhww konkahala ending ehtho mi story ga innaany…. Let’s see dhww vaagoiii..
First part insha allah 30 April ga..
Tc
Love you moreee.
No worries darling I love long comments like this 💜🦋
omg maash alhun rohvaalaifi mi part kiyuhvaafa 😢
mihaaru tissue fohtteh hus vehjje loa fuhe fuhe hehe…
poor reemaa e kuhjjaa fakeeruge kn kushehtha othee 😭😭😭
maash ge huruhaa vhk eh vx vrh vrh reethi…
hama bunaane ehcheh vx neyngey gina faharu
bas huhttifa innan mi jehenee vaahaka reethi kamun sis
maash ah alhunge support abadhu vx libeyne insha Allah
take care sis 💗
vrh loabiveyyyy maashy 😘😘😘
Hehe so sorry rovvaalevunyma..
Alheyy.. Poor maireen dhww..
Aww Thank youuu I’m so happy maash ge stories thah nuhaa like vaa kan engunyma..
Awww that’s so sweet.. Maash akah neyge bunaane ehchehvx mi comment kiyaafa.. It gave me so much motivation.. Thank you soo much for ur lovely comment..
Love you more darlll 💜🤷♀️
Masha allah vrh vrh reethi mi vhk
Hama huwaa rovihje
Kon irakun hih edhey yaara thiey ge first part kiyaalan libeynyy???
Vrh kiyaahih vefa mi huhnany e vhk
Tcc lyy❤
Thank you sooo much aanaa.. Vrh happy vejje darling ah reethi v kan enguneema..
Fist part 30 april ga kiyaalan libeyne insha allah..
Keep waiting darling.. It won’t disappoint u insha allah.
Tcc
Love you moreee 💜🦋