Skip to content
އެސްފިޔަ

ކުށަކީ ކޮބާ – ސީޒަން 2 ޓްރައިލާ

އަޅުގަނޑު މި ސީޒަންގައި މި ވާހަކައިގެ ނަން “ހިތް އެދޭ ޔާރާ ތީއޭ” މި ނަމަށް ބަދަލު ކުރަން ވަނީ ނިންމާފައެވެ.

ގަދަވަޔާއެކު ވިއްސާރަ ވެހެމުން ދިޔައިރު، އިރުއިރުކޮޅަކާއި ޖަހާ ގުގުރީގެ އަޑުން ކަންފަތް ބަށްވާހާވެއެވެ. ވިދާލާ ވިދުވަރުން މުޅިތަން އަލިވެގެންދެއެވެ. މައިރީންއާއެކު އޮފީހުގައި ހުރި ޒުވާނާގެ ހަށިގަނޑު ދިޔައީ ރުޅިއައިސްފައި ހުރިވަރުން ތުރުތުރު އަޅަމުންނެވެ. “މާ ރަނގަޅުވެގެން އުޅޭނެ ކަމެއް ނެތް! މަގޭ ކޮއްކޮ މަރުވީ ހަމަ ކަލެޔާ ހުރެ!! ” ރުޅި އައިސް ރަތްވެފައި ހުރި ޒުވާނާ ބުނެލިއެވެ. “ތިހެން ނުބުނޭ.. އެއީ މައިގެ ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ އޭ… މައިވެސް މި މަސައްކަތް ކުރަނީ ކިޔާއަށް އިންސާފު ހޯދައިދޭށޭ..” ގިސްލަމުން މައިރީން އެމީހައާއި ދިމާލަށް ބުންޏެވެ. “ހުރިހާ ކަމެއްވެ ނިމުނީމަ ކޮންމެހެން މާ ރަނގަޅު މީހަކަށްވާން އޭނައަށް އިންސާފު ހޯދައިދޭން އުޅޭނެކަމެއް ނެތް!! އަހަރެންގެ ކޮއްކޮ މަރުވީ ހަމަ ކަލެޔާ ހުރެ!! އޭނަގެ މަރަށް ޒިންމާ ވާން ޖެހޭނީ ހަމަ ކަލޭ!!” އެ ޒުވާނާ ރުޅިއައިސްފައި ހުރެ މައިރީންއާ ދިމާލަށް އަންނަމުން ބުންޏެވެ.

***

“ދިން އާދޭސްކޮށްފަ މި ބުނަނީ އަހަރެންނަށް ތިހެން ނުހަދާ އަހަރެން ހާދަ ލޯބިވެޔޭ ދިންދެކެ.. ފުރާވަރުން ފަށައިގެން އަހަރެންނަށް ލޯބިވެވުނީ ހަމައެކަނި ދިންދެކެ.. ޕްލީޒް މައިގެ ހަދާން ނައްތާލާފަ އަހަރެންނާއެކު އުޅެން މަސައްކަތްކޮށްބަލަ… އަހަރެން މީ ދިންގެ ހަލާލު އަނބިމީހާއޭ.. އެކަމަކު ދިން ކައިވެނި ކުރީއްސުރެ އަހަރެން ގައިގަ އިނގިލި ކުރިވެސް ޖައްސާނުލާ..” ދުންޔާ ރޮމުން އާދޭސްކުރިއެވެ. “އަޑުމަޑުކޮށްބަލަ.. ހަމަ ކަމެއް ވާންވާރާ މައިއޭ ކިޔާފަ ރޮއެޔޭ އެބަ.. އަހަރެން އަބަދުވެސް ލޯބިވަނީ މައި ދެކެ… ދުވަހަކުވެސް ތި ދުންޔާދެކެ ލޯތްބެއް ނުވެވޭނެ.. އައި ހޭޓް ޔޫ..” ޔާދިން ދަތްކުނޑު ވިކައިލަމުން ބުުންޏެވެ. ޔާދިންގެ ފައިދަށަށްވެއްޓި ދުންޔާ ރޯން ފެށުމުން ޔާދިންގެ އަތުގެ ހަމަލާއެއް ދުންޔާގެ ކޯތާފަތުގެ މައްޗަށް އަރައިގެން ދިޔައެވެ.

***

ވާރޭކަނިތަކުގެ ޝިކާރައަށްވަމުން ދިޔަ އަންހެންކުއްޖާގެ ވޭނީ ކަރުނަތައް ދިޔައީ ވާރޭ ކަނިތަކާ އެއްވަމުންނެވެ. “ކީއްވެތަ އަހަރެން މާޒީ ދޫކޮށްލަން އުޅޭއިރު އެ މާޒީ ކޮންމެސް ސިފައެއްގަވިޔަސް އަހަރެންގެ ކުރިމައްޗަށް އަރަނީ.. އަޅެ އަހަރެންގެ ރާކިންވީ މަރުވެފައޭ.. މަރުވެފަ ހުރި މީހަކު ދިރިގެން އަންނާނީ ކިހިނެތްތަ؟ ކީއްވެތަ އަހަރެންގެ ބަސްނާހާ ހިތް ގަބޫލު ނުކުރަނީ.. އަހަރެންގެ ރާކިންވީ މަރުވެފައޭ.. އޭނަ ދެނެއް ނާންނާނެ…” ރޮމުން ގިސްލަމުން ދިޔަ އައިނާގެ އަޑުވަނީ ކުރެހިފައެވެ. އޭނަގެ ދެލޮލުން ދިޔައީ ހޯސްލާފައި ކަރުނަތައް ފައިބަމުންނެވެ. ވާރޭގެ ތެރޭގައި ހުރިއިރު އޭނަގެ ލޫޅާފަތި ހަށިގަނޑު ދިޔައީ ފިނިވުމުގެ ސަބަބުން ތުރުތުރު އަޅަމުންނެވެ.

ވާރޭގެ ކަނިތަކުގެ ތެރޭގައި ކުޑައެއް ނަގައިގެން ހުރި ޒުވާނާގެ މޫނުންމަތިން ފެންނަމުންދަނީ ވޭނީ އަސަރުތަކެވެ. “އަހަރެންގެ ހުރި ސިފައެއްގެ ސަބަބުން އަންހެންކުއްޖަކަށް މިވަރު ބޮޑު ހިތްދަތިކަމެއް ދޭކަށް އަހަރެން ބޭނުމެއްނޫން.. މިތަނަށް އައުމަކީ އަހަރެންނަށް ކުރެވުނު ކުށެއްތަ؟” ރޮމުން ދިޔަ އައިނާ ފެނި އެޒުވާނާގެ ހިތުގައިވިއެވެ.

***

އައްސަލާމުއަލައިކުމް.. މިއޮތީ އެންމެ ފަހުން ކަށަކީ ކޮބާގެ ސީޒަން 2ގެ ޓްރެއިލާރ އައިސްފަ.. ހުރިހާ ކުދިންނަށް ޓްރައިލާ ކަމުދާނެ ކަމަށް އުންމީދު ކުރަން.. އިންޝާﷲ އިންސާފު ލިބޭނެބާ؟ ވާހަކަ ނިމުނުހާ އަވަހަކަށް މި ވާހަކައާއިގެން ކުރިޔަށް ދާނަން.. މެއި 1ގައި އިންޝާﷲ ފުރަތަމަ ބައި ގެނެސްދެވޭތޯ މަސައްކަތް ކުރާނަން.. ކުރީގެ ވާހަކަތަކަށް ލިބުނު ފަދަ ސަޕޯޓެއް މި ވާހަކައަށްވެސް ލިބޭނެ ކަމަށް އުންމީދު ކުރަން.. މި ޓްރައިލާއާ މެދު ދެކޭ ގޮތް ކޮމެންޓް ސެކްޝަންގައި ހިއްސާކޮށްދެއްވުން އެދެން😊

Comments (20)

  1. Vampire girl

    Aslu raakin maru nuve salaamaii vi kanneyge…..
    Trailer kiyaalafa vaahaka kiyaa hiyy vehje mihaaru….
    Yaadhin maireen aa gulhuvahcheyy…
    Reem ge baeh nulibeyne dhw?
    Vrh dhera teem maru v ma…

    1. Maash
      Vampire girl

      Let’s see dhw vampire girl..
      Vhk kiyaalan libeyne insha allah varah avahah..
      Reem ge baeh naannaane dhen😢
      💜🦋

  2. Aisha

    Maashhh trailer vrh vrh reethii
    Mihaaru vs first part kiyaa hithun hureveny ehnunn
    Tcc lyysmm

    1. Shhhhhh
      Aisha

      Plz make it really very emotional… Hihi.. i love emotional stories

    2. Maash
      Aisha

      Thank you darling.. I’m happy u liked it..
      Vrh avahah libeyne first part kiyaalan..
      Tc
      Love you more darling 💜🦋

    3. Maash
      Aisha

      Let’s see dhw.. Vrh emotional vaane kamah beleveny😅💜🦋

  3. Aisha

    N konirakun meege first part r insaafu libeynebaa up kuraanyy
    Vrh kiyaahihvefa mihunnany

    1. Maash
      Aisha

      Mi ge first libeyne may 1 ah but avahah insaaf libeyneba nimijjeyya avahah mi story kiyaalan libeyne.. 💜🦋

  4. Naail

    Season 1 ga vee goiy kudakoh hadhaan nethijje. Kommes kujjaku kiyaaladhefaanan tha pls 😭🙏🏽

    1. Maash
      Naail

      Season 1 kiyaala dhen hehe.. Baivaru kankan vefa ehnun dhen hunnaany.. 💜🦋

  5. nuhaaaaa

    omg i got goosebumps trailer kiyaalaafa
    can’t wait for the first part maashy sis. ❤️
    lyssssssssm Maashy 😘

    1. Maash
      nuhaaaaa

      Awww thankss
      First part insha allah vrh avahah libeyne..
      Love you more darling 💜🦋

  6. shihaamaa ali

    Heyy maashhh
    Omggg trailor kiyaalaafa vess boluga jehunii suvaalu mark eh.. i wonder kaaku baa maireen ah e ehchehi govani😭 soooo curious… and is Raakin alive.? 😳 is he looking at her from a far? Omgg soo curious can’t wait for ep one
    Lyyyysssmmmm❤️

    1. Maash
      shihaamaa ali

      Hey shiherrr
      Hehe lets see dhww kaaku kann..
      Mmm raakin dhw he is dead ehnun tha 🤷‍♀️
      Thanksss darlingggg
      Love you moreeee💜🦋

  7. Shimmer

    Trailer hama 💯💯💯💯
    Hithah eba araa mihaarun mihaarah full story kiyaalan libeyne Nama ey
    And maash plsssss kury story ga genai kahala sad ending eh nugannah chey ….
    I was so sad last time also …
    I even cried after reading it and that also in front of my whole extended family 😭😅
    Plsssss sad ending eh nugannah chey
    I have a lot to say but no time ….. Will comment a big one after my exams ….lol

    1. Maash
      Shimmer

      Thanksss shimmer I’m happy u like it..
      Let’s see she vaa goi.. Hama happy ending akah vedhaane noony sad ending akah vx🙈..
      Alheyy I’m so sorry darling rovvaalevunyma..
      Okeyyy hehe.. Good luck with ur exams darll 💜🦋

  8. ava

    didnt finish season 1 but damn if these are the male leads its concerning hopefully all the woman end up with better guys

    1. Maash
      ava

      Hehe let’s see what happens dhw ava 💜🦋

  9. Oreo gurll

    hey Maash! i got a confusing news…
    I kinda forgot what happened in first season of this story, and i think im gonna have to read it all again in order to recall.
    It’ll take time, and i cant give a proper feedback to this trailer.
    so i was wondering if you could, yk, somehow upload a, like vakin ehcheh, Not an episode. Just the important stuff that happened in the first season of this story. you know what i mean?
    like something you can use to recall what exactly happened in the first season. i have read the first season, so i remember some names, but i seriously do NOT remember what happens.
    can you do that for me? (just a wish from a fan of yours) <3
    or, if its too much, i wouldn't mind! its all okay if you don't have any time, or anything. i can understand.
    As for this trailer, (I'm refering to the things i remember now), its really interesting!! really really curious!
    Tbh, kushakee kobaa is the reason why i was so interested in reading your other stories. I just found it really randomly, and ended up as one of your most cherished fans! I happened to LOVE all your stories and i will in the future, In'Sha'Allah <33
    Lyssssssm Maaash. and loooking forward to the first episode of hih edhey yaaraa thee ey!

  10. Maash

    Hey Oreo gurll.. Sure as some readers have forgotten the previous season I’ll upload a short story of what happened in the previous one to jog you guys memories..
    Aww thanks darll I’m happy u like my stories.. Love you more darling..💜🦋

Comments are closed.